Bafayaa bunanee 4


ބަފަޔާ ބުނަނީ4 : ” ކީއްކުރަން އަހަރެމެންނަށްވެސް އެލަވަންސާއި ކެއުން ނުލިބެންޏާ ދާންވީ”
މޯޑް
ގައުމީ ދުވަހުގެ “ހިގާދަމާ” ގެ ހިގާލުން ނިންމާލުމަށްފަހު ގެއަށްދާން ވެގެން ސައިކަލް ނައްޓާލިތަނާ މީހަކު ފަހުތުން ގޮވާލި އަޑަށް ބަލާލީމެވެ. ކަމަކުދާކަށް ނެތެވެ. އެއްކަލަ ބަފަޔާ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރެގެން އާދެއެވެ.
އަހަރެންހިތަށް އެރިއެވެ. މިއަދު ކޮންމެވެސް މޮޅުވާޙަކަތަކެއް އޮންނާނެއެވެ. މިކަހަލަ ޚިޔާލެއްގައި އުޅެނިކޮށް ބަފަޔާ ގޮވާލާފައި، ސަޔަކަށް ދާންއެދުނެވެ. ހިތުންރުހުމުން ގަބޫލުކޮށް ދެމީހުންއެކު ސައިހޮޓަލަކަށްވަނީމެވެ. (އިތުރަށް ވިދާޅުވުމަށް)

އަހަރެން: ބަފަޔާ ކ މުއައްޒަފުން ނަމޫނާއަކަށްވެގެން މިފަދަ ގައުމީ ކަންކަމުގައި ބައިވެރިވާންވާނެއެއްނު
ބަފަޔާ: ކީއްކުރަން ބައިވެރިވާންވީ؟ އަހަރެމެން ކުރާއެއްވެސް ކަމަކަށް ކޮއްތަކާއި އެލަވަންސެއްވެސް ލިބެނީކީނޫން ވިއްޔާ
.ޮންކަމަކާ މިއަދު މާވަރަކަށް ހިތްހަމަ ނުޖެހިފައި ތިހިރީ، ބަފަޔާމެން ކަހަލަ ކުންފުނީގެ ސީނިއަރ
އާންމުގޮތެއްގައި ބަފަޔާ ވާހަކަ ފަށާނީ މިކަހަލަ ގޮތަކަށް ތަންކޮޅެއް ފުންކޮށެވެ. އެހެންކަމުން އަހަރެން މިކަމާއި ދެކޮޅު ހެދީމެވެ.
އަހަރެން: ބަފަޔާ މިއީ އެލަވަންސްއަކަށް ކުރަންޖެހޭ ކަމެއްނޫނޭ، މިއީ ގައުމަށްޓަކައި ކުންފުންޏަށްޓަކައި ހިތުން ރުހުމުން ކުރަންޖެހޭ ކަމެއް
ބަފަޔާ: ބަފަޔާމެންވެސް ތިގޮތަށް ތިރޫހުގައި ކަންތައްތަކުގައި ބައިވެރީވިން، އެހެންނަމަވެސް މިކުންފުނީގެ އިސް މުއައްޒަފުންނަކަށް އެކަމެއް ނުފެނުނު، ދެންމިވާ ގޮތަކީ ބައެއްމީހުން ހޮނިހިރު ދުވަހު އޮފީހަށް ވަދެލިއަސް މެންދުރު ކެއުން އޮންނާނެ، ނުވިތާކަށް ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭކަންތައްތައް ކުރިއަސް އެލަވަންސް ލިބޭނެ، އެހެންވީމާ ކީއްކުރަން އަހަރެމެންނަށްވެސް އެލަވަންސާއި ކެއުން ނުލިބެންޏާ ދާންވީ؟
އަހަރެން: ތިހެނެއް ނުވާނެ؟ ކޮންބަޔަކަށް ތިބުނާކަހަލަ އެލަވަންސްއެއް ލިބެނީ؟ ހަމަ ޔަގީނުން އަހަރެމެންނަކަށް ނުލިބޭ؟
އަހަރެން މިހެންބުނުމުން ބަފަޔާއަށް ފޯރި އައިސްފިއެވެ. ވާހަކަ އަވަސްކުރިއެވެ
ބަފަޔާ: އަހަރެމެން ވާހަކަ މިދައްކަނީ އެގިގެން، އަޑުއަހާ، ފައިނޭންސް މުއައްޒަފުންގެ ތެރެއިން ކޮންމެވެސް ބަޔަކަށް އަހަރީ އެކައުންޓްސް ނިންމުމުގެ އެލަވަންސްއެއްލިބޭ، އަހަރީ ހިސާބު ނިންމުމަކީ އެކައުންޓްސް މުއައްޒަފުންގެ ވާޖިބެއްނޫންތަ؟ އެކަން ނުކުރެވެންޏާ އެމުއައްޒަފުން ވަޒީފާއިން ވަކިކޮށް ގާބިލުމުއައްޒަފުން ވައްދަންވީނު، އެކައުންޓްސް ނިންމާ މީހުންނަށް އެލަވަންސް ލިބިފަ ކީއްވެގެންތަ، އަހަރީ ރިޕޯރޓް ލިޔާމީހުންނާއި، ޑިޒައިންކުރާ މީހުންނަށް މިއެލަވަންސް ހައްގުނުވަނީ. އަދި އެންމެ ހެއްވާ ކަމަކީ ފައިނޭންސްތެރޭ އުޅޭ ކޮންމެވެސް ބަޔަކު މިކަމުގައި ބައިވެރިނުވެ މިއެލަވަންސް އެބަނަގާ، ކަލޯމެން ގަބޫލުނުކުރަންޏާ ގޮސް އޮޑިޓްކޮށްބަލަ ހުންނާނެ ކޮންމެ އަހަރަކުވެސް މިއެލަވަންސް ނަގާފަ.
އަހަރެން ދިޔައީ ސިއްސައިގެނެވެ. މިއީ އަހަރެން ދުވަހަކުވެސް އަޑުއެހި ވާހަކައެއްނޫނެވެ. މިއީ އަނެއްކާ ސިއްރުން ނަގާއެލަވަންސެއް ނޫންބާވައޭވެސް ހިތަށްއެރިއެވެ

5 ޚިޔާލުތައް (+add yours?)

  1. Magey
    މާރިޗު 08, 2009 @ 00:26:47

    މެނޭޖް މަންޓުން ދެންޏާ އޯކޭ ނެގިޔަސް ނޫނީ ކެޔަސް މައްސަލަ އަކީ ބައެއްމީހުންނަށް އެބަލިބޭ ފުރުވާލާ ކޮންމެ ލޯންޗަކުން އެފަދަ. އެބައެއްގެ ލެވެލްގަ މިތަނުން އެމް.ޓީ.ސީ.ސީ ދަނީ ފައިދާ ނަގަމުން. މާކުން ނައީމް އަކަށްވެސް ނުކެރުނޯ ރިޕޯރޓް ގަ ހުރިކަންތައްތައް ބަލާކަށް، މިކަން ހަވާލުކުރަންވީ އައިޑީޕީ ގެ އުމަރާ އޭރުން މިކަންވާނީ

    ރައްދު

  2. Eyelish
    މާރިޗު 07, 2009 @ 09:06:32

    Finance ge muazzafun nah keehveba Food allowance dheyn jehuny???? meeves araafa huri adu. massala akee baeh meehun iskuraathee. mihen vegen nuvaane. Company ga ehmen hama hama vaan jeheyne onna usoolun. Bafaya adhi rulhi madhu..

    ރައްދު

  3. ylle?
    މާރިޗު 05, 2009 @ 00:13:11

    aamukoh hanihiru dhuvahaki finace ga party onna dhuvas,extra dayge ithurun food ves edhuvahu libeyne,meedhen boduvaru,finace ekanyeh noon petycash in kaneeki,audit dept. ge pettycash detail balaliyas ekan ingeyne

    ރައްދު

  4. uza
    މާރިޗު 04, 2009 @ 13:43:58

    Everybody is sitting around saying, ‘Well, jeez, we need somebody to solve this problem of bias.’ That somebody is us. We all have to try to figure out a better way to get along.

    http://picasaweb.google.co.uk/dhivehiobserver/ReminiscencesOfTheLavishLifestyleOfDictatorGayyoomOfTheMaldives#

    ރައްދު

  5. ސޭޓު
    މާރިޗު 04, 2009 @ 11:49:37

    ކޮންޓްރެކްޓިން މީހުންވެސް ވާނެ އެންމެގިނައިން ޕެޓީކޭސްއިން ކާބަޔަކަށް. ހޝ އަށް ތަންދޮރުއަންގާނުލާ ކުރާނެކަމެއްކުރަނީ. ބަރާބަރަށް ޕެޓީކޭސްހުސްވޭ. ހުސްވެރިން އުޅެންޏާވެސްވާނީ މިހެން. އެއްބަޔަކު މާގިނައިންކެއީމަ ފެންނަނީ. މިކަންކަން ރަނގަޅުކުރަން ގޮވާލަން.

    ރައްދު

Leave a reply to ylle? Cancel reply