Lhiyanbeyge haasaru


ޅިޔަންބޭގެ ހާސަރު 1:
އޮފީސް ނިމުނުލެއްލަސްކަމުން މަސްރޮށި ކަޑައަށް ވަދެ ސައިތައްޓެއްބޯލައިގެން ދާނަމޭ ހީކޮށް ގެޔާވީކޮޅުނޫން އަނެއްކޮޅަށް ދުއްވަމުންދަނިކޮށް ކުއްލިއަކަށް މީހަކު އަތް ހިއްލާލިއިރަށް ބަލާލިއިރު އެއްކަލަ ޅިޔަނެވެ. އަސްތާ މިޖެހުނީ ކަންތަކާއެވެ. މިއަދަކު ހިޔެއްނުވޭ މަޢްރިބަށްވެސް ގެޔަށްފޯރާނެ ހެނެއް. ޅިޔަނުވެސްހުރީ މާޔޫސްވެ ހިތްހަލާކުވެފާވާ ފާޑަށެވެ. ފުރަތަމައިނުންވެސް މާބޮޑަށް ބަލީތޯ އަހާލެވުނެވެ

(އިތުރަށް ވިދާލުވުމަށް)

ޅިޔަނު: ބަލީކީ ނޫން ، މާބޮޑަށް މާޔޫސްވެފާ މި ދުވަސްކޮޅު މިހުރެވެނީ، އަބަދުވެސް ފިކުރެއްގާ ހުރެވޭތީ ހީވާގޮތްތީ!

މަނިކުބޭ: ދެން މިހާރުކޮންފިކުރެއް، ޅިޔަނުމެންގެ ދުވަހެއްނު، ބޭނުންވާއިރަށް ބޭނުންވާހާގޮތެއްނު ތިހަދަނީ، މި ހުރިހާ ކަމެއްވެސް ކުރީ ޅިޔަނުމެނެއްނޫންތަ؟ އަހަރުމެން ފިކުރުކުރަން މާރަނގަޅެއްނު، ވެރިކަމާއި އެކު އަހަރުމެންވެސް މިތިބީ އަނދަގޮޑިއަކަށް ލާފަވިއްޔަ. އަހަރުމެންވެސް ނޫޅެން ތިހާވަރުވެގެނެއް. ހަޑި ހާވަ ހާވާ ތިބެދާނެޔެއްނު.

ޅިޔަނު: މަނިކުބޭވާ އޭރު އުޅުނީ އުފަލުގައި މަތީގައިތާ! އަހަރުމެންނަށް މި ޖެހުނީ ކުރިޔަށް ވުރެވެސް ބޮޑުހާލެއް. ހީކޮށްގެން ހުރީ އަހަރުމެންކަހަލަ ޑިގްރީ ނެތްމީހުންނަށް ގޮތް ހުސްވިޔަސް މުޅިކުންފުންޏަށް ރަނގަޅާއި ފައިދާވާނެކަމަށް. ކުރިން ތިބިވެރިންނަށް ވުރެ މިހާރުތިބިވެރީންގެ އަމިއްލަ އެދުންމާބޮޑު… ދިހަ ގުނަ މަތީގަ އުޅެނީ…

މަނިކުބޭ: ކޮބާ ! ހާދަތާކު ޖެހުނު ތިޔޮތީ މަބުނިތަން އައިސްފަ… މަށައްއެނގޭ މިދުވަސް އަންނާނެކަން، ކުރިން ހުރި ނަފާނަސީމްވެސް ކުންފުންޏަށް ހެދިގޮތް ބަލާ ނިކަން… އޭނަވާ ބުނިގޮތް ހެދިތާ ތިލަފުއްޓަށް ގެންގޮސް މުވައްޒަފުންނަށް ދިން ނަސޭހަތް ހަޤީގަތަކަށް ހަދައިދިން… ނަރަކަޔަށް ދާމިހުންގެ ވާހަކަޔާ، ހިޔާނާތް ތެރިންނަށް ހުރި ނުރައްކަލުގެ ވާހަކަ އަދި “މިއޮތީ މަގޭ ފޯނު ، މިއަތު މިއޮތީ އޮފީސް ފޯނު ގެ މެސެޖްވެސް ހަޤީގަތަކަށް ހަދައިދިން،،،”

ޅިޔަނު: ދެން ވެދިޔަތަނުގެ ވާހަކަ ނުދައްކަބަލަ، އަހަރުމެންގެ ވެރިމީހާވެސް ބުނެޔެއްނު މާޒީ ކުރިޔަށް ނުލާށޭ، މާޒީން ޢިބްރަތް ލިބިގަންނާށޭ…

މަނިކުބޭ: ދެންމިހާރު މިހުރީ ވެރިމީހާ ޅިޔަނަށް ކަމުދޭތަ؟ މީނާ ދަންނަމުތަ؟

ޅިޔަނު: ކީއްވެ ނުދަންނާންވީ، އޭނަޔަކީ މޮޅު ފަރުމާކުރުންތެރިޔެއްނު! މިހާރު ރައީސް އޮފީހުގެ އެންވޯއިންނަށްވުރެވެސް މާބާރުގަދަ މީހެކޯ ކިޔާ އަޑުއަހަން… ސީދާ އަންނިގެ ބަހަށް މިކުންފުނި ހަމަޔަކަށް އަޅުވަންށޯ އައިސް އެއުޅެނީ… 3 މަހެއްވެލާ އިރަށް ދާނެޔޯ…

މަނިކުބޭ: އަދިވެސް އަހަރެން ކުރިސުވާލެއްގެ ފުރިހަމަ ޖަވާބެއް ނުލިބެޔެއްނު…. ޅިޔަނަށް މީނަ ކަމުދޭހޭ؟ ޕާޓީ މީހެއްވީމަ ބުނަން ނުކެރިގެންތަ ތި އުޅެނީ؟

ޅިޔަނު: ކީއްވެ ބުނަން ނުކެރެންވީ، މިހާރު އެއްޗެކޭ ބުނާކަށް އެއްވެސް ޖެހިލުމެއްނުވޭ! ހަޤީގަތުގައި ކަން ހިނގަނީކީ މަނިކުބޭމެން ތި ހީކުރާގޮތަކަށް ނޫން، މިހާރު ހުރި ސައްޕޭ އަކީ ފެށުނީން ސުރެ ފުދިގެން އުޅޭމީހެއް، އަނެއްކާ ޕާޓީ އާއި ހުރެވެސް އުޅޭމީހެއްނޫން. ކަމެއްނިންމާއިރު ބޮލަށް ކަނދުރާއަކަށް ނުބަލާނެ، މިކަހަލަ މީހަކަށް މިދަނޑިވަޅުގައި މިކުންފުނި ރަނގަޅުކުރެވޭނީވެސް.

މަނިކުބޭ: ދެން ތިވިއްޔެއްނު! ދެން ޅިޔަނު ކޮންކަމަކާތަ މާހާސްބޮޑު ވެގެން ތިއުޅެނީ، ދެން ކުއްލިއަކަށް ހުރިހާކަމެއްވެސް ރަނގަޅެއްނުވާނެޔެއްނު! އަނެއްކާ ސައްޕޭ ވެސް ޓާރމް ހަމަކޮށްފަދަނީތަ؟ ނޫނީ ކުރަން އައިކަންތައް ފުރިހަމަ ނުވީތަ؟

ޅިޔަނު: ނޭގެ ކަލޯ! މަށަށް ހަމަހީވަނީ ހެދޭނުހެދޭ ވެސްނޭގިގެން އުޅޭހެން، އެންމެބޮޑުމައްސަލައަކީ ހާލަތުގޯސް ކުންފުންޏެއް ރަނގަޅުކުރަން އައިސް މި ކުންފުންޏަށް ވަގުތުނުދެވުން، ދެން މިއޮންނަނީ މިތާއުޅޭ ޅަގްރޫޕަކަށް ހަވާލުކޮށްފަ، އޮސޮރުމެންނަށްވާގޮތަކީ ކޮންމެކަމެއްވެސް ކުރަނީ ފޮތުގައޮންނަގޮތަށް ، ދެންއެންމެބޮޑުމައްސަލައަކީ މިސޮރުމެން ކުންފުނީގައި ތިބި ދުވަސްވީމީހުންގެ ފަރާތުން ތަޖްރިބާބޭނުން ނުވާތީ! މަނިކުބޭޔަށް އެނގޭތަ މަށަށް ކިތައްފަހަރުކަމެއްނޭގެ ބުނެވުނީ މަނިކުބެމެންކަހަލަ މީހަކު ކުރެއަހާލަބަލާށޭތިކަން ކުރަމުން އައިގޮތް. ހަމަ ބުނާއިރަށްބުނާނެ ތީ ހުސްކައިކައި އެއްގޯސްވެފަތިބޭމީހުންނޭ…. ދެން ނޭގެ މަށަކަށް……

މަނިކުބޭ: ޅިޔަނާ ކަލޭ ހާދަވަރަކަށް އަހަރެން ތީގެ ތެރެއަށް ވައްދަންތިއުޅެނީ… އޭ މިއަދުދެން މާލަސްވެއްޖެ ، ކީއްވެތަ މިހާރު ރޭގަނޑު ގަނޑެއްޖަހަންދާން ގުޅާނުލަނީ…. މާދަންރޭ ވާނެ ދިމާވެލަން….

ޅިޔަނު: މަށައްވާ ދިމާކުރެވިދާނެ، މަނިކުބޭ މެންނަށް ވަގުތެއްވެގެނެއްނު…..، މިހާރުދެން ސަރުކާރުން 1 ގަޑި އިރު އިތުރުކޮށްލީމަ މަނިކުބޭމެން ޖެއްސުމަށްހެންހީވަނީ އޭގެ ތިންގުނަ އިތުރުކޮށްލައިގެން ތިއުޅެނީ …

މަނިކުބޭ: ޅިޔަނާ މިއަދު އަހަރުމެން ތަނުގަ އެބަދެކެވޭ ކުންފުންޏަށް އާވައްތަރެއްގެ ބަޔަކުލީވާހަކަ ، ކިހިނެތްވިކަމެއްތަ އެއީ؟

ޅިޔަނު: ތިވާހަކަ ރަނގަޅުވަނީ ނުދެއްކިއްޔާ، ދައްކާމީހާ އޮންނާނީ އަނގަހައްދުޖަހަންޖެހިފަ…. މަށައްމިކަހަލަވާހަކަދެއްކޭތީ މިކުންފުނީގައި މިހާރު އަހަންނަށްވުރެގޯސްމީހަކުނަތް..

މަނިކުބޭ: ތިވީގޮތުން ކޮންމެހެންވެސް މާދަންރޭ ގަނޑެއްޖަހަން ދާންއެބަޖެހޭ، ގުޅާލައްޗޭ…..

ޖެހިގެންއައިރޭ…………………… އަންނަނީ

Advertisements

5 ޚިޔާލުތައް (+add yours?)

  1. Fact
    މޭ 20, 2010 @ 22:13:05

    colleagues, thanks for the only good comments.

    ރައްދު

  2. Afeef
    މޭ 03, 2010 @ 00:48:42

    I don’t know much about what someone does . Do I need more determination, dedication and self-discipline in order to achieve the company’s mission & vision, colleagues would you mind giving me a feedback?

    ރައްދު

    • MD
      މޭ 07, 2010 @ 11:59:24

      afeef

      to be successful you need to be

      determined to work along MDP
      dedicated to MDP
      self-disciplined to MDP’s ways

      so if you want to be in MTCC join MDP

      ރައްދު

      • DRP thug
        މޭ 10, 2010 @ 23:57:20

        That’s right. When DRP ruled that was the other way round. So I dont see anything surprising if MD said was true.
        You cant sail a boat against the direction of wind.

        ރައްދު

        • someone
          މޭ 14, 2010 @ 21:24:26

          Well, we do have mechanized boats these days. And if you are smart enough, you can sail what ever direction you want and no one can stop you from reaching your goals.

          ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s