Bafayaa bunanee: Maqaambaha adhives nunimeytha?


ބަފަޔާ ބުނަނީ: ކޮބާ މަގާމްބަހާއަދިވެސް ނުނިމެނީތަ؟

ރޭގަނޑު ސައިން ރޭގާ ދިމާވެގެން ވާހަކަ ތަކެއް ދައްކަން އުޅޭހެން ހީވެގެން އަހާލީމެވެ

ކޮމިޓީމީޓިންތައް ގިނަކަމުން އޮފީސް ނިންމާލެވެނީ އަށެއްވެސް ޖެހިފަހުންނެވެ. އަވަސްއަވަހަށް ސައިކަލަށް އަރާ ސްޓާޓްކޮށްލީ ގެއަށް ދިއުމަށެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފުރަގަހުން މީހަކުއައިސް ކޮޑުމަތީ ޖަހާލުމުންނެވެ. އަސްތާއެވެ. އެއްކަލަ ބަފަޔާއެވެ.
(އިތުރަށް ވިދާޅުވުމަށް)

ބަފަޔާ: ކަލޭވެސް ކޮމިޓީތަކަށް ނަގަންފެށުމުން ބަފަޔާމެން މަތިން ހަނދާންނެތުނީދޯ؟
ބަފަޔާބުނީ ހަމަތެދެކެވެ. މިހާރު ބަފަޔާމަތިން ހަނދާވާވަރެއްނޫނެވެ. ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ދާންޖެހޭތީއެވެ. ކޮންމެހެން ކޮމިޓީގައި މަސައްކަތެއްނުކުރިއަސް ވެރިންނަށްދެއްކެންޖެހެއެވެ. އެހެންނޫނީ މިފަހަރު ޕްރޮމޯޝަނެއް ނުލިބޭނެކަންއެގޭތީއެވެ.
ނަމަވެސް، ބަފަޔާގެ އެވާހަކައާއި އެއްބަސްވާކަށް ބޭނުމެއްނޫނެވެ.
އަހަރެން: ބަފަޔާ ބުނަން ތަންކޮޅެއް މަސައްކަތްގިނަވީމާ ގުޅާވެސް ނުލެވެނީ
ބަފަޔާ: އާނ! މިހާރުވާނީވެސްތިހެން، ކޮބާ މަގާމްބަހާއަދިވެސް ނުނިމެނީތަ؟
އަހަރެން: ބަފަޔާމެން ދެން ކޮންމެކަމެއްވެސް މާނަކުރަނީ އޮންނަ އެންމެ ގޯސްގޮތަށް އަހަރެމެން މިއުޅެނީ ކުންފުނީގެ އޮނިގަނޑު ހަރުދަނާކުރަން
ބަފަޔާ: އެކަމެއްނޭގެ، އަމިއްލައަށް ތިމަންނަ ޑިޕާރޓްމަންޓޭ ކިޔައިގެން ޑިޕާރޓްމަންޓާ ހަވާލުވާ ފަރާތްތަކާއި، ހުރިހާ ކޮމިޓީގައި ހޭކޭ މީހުން މުޅިސްވެސް އުޅެނީ، ދެން އުޅެނީ އެމްޑީގެ ކޮޓަރި ދޮރުމަތީ ދޮރުވާނުންނަށް ހެދިގެން އުޅޭބަޔަކާއި، އެމްޑީގެ ކޮޓަރި ފުރަގަހުގައި ސިގިރެޓްބޯބައެއް، މިއެންމެންގެވެސް ބޭނުމަކީ އެމްޑީގެ ހިތްއަތުލައިގެން ބޮޑެތި މެޑެލްޖެހުން
އަހަރެން: ތިހެނެއްނޫން ތިވަނީ، ބަފަޔާމެން ކޮމިޓީތަކަށް ނުނަގާތީ ފާޑުފާޑުގެ ވާހަކަ ދައްކަނީ، ބަފަޔާމެން ކިހިނެތް ކޮމިޓީތަކަށްނަގާނީ، އެއްވެސް ސެޓްފިކެޓެއް އޮންނަނީކީނޫން ދެން ޕާފޯމްކުރަނީކީވެސްނޫން
އަހަރެންނަށް ބުނެވުނު އެއްޗަކުން ބަފަޔާ ކުޑަކޮށް ހިތްހަމަނުޖެހިއްޖެއެވެ. އަޑުބާރުވާންފަށަފިއެވެ.
ބަފަޔާ: ކަލޯމެން ހީކުރަނީ މިބަފަޔާމެންނަށް އެއްވެސް އެއްޗެއްނޭގެނީކަމަށްތަ؟ ތިކޮމިޓީތަކުގައި ތިބީ ކޮންޔުނިވަރސިޓިއަކުން ފާސްހޯދައިގެންތިބިބައެއް، ދެން މާމޮޅެތި ޕްރޮފެޝަނަލް ފާސްތައް ނަގައިގެން ތިބިމީހުންވެސް އުޅެނީ އެހެންމީހުން ލައްވާ މަސައްކަތްކުރަން، ހުރިހާ މަސައްކަތެއްވެސް ކުރަނީ ދެތިން މީހުން ދެން ތިބޭމީހުން ތިބެނީ އެމްޑީ ކައިރިއަށްގޮސް ކުރެޑިޓްކޮޅު ހޯދަން
އަހަރެން: ބަފަޔާ ދެން ތިހާ ޕާރސަނަލް ނުވެބަލަ، ބަފަޔާމެންގެ މައްސަލައަކީ ތިއީއޭ އަބަދުވެސް ކޮންމެވެސް ބަޔަކާ ޖައްސާލައިގެން އުޅޭނީ
ބަފަޔާ: ހަގީގަތް ހާމަކުރަންޏާ ކަލޭމެން ބުނާނެ ޕާސަނަލްވަނީއޭ، ބަފަޔާމެން ކޮންމެހެން ނޫޅެން ކޮމިޓީތަކަށް ނުދެވިގެނެއް، އެކަމަކު ބައެއް މީހުން އެބައުޅޭ ހުރިހާ ކޮމިޓީތަކެއްގައިވެސް ހޭކޭބައެއް، މީޓިން ފަށައިފިއްޔާ މީޓިން ކޮންޓްރޯލް ކުރެވެނީކީނޫން، މީޓިންތަކަށްވެސް ކިޔާނީ ގަޑިޖެހެން ދެތިން މިނިޓަށްވުމުން، މަގުމަތިން ފެނުނީމަވެސް މީޓިންއަށްކިޔާފާނެ، އެޖެންޑާއަކީ ދަންނައެއްޗެއްނޫން، ފާޑުކިއުން ގަބޫލެއް ނުކުރެވޭ، މިކަހަލަބައެއްލައިގެން ކިހިނެތް އޮނިގަނޑުތަކާއި ޕްލޭންތައް ހަދާނީ މާރަގަޅުވާނެ ހަރުގަނޑުހެދިއްޔާ
އަހަރެންނަށް ކިޔާނެ އެކައްޗެއްވެސް ނޭގުނެވެ. ވާހަކަނުދެއްކޭމީހަކަށް ވާތީއެއްނޫނެވެ. ބަފަޔާއެދައްކަނީ މުޅިސްވެސް ކަންތައް ހިގާގޮތައްވާތީއެވެ. ނަމަވެސް ބަފަޔާއާއި އެއްބައިވުމަކީ އެކުގައި މަސައްކަތްކުރާ ކޮމިޓީ މެމްބަރުންގެ އަގުވައްޓާލުން ކަމަށްވާތީ ދެކޮޅުހެދީމެވެ.
އަހަރެން: ބަފަޔާ ތިހެން ނުބުނޭ ހުރިހާ އެއްމެންވެސް އެމީހެއްގެ ފެންވަރުން މަސައްކަތްކުރޭ
ބަފަޔާ ގާތަށްހަމަ އަސްލުވެސް ރުޅިއައިސްފިއެވެ.
ބަފަޔާ: ރަގަޅަށް ތިބުނީ، ފެންވަރުނެތްމީހުން މަސައްކަތެއް ނުކުރެވޭނެ ދެއްކޭނީ ހުސް ކޮސްވާހަކަ، ކަލޯވެސް ބަލާ ކޮމިޓީއެއް ހަދަންޏާ ބޯކޮށްޕާލެވޭތޯ، އާނ އެހެންޏާ އަމިއްލައަށް ވޮލެންޓިއަރ ކުރަންވިއްޔާ ޖެހޭނީ،
ބަފަޔާ މާބޮޑަށް ރުޅިއައިސްފިއެވެ. އިތުރަށް މަސްލަހަތު ގޯސްނުވަނީސް ވާހަކަ ހުއްޓާލައި ސައިކަލް ރޭސްކޮއްލުމަށްފަހު ނައްޓާލީމެވެ.

Advertisements

13 ޚިޔާލުތައް (+add yours?)

  1. boss
    މާރިޗު 02, 2010 @ 20:04:19

    ATTENTION:

    Mr.shafeeq akee ves Nafaa gotah kufuniyah vagutu nudhevey meeheh,
    mivarun mikunfuni adigadun ragalhu vaanee kihinei

    tivaru bodu, ragalhu kuranvee kankan
    1. Kunfuni tereyga ebayaku anebayakaa jehifa uleykan
    2. Meeting tah kuriyah nudhaakan
    3. Kun funeege masaikai las vegen dhiyun
    4. COO neteema kaneyge mihen mivanee, MD neteema foobadhaane veeya
    5. Board in ves MD nulevunuveeya
    6. Kunfuneege gina meehun ofeehuga vagutu heydhanukuraakan, balaane meehun netun

    ރައްދު

  2. DM
    މާރިޗު 01, 2010 @ 23:45:32

    D MD; shaheen & Thasleem
    Finance; Raappe or huzaima
    Admin, Hr, corporate,and , legal; Shaheed
    ISD- Salam or Naseem
    Mega department: Hamid
    Contracting: fulltime head, hire new boss
    Trade: Latheef or Faariq
    Building services: What the!, guess this was created to shaheed or abidha
    Company secretery; Naseem or latheef (their dedication for most of bureaucracy)
    Idea bank; hus aga
    fewer the bosses save more

    ރައްދު

    • carter
      މާރިޗު 02, 2010 @ 06:21:05

      democratic way is internal announce for Head post

      ރައްދު

    • moderator
      މާރިޗު 02, 2010 @ 23:14:00

      MD: Naushad
      COO; Usman
      Finance & IS; Leela or Rafiu
      Admin, HR, Corporate,and, Legal : Naseem
      Mega Department: Shaheed
      Contracting: Thasleem
      Trade: Faariq
      Business development: Solih
      Building services: Shaheen
      Company secretary: Liusha
      Audit: MH

      Beynun nuhifey gedhabulhi jahaafa huri meehun: Sheeryn, Haamid(IT), Huzeyma, Soosan, Ihusaanu, Waheed, Abidha, and Manche

      ރައްދު

  3. raney
    މާރިޗު 01, 2010 @ 10:10:18

    blog admin, …. wonder why!…. you dont have the guts to post my comments. …..
    raney.

    ރައްދު

  4. Hamid Nasheed
    ފެބުރުއަރީ 28, 2010 @ 10:56:00

    I am running for COO Position.
    I am the most capable employee the Post. I have special experience in Pornography and KAROKE.

    Please Vote for me, Vote for the change

    ރައްދު

  5. Primary
    ފެބުރުއަރީ 27, 2010 @ 11:11:01

    Idiot Bank of MTCC is organising a primary for electing COO and the head of Logistics. Interested Candidates are requested to start campaign from today onwards via BLOG.
    Other form of campaigns are prohibited.
    Both Heads are Director level JOB.

    Actor Head of Idiot Bank
    XXXX

    ރައްދު

  6. ABIDA
    ފެބުރުއަރީ 27, 2010 @ 11:04:36

    The COO post is created for ME, I am his childhood GIRL Friend. WE NEVER FORGOT OUR GOLDEN ERA.
    “BE AWARE THAT FUTURE WILL BE REFLECTED BY PAST”
    I am the COO
    Sappe’ thank you for creating such a post.

    ރައްދު

  7. coo
    ފެބުރުއަރީ 27, 2010 @ 01:26:30

    Is sappe lookin for me? heard that he wants a chief operation officer, well i think who else than Mr.chief, Shameem suits this post

    ރައްދު

  8. kashibo
    ފެބުރުއަރީ 27, 2010 @ 01:23:05

    dhonbe kyaa meeting ananee last minute ga, adhi agendaa evves noave.ranglhu vaahaka liyefa othee..anekka zaathee veekee noon.

    ރައްދު

  9. vejje kamaka
    ފެބުރުއަރީ 27, 2010 @ 01:21:11

    dhonbege haadha salhi cartoonekey

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s