Zero Tolerances: Badhu akhlaagee amalu


ޒީރޯ ޓޮލަރެންސް: ބަދުއަޚްލާގީ އަމަލު
ވިގަނި
ބްލޮގު ބަލަމުންދަނިކޮށް ކުއްލިއަކަށް އަޅައިގަތީ ޒީރޯ ޓޮލަރެންސްއެއްގެ މެމޯގެ ވާޙަކައެކެވެ. ވަރަށްގިނަ ބަޔަކު ކޮމެންޓްވެސް ކޮށްފައިވާ އާޓިކަލެކެވެ. މިއީ އަބަދުވެސް އެމްޓީސީސީތެރެއިންނާއި އެހެނިހެން ކުންފުނިތަކުގެ ތެރެއިންވެސް ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދެކެވޭ މައުޟޫއެކެވެ. އެހެންކަމުން އަޅުގަނޑުވެސް ކޮންމެވެސް އެއްޗެއް ލިޔެވޭތޯ އަޅުގަނޑުގެ ކޮމްޕިއުޓަރގެ ކީ ބޯޑަށް ފިތާލަންފެށީމެވެ. (އިތުރަށް ވިދާޅު ވުމަށް)

އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްލާ ހިތްވަނީ މިފަދަ މުހިންމު މެމޯތައް މުއައްޒަފުންނަށް ވަގުތުން އަންގަން ޖެހޭނެކަމެވެ. އަދިވެސް އެމްޓީސީސީގައި މިމެމޯ ނުފެނިވާ ވަރަށްގިނަ މުއައްޒަފުން އެބައުޅެވެ. ބަދުއަޚްލާގީ މައްސަލަ ސާބިތުވާ ފަރާތްތަށް ކަނޑާލާނެކަމަށް އިންޒާރުދީފައިވާއިރު، އަޅުގަނޑުގެ ހިތުގައި އުފެދޭ ސްވާލަކީ އެމްޓީސީސީގެ މާހައުލުގައި ހިގާ މިފަދަ ކަންތައްތައް ބަލާނެބާވައެވެ. އަދި ބަދު އަޚްލާގީ އަމަލުމާނަ ކޮށްފައިވަނީ ކިހިނެތްކަމެވެ؟
އަޅުގަނޑު މިހެން ދަންނަވާލަން މިޖެހުނީ ސަބަބުތަކެއްވެސް ނެތިއެއްނޫނެވެ. އެމްޓީސީސީގެ އެންމެ ސީނިއަރ މުއައްޒަފުންވެސް އަޚްލާގީގޮތުން ވަރަށް ދަށް ފަންތީގެ އަމަލު ޖޫނިއަރ ސްޓާފުންނާއިއެކު ހިންގަމުން ގެންދާތީއެވެ. މިސާލަކަށް އަންހެން މުއައްޒަފުން އުގުމަތީ ބޭންދުން، ދެމީހުން އެކަނި ކޮޓަރިއަށް ވަނދެ ތަޅުލުން އަދި ހަމަ އޮފީސް ނުރަސްމީގަޑީގައިވެސް އޮފީސް ތަޅުލައިގެން ކޮންމެވެސް މަސައްކަތްތަކެއް ކޮށްފައިވެސް އެބަހުއްޓެވެ. އަދި ހަމަ “ސެކްޝުއަލް ހެރެސްމަންޓް” ނޫނީ މުއައްޒަފުންނަށް ކުރެވޭ ޖިންސީ ގޯނާ އަކީވެސް ވަރަށް އާންމުގޮތެއްގައި އެމްޓީސީސީގެތެރޭ ހިގާކަމެކެވެ. ޖިންސީ ގޯނާއޭ ދެންނެވުމުން އެއީ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމެއް އެކަންޏެއްނޫނެވެ. އެއީ ޖިންސީ ގުޅުމަށް މަގުފަހިވާނެ ކަހަލަ ޒާތުގެ ވާހަކަ ދެއްކުމާއި، އެކަހަލަ ގޮތްގޮތަށް މުޚާތަބުކުރުމާއި، “ތަންތަނުގައި ކޮއްޓާލުން” ވެސް ހިމެނެއެވެ. މީގެ ކުރިންވެސް މިފަދަ އަމަލުތައް އެމްޓީސީސީގެ އެޗްއާރަށްވެސް (ވަރަށް މަދުން ނަމަވެސް) ހުށަހެޅިފައި އެބަހުއްޓެވެ. ނަމަވެސް އެއްވެސް ގަވާއިދެއް ނެތުމުން އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއްނުވެއެވެ.
އެހެންކަމުން އަޅުގަނޑު ދަންނަވާނީ މިމެމޯ އެކަނި ނެރެގެން އަދި ހަމަޖެހޭކަށް ނޯންނާނެއެވެ. މިދަފަ ގަވާއިދުތައް އެކުލަވާލާ ބަދު އަޚްލާގީ އަމަލަކީ ކޮބާކަންވެސް ބަޔާންކުރެވެންވާނެއެވެ. މިމެމޯއިން އެއީ ކިހާވަރެއްކަމެއްކަންނޭގެއެވެ. މިސާލަކަށް އެއީ ޒިނޭކުރުން ބާވައެވެ. ނޫނީ ބަރަހަނާކޮށް ދެމީހުން ތިއްބާ ފެނުމަށްވުރެ ގޯސްވުންބާވައެވެ. ބަދު އަޚްލާގޭ ބުނުމުން އެއީ ވަރަށްފުޅާ މާނައެކެވެ. އަޚްލާގީ ފެންވަރަށްވުރެ ދަށް ކޮންމެކަމެއް މިމާނައިގައި ނެގިދާނެއެވެ. އެހެންކަމުން އަޅުގަނޑުކުރިން ދެންނެވި ކަންތައްތައް ޖިންސީ ގޯނާވެސް ހިމެނިގެން މާނަކުރެވިދާނެއެވެ.
ދެން ހިތުގައި އުފެދޭ އަނެއް ސްވާލަކީ މިމެމޯއާއިއެކު އޮފީސް ލޯބި މަނާ ކުރަންވެއްޖެއެވެ. މުޅި ދުނިޔޭގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި އޮފީސް ލޯބި ހިނގާ އެއްކުންފުންޏަކީ އެމްޓީސީސީއެވެ. އެމްޓީސީސީ މިހާރުވެފައިމިވަނީ ލޯބިވެރިން ހޯދާ މަރުކަޒެއްގެގޮތުގައެވެ. ވަގު ލޯބިވެރިންނާއި ހަޔާތުގެ ބައިވެރިންނެވެ. އޮފީސް ލޯތްބަކީ ވެސް ބަދު އަޚްލާގީ އަމަލަށް މަގުފަހިވާ ޒާތުގެ ކަމަކަށްވުމުގެ އިތުރުން މަސައްކަތު މާހައުލުގައި މައްސަލަ އުފެދޭ ކަމެކެވެ.
މިހާ ހިސާބުން އަޅުގަނޑު ހަނދާނަށް އަންނަނީ އެމްޓީސީސީ ކޮންމެވެސް ޑިޕާރޓްމަންޓެއްގައި ވަޒީފާ އަދާކުރި އަންހެން މުއައްޒަފެއްގެ ވާހަކައެކެވެ. އެއީ އޭނާގެ ސީނިއަރ މުއައްޒަފުންނަށްވެސް އަދި އެއްކޮށް މަސައްކަތްކުރާ މުއައްޒަފުންނަށްވެސް އެއްޗެކޭ ބުނެވޭވަރަށް ވުރެމާބާރުގަދަ މުއައްޒަފެކެވެ. މުޅި ސެކްޝަން ކޮންޓްރޯލްކުރަނީއޭނައެވެ. ސަބަބަކީ އޭނާއަކީ އެމްޓީސީސީގެ ވަރަށް އިސްބޭފުޅެއްގެ “ވަގު އަނބެއް” ކަމެވެ. ތަފާތު އެކިއެކި ސިފަސިފާއިގައި މިދެމީހުން ވަނިކޮށްވަނީ ތަފާތުއެކިއެކި މުއައްޒަފުންނަށްފެނިފައެވެ. އެވާހަކަ މިހާރުވެސް ދެކެވެއެވެ. މިކަހަލަ އެތައްކަމެއް އެމްޓީސީސީތެރޭވަނީ ވަނީ ހިގާފައެވެ.
އަޅުގަނޑު އެޗް އާރަށްވެސްް ގޮވާލަނީ މިފަދަ ގަވާއިދުތައް އެކުލަވާލާ އަޚްލާގީ މައްސަލަތައް މިންވަރުތަކާއި އެކަންކަމުން ދޭނެ އަދަބުތައް ކަނޑައެޅުމަށެވެ. މީގެ ތެރޭގައި ޚާއްސަގޮތެއްގައި ލޯބީގެ މައްސަލަތަކާއި ބަދު އަޚްލާގީ މައްސަލަތައް ހިމެނެންޖެހޭނެއެވެ. އެހެންކަމުން މިހާރުދެން އިތުރަށް އެމްޓީސީސީގެ ބޮހުންނަށް އެއްފަހަރާ “5ވަގުއަނބިން” އެމްޓީސީސީތެރެއިން ގެންގުޅެވިގެން ނުވާނެއެވެ. މިފަދަ މައްސަލަތައް އަމިއްލައަށް އިސްނަގައިގެން އެޗްއާރު އިން ބަލަންވާނެއެވެ. ހުއްޓުވަންވާނެއެވެ. ކުރީގެ އެޗްއާރުން މިކަމަށް ހިތްވަރުދީފައިވާކަމަށް ފެންނާތީ އެކަން ކުށްވެރިކުރަމެވެ
އިސްތިހާރު

13 ޚިޔާލުތައް (+add yours?)

 1. Magey
  މާރިޗު 08, 2009 @ 00:41:26

  ކޮބާ މިތަނުގައި ތިބި އެކުޅީގެ މީހުން، ޓީ.އެސް.ޑީ އަކީ އެކުޅިއަށް އަރާހުރިތަނެއް . މިބެޔަށް ކަމުދެޔޯ ނަސީބްކުޅިކުޅުނަސް އަންހެނަކާބެހިގެން ނުވާނެޔޯ. (އޮފީސްތެރެއިން) އެހެޔޮ އޮފީސް ދަތުރުތަކުގަ ގޮސް ދުރުމީހުންނާ (ރައްތަށުގެ ) ކުދިންނާ ކިތަންމެވަރަކަށް ބެހުނަސް އޯކޭ. މިބޭ ޔަށްވީގޮތަކީ މިބެޔަށް ދެން މިޤައުމުން އިންނާނެ މީހަކުނުވީމަ…… ދެން އެރުޅިބާލަނީ ހުރިހާ ދިވެހިންނަށް. ނިކަން ޝާހީން މެންހެން މޫނުގެ ކުލައަލިކޮށލައިގެން ނިކުމެބަލަ. ލިބޭނެ ، މިހާރުވެސް ކިޔާތީ އަޑުއަހަން ލާމް އަތޮޅުގަ މާވަރުގަދަ ޕްރޮޖެކްޓެއްހިންގާވާހަކަ، ބަފަޔާ ދިމާވީމަ މީގެ ތަފްސީލް އެނގޭނީ.

  ރައްދު

 2. Vigani
  މާރިޗު 06, 2009 @ 21:08:07

  ބެއްޔާބުނިހެން ތިމެމޯއަށް އަޅުގަނޑު ތާއީދުކުރަން އެކަމަކު ބެއްޔާއަށް އަޅުގަނޑުގެ ރިކޮމެންޑޭޝަންތައް ދޭހަނުވީތީ ހިތާމަކުރަން އަޅުގަނޑު އޮންނާނެ ގަވާއިދުތަކާއި އެމަދަ މައްސަލަތަށް ބެލުމަށް ގޮވާލާފައި އެހިސާބުން އެޗް އާރުން ކަންނޭގެ އިތުރު ސްޓަޑި ހަދަންވީ، އެހެންކަމުން ބެއްޔާއަށް ބުނަން ބޭނުންވަނީ ވިގަނޏަކީ ކޮމްޕްލެއިން ކުރާމީހެއްނޫނޭ މައްސަލަތައް ފާހަގަކުރާ މީހެކޭ ކޮންމެހެން ނުޖެހޭ ހުރިހާ ސޮއުޝަނެއް ވިގަނި ދޭކަށްވެސް ކޮމެންޓްކުރާ މީހުންނާއި ކަމާއި ގުލޭ ދާއިރާއިން ސޮލިއުޝަން ހޯދަންވާނީ ވިގަނިމެން މައްސަލަތައް ނޯޓިސްކުރާނީ މިއީކަންނޭގެ ކުރިއެރުވޭނެގޮތަކީވެސް . ޝުކުރިއްޔާ

  ރައްދު

 3. hiyaalufaalhukuraameehaa
  މާރިޗު 06, 2009 @ 15:31:27

  އޮފީސްލޯބި މިއީހަމައޮފީސްތެރޭހިނގާކަންތަށް މިކަންހަމަހިނގާނެ

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: