Effahara ethah kukulu zeketive thakeh!


އެއްފަހަރާ އެތައް ކުކުޅު ޒެކެޓިވުންތަކެއް ( އެގްޒެކެޓިވުންތަކެއް)
ވޭތިވިވެދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނުގެ ނާސްތާއަށްފަހު އެންމެ ހިނގާވާހަކައަކަށްވީ އާދަޔާޚިލާފް ގިނަ ކުކުޅު ޒެކެޓިވުންތަކެއް ކުންފުނިން ފާޅުވިވާހަކައެވެ. ކޮންމެއަކަސް ކުރިން އިންޓްރާނެޓުން މުވައްޒަފުންނަށް ކިރިޔާވެސް ބަދަލެއް އައިސްފިއްޔާފެންނަ ފެނުން މިއަދު ނުފެނުނެވެ. ވާނީވެސް އެހެންތާއެވެ. މަޤާމް މަތިވީކީނޫންޔޯލައެވެ. ހަމައެކަނި ކުރިންބޭނުންކުރި ނަންބަދަލުވީއެވެވާނީވެސް އެހެންތާއެވެ. . (އިތުރަށް ވިދާލުވުމަށް)

ކުރިން ހެޑްއޮފްޑިޕާރޓްމަންޓްގެ ގޮތުގައި ބޭނުން ކުރަމުންއައިނަން މިއަދުފެށިގެން ކުކުޅުޒެކެޓިވުންގެ ނަމަށް ބަދަލުވީއެވެ. މީ ކުރިއެރުމެއްވެސް އަދި ދައްވުމެއްވެސްނޫންޔޯލައެވެ. ކޮންމެ އަކަސްމިކަމާވެސް ހަސަދަލީބަޔަކު އެބައުޅެއެވެ. މަޤާމްދައްވީކަމުގައި ދެކޭބަޔަކު ވެސް އުޅެއެވެ. އަދި މިނަމުގެ ކުރިޔަށް ޗީފް އިތުރުކޮށްލަންބޭނުންވާބަޔަކުވެސް އެބައުޅެއެވެ. އަޑުއެހިގޮތުންވިއްޔާ މިހާރު ގެ ވަގުތީ އެމް.ޑީ އަށް ހެޑްއޮފްޑިޕާރޓްމަންޓްކިޔަން އުނދަގޫވެ މިނަމަށް ބަދަލުކުރީއެވެ.

ދެން ކުކުޅު ޒެކެޓިވްގެ ކުރިޔަށް އަންނާނީ ޑިޕާރޓްމަންޓްގެ ނަމެވެ. އޭރުންވެސް އެޖެހެނީ ހަމައެއްތާކުއެވެ. އެއްޑިޕާރޓްމަންޓެއްގައި އެތައް ކުކުޅު ޒެކެޓިވުންނެއްތިބޭނެއެވެ. ދެން މިފެށޭހަފްތާގައި ޒެކެޓިވްގެ ފަހަތަށް 1،2،3 ނުލާނެބާވައެވެ. ބައެއްމީހުންނަށް މިނަން ކިޔުމުން ހިތްހަމަޖެހޭބަޔަކު އުޅެއެވެ. ސައްޕޭ އަކީ ވަރަށް ފަސޭހަ އިން މި ބައިބައި ދެނެގަންނަމީހެކެވެ.

އެހެންވެ ހުރިހާވެރިންނަށް މިނަން ކިޔަންފެށިއެވެ. ހޯމަ ދުވަހުގެ މެންދުރަށް އިރުމެދު ޖެހުނު އިރު ކުރިން މޫނުތަކުން ނުފެންނަ އާދަޔާޚިލާފް ވިދުވަރުތައްފެންނަންފަށައިފިއެވެ. ސައްޕޭގެ މަޤްސަދު ހާސިލްވީއެވެ. އެވެރިންވެސް ހިތަހަމަޖެހުނީއެވެ.

ދުވަހުގެ ހަވީރުއަތަށް އަޅާލިއިރު ދެން އިވުނީ މާ އެހެންކަހަލަވާހަކައެކެވެ. ހުރިހާ ކުކުޅުޒެކެޓިވުންނަށް އެބުނާ އެގްޒެކެޓިވް ޗެއަރ ގަތުމަށްޓަކާ ޕްރޮކިއުމަންޓަށް އެންގިވާހަކަ އާއި ވަތަނިއްޔާއިން ދީފައިވާ 40 ފޯނުގެ ތެރެއިން މިވެރިންނަށް ފޯނުދިނުމަށް އެންގިވާހަކައެވެ. އަދި ހަމައެފަދައިން ވަރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި މަހަކު 3500.00 ރުފިޔާ ދިނުމަށް ނިންމިވާހަކައެވެ. މީވެސް އާސްޓްރަކްޗަރގެ ބަޔަކޯލައެވެ. އާސްޓްރަކްޗަރގެ ދަށުން ކުންފުނީގައި މިވަގުތު 3 ކެބިން ވެސް ހުރީހުސްކޮށެވެ. އެއީވެސް އެކަން އޮންނަގޮތެވެ.

އިސްތިހާރު

1 ޚިޔާލު (+add yours?)

  1. White Tiger
    އެޕްރީލް 30, 2010 @ 03:13:31

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s