Lhiyanbeyge haasaru 2


<

ޅިޔަންބޭގެ ހާސަރު 2:
ހުކުރުދުވަސްކަމުން ހެނދުނާއިތެދުވެ، ސައިކަލަށް އަރާނައްޓާލައިގެން ސައިތައްޓެއްބޯލަންދާނަމޭހިތާ ކާނިވާ ސަރަހައްދައްދިއުމަށް ނިކުމެ ސޯމިލް ކަންމައްޗާހަމައަށްދެވުނުތަނުން އެއްކަލަ ޅިޔަނާދިމާވިއެވެ. އެކުގައިސައިބޯލާނެ މީހަކުނެތިގެން އުޅެނިކޮށްމިދިމާވީ ރަނގަޅުމީހަކާއެވެ. ޅިޔަނު ސައިކަލުފަހަތައްލައިގެންގޮސް މަޑުކުރީ ކަފަކަޑައަށެވެ. ކުޅިރިހާކުރަކާއި ޑިސްކަކަށް އޯޑަރުދިނުމަށްފަހު، ޅިޔަނުބޭނުންވަނީކޯންޗެއްތޯއަހާލުމުން އެއްވެސްއެއްޗެއްބޫނުންނޫންކަމުގައިބުންޏެވެ. ދެންކޮންމެވެސް އެއްޗެއްބޯލަންވީނޫންހޭ ބުނުމުން

(އިތުރަށް ވިދާލުވުމަށް)

ޅިޔަނު: ނެތެއްނު އެއްޗެއްބޮވޭކަށް މުސާރަބޮޑުކުރާނަމެ ކިޔާދަޅަދައްކާފަ ، ދެމުންދިޔަ ހުރިހާ އެލަވަންސްތައް ކަނޑާލީ.. ދެންތިބެންމިޖެހެނީ ބަނޑަށްކުޅުޖަހއިގެން.

މަނިކުބޭ: އޭ މަށޭ ބިލްދައްކާނީ ! ކޮފީއެއްނަމަވެސް ނަގާ…

ޅިޔަނު: އާނ އެހެންވިއްޔާ ދެން ކޮފީއެއްބޯލާނީ، އެ ލިޔާމީހުންނަށްވިއްޔަ ހުރިހާމޮޅެއް. ފާޑެއްގެ ރެސްޕޮންސިބިލިޓީ ކިޔާ އެއްޗެކޯ.. މަނިކުބޭތީ އޭގެމީހެއްދޯ… ކިޔާއަޑުއެހިން އެބުނާރެސްޕޮންސްއަކަށް 3500.00 ރުފިޔާ މަހަކު ލިބެޔޭ ކިޔާއަޑު…

މަނިކުބޭ: އާން އެއީތެދެއް އަހަރެންވެސް ފުރަތަމަދުށީ ތިޔަބުނާމެމޯ ނިކުމަތްދުވަހު، އޭގައޮތް ތިޔަވާހަކަ… އަދި ހަމަޔަޤީނުންވެސް ލިބޭކަށްނުފަށާ….

ޅިޔަނު: ކޮބާތަ އެބުނާ ރެސްޕޮންސިބިލިޓީގެ މާނައަކީ، އެކިޔާ އެގްޒެކެޓިވްއަށްވުރެ މަތިއެއްޗެއްތަ އެއީ؟

މަނިކުބޭ: ޅިޔަނާއެއީ ޒިންމާދާރުވެރިންނަށްދޭއެއްޗެއް، ޑިޕާރޓްމަންޓްތަކުގައި ކަންކަމަށް ޒިންމާވާންޖެހެނީ ވެރިންނަކަށްނު؟ އެމީހުންނަށޭ ކަމެއްގޯހުންގޮސްފިއްޔާ ރޯޅިއަންނާނީ!!

ޅިޔަނު: މަނިކުބެޔަށް ތިޔޮތީ ހަމަރަނގަޅަށްތީގެމާނަ އެނގިފަ، ކައުންޓަރުން ލާރިއެއްމަދުވެއްޖެއްޔާ އެތާއިންނަކުއްޖެއްގެ ޖީބުން ހަމަކުރަންޖެހެނީ… ދޯންޏެއް އެކްސިޑެންޓްވެއްޖެއްޔާ ކެޕްޓަން ޒިންމާވާންޖެހެނީ މަސައްކަތެއް ގަޑިޔަށް ނުނިމިއްޖެއްޔާ އަހަރުމެންހޭލާތިބެގެން ނިންމަނީ…. މިވަރުންވެސް ތިބުނަނީ އެމީހުންނޭޒިންމާދާރުވެރިންނަކީ….. މަނިކުބޭ ބުނަންވީނު އަހަރުމެންނަށް ސަބްސިޑީ ލިބޭގޮތް ހަދައިދޭށޭ…..

މަނިކުބޭ: އޭރުން އެ ޖެހެނީ ކޮންތާކު؟ ޅިޔަނާ ބުނަން ޅިޔަނުމެނަށް ކަމަކުނުދާނެ ކޮންމެއެއްޗެއްދިނަސް، މިހާރުވެސް ބަލާ ކެއުމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭރުބަޔަކަށްދީގެން ކެއުންހަމަޖެއްސުމުން.. މިހާރުކުރިޔަށްވުރެވެސް ގޯސްވެގެން ބަޔެއްމީހުންނަށް އުޅެނީ……

ޅިޔަނު: މަނިކުބޭބުނަން ރަނގަޅުވާހަކައެއް އަހަރެން ތިޔަކަހަލަ ވާހަކަނުދައްކަންމިހުންނަނ…….، ކެއުންގޯސްވެގެން އެތަނުގެ އެއްވެސްވެރިޔަކު ސަކުވާކުރިތަ؟ އަބަދުވެސް ގޯސްވެގެން މި އުޅެނީ އާދައިގެ މީހުންނަށް، އެހެންނުވާނީ އެމީހުންދާއިރު ފުރުޓާއި ބިސްގަނޑު ހުރޭވިއްޔަ! ދެން މަތީޖީބަށް ވަންނަ……

މަނިކުބޭ: އޮހޯ މިހާރުތިދަނީ މާމައްޗަށް، އޭ ކޮބާ ކުރިންދުވަހު ދައްކަންއުޅުނުވާހަކަ، އެވާހަކަދައްކަބަލަ! އެގްޒެކެޓިވުންގެ ވާހަކަ….

ޅިޔަނު: ހެހެހެ، އަނެއްކާ އެވާހަކަނަގައިފި އަހަރެންބުނީމެއްނު އެވާހަކަދެއްކީމަ އަނގަ ހައްދުޖަހާނޭ، އެބުނާ ކެނަގްރޫޕަށް ޑިޕާރޓްމަންޓް ތަކުގެ ހެޑްކަން ދިނީމަވެސް ބޮޑާހޭކިއްޔޯ! ބުންޏޯ ހެޑެއްވިއްޔާ ނަމުގެ ގޮތުން ތަފާތެއްއޮވެގެންނުވާނޭ…

މަނިކުބޭ: އެހެންވެދޯ އެނަންކީ؟ އާނ ދެން މިހާރަކުނޭގޭނެ މަޤާމުގެ ގޮތުންމަތީގަ އުޅެނީ ކާކުކަމެއް…

ޅިޔަނު: ތި ހުރިހާކަމަކަށްވުރެ މާހެއްވާވާހަކައެއް އަޑުއަހައިފީމޭ، މިފަހަރު ކުންފުނީގެ އަހަރީރިޕޯޓްގަ ޖަހަން މިދާކަށްދުވަހު ފޮޓޯނެގިއްޔޯ ނެގިއިރު އެބުނާގްރޫޕް ފޮޓޯނަގަން ވަރަށް ހެދިގެންގޮސްތިއްބޯ….

މަނިކުބޭ: ދެން ކީއްތަވީ؟ އެމީހުންގެ ފޮޓޯނެގިއްޔާ…، އެއީމިހާރުގެ ވެރިންނެއްނޫންތަ؟ ކޮބާ މައްސަލައަކީ؟

ޅިޔަނު: އާނ ކަލޭމެންނަކަށް މައްސަލައަކަށް ނުވާނެ، ވިސްނާލަ އެހަދާ ރިޕޯޓަކީ 2009 ވަނަ އަހަރުގެ ރިޕޯޓެއްނޫންތަ؟ ދެން އެރިޕޯޓުގަ މާވަރަކަށް ފުއްޖަހައިގެންހުރެފޮޓޯނަގާފަ ޑިޕާރޓްމަންޓްތަކުގެ ވެރިންގެ ގޮތުގަ ޖަހަންމިއުޅެނީ…، ކުންފުނީގެ ހިއްސާދާރުންނަށް ބޮޑުއޮޅުވާލުމެކޭ އެ އޮޅުވާލަނީ އެމީހުންނަށް (ހިއްސާދާރުންނަށް) ފެންނާނީ ކުންފުނީގެ އަހަރީރިޕޯޓް، ހުރިހާމަސައްކަތެއް މި ކުރީ އެހެންބަޔަކު ، ނާޖާއިޒުފައިދާ މިނަގަނީ އެހެންބަޔަކު….. ކީކޭ ދެންބުނާނީ އަދި ކޮބާ މިހާރު އެތަނުން އެކަކުގެ ފޮޓޯ އަނެއްކާ ނަގާހިސާބުގައޮތީ، ނަސީބެއްނު ޕްރިންޓްނުކޮށް އުޅެނިކޮށް އިސްތިއުފާދިންކަން…..

މަނިކުބޭ: އޭނަގެ އިސްތިއުފާ އަނބުރާގެނެސްފިޔޯ ކިޔާއަޑުއެހިން، ވެދާނެ އަހަރީޖަލްސާ އަށްފަހު އަލުން ހުށަހަޅާގޮތަށް ނެގީކަމަށްވެސް، ދެން ޅިޔަނު ތިޔަކަމާ ހާދަވަރަކަށް ތިޔައުޅެނީ! އަޅާނުލާބަލަ….،

ޅިޔަނު: އަޅާނުލައެއްނުހުރެވޭނެ، މަށަކީވެސް ހިއްސާދާރެކޭ، މިފަހަރު ހުރެބަލަނިކަން!…. މަށަކީ ކެރޭމީހެއްކަން އަންގާލާނަން…، އަހަރީޖަލްސާއަށް ގޮސް އެންމެންކުރިމަތީގަ ބޭޒާރުކޮށްލާނީ… މަށަކަށްނޭގެ ލަދުގަ ބެދޭނީ އެވެރިންކަމެއްނޫނީ، ކޯޕަރޭޓް ކަމެއް ނޫނީ ކޮމްޕެނީސެކްރެޓަރީކަމެއް….، މިފަހަރު މީސްމީހުންކައިރީބުނެކިޔައިގެންނަމަވެސް ކުންފުނީގަ ހުރިމިކަހަލަ ފޫނުބެދޭކަންތައްތަކުގެވާހަކަ ދައްކާލާނަން….

މަނިކުބޭ: ތީ މީގެ ކުރިން ދުވަހަކުވެސް ވެފައޮތް ކަމެއްނޫން، އެނގިދާނެތާ ޅިޔަނުގެ ހުރިވަރެއްވެސް ، މަށަކީވެސް ދުވަހަކުވެސް އަހަރީޖަލްސާއަށް ދިޔަމީހެއްނޫން، މިފަހަރު ތިޔަވީގޮތުން ކޮންމެހެންވެސް ޖަލްސާއަށް ދާނަން..

ޅިޔަނު: އޭ އެނގޭތަ؟…. އެބައުޅެޔެއްނު މިތަނަށް އެމް.ޑީ އެއް ހޯދުމުގެ ކަންތައްފަށައިގެން… މަށައް އިހަކަށްރެޔަކު ޕާޓީ ހަރުގެޔަށް ގޮސް އުޅެނިކޮށް ލިބުނެ ހަބަރެއް އެއީ… މަށަށްވެސް މަޖަލަކަށް ހަދާފަ ބުނެވުނީ ދެން ޖާބިރުވެސް ސޮއިކުރީނޫންހޭ….. އޭނަ ރަނގަޅުވާނެޔޭ އެމް.ޓީ.ސީ.ސީ އަށްލާން… ހަމަބުނި ތަނުން އެއްކަލަ ބެއްޔަހުއްތު ބުނެފިޔެއްނު ކަލެއަށް ވެސް އެނގިފަދޯއޭ އޮތީ……

މަނިކުބޭ: ޖާބިރުވެސް ގޯހެއްނުވާނެ، ކާކުމިހާރު ރަނގަޅީ,

މަނިކުބޭ: އޭ ހިނގާދަމާ… އަދިގެޔަށްބާޒާރުވެސް ނުކޮށް މިއުޅެނީ މިހާރު ދެން އެއޮއްގެން 10.00 ޖަހަން ކައިރިވީ…….

…………………… އަންނަނީ

Advertisements

1 ޚިޔާލު (+add yours?)

  1. tagube
    މޭ 28, 2010 @ 21:19:33

    ކުރިން އެމް.ޓީ.ސީ.ސީ ގައި މެނޭޖަރުން ތިބިހެން ދެންތިބޭނީ ހުސް އެގްޒެކެޓިވުން، މިހާރު އަލަށް ވައްދަންއުޅޭ ސެކިއުރިޓީން ނަށްވެސް ކިޔާގޮތަށް ހަމަޖެހިފަ އޮތީ ” ސެކިއުރިޓީ އެގްޒެކެޓިވް” ދެން އަނެއްކާ ވެރިންތައް ބޮޑާ ނުހާކާނެބާ؟ އެމީހުންބުނާނެދޯ އަހަރުމެންނެކޭ ސިއުރިޓީ އޮފިސަރުންނެކޭ އެއްވަރޭ….. މީނިމޭނެ ކަމެއްބާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s