Aa structure aa eku kunifuni qaanoonee valhugandehge thereyga


<

އާ ސްޓްރަކްޗަރާއި އެކު ކުންފުނި ޤާނޫނީ ވަޅުގަނޑެއްގެ ތެރޭގައި:
އާ ސްޓްރަކްޗަރ ހަދަންފެށުމާއި އެކުހެން ކުންފުނީގެ ޤާނޫނީޓީމް އޮތީ ވަރުގަދަކުރަންޖެހިފައެވެ. ކުންފުނީގެ ވަގުތީ އެމް.ޑީ އެންމެގާތުން މަސައްކަތް ކުރަންބޭނުންވީ ގާނޫނީ ޑިޕާރޓްމަންޓާއި އެކުއެވެ. މިގޮތުން އާސްޓްރަކްޗަރ ހަދަންފެށުމާއި އެކުހެން ސްޓްރަކްޗަރޓީމަށް އެންމެ ދަތިކަމަށް ފެނުނީ ކުންފުނީގައި ތިބި ނުފޫޒުގަދަ 5 މީހަކު ބޭރުކުރުމެވެ. މިގޮތުން މިވެރިންނަށް ބޭރުކުރެވުނީ މީގެން 3 މީހުންނެވެ. އަނެއް 2 މީހުން އަދިވެސް ހެޔޮހާލުގައި އަދި ކުރިޔަށްވުރެވެސް ނުފޫޒާއި ބާރުގަދަކޮށް ކުންފުނީގައި މަސައްކަތް ކުރަމުންދެއެވެ. ބޭރުކުރި 3 މީހުންގެ ތެރެއިން އެކެއް ގެ ހިތްހަމަނުޖެހުން ފާޅުކޮށް ކުންފުނީގެ އެމް.ޑީ ގޮވައިގެން މައްސަލަހުށަހެޅުމަށް ނިންމިއެވެ. މިހާހިސާބުން އެމް.ޑީ ވެސް ދިފާއުގައި ލީގަލްޓީމްގެ އެހީ ހޮދަންޖެހިއްޖެއެވެ. ކޮންމެއަކަސް މިކަންތައްގަނޑު ކުރިޔަށް އަދި އޮތީއެވެ.
(އިތުރަށް ވިދާލުވުމަށް)

ދެން އޮތީ މިހަރު ކުްނފުނީގެ އެތެރެއެތެރެއިން ތަހުޤީގް ކުރަމުންދާ 2 ކަމެކެވެ. މުވައްޒަފުންނަށް ދެމުންދިޔަ މޯބައިލް އެލަވަންސް ކަނޑާލުމަށްފަހު ވަތަނިއްޔާގެ ސިމްކާޑެއް ދިނުމަށް ނިންމާ މުވައްޒަފުންލައްވާ ސިމްކާޑްގެ ރެޖިސްޓްރޭޝަންފޯމް ފުރުމަށްފަހު ވަތަނިއްޔާއިން ކުންފުނީގެ އެޗް.އާރް އާއި ހަވާލުކުރުމަށް ދިންހިސާބުން މި 4 ކަނައިންނަށް ބައެއްގެ އަވާޖެހިއްޖެއެވެ. މިކަމާއި އިދިކޮޅަށް ހިފަންރާވާ ، މުވައްޒަފުންނަށް ސިމްކާޑުދޫކުރުން ހުއްޓުވާލައިފިއެވެ. އެގްރީމެންޓް ކެންސަލް ކުރެވޭނެގޮތްތަޢްބަލަންފަށައިފިއެވެ. ކޮންމެއަކަސް މިއަދާހަމައަށް އައިއިރުވެސް މުވައްޒަފުންނަށް ސިމްކާޑުހަވާލުކުރާކަށް ނުފަށައެވެ. މުވައްޒަފުންނަށް ވަތަނިއްޔާއިން ބިލް އަންނަންފަށައިފިއެވެ. މުވައްޒަފުން ގެ ރުޅިގަނޑުއިންތިހާއަށް އަރައިފިއެވެ. މިކަންތައްބޮޑުވެ، ވެރިންގެ މީޓިންގ ގައި މިކަން ޓޭބަލް ކުރެވި އެތައްއިރެއްގެ ބަހުސަކަށްފަހު ވޯޓް ނަގައިގެން ސިމްކާޑުތައް މުވައްޒަފުންނަށް ހަވާލުކުރުމަށް ފާސްވެ އެމް.ޑީ ނިންމެވިހިސާބުން ވެސް އެޗް.އާރުން މިކަމަށް އަމަލުކުރާކަށް ނުފަށައެވެ. ކުރިންދައްކަމަންދިޔަ އުޒުރަކީ އިންޓާނަލް އޯޑިޓުން އެ މައްސަލަ ބަލާތީ ހަވާލުނުކުރެވިގެން އުޅެނީ ކަމަށެވެ. ދެން މިހާރު ދައްކާ އުޒުރަކީ ފައިނޭންސް ޑިޕާރޓްމަންޓުން ވަތަނިއްޔާއަށްލާރިނުދައްކައިގެން ކަމަށެވެ.

ދެންއެންމެ ހޫނުކަމާއި އެކު ތަހުޤީގް ކުރަމުންދާ ކަމަކީ އައި.ސީ.ޓީ ޑިޕާރޓްމަންޓްގެ މައްސަލައަކާއި ، ކުންފުނީގެ ސިއްރުތައް ބޭރުކުރަމުންދާ މައްސަލައެވެ.

އަދި ނުނިމޭ……….

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s