Bafayaa bunanee on-naee sizahh kandaalaafa


ބަފަޔާބުނަނީ އޮންނާނީ ސައިޒަށް ކަނޑާލައިފައި
ޅިޔަނާ
އޮފީސް ނިންމާލައިފައި ގެއަށްދާން ނިކުތްތަނާ އެއްކަލަ ބަފަޔާ އާއި ދިމާވެގެން ވާހަކަފެށިއެވެ.
ބަފަޔާ: އޭ! އޮންނާނީ ސައިޒަށް ކަނޑާލައިފައި
އަހަރެން: ކާކުތަ؟
ބަފަޔާ: ހަމަނޭގިގެންތަ؟ މިދައްކަނީ ކަލޭމެން ގެ އެޗްއާރު ބޮސްގެ ވާހަކަ
އަހަރެން: އެހެންތަ؟ ތިހެން ހަދާކަށްނުވާނެނު، އެހާ ރަގަޅަށް މަސައްކަތްކުރަމުން ދަނިކޮށް އެއްވެސް ސަބަބަކާއި ނުލާ…. (އިތުރަށް ވިދާލުވުމަށް)

ބަފަޔާ އަހަރެންގެ ވާހަކަ މެދުކަނޑުވާލައިފައި ވާހަކަފެށިއެވެ.
ބަފަޔާ: ރަގަޅުކަމުންދޯ އަހަރެމެންގެ އިންޝުއަރެންސް ކާޑް އަދިވެސްނުލިބެނީ؟ މަސްފެށުނީމަވެސް މުސާރަނުލިބުނީ ބުރަކަމުންތަ ނޫނީ ފަރުވާތެރިކަމުންތަ؟ ނޫނީ އަހަރެމެން މުވައްޒަފުންގެ ކަންތައްތަކަށް އިސްކަންދޭތީތަ؟އަދިވެސް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓަން ސްޓާފް ރިލޭޝަންސް މެނޭޖަރުން މަދީދޯ؟ ނޫނީ ޑިރެކްޓަރަކަށް ނުވާތީތަ؟
އަހަރެން: ބަފަޔާ ހާދަ ރުޅިއައިސްފަ، ރުޅި މައިތިރިކުރޭ، އެމަންޖެއަށްވެސް ކަންތައްކުރެވޭނީ މަތިން ދޭލަފާގެ މަތިން
ބަފަޔާ: މަތިން ލަފާދެނީ ދޮގުހަދަންތަ ނޫނީ އޮޅުވާލަންތަ، ހުރިހާ ކަމެއްވެސް އޮންނަނީ އޮޅުވާލުމާއި ދޮގުހެދުން، ނިކަން ބަލާލަބަލަ އިންޝުއަރެން ކާޑް މެޝިން ހަލާކުވެގެންނޭ ކިޔަފައި ފޮނުވި މެމޯ، އެޗް އާރުން ހީކުރީ އަހަރެމެންނަކީ ހުސް ނުވިސްނޭ މޮޔައިންކަމަށްތަ؟ އެލައިޑް އިންޝުއަރެންސްގެ މެޝިން ހަލާކުވީޔޯ، 3 މަސްދުވަސްވީ އިރުވެސް އެމެޝިން ނެހެދެނީޔޯ،
އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ވާނީވެސް އެހެނެވެ. ބަފަޔާ އެދައްކާ ވާހަކަތައް ގަބޫލުކުރެވޭތީއެވެ.
ބަފަޔާ: މިހާރު ބުނަނީ ފައިސާ ދައްކައިފީމޭ، އެވެރިން ގޯސްކަމުން ކާޑް ހަދައިނުދެނީއޭ، ކީއްވެތަ ދޮގު ހަދަންވީ، އެމްޓީސީސީގައި ދައްކާނެ ފައިސާ ނެތިގެން އަދިވެސް ފައިސާ ނުދައްކަމޭ ބުނަންވީނު،
އަހަރެން: އެހެންވެދާނެނު، އިހަކަށްދުވަހު މުސާރަ ދިނީ އެހެންވީމާ އިންޝުއަރެންސަށް ފައިސާ ދައްކަން ވަގުތުކޮޅެއް ބޭނުވާނެ
ބަފަޔާ: އާނ ތިބުނީ ރަގަޅަށް، އެކަމަކު ބުނަނީ އެހެނެއްނޫން ފައިސާ ދައްކައިފިޔޯ، އެވެރިން ހީކުރީ އަހަރެމެންނަށް އެލައިޑަށް ގުޅަންނުކެރޭނެކަމަށްތަ؟ ނޫނީ އެލައިޑުން އަހަރެމެންނަށް މައުލޫމާތު ނުދޭނެކަމަށްތަ؟ އެލައިޑުން މިހާރުވެސް ތިބީ ތައްޔާރަށް ފައިސާދޭއިރަށް ކާޑްތައްދޭން
އަހަރެން: މިހާރު އެމަންޖެ ހުންނަނީ ވަރަށްކުޑަކޮށްފައޭ ނޫންތަ ތިބުނީ؟ އެހެންވީމާ ތިހާ ރުޅިގަދަވާނެކަމެއްނެތެއްނު، ކެބިންއިންވެސް ނެރުނީތަ؟ ލެޕްޓޮޕްވެސް އަތުލީތަތަ؟ އެއްކަލަ ކޯލާއައިޑީ ހުންނަ އައިޕޯ ފޯނަށް ކިހިނެތްބާ ހެދީ؟
ބަފަޔާ: ތިހުރިހާ އެއްޗެހިވެސް އަތުލަންވީ، ކީއްވެ ނުއަތުލަންވީ، ތިބުނާ ލެޕްޓޮޕަކީ ދުވަހަކުވެސް އޮފީހަށް ގެނައި ލެޕްޓޮޕެއްނޫން އަދި އެއްވެސް އޮފީސް މަސައްކަތެއްކުރިހެނެއްވެސް ހިއެއްނުވޭ، ގޭގައި ކުދިވެރިން ކުޅެންކަން ނޭގެ ގެންގުޅެނީ،
އަހަރެން: ބަފަޔާ ދެން ރުޅިމަޑުކޮށް މިހާރު އާހެޑެއްވެސް އެޗްއާރަށް އައްޔަންކޮށްފިނު، ދެން ތިކަންތައްތައް ރަގަޅުވާނެކަމަށް ބަލަމާ ބަހީ
ބަފަޔާ: ތިހެން އަދިނެތް ވިސްނޭކަށް އަހަރެމެންނަށް ފެނިއްޖެ ހެޑުން ބަދަލުވާތަން، އެހެންނޫނަސް ދެން ގަބޫލުކުރާނީ ކަންތައްތައް ބަދަލުވާންފެށުމުން، ނުވަންޏާ އޮންނާނީ އެޗެހިކިޔުން، ހަމަމިގޮތަށް ހަޅޭވެސް ލަވާނަން، އާ އެޗް އާރު ހެޑްވެސް ޖެހޭނީ އެގޮތް ގަބޫލުކުރަން
އަހަރެން: ދެން ހިގާދޯ ވާގޮތްބަލަމާ

Advertisements

10 ޚިޔާލުތައް (+add yours?)

  1. donkey
    މާރިޗު 12, 2010 @ 21:28:10

    ‘Mee’ no one is pointing to Sales head everybody is expressing their view, and if you think he is most capable for Trading head why don’t you express your view.

    There are so many reasons for changing Sales Head some of them are:

    1. MTCC is loosing their market share to competitors
    2. Overhead is increasing without improvement of Sales
    3. Customer complains are increasing, even though they had spend huge amount on promotion
    4. No proper vision, objective and strategies are unclear
    5. Favoritism: Some unit heads are more powerful than section heads
    6. No longterm goals
    7. Unable to think beyond borders; No objectives for expansion
    8. No improvement on process
    9. unable to adjust with change
    so on

    ރައްދު

    • buraadha
      މާރިޗު 13, 2010 @ 08:38:47

      Kalo kiyaa adhu ivey “NEE”akee ves kuda varehge fupaafa uley head ekey, Sales head ves consultancy hoadhanee eyna ge faraathun kamuga.

      1. Sales head kamakah onanee secretary eh ge masaikai kurun, instruction amalu kuranee, amilayah visnaigen kameh nukuraane

      2. dhen inaanee echetheega boduvefa sign kurun

      3. meeting akah vadhejeyaamu agai nubune inaanee

      ރައްދު

  2. mee
    މާރިޗު 11, 2010 @ 10:54:05

    Why you guys are pinpointing Sales Head if you are capable to run the Trading department please informs MD. Or otherwise you have to provide every tea to committee members.

    ރައްދު

  3. flop
    މާރިޗު 11, 2010 @ 00:00:48

    Now its time for change, no improvement in Sales, Ihusaan mind is on downfall, please change him.

    ރައްދު

  4. sheereen
    މާރިޗު 10, 2010 @ 23:50:59

    jabeen kahala meehun nah adhives cheque takuga sign kureve, mikan hutah vejje,…….

    ރައްދު

  5. private
    މާރިޗު 10, 2010 @ 09:14:01

    Affirmative about Allied. MTCC has not paid them. Finance need to sort out its priority. COLLECT, if not expose those claums to public. NO MORE Mr. Nice guy Ok.

    ރައްދު

  6. bugngney bugngney
    މާރިޗު 10, 2010 @ 09:09:52

    Thats not the right attitude bafayaa. If we have to build up this company we need to become a team. We should not be personal but practical. The change is ok but we need to get along other players as well. As you aware no-one likes every-one.

    ރައްދު

  7. White Tiger
    މާރިޗު 10, 2010 @ 09:05:03

    ކަމެއްނުވަނީސް މާ އަނގަގަދަ ކުރާކަށް ނުވާނެ. މިހާގެ ފެންވަރު ދައްކަންވާނީ އެކަމުގައި އުޅެގެން، މާކުރިން، ފޮނިވާހަކައަކުން ނޫން. އިނގިދާނެތާ ބަފަޔާގެ ހުރި ވަރެއްވެސް. . . ކާޑުތައް މިހަފުތާގައި ނުލިބިއްޖިޔާ ތިއީ ހަމަ ހުސް އަނގައެއް! 😛

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s