Saytu


ފައިނޭންސް ޑިޕާރޓްމަންޓް ރިސްޓްރަކްޓަރ ކުރުން އަވަސްކުރުމަށް ބަފަޔާ
ގޮވާލައިފި:
ސޭޓް
އޮފީސްނިންމާލާފައި ގެއަށްދިއުމުގެ ކުރިން ސައިކަލަށް ޕެޓްރޯލް އަޅާލަން މަޑުކޮށްލިއިރު ބަފަޔާ މިއިނީ ފެޓްރޯލް އަޅައިގެން ފައިސާ ނުދެއްކިފައެވެ. ކަންވެގެންއުޅޭގޮތް ސާފްކޮށްލަން ބަފަޔާ ކައިރިއަށް ޖެހިލައިފީމެވެ.
(އިތުރަށް ވިދާލުވުމަށް)

ސޭޓް: ކަލޯ ބަފަޔާ. ކިހިނެއްވެފަ ތިޔަ އިންނަނީ.

ބަފަޔާ: ސޭޓާ ކަމަކުދާކަށްނެތް. މިހާރު މިތަނުން އެމްޓީސީސީ މީހުންނަށް ފެޓްރޯލް އަޅައިދެނީ އިސްކުރީން ކޮށްފަ. އެމްޓީސީސީން ތަންތަނަށް ފައިސާ ނުދައްކާތީ މިވެރިން މިހާރު އަހަރުމެންނަށްވެސް އުދަގޫކުރަން ފަށައިފި. މާދަމާ މަސްގަންނަން މާރުކޭޓަށް ދިޔައިމަ ދެން މަސްކޮޅެއްވެސް ލިބޭނެ ކަމެއް ނޭގޭ.

ސޭޓް: ބަފަޔާ …އަދި ރުޅިއަންނާކަށް ނުވޭނުން. މިހާރު ދެން މުސާރަކޮޅުވެސް ލިބިއްޖެއެއްނުން.

ބަފަޔާ: ބަލަ އަދި ރުޅިއެއް ނާންނަމޭ. ކަންހިނގާގޮތުގެ ވާހަކަ އޭ މިދައްކަނީ…. ރުޅިއަތުވެއްޖެއްޔާ އަދި މިއަށްވުރެގިނަ ވާހަކަ ދެއްކޭނެ. ބަލަ މި ކުންފުނިން މިހާރު ވިޔަފާރި ނުކުރަނީތަ. ކިހިނެއް ވެގެންތަ ލާރިނެތިގެން މިއުޅެނީ. ގައިމު ހުރިހާ ވިޔަފާރިއެއް އެބަހިނގާ. ލިބޭއެއްޗެއްތާ ޙަރަދުކުރާނީވެސް. މި ވައްދާ ހުރިހާ ލާރިއެއް މިފަހަރުވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ރެތެއަށްވަދެ ހުސްވަނީބާ. ކުރިން މިތާގައި ހުރި ކަޕޫރުވެސް ބޯނަސްނުދީ ހުރިހާލާރިއެއް އެކަމަކަށޭ ހުސްކުރީ.

ސޭޓް: ބަޔަފާ… ތީ މުޅިން ރަނގަޅު ވާހަކައެއްނޫން. މިހާރު ހަމަ ލާރި ނުލިބެނީއޭ.

ބަފަޔާ: ކީއްވެ ނުލިބެންވީ. ބަޔަކު ހޯދަންއުޅެގެންނުން ލިބޭނީ. ތިޔަ ފައިނޭންސް ޑިޕާރޓްމަންޓwކީވެސް އަޅެފަހެ ކީއްކުރާ ތަނެއް ބާވައޭ ހިތަށްއަރާ. އެތަނުން ކަމެއްކުރެވޭނީ ފުރަތަމަ އެތަނުގެ ވެރިޔަކީ ކާކުކަން އެނގިގެން. ތިއުޅޭ މަންޗުނާތަން ހުންނަނީ “ފައިނޭންސް މަންޖެ” ގެ ދަށުވެފައި. އެމަންޖެ ކޯފާވެދާނެތީ އެސޮރަށް އެއްކަމެއްވެސް ނުކުރެވޭ. އެތަނުގައި މަސައްކަތްކުރާ ދަށުފަންތީގެ ކުދިން މި މަންޖެއާއި ވާހަކަ ދައްކަންވެސް ޖެހެނީ ވަކި ރާގަކަށް ވަކި އަޑަކުން. މިމަންޖެއަކީ ވެރިންނަށް ވަރަށް ކަމުގޮސްފައިވާ މަންޖެއެއް. އެހެންތާ ބުނެވޭނީ…. އޯލެވެލް ގަނޑެއް ހަދައިގެން އެމަންޖެ މިހުންނަނީ ފައިނޭންސް ހިންގަން. ލައްކަ ހިންގުމެއް ހިންގިފަ އޮންނާނެތާ. ދެންއެއުޅޭ ޒުވާން ފިރިހެން ސޮރު ހަމަ ދެންމެ ދެންމެ އެތަނާ ހަވާލުވާން އުޅޭކަހަލަ. އެކަމަކު އެކަންވެސް ވާނީ އޮފީހަށްވެސް ކޮންމެވެސް އެއްގަޑިއަކަށް އާދެވިގެންތާ. އަދި އޮފީހުގައި އުފެއްދުންތެރި މަސައްކަތެއްވެސް ކޮށްގެންތާ. ދެންހަމަ ފިތާ ފިތްތަކަށް އަވަސް އަވަހަށް ފިއްތަން އެގުނަކަސް ޝަރުތު ހަމައެއްނުވާނެތާ. އަދި އުޅޭނެ ވަރަށް ހަލަނި މަންޖެއެއް. މިމަންޖެއަކީ ގައިމު ކިޔަވައިގެން އެނގޭނެ އެއްޗެއް އެނގިފައި ހުންނާނެ މަންޖެއެއް. އެހެނަސް ކަމެއް ހަވާލުވެއްޖެއްޔާ ވަރަށް އަވަހަށް ބޯ ދަމައިގަނޭ. މިވާ ގޮތެއް ހަމަނޭނގޭ.

ސޭޓް: އެހެންވީމަ ތިޔަ ތަނަށް ކިހިނެއް ހެދޭނީ.

ބަފަޔާ: ހެދޭނެ ގޮތް ބައިވަރު. އެކަމަކު ގޮތެއް ހެދިއްޔާތާ ހެދިކަމަށްވާނީ. ނަހަދާ ހެދިކަމަކަށްނުވާނެ. ދެންވެސް ކުރަންވީ ކަމަކީ ތިޔަ ރީ އިސްޓްރަކްޗަރ ކުރުމުގެ މަސައްކަތް އަވަސް ކޮށް ފައިނޭންސް ޑިޕާރޓްމަންޓް ހަމަޔަކަށް އަޅުވަންވީ. ތިޔަ ތަނުގެ ކަންދެއްކޭ މީހުން އެއްފަރާތްކޮށް ކުރެވޭ މީހުންނާ އެތަން ޙަވާލުކުރަންވީ. ތިޔަ ތަނަށްވެސް ތުނބުޅިލީ ސޮރެއްލާންވީ. އޭރުން ރަނގަޅުވާނެ.

ސޭޓް: ބަފަޔާ… ބަލަ މިހެން ވާހަކައިގައި ތިއްބައި މަޢްރިބަށް އެގޮވީ. ތިވާހަކަ އަދި ފަހުން ކުރިއަށް ގެންދަންވާނެ. ދެން އެހަށް މިގޮސްލަނީ.

Advertisements

3 ޚިޔާލުތައް (+add yours?)

  1. ވަކިލާރި
    މާރިޗު 11, 2010 @ 22:57:46

    މީދެންމިހާރި ވަރަށް އާންމުކަމަކަށްވެއްޖެ. ކަންޑަންވީމީހުންވެސް މި އެނގެނީ ސްޓާފުންނަށް. މިމީހުން ކެނޑުމުގެ ކަންތައް އައުޓްސޯސްކުރަންވީނު އަވަސް ކުރަން ބޭނުމިއްޔާ، ކަލޭމެންގެ މީހެއްނު މިހާރު އެޗް.އާރް ގަ އެހުރީ ކަލޭމެން ބުނިކަމެއްއޭނަކުރާނެއެއްނު… އެކަމަކު މިހާރު އެހާފަސޭހަވާނެހެނެއްހިޔެއްނުވޭ. ބަލާ އެޑްމިން ގަ އުޅޭ ޗީފް ޝަމީމް ކަނޑާލަން އެމީހުން އުޅޭހާލު. އެންމެފަހުން ކުންފުނިން ޖެހުނީ އޭނަބުނާހާގޮތެއްހަދަން. އެއީ މިހާރު ކުންފުނިން އަލައްއުފައްދަން އުޅޭ ސީ.އޯ.އޯ އަށްވުރެބާރުގަދަމީހެއް. އެމް.ޓީ.ސީ.ސީ އިންވެސް އެތިބީ ކޯޓަށް އޭނަގެ މައްސަލަހުށަހަޅައިގެން ގޮތްހުސްވެފަ، ދެން ކިހިނެތް ތިބުނާ ޓީމް ކަނޑާލާނީ. އެއީ ކިހާވަރެއްގެ ބަޔެއްކަން އެނގޭތަ؟ މިހާރު އެމް.ޑީވެސް އެއުޅެނީ އެމީހުންގެ ވަޒީފާވެސް ދައްކޮށްލަން ނުކެރިގެން ، ދެން ކިހިނެތް ކަނޑާލަންކެރޭނީ…މިތަނަށް ލާންވީ ސަރަނގު އާދަމް މަނިކު އޭނަ ނުނީ ދެންނެތް މިތަން ހިންގޭވަރުގެ މީހަކު.

    ރައްދު

  2. zilaybe
    މާރިޗު 11, 2010 @ 13:22:33

    step one,
    sulaymaanu bayrukuranvee.
    That’s the software used to manipulate everything, and that’s why nafaa like kapoor kept manchi,

    step two,
    manchi bayru kuranvee, he knows nothing about zamanee finance. he is outdated and inefficent, even fahud is much better than munchi, so why wast money on him!

    step three,
    suneeza bayru kuranvee
    Suneeza:- she was trained by STELCO, and wonder why STELCO threw her, the reason is simple, he is very corrupt and an unethical person. Upon everything, she is incompetent.

    step four;-
    put rafiu as HOD

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s