Coffee time: Elastic viyya lebeyne


ކޮފީ ޓައިމް: އިލާސްޓިކް ވިއްޔާ ލެނބޭނީ ޕްލާސްޓިކް ވިއްޔާ ބިނދޭނީ

…!!

ދުވަސް ތަކަކަށް ފަހު ކޮފީ ޓައިމްގެ 03 ބައިވެރިން ސައިކަލު ބުރަކަށްފަހު އެތިބީ ބުރުހާނު ކަޑައިގައެވެ.
ކުޑޭ …. އޭ މީ ހާދަހާ ފައްކާ ތަނެކޭ ދޯ؟ މަގުމަތިން ދާ ބިޓުންވެސް ފެނޭ…. އެއޮއްދާ ފައްކާ މަންޖެއެއް ބަލާލަބަލަ!!!!
ތުއްޓޭ ….ކުޑޭ އަދިވެސް ތިކުޅި ހުއްޓާކަށް ނުވޭތަ މިހާރު ތިއޮއްގެން އަނެއް އަތަށް އަޅަނީ ނޫން …
ބެންޖޯ …..ދެވި ހިފާފަ ހުންނަ ކަންތައް ތަކެއް އެހާ ފަސޭހައެއްކޮށް ނުހުއްޓޭނެ ދޯ ކުޑޭ…
ކުޑޭ …… އެންމެ ރަނގަޅޭ ދެން ތިވާހަކަ ހުއްޓާލާފަ ކޮންމެވެސް އެހެން ވާހަކައެއް ދައްކަބަލަ… މަ ރީތި ކުއްޖެއްގެ ވާހަކަ ދެއްކީމަ
ގޯސް މިވީ…..
(އިތުރަށް ވިދާލުވުމަށް)

ތުއްޓޭ …. އޭ .. ހާދަހާ ބޮޑު ބަދަލެކޭ ދޯ ކުންފުންޏަށް މިގެންނަނީ…! މިފަހަރު އަނެއްކާ ކިހިނެއް ވާނެބާ..؟
ކުޑޭ ……. ވާނެގޮތް އަހަރެމެންނަށް މާބޮޑަށްވެސް އެގޭ.!.. ވާނެގޮތަކީ ބަދަލު ވަމުންދާއިރު އިލާސްޓިކް ވިއްޔާ ލެނބޭނީ ޕްލާސްޓިކް
ވިއްޔާ ބިނދޭނީ..!! އެއީ ވާނެ ގޮތަކީ… އެނޫން އެހެން ގޮތެއް ނުވާނެ …! މިހާރުވެސް ބައެއް ހަރު ޕްލާސްޓިކް ތައް
ބިނދެމުން އެއޮއްދަނީނު..
ބެންޖޯ …… ބަލަ ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށް. ކުންފުނި ޒުވާންކޮށްލަނީއެއްނު.. މިގައުމަށް މިހާރު ބޭނުންވަނީ ޒުވާންލޭ…
ތިގެންގުޅޭ ގޮތްދޫނުކުރުމުގެ ސިޔާސަތު ދޫކޮށްލުމަށްފަހު ނިކަން ޕޮސިޓިވްކޮށް ވިސްނަބަލަ… މިއީ 21 ވަނަ ޤަރުނެއްނު… ތި 30 އަހަރު ކުރީގެ ޚިޔާލާއި ފިކުރު ދޫކޮށްލަބަލަ..! މިގެންނަ ބަދަލަށް ނިކަން ކެރިގެން މަރުޙަބާ ކިޔާބަލަ… ދެންވެސް އެގިދާނެތާ ވާގޮތެއް…. އޭރުން މުސްތަޤްބަލްގަ މާރަނގަޅުވާނެ…
ކުޑޭ ……. ކަލޯބުންޏަސް ކިހިނެތް އަހަރުމެން ކަހަލ މީހުން ތިކަހަލަ ބަދަލަށް މަރުޙަބާ ކިޔާނީ… މިތާ އުޅޭތާ މިހާރު 20 އަހަރަށްވުރެ ގިނަ ވެއްޖެ…. ޢުމުރުން ވީހާ ދުވަހެއް މިވީ މިތަނުގަ…! ؟ ކޮބާ އަހަރުމެންގެ ތަޖުރިބާ ބޭނުން….. އަހަރުމެން މިތިބީ މުޅިން އެއްފަރާތް ކޮށް ބާކީ ކޮށްލާފަ…!؟ މިތަޖުރިބާ ބޭނުން ކޮށްގެން ނޫނީ ރަނގަޅު ކުރިމަގެއް ނުފެންނާނެ.. މުސްކުޅިން ބުނެ އުޅެއެއްނު އިހުގެ ރެލީ މާމޮޅުވާނެޔޭ…!!! ކަލޯމެން އަދި މިކަހަލަ ކަންކަމަށް ޅަވާނެ…
ބެންޖޯ …… ބަލަ ކުޑޭވެސް މިތަނަށް ވަތްއިރު ކޮންތަޖުރިބާއެއް ހުރީ.. މިތަނުގަ ހަމަ ގިނަދުވަހު އުޅެގެން ލިބުނު ތަޖުރިބާއެއް ހުންނާނީ….. އޭރުގަ ހަމަ މިކަހަލަ ޒުވާން ލޭ ހުންނާނީ… ނާރުތަކުގަ ބާރުވެސް ހުއްޓެއްނު…! ޙައްޖަށް ގޮސް އަންނަ މީހުންގެ ފަހަތުން ސަލާން ޖަހަން ދުވާކަށް ވެސް ނުޖެހެއެއްނު..!.
ކުޑޭ….. .. އޭ..އޭ..ކޮންވާހަކައެއް ތިދައްކަނީ މިހާރު …މަ ފަލީޙަތް ކުރަންދޯ ތި އުޅެނީ… މި މީހުން ކައިރީ ސިއްރެއްވެސް ނުބުނެވޭނެ… އެހެންނު ވާނީ އެންމެ ފުރަތަމަ އަނގަވިއްޔަ ވިހެއީ…..!
ތުއްޓޭ….. ކުޑޭ އެސޮރު އެއްދައްކަނީ ރަނގަޅު ވާހަކއެއްހެން މަށައްވެސް ހީވަނީ..ތިބުނާ ތަޖުރިބާ ހުރި މީހުން މިއޮއް ހުރިހާ ދުވަހު މަތީ މަޤާމުތަކުގަ ތިބެގެން މިއަދާއި ހަމަޔަށް އައިއިރު މިހާރު ކުންފުނި އޮތް ޙާލަތާއި މެދު އެންމެ ފަހަރަކު ނަމަވެސް ނިކަން ވިސްނާލަބަލަ….! ވެރިޔަކަށް އަންނަ ކޮންމެ މީހަކު ހަމަބުނާހާ ގޮތެއް ހަދައަިގެން… އެމީހުން ކުރިމަތީގަ 16 ލައްބަ ކިޔައިގެން ބޭނުންހާ ގޮތަކަށް ކުންފުނި ހިންގަން ދީގެން އެމީހަކު މީ އުޑޭ ބުންޏަސް އާނ ތީ ހަމަ އުޑޭ ކިިޔާފަ ކުންފުނީގެ މާލިއްޔަތު ހިތަކަށް ދީގެން ތިބީ… ކޮންމެ ގޮތަކަށް ކަންކަން ކުރިޔަސް އެއްޗެއް ބުނާކަށް ނުކެރޭ..!!! އެއްޗެއް ބުނާކަށް ބޭނުމެއްވެސް ނުވޭ…!!!.
ބެންޖޯ ….. އާއެއްޗެއް ބުނެފިއްޔާ ގޯސްވާނެއްނު..!ބަސްނާހާ މީހަކަށް ވާނީ… އޭރުން މުސާރަ ބޮޑެއް ނުވާނެ އިތުރު އެލަވަންސެއްވެސް ނުލިބޭނެެއްނު… އެއީ އެބުނާ ތަޖުރިބާގެ ބޭނުމަކީ ދޯ….ތިބުނާ ތަޖުރިބާ ހުރި މީހުން ކުރާ ކަމެއް ނިކަން ދައްކަބަލަ… ހެދުނު އޮފީހަށް އައިސް ކޮފީ ބޮއިގެން ދެގަޑި ބައިވީމަ ގެއައްދާނީ…. ދެން ޓީޝާރޓް ލައިގެން އައިސް 04 ޖަހަންދެން ކޮންމެވެސް އަންހެނަކަށް ނޫނީ ފިރިހެނަކަށް ގުޅައިގެން ފޯނުގަ އިންނާނީ..އެހެންނޫނީ އަމިއްލަ މަސައްކަތުގަ އުޅޭނީ…. އެކަމު އެމީހުން ގެއަށް ގެންދާނެ މުސާރައިގެ ގޮތުގަ މަހަކު ފަންސަވީހަކަށް ހާސް ރުފިޔާ .
ތުއްޓޭ…….. އެލަވަންސްތައް ގިނަވެގެން ގޮސް މި ކުޑޭމެންނަށްވެސް އެބަލިބޭ އެލަވަންސް ނުލިބޭތީ ދޭ އެލަވަންސް ކިޔާފަ ދޭ އެލަވަންސެއްވެސްް… މީހަކު އަޅޭ މޮޔަ ވެދާނެއްެއްނު….!! ގައިމު މިހާ ގިނަ ފައިސާ މިމީހުންނަށް ކުންފުނިން ލިބޭއިރު ކިރިޔާވެސް ކުންފުންޏަށް ލޯތްބެއް ހުރިނަމަ ކުންފުންޏަށް ސަރުކާރުން އިންވެސްޓް ކޮއްފަ އޮތް ބިންތައް ސަރކާރަށް ނަގަމުން ދާއިރު އެކަން ހުއްޓުވަން ވެސް ކޮންމެވެސް މަސައްކަތެއް ކުރީހެއްނު…!ނިކަން ބަލާބަަލަ ތިޔޮއް ސޯމިލުވެސް….. މީހަކު ކޭކު ފޮއްޗެއް ކައިހުސް ކުރާ ހެން ތަންތަން ކޮޅުން ބިންތައް ނަގަމުން އެއޮއްދަނީ …!!! ދެން އަނެއްކާ އެގޭތަ … މިކުންފުންޏަށް އަރި އަތޮޅުން ލިބިފައި އޮތް ރަންބިސް އަޅާ ކުކުޅުވެސް ބުރުމާ ޤާސިމްގެ އަވާގައި ޖެހި ތިބެގެން ވިއްކާލީ…! ގައިމު އެ ރަށްގަނޑުވެސް ނުވިއްކާ އޮތްނަމަ މިަދު ކޮންމެވެސް ކަމެއް ކުރެވުނީހެއްނު…!
ބެންޖޯ…..އާނ…. ޝަހީދު އަލީ މިސްކިތް ކައިރިންވެސް ދިން ބޮޑު ބިމެއް … މިހާރުނޭގެ އެތަންވީ ހިސާބެއްވެސް .. އެތަނަށްވީ ކިހިނެއް ކަމެއްް އެގޭ މީހަކުވެސް ތިބުނާ ކުންފުނީގަ ދުވަސްވީ ތަޖުރިބާ ކާރުންގެ ތެރެއަކު ނެއް…..ހަމަ އެތިބެނީ އަޅާ ކަހާވެސް ނުލާ….ވާނެ އެއްޗެއްވާން ..ދޫކޮއްލައިގެން… ހިއްސާ ދާރުން ނަށް ނޭގެ ވާނުވާ އެއްވެސް …. ކުންފުނި މުޅިން ބަނގުރޫޓް ވާ ހިސާބަށް ދިޔައިމަވެސް އަނެއްކާވެސް އެބުނާ އިހުގެ ރެލީގަ ހުރި ވިސްނުމާ ފިކުރު ބޭނުން ކުރަންވީ.. އެހެން ކަހަލ ފިކުރެއް ހޯދުމެއްނެް….. ކިހާ ތާހިރު ދައްކާ ވާހަކަ……އެހެންނު….
ތުއްޓޭ… އާއެއްޗެއް ބުނެފިއްޔާ ވަޒީފާ ދައްކޮށް މުސާރަ ކުޑަކޮއްފާނެއެއްނު. އެހެންވީމާ ކޮންމެ މީހަކުވެސް މީޓިންގ ތަކުގަ ތިބޭއިރު ހަަނުހުރުމުގެ ޙައްޤު ބޭނުން ކުރަނީ…ދޯ…ކުޑޭ…. ކުޑޭ އަނެއްކާ އެއްޗެކޭ ހީނުކުރާތި މީ ދެން ކައިރީގަ ބައިންދާގެން
ބަވަނީކީ އެއްނޫން …މީ ހަމަ މިތަނުގަ ކަންތައްތައް ހިނގާފަ ހުރިގޮތް…އެހެންވެ ދެއްކެނީ….ވަރަށް ބެވިއްޖެ އެއއްނު ދެން ކޮފީ ތަށި ބޯލައިގެން ދަމާ ހިނގާ ދޯ….!!!

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s