Lhiyanbeyge haasaru 3:


<

ޅިޔަންބޭގެ ހާސަރު 3:
ބުރާސްފަތިދުވަހު އޮފީހަށް ދާން ނިކުތް އިރުވެސް އަންހެނުންނަކަށް ސައިހެދޭ ގޮތެއްނުވިއެވެ. ހިތްހަމަނުޖެހިހުރެ އޮފީހަށްގޮސްސައިބޯން ނިންމައިގެން ގެއިން ނިކުމެ އޮފީހަށްވަދެ ކާޑް ޖެހުމަށްފަހު، ބްލެކްޓީ އަށް ދިއުމަށްމިސްރާބްޖަހައިފީމެވެ. ޖީބުގައި އޮތީ އެންމެ 20.00 ރުފިޔާ ކަމުން އެއްޗެއްކަޅެއްނަމަވެސް ޖަހާލައިގެން އަންނާނީއޭހިތާ ނިކުމެ ހިނގައިގަތްތަނުން މަސްވެރިންގެ ޕާރކްތެރެއިން މީހަކު ގޮވާއަޑަށް ބަލައިލިއިރު އެއްކަލަ ޅިޔަނެވެ. ކުއްލިއަކަށް ސައިބޯހިޔާލް ބަދަލުކޮށް އެހެންދިމާއަކަށް ދާންހިތްއެދުނެވެ. ޅިޔަނާއެއްކޮށް ސައިބޯލާވަރަށް ޖީބްގައި ލާރިނެތުމުންނެވެ.

(އިތުރަށް ވިދާލުވުމަށް)

ޅިޔަނު: ކޮބާ، ކޮބާ ކޮންދިމާއަކަށް މިސްރާބްތިހުރީ މިއޮއްހެނދުނާ؟

މަނިކުބޭ: މިދެން މިހެން ބުރެއްޖަހާލަނީ، އަދި އޮފީހަކަށް އެއްވެސްމީހަކުނާދޭ! މީހުން ހަމަވާއިރު ހުންނާނީ 9.30 ވެފަ އެހެންވެ…..

ޅިޔަނު: ކޮބާ ހިނގާ ސައެއްބޯލަމާ، ސައިބޮއިގެންދޯތިއައީ؟ ކަލޭމެންހެން ގޭ ސައިލިބޭބައެއްނޫންވިއްޔަ އަހަރުމެންނަކީ

މަނިކުބޭ: ނޫނޭ، ހިނގާދަމާ، މިއަދު އަންހެނުން ކުޑަކޮށް ބަލިކޮށްއުޅޭތީ ސައިނުބޮއި އައީ…. (ޅިޔަނަށް ޖީބްގައި ލާރިނެތްކަން އެނގިއްޖެއްޔާ ވަރަށް ޖޯކްޖަހާނެ)

ޅިޔަނު: ބްލެކްޓީއަށްދޯ ދާނީ؟ އަނެއްކާ އެތަނުން ސައިބުއީމަ ބަނޑުސަކަރާތްވޭތަ؟

މަނިކުބޭ: ހެހހެހެ، ޅިޔަނުދެން އަހަރެން ހާދަފޮނިމީހަކަށްތިހެދީ..

ޅިޔަނު: މަނިކުބޭ ފޮންޏެކޭނޫން، ގިނައިން ލިބެންޏާ އެހެންވާނެ، މިފަހަރުވެސް ބަލާ ކަލޭމެންނަށް އެދިން އެލަވަންސެއް..، މަ ހިތަށްއަރާ އެވެރިންނަށް އެޔަށް ކިޔާނެ އެހެންނަމެއް ނޭގުނީބާއޭ…. ނައިޓް އެލަވަންސްއަކޯ…، ހެހެހހެ، ކަލޭމެންނަށް ކޮންނައިޓެއްހެދޭނީ…. މާތާހިރެއްނު… އެލަވަންސް ނުލިބޭތީދޭ އެލަވަންސްއޭކީނަމަ…

މަނިކުބޭ: ތިބުނީ ތެދެއް، މަވެސްހުރީ ހައިރާންވެފަ މަށަށް ނައިޓް އެލަވަންސް ކިޔާފަ 3500.00 ރުފިޔާ ލިބުނީމަ. އެއްކަލަ އަހަންމަދަށް ގުޅާފަ އޭނަޔަށް ލިބުނުތޯ އެހީމަ އޭނަބުނި އޭނަޔަކަށް ނުލިބެޔޭ، އަދި ބުނި އެޗްއާރުން އޮތޯސިޓީއެއް ފޮނުވާފަ މިހާރު ތިހުރީ އިންތިގާލީމަރުހަލާގަޔޭ…. 3 މަސްފަހުންނޭ ލިބޭކަންވެސް ނުލިބޭކަންވެސް އެނގޭނީ…

މަޤާމްދެނީކީ މިހާތަސައްރަފުފުދިގެންނެއްނޫންތަ؟ މި ހީވަނީ އަލަށް ތަނަކަށްވައްދާހެން…..، ޅިޔަނާ ބުނާކަށް މިހާރަކުނޭގޭނެ… އެއީ މިހާރު އެސްއެސްއޯ ސްޓޭންޑަޑް… ކުރިން މިތާކު އެއްވެސް ސްޓޭންޑެޑްއެއް ނެތެއްނު….

ޅިޔަނު: އާނ ކަލޭމެންނަށް ކޮންމެވެސް އެއްޗެކޭކިޔައިގެން އެދޭނެކަން މަށަށް މާކުރިންވެސް އެނގޭ، އަހަރުމެންގެ ފޯނު އެލަވަންސާއި ދެންހުރި އެލަވަންސްތައް ކަނޑާލީ… ، އެއީ ހަމަ ރޭވިގެންހިނގާކަމެކޭ، އެވެރިންހިތުން ކުރިން ކަންކުރާހެން ކުރެވޭނެ ކަމަށްހީކުރީ…، މިހާރު ކަމެއްސިއްރެއްނުވާނެ….. ، ދެންލާހިކެއް މަށަކަށް 4.00 ގެ ފަހުން ގުޅާކަށް، ހުންނާނެ ތެޅިލާފަ… ،

މަނިކުބޭ: އެމް.ޑީ އަންގާފައޮތީ ފޯނުނުނަގާ މީހުން ބަލާނީ އެމީހުންގެ މަގާމް ރަނގަޅަށްއަދާ ނުކުރަނީކަމަށޯ….، ދެން ޅިޔަނު ފޯނަށް ޖަވާބް ނުދީފިއްޔާ އެބުނާ ފޯމުން މާކުސް ލިބޭވަރުމަދުވާނެ، މިހާރު ހޭންޑްސެޓްދޭގޮތަށް ނިންމާފައޮތީ.. އޭރުން މައްސަލައެއްނެތެއްނު!

ޅިޔަނު: ތީދެން އަޖައިބެއް އަހަރެންގެ ވަޒީފާގެ ބަޔާނަކު ނޯންނާނެ އަތުގަ ފޯނެއް އޮންނަން ޖެހޭނެ ކަމަކަށް، އިންޓަވިއުކުރިއިރު އަހާވެސް ނުލާ ފޯނެއް އޮތްތޯވެސް، ނެތްތޯވެސް……..،ކަލޭމެންނަކަށް މައްސަލައެއްނޫން… ޓައިއަޅައިގެން އިންނާނީ މޭޒުކައިރީގަވިއްޔަ…، ގެޔަށްދިއުމަށްފަހު ކުރިންވެސް ފޯނުނަގާ ބައެއްނަމަ ރަނގަޅު މިހާރު ތިވާހަކަދައްކަން.

މަނިކުބޭ: ކޮބާ ދެން ތިވަހާކަބާއްވާފަ، ޅިޔަނަށް ކަމުދޭތަ މިހާރު ކުންފުނި ހިނގާގޮތް؟

ޅިޔަނު: ކަމުދާކަންވެސް ނުދާކަންވެސް އެނގޭނީ އެބުނާ ސޯޕެއް ނިމުނީމަ، ކުންފުނި ރީސްޓްރަކްޗަރ ކުރަން 5 މަސް ، އެބުނާ ސޯޕެއް ތައްޔާރުކުރަން އަނެއް 5 މަސް ދެން މިކަން ކޮށްފަ އެހެން ކަމެއް ކުރާނެ ވަގުތެއްވޭތަ؟ މިހާރު ދެން ވަގުތީ ގޮތުން ހަވާލު މީހާގެ މަސްއޫލިއްޔަތު ނިމުނީޔޯ…. އޭނަ ބުންޏޯ އަދި 6 މަސް ވާނޭ ސޯޕާ އެއްގޮތަށް އަމަލުކުރަން…. ތިމަންނަ އަހަރީ ޖަލްސާ އަށް ރެޑީވާއިރަށް ދާނެމޭ، އެކަމަކު ބޯޑްގަ އިންނާނަމޭ..!

މަނިކުބޭ: ދެން މިތަނަށް އަންނަނީ ކާކުތަ؟ ކުރިން 30 އަހަރު ހުރީމަ މިހާރު އެކަން ނުކުރަންވެގެން ދޯ ކޮންމެ އަހަރަކު 3 ވެރިން މިލަނީ؟؟؟ ޅިޔަނާ ބުނަން ރަނގަޅުވާހަކައެއް ކަލޭމެން ހިތުން ވެރިކަންބަދަލުކޮށް މިކަހަލަ ރައްޔިތުންގެ ހިއްސާވާ ކުންފުންޏަކަށް ތިހަދަނީ ހިތުހުރިގޮތެއް…..، ޅިޔަނަކަށްވެސް ނުކެރޭ ޕާޓީ ހަރުގޭގަ މިވާހަކަ ދައްކާކަށް….

ޅިޔަނު: އާނ މަށަށްވެސް މިހާރު ތިކަންވެއްޖެ ބޮޑުކަމަކަށް، ތިކަމަކާހުރެ ޕާޓީ ހަރުގެޔަށްވެސް ދެވޭކަށްނޯވޭ، އެތާމީހުންނާ ދެބަސްވާންޖެހޭވަރުން….، މިތަނަށް އަންނަނީ ކާކުކަމެއްނޭގޭ… ކިޔާ އަޑުއަހަން ޖާބިރޭ…. ، ޤައުމުން މީހުންހުސްވެގެން އުޅޭހެން ހީވަނީ ..

މަނިކުބޭ: ޖާބިރުވެސް ގޯހެއްނުވާނެ، ވާނެގޮތަކީ ޖާބިރުވެސް ބޭނުންވާގޮތަށް މިތަން ނުހިންގޭނީ… ޕާޓީގެ ނުފޫޒާއި މިތަނުގައި ތިބި ކުރީގެ އައުވާނުންނާހެދި….، މިހާރުވެސް ބައެއް ހާލަތްތަކުގެ ތަނުގެ ވެރިމީހާވެސް އޮޅޭހިސާބުގައޮތީ…..

ޅިޔަނު: އާނ ސައްޕޭ އަކަށްވެސް ނުކެރުނު އެވެރިން ބޭރުކުރާކަށް…..، ސައްޕެވެސް ހުންނަނީ ފާޑަކަށް ދަށުވެފަ!… މިހާރު އެމީހުންތިބެގެން މިތަންދެން އިތުރަށް ހަލާކުވުންނޫން ކަމެއްނުވާނެ… ، އެބުނާ 4 ކެނައިންހެދި އެތި ފެއިލްކޮށްލެވޭތޯ ހާދަމަސައްކަތެއް އެވެރިން ކުރެޔޭ…..، ވާނީވެސް އެހެނެއްނު ހިއްސުހަމައިއްޔާ އެއަތަށްދާނެޔެއްނު…، މިހާރުވެސް ބަލާ އަތްފޯރާފަށުގަ ބައިންދާފަ އިންނައެތި، ކީއްކުރާމީހެއްތައެއީ…؟ ދެންކަލޭވިސްނާ މުޅި އެފަންގިފިލާގަވެސް އިންނާނީ އަނެއްވައްތަރުގެ އެންމެ އެއްޗެއް، އެވެސް އެ އާއިލާގެއެއްޗެއް…

މަނިކުބޭ: އާނ މިހާރު މިތަނުގެ ވާހަކަ ނޫހަކަށް ނުދީނެތްވާކަށް، މިވަރުންދަންޏާ ކުންފުނިޖެހޭނީ އުވާލަންހެންހީވަނީ….، އޭ ޅިޔަނާ ކަލޭ ތިހެން އުޅޭއިރު ހަރުގޭގަ ދައްކަބަލަ 24 ގަޑިއިރުން 5 ގަޑިއިރުވަރު ކުންފުންޏަށް ދެވޭވަރުމީހަކު މިތަނެއްލާށޭ…، އަމިއްލަ ސިކުނޑިންކަންކަން ނިންމޭވަރުގެ ގަޓުހުރިމީހަކަށް މިތަންހަވާލުކުރާށޭ..

ޅިޔަނު: ދޭންވީނު، ކަލޭމެންނަށްތާ ތަނުގެ އެތެރެކޮއިލުގަ ހިނގާކަންތައް އެންމެރަގަޅަށް އެގޭނީ ، އަހަރުމެންނަށް އެނގޭނީ އަބަދުވެސް ތޯތޯ ވާހަކަ ވިއްޔަ!…

މަނިކުބޭ: ޅިޔަނާ ބުނަން މީގަ އެންމެހެއްވާކަމަކީ ކުންފުނި ގެއްލުމުގަ ހިނގާއިރުވެސް މިފަހަރުވެސް ހިއްސާދާރުންނަށް ހަމަރަނގަޅުއެއްޗެއްދޭގޮތަށޭ އޮތީ… ގައިމު ފައިދާ ވާތީކީ ނޫންތަ؟ ޅިޔަނުމެންގެ މުސާރަ ވެސް އަންނަމަހުންފެށިގެން ބޮޑުވެޔެއްނު؟…..

ޅިޔަނު: ގޮ……………..، މަށަށްހެޔޮ މުސާރަ ބޮޑުނުކުރިޔަސް ފިހާރަތަކަށާއި ކުންފުނިތަކަށް ދަރާފައޮތް ވަރުދެއްކޭތޯބަލާށޭ ބުނޭ، އޭރުން ދެންވެސް މިތަނުގެ ހާލަތު ރަނގަޅުވާނީ…..

މިހާރުލަދުވެސް ގަނޭ މި ޓީސާޓް ލައިގެން އުޅެންވެސް، ފަހަތުގަ ޓީމް އެމްޓީސީސީ ޖަހާފަ އިންނާތީ…

މަނިކުބޭ: އޭ ހިނގާދަމާ… މިހާރު ދެން އެއޮއްގެން 9.30 ކައިރިވީ މިހާރު މީހުންތައް އަންނަންފަށާނެ……

…………………… އަންނަނީ

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s