Faisa faisa


Paisa Karati Hai Kyun Paise Pe Tu Marati Hai

=އެމީހާ =

ހާލަތު ބަދަލުވެ ވަގުތުބަދަލުވެއްޖެ އެވެ. ލާރިއަށް ޓަކާ ސަލާމް ޖަހަންފަށައިފިއެވެ. ކުންފުނިން ކިރިޔާވެސް ކަނޑާލެވެން އޮތްމީހަކުވިއްޔާ މިހާރުބަލަނީ ވީހާވެސް އަވަހަކަށް ކަނޑާލެވޭތޯއެވެ.

މީހުން އެކަންޏެއްނޫނެވެ. ކުރިން ދެމުން އައި އެތައް ހިދުމަތްތަކާކާއި އިނާޔަތްތައްވެސް ކަނޑާލަނީއެވެ. ބޯނެފެންފޮދާއި ސާފުކޮށްލާނެ ޓިޝޫކޮޅުވެސް މިމަހުގެ ނިޔަލަށް ހަމަވަނިއްޔޯލައެވެ. އެކަމަކުވަކިބަޔެއްގެއެވެ. އަދިވެސް ސީނުދޮވެ ޓިޝުލުންފޮހޭ މީހުންނަށް އެބައިލިބެއެވެ. ކުރިން ފެނުން ދޮންނަމީހާދެންޖެހޭނީ ގުއިނުރީ ހުންނާށެވެ. މިވަރުން ދެކޮޅުޖެހޭނެކަމަށް ސީނިއަރު މީހުންނަށްފެނި މިކަންވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.(އިތުރަށް ވިދާޅުވުމަށް)

އަދިވެސް އެބައިމީހުންނަށް ހުރީހުސްރަނގަޅުގޮތެވެ. މިމަހު އެވެރިންނަށް އާފޯނުދެނިއްޔޯލައެވެ. ގުޅާނެވަރަކަށް ގުޅިޔަސް ބިލެއްނާދެޔޯލައެވެ. މީގެ ކުރިންވެސް އެވެރިން އޮފީސް ބޭނުމަކަށް ގުޅައިގެން ފޯނުބިލެއްބޮޑެއް ނުވެއެވެ. ބޮޑުވަނީ އެމަންޖެމެންނަށާ،………. ގުޅައިގެންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެވެރިންނަށް އޮފީސް ކަމަކާ ގުޅަންޖެހޭވަރަށް ވުރެ މާ ހިންގުންތެރިއެވެ. ދަށުން ތިބޭ މީހުންނަށް އޮންނަނީ ކަންތައްތައް ހަވާލުކޮށް ނިންމާފައެވެ. ގުޅުން އެއްކިބައިގާ އޮއްވާ އެވެރިންގެ ފޯނުގިނަފަހަރަށް އޮންނާނީވެސް ނިވާލާފައެވެ. ނޫނީ ނިދާމޯޑަށް ލާފައެވެ. ކީއްވެތޯއަހާލާއިރު މީޓީންގ ގައެވެ. ހެނދުނު 8.30 ފެށިގެން ހަވީރު 5.00 އަށް އޮންނަނީ ހުސްމީޓިންގ ވިއްޔާއެވެ. 5 ޖެހުމުން އޮފީސް ގަޑި ނިމުނީކަމުގާބުނެ ފޯނަކަށް ޖަވާބެއްނުދެއެވެ. އަދިވެސް ފޯނުދޭންވީ މިވެރިންނަށް ހެއްޔެވެ. ފޯނުހައްޤުވާމީހުންނަށް ފޯނުދީގެންނޫނީ މިހަރަދަކަށް ބަދަލެއްނާންނާނެއެވެ. ކުދިވެރިންގެ ފޯނުއެލަވަންސް ކަނޑާލައިފިނަމަ އެވެރިން ފޯނުނެގުން ހުއްޓާލާނެކަމަށް މިހާރު ދެކެވެން ފަށައިފިއެވެ.

ދެންއޮތީ ސައިކޮޓަރީގެ ވާހަކައެވެ. ކުރިން ދުވާލަކު 1 ކޮފީ ބޯމީހުން މިޙާރު ތިން ހަތަރު ކޮފީ ބޯލައެވެ. އަންނަމަހުން ފެށިގެން މި ހިދުމަތް ތައްމެދުކަނޑާލާތީޔޯލައެވެ. ފެންވެސް ބޮނީ އަމަށަކު ވަރަކަށްނޫނެވެ. ބައެއްމީހުން ބަނޑަށްތަދުވަތީ އުޅެއެވެ. މިހާރު ބައެއް މީހުން މިކަމަށް ތައްޔާރުވުމުގެ ގޮތުން ކޮފީ މެޝިނާއި އެހެނިހެން ތަކެތި ގަތުމަށް ޗަންދާނަގަން ފަށައިފިއެވެ. ” ހިނގާ މިރޭޝޮޕިން އަށް ދާން އަހަރެންބޭނުން ތަންކޮޅެއްބޮޑު ދަބަހެއްގަންނަން، ދެން އޮފީހަށް އަންނައިރު ކިހާއެއްޗިއްސެއް ގެންނަންޖެހޭނެ” ދުވަސްވަރާދިމާކޮށް 3 އިން1 ކޮފީ އެތެރެކުރާމީޙުންވެސް ހާސްޕްރޮމޯޝަންއެއްފަށައިފިއެވެ. ސައިކޮޓަރިން ބައްދަލުކުރަމުންދިޔަ ބައްދަލުވުންތައް ދެންބާއްވާނެ ތަނެއް އިހުތިޔާރުކުރަންފަށައިފިއެވެ. ” ދެން އެއްތަށިން ކާވެސް ނުލެވޭނެ، ކިހާދެރަ” ކުއްޖެއްގެ ޝުއޫރުފާޅުކޮށްލިއެވެ. “ދެން ތިގިރައިދޭ ކޮފީވެސް ބޯލަން ނުލިބޭނެ، މަށަކަށް ކަމަކުނުދޭ ގޭގަ ހަދާ ކޮފީއެއް… ހަމަބޭނުން ވަނީ…….. އަތުން ގިރާ ކޮފީ ބޯލަން” ހާދަހާ ދެރައެވެ. މިކަން ނަފްސާނީ ބައްޔަކަށް ނުވާނެބާވައެވެ.

އިސްތިހާރު

4 ޚިޔާލުތައް (+add yours?)

 1. Faadey
  މާރިޗު 01, 2010 @ 16:36:47

  ދިރޭރަހަ ތިބުނި ރަނގަޅުވާހަކައެއް… އެހެންވެ ބައެއްމީހުން މީޓިންގ ތަކަށް ދާއިރު ތިބޭނެ ކައިރީގަ 2 ނޫނީ އެކަކު ކުރާސުވާލްތަކަށް ޖަވާބްދޭން. މި ހިތަށް އަރާ ލަދުވެސް ނުގަންނަނީބާވައޭ. މީގެ ކުރިންވެސް ހަމަ ތިޑިޕާރޓްމަންޓްތައް މާގިނަ ޕްރޮޖެކްޓްތަކާއި މާގިނަ މަސައްކަތް ތަކާއެކު ހިންގި މިވަރެއްނުވޭ.. ކުރާ ސުވާލްތަކަށް ޖަވާބްދާރީވޭ ބަރާބަރަށް މިހާރު ސީނިއަ މެނޭޖްމަންޓް އަށް މީޓިންގ އަކަށް ކިޔަސް ވެރީސީނިއަރގެ މީހަކާ ވެރީ ވެރީ ސީނިއަރ މީހުންވެސް އަރިހުގަ ގެންދޭ…ދިރޭ ރަހަމެންނަށް ފެންނަނީ ސައިކޮޓަރީގަ އުޅޭތަން މޭޒުކައިރީ އިނދެގެން ވަކިކުރަނީ ކީއް؟ ކީއްވެ ވެރިންގެ ވާހަކަ ނުބުނީ އެމީހުންވެސް މީޓިންގ ތަކުން އަރާތަ؟ ..

  ރައްދު

 2. dhireyraha
  މާރިޗު 01, 2010 @ 14:34:00

  saa kotari badhal kuran mihaaru maalasvejje, ehen’nu vaany saakotariah vadheves baeh myhun nikunan neygifa hurey viyya. thimaamen hykurany office ga ulhumaky imaraathuga ulhun kama. ekam kykkurany, mihaaru saikotarithah uvaaleema dhen jeheyny hama fothuga liyefa sayah gosfa hama egadiyah annan yiyaa mihaaruves maa bodah lasvejje dhikan badhal kuran. dhen thidhakany phone ge vaahaka thaa. ehennu vaany thimaa mennah myge kurin ulhe veny vayah viyaaa., egothuga ulhe kashyga hifaafa huri kameh filaany ves ehaa undhangulun neh nu dho. gina faharah thimaa menge zimaa adhaakurany ehen myhun kamun ekamaa beheygothun javaabeh dheyn ves neygeyne viyaa. dhen jeheyny badhaluvamun anna haalathah rujooa veveytho balan nu , noony jeheynyn dhen ehn gotheh ihthiyaaru kuranthaaa

  ރައްދު

 3. soofi
  މާރިޗު 01, 2010 @ 08:08:20

  އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ވަތަނިއްޔާ ސިމްގެންގުޅޭތީ ހެއްޔެވެ؟ ނޫނީ
  އެމްޓީސީސީގެ 99 އިންސައްތަ (ގާތްގަޑަކަށް 390) މުވައްޒަފުން ދިރާގު ނަމްބަރު ގެންގުޅޭތީ، އެ 99 އިންސައްތަ މީހުން ވަތަނިއްޔާއަށް ބަދަލުކުރުމަށް ކުރާ މަސައްކަތެއް ހެއްޔެވެ؟ ނޫނީ
  ޕްރޮޖެކްޓުން ލިބޭ ކަމިޝަން ބޮޑީ ހެއްޔެވެ؟

  ފައިނެތްސޫފި ވިދާޅުވަނީ:
  ހިލޭލިބޭ 30 ފޯން ބަހާނީ ކޮން އުސޫލަކުންތޯއެވެ؟
  ބާކީ ތިބި 360 މުވައްޒަފުން އަމިއްލައަށް ފޯނު ގަންނަން ޖެހޭނެތޯއެވެ؟

  ޖަވާބުގައި ވިދާޅުވަނީ:
  ކުޑަސޮރު ކުޅެން ސިމް ދިނަސް ރަގަޅުވާނެކަމަށާއި، ހިލޭލިބޭ ފޯނު ކުރީފަހަރު އައިޕީ ފޯނު ދޫކުރި އުސޫލުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ވެރިންފަހަތުން އުޅޭ ފަރާތްތަކަށް ބަހާލަނިކޮށް ރަގަޅުވާނެކަމަށެވެ.

  ރައްދު

 4. ben
  ފެބުރުއަރީ 27, 2010 @ 16:19:39

  MR.SAPPE

  KALO TIHUREE NIDHAAFAHA.

  CELL PHONE KADAALAAFA WATANIYAA DHIYAMA FAIDHAAVANY IT BODETI MEEHUNAH EMEEHUN GENGULENEE WATANIYAA NUMBER, ADIN LIBUNU MAULOOMATIGE TEREY EMEEHUNAH FAISAA LIBEYKAMAH VANEE

  DHIRAAGAA NEGOTAITE KURAAKAH MASAIKAI NUKURE, MIKAN AUDIT KUREY
  DHIRAAGU PACKAGE AH VAA GOTAH ALLOWANCE DHEYVEENU, EYRUN MAARAGALHU VAANE

  PHONE DHEYN NUJEHEY ETAH BAYAKAH ALLOWANCE DHEY VEEYA

  BALA HUNACHEY MIKAN VARAH HITI NATEEJAA LIBEYNE

  DEMOCRACY USOOLEH GEN GULEBALA

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s