Transport servicege muvahziffun madhnee basneyhumakah


<

ޓްރާންސްޕޯރޓް ސާރވިސްގެ މުވައްޒަފުން މަދަނީ ބަސްނޭހުމަކަށް ތައްޔާރުވަނީ:
މި ކުންފުނީގެ ޓްރާންސްޕޯރޓް ސާރވިސްގެ މުވައްޒަފުން މަދަނީ ބަސްނޭހުމަކަށް ތައްޔާރުވަމުންދާ ވާހަކައަކީ މިހާރު އެންމެގަދައަށް ދެކެވެމުންދާވާހަކައެވެ. މިގޮތުން މިހާރު އެ މުވައްޒަފުން ވަނީ ޕެޓިޝަނެއްތައްޔާރުކުރެވި ކަމާބެހޭފަރާތްތަކަށް ހުށަހެޅުމުގެ މަގުމަތީގައެވެ. ހަބަރުތައްހުރިގޮތުން މައިގަނޑުސަބަބެއްކަމުގައިވަނީ ކުރިންސުރެދެމުންއައި އެލަވަންސްތައްކަނޑާލާ ކުރިން ދިރިއުޅެމުން އައި އެމް.ޓީ.ސީ.ސީ ގެ ސޯމިލުންނެރެ އޭގެ ބަދަލުގައި މުސާރައަށްވެސް އެއްވެސްބަދަލެއްނާންނާނީތީއެވެ.

(އިތުރަށް ވިދާލުވުމަށް)

މިހާރު ޓީއެސްޑީ ހިންގުމާއި ހަވާލުވެހުންނެވީ މާލޭ އަންހެންބޭފުޅެއްކަމައްވެފާ އަދި އޭގެ ދަށުން ހުރިވެރިޔަކީ ކުރިން ޑީއާރްޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހުރެ މިހާރު ކުލަބަދަލުކޮށްފައި ހުރިމީހެއްކަމުން މުވައްޒަފުންގެ އިހުސާސްތައް ކަމާބެހޭފަރާތްތަކަށް ފޯރުވުންވަނީ ދަތިކަމަކަށްވެފައެވެ. މި އަންހެންބޭފުޅާއަކީ ހިސާބް އިލްމާއި ބެހޭ މީހެކެވެ. ހިއުމަންރިސޯސަސްގެ ބައެއްކުޑަކޮށްވެސް ތަޖުރިބާކޮށްފާ ހުރިހެނެއްހިޔެއްނުވެއެވެ. ދެންހުންނެވީ ކުރިން އެމް.ޓީ.ސީ.ސީ ގެ ޗީފް ސްޕޯކްސްމަނެވެ. އަދި މީގެ އިތުރުން މިހާރު ކުންފުނީގެ ފަރާތުން ކޯޓްކޭސްއެއްގެ ގޮތުގައި ބަލަންފަށާފައިވާ ޑީއާރްޕީން އެމް.ޓީ.ސީ.ސީ އަށް ދައްކަންޖެހޭ ވަރަށް ގިނަލާރިތަކެއްގެ ފަހަތުގައިވާ ކުންފުނީގެ ފަރާތުން އެކަންކަން ހަމަޖައްސައިދެއްވި ބޭފުޅާއެވެ. ނަމަވެސް އެއީ މިހާރު އެމް.ޑީ.ޕީ ގެ ދިފާއުގައި ވަކާލާތުކުރަމުންދާ ވެރިއެކެވެ. ހިވާގޮތުން ކުލަބަދަލުކުރީވެސް އެކަމުގެ ސައްކެއްގައެވެ. މިހާރު ހާއްސަ ބާރަކާއެކުއުޅޭހެންވެސް ހީވާކަހަލައެވެ. ދާދި މިދާކަށްދުވަހު ލޯންޗް ފަޅުވެރިންނާބައްދަލުކޮށް ވާހަކަދައްމުން ބުނިކަމަށްވަނީ “ކަލޭމެން ސޯމިލުން ބޭރުމިކުރަނީ ސީދާ އަހަރެން” …..، ކޮންކަހަލަ މަތީ ބާރުތަކެއް ލިބިގެން ހުރިވެރިއެއްބާވައެވެ. ކުންފުނީގެ އެމް.ޑީ އަށްވުރެވެސް ބާރުގަދަވީއެވެ. މިހާރަކަށް އައިސް މީނަގެ ކަމަކީ މިހާރުގެ ވެރިކަންކުރާޕާރޓީއާއި މީނަޔާހުރިގާތްކަމުގެ ވާހަކައާއި ވަޒީފާގެ ގޮތުން މީނަޔަށް ހަވާލުކޮށްފައިވާ ބޮޑުޒިންމާގެ ވާހަކަ މީހުންގެ ގާތުގައި ދެއްކުމެވެ. އެގޮތުން އެމް.ޑީ.ޕީ ގެ އެއް ވައުދުކަމުގައިވާ ދަތުރުފަތުރުގެ ނިޒާމަކުން މުޅިރާއްޖެ ގުޅާލުމުގެ މަސައްކަތްވަނީ މީނަޔާ ހަވާލުކޮށްފާކަމުގައި ވާހަކަދައްކައެވެ. ކުންފުނީގެ މައިއެއްވިޔަފާރިކަމުގައިވާ ޓްރާންސްޕޯރޓް ސާރވިސް އަކީ މިހާތަނަށް އެމް.ޓީ.ސީ.ސީ އިން ފައިދާއެއް ނެތި ބޮޑުގެއްލުމުގައު ކުރަމުންއަންނަވިޔަފާރިއެކެވެ. ތުންތުންމަތިން އަޑުއިވޭގޮތުގައި ދަތުރުފަތުރުގެ ވިޔާފާރި ރަނގަޅުދުވަސްވަރެއްވެސް ދިޔައެވެ. އެފަދަވެރިން މިހާރުވެސް މި ކުންފުނީގައި މަސައްކަތް ކުރަމުން އެބަދެއެވެ. ” މިހާރުވެސް ތިލަފުށި މެނޭޖަރ ނާޒިމް އަށް މިތަން ހަވާލުކުރޭ 100% މިބުނީ މިތަން ހަމައަކަށް އަޅުވާނެ، އަނެއްކާ މުވައްޒަފުންގެ އިހުސާސްތައް އެނގޭ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރާމީހެއްއޭނަޔަކީ” ލޯންޗެއްގެ ފަޅުވެރިޔަކު އޭނަގެ ހިޔާލަ ފާޅުކުރިއެވެ. އަދި އެހެންކެޕްޓަނަކު އޭނަގެ ހިޔާލްފާޅުކުރިއެވެ. ” ބަލާ ނާޒިމް މިތަން ހިންގިދުވަސް ކޮޅު، މިހާރުވެސް ހިސާބްތައް ގެނެސްގެންބަލާ، ކޮށްފާހުރިދަތުރުތައްބަލާ، ކުންފުންޏަށް ލާރިވަދެފަ ހުންނާނެ، އެލާރި ކެއުމާއި ނުކެއުން އެއީ އަހަރުމެން ކުރާނެ ކަމެއްނޫން”. ކޮންމެއަކަސް މި މުވައްޒަފުން ބުނާގޮތުން ވިއްޔާ މިހަރު މިދަނީ ސްޓެޕްބައި ސްޓެޕް ނިންމަމުންނެވެ. ތިރިން މައްޗަށެވެ. މިހާރުވާނީ 3 ވަނަ މަރްހަލާފެށިފައެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް މިކަމަށް ހައްލެއް ހޯއްދަވައިނުދެއްވައިފިއްޔާ އަދި އެއަށްވުރެވެސް މައްޗަށް ދާނެކަމުގައި މިކުދިން ބުނެއެވެ. ” އެއްވެސްމީހަކަށް ހިތުހުރިގޮތެއް ނުހެދޭނެ، ހުންނާނެ ގަވައިދުތަކަކާއި އުސޫލްތަކެއް، ހަމަތަކެއް މިކަންކަމާއި އެއްގޮތަށް ގެންދޭ “……

އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވެފާވޭ

“އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނަގާފައި ބާއްވަންވީ ވަރަށް މުހިންމު ޙަޤީޤަތެއް. މި ރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، މިޤައުމަށް ވަންނަ ކޮންމެ ރުފިޔާއަކީވެސް، މި ސަރުކާރަށް ލިބޭ ހުރިހާ އެއްޗަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުންގެ މުއްސަނދިކަމޭ. ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނާ ޙަވާލުވެފައި މިވަނީ އަމާނާތްތެރިކަމާ އެކީގައި އެފައިސާ ބެލެހެއްޓުން. ހަމަހަމަކަންމަތީގައި ރައްޔިތުންގެ ތަރައްޤީއަށް އެފައިސާ ޚަރަދުކުރުން. އަޅުގަނޑުމެންނަކަށް އެފައިސާއަކަށް ޚިޔާނާތްތެރިއެއްނުވެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަޒީރަކަށްވިޔަސް، ނައިބަކަށްވިޔަސް، އަދި އެހެން ބޭފުޅަކަށްވިޔަސްވެސް، ކޮރަޕްޝަންގެ ކިރިޔާވެސް ޝައްކެއް، ތުހުމަތެއް ކުރެވިއްޖިއްޔާ، ތަޙުޤީޤު ކުރެވޭނެ. ޝަރީޢަތް ކުރެވޭނެ. ޙައްޤު އަދަބު ދެވޭނެ. އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ ފައިސާއަކު ނުޖެހޭނެ.”

އަޅުގަނޑެއް ނޭދެން، އެއްވެސް މީހަކު ބަދަލު ހިފުމުގެ ރޫޙެއް ގެންގުޅޭކަށް. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް، ޕްރެޝަރ ބޮޑުވެގެން، ރުޅިއަރައިގަނެގެންދާ ބޮނޑީގައި އަޅުގަނޑާ ދިމާއަށް އެއްޗެހި ކިޔާލާފައި ނިންމާލާ. އެއަކުން މައްސަލައެއް ދިމައެއް ނުވާނެ. އަޅުގަނޑުގެ ހަމަ ވަރަށްބޮޑު އެދުމެއް. ތަރައްޤީގެ އެންމެބޮޑު އެއް ސިއްރަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ރައްޔިތުން ތިއްބަވާނީ ބިރުން. އިސްތިޢުފާއަށް ގޮވާލައި، މިއިން ކަމެއްވެސް ނުކުރެވޭނެ. އެހެންވީމާ، ތިޔަބޭފުޅުން ބިރުން ތިއްބަވާނެ ކަމެއް ނެތް. ޚިޔާލު ފާޅުކުރައްވަމުން ގެންދަވަންވީ. އަޅުގަނޑުމެންނަށް އަޑުވެސް އިވޭނެ. އޭގެތެރެއިން ރަނގަޅު ވާހަކަ، އަޅުގަނޑުމެންނަށް ފުރާނާލާވެސްލެވޭނެ. އެއިން ހަމަ ރަށަށާއި އަތޮޅަށާއި ރާއްޖެއަށްވާނީ ފައިދާ.

Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s