Karaasib Muraja- aa


ކަރާޝިބު މުރާޖަޢާ –

ލިއުނީ ޒާލުކާފް
ކަމުގައިވިޔަސް މީގެ 27 ވަރަކަށް އަހަރު ކުރިން ފެށުނު ވާހަކައެކެވެ. އިޝްގީލޯބި ކަމުގައި ނުވިޔަސް ހިތުގެ އުމުގުން އުތުރިއަރާލޯބީގައި ވާހަކައިގެ ބަތަލު އަބަދުވެސް ދައްކަނީ ކުރީގެ އެމްޑީއެއްގެ ވާހަކައެވެ. ބަންދު ސަލީމް ނޫނީ މީނާއަށް އެހެން މީހަކު އެމްޓީސީސީގައި އުޅުނު ކަމަކަށްވެސް ނުވެއެވެ. އަހްމަދު އާދަމާއި، ހަކަތަސަލީމް، އާތިފްޝުކުރާއި މުހަންމަދު އިބްރާހިމްގެ ހަނދާނެއްވެސް ނެތެވެ.(އިތުރަށް ވިދާޅުވުމަށް)

ރާއްޖޭގެ އުތުރުން މާލެއަށް ހިޖްރަކުރެއްވި މިބޭފުޅާއަކީ މިސްކިތުން ހިސާބަކަށް ފެންނަ ކަމަށްވިނަމަވެސް ދުންޔަވީ ކަންކަމަށް ބަލާއިރު ފިސާރި ޝަހްސިއްޔަތެކެވެ. މީނާގެ ކަރާޝިބު މުރާޖަޢާ ކޮށްލައިގެން ނޫނީ ކުންފުންޏަށް ހެއޮ ބަދަލެއް ނުގެނެވޭނެތީ މިވާހަކަ ގެނެސް ދިނުމަށް އަވަސްވެގަންނަމެވެ.
ކުންފުނީގެ ތަފާރު އެކި ހިސާބު ތަކުގައި މިބޭފުޅާ ވަނީ ތަފާތު ގިނަ ވަޒީފާ އަދާކޮށްފައެވެ. ކާތިބު ކަމުން ފެށި ވަޒީފާގެ މި މަޝްހޫރު 27 އަހަރުގެ ތެރޭ މި ބޭފުޅާ ވަނީ ޑެޕިއުޓީ ޑިރެކްޓަރަކަށް ބަދަލު ވެފައެވެ. މިހާރު ހުންނެވި ޕްރޮކިއުމަންޓުގެ މަގާމަކީ ހީވާގޮތުން އެންމެ ބޭނުންވާނެ މަގާމެވެ. ފައިނޭންސްގައި މިބޭފުޅާ މަސައްކަތް ކުރެއްވި އިތު ކޮރަޕްޝަނުގެ މާ ބޮޑު ކަމެއް ފާހަގަ ނުކުރެވެއެވެ. ނަމަވެސް 1995 ވަނަ އަހަރު ކުންފުނިން ޑްރެޖިންގެ މަސައްކަތް ފަށައި މިބޭފުޅާއަށް އޭގެ ބޮޑު ބައެއް އަދާކުރަން ޖެހުނު ހިސާބުން ވާހަކައިގެ މައުޟޫއު ފެށެއެވެ.
ތަފާތު އެކި ދިމަދިމާލުން ބަންދުކުރެވިފައިވާ ސިޓީ އުރަ އަންނަން ފެށިއްޖެއެވެ. ދެން އެކުގައި އުޅުއްވަމުން ގެންދެވި މިހާރު ޓީއެސްޑީގެ ބޮޑަކަށް އުޅުއްވާ ބޭފުޅަކާއި ގުޅިގެން މީނަގެ ކަރާޝިބު އެތަނުގައި ފެއްޓެވިއެވެކުރިން ރަށްރަށުގައި ބަސްތާ ތޮށިލާން ފެށި ހިސާބުން މިބޭފުޅާ ގަޔާވާ މީހަކަށްނޫނީ އެތަނުން މަސައްކަތެއް ނުލިބެއެވެ. ރަށުމީހުންނާއި ރަޙްމަތްތެރިން ބައިވެރިކޮށްގެން ޖީބަށް ފައިސާ ވަންނަ ގޮތަށް ހުރިހާ ކަމެއްވެސް ފެއްޓިއެވެ. ކުންފުނީގެ އެހެން ދިމަދިމާލުގައި ތެދުވެރިކަމާއި އެކު މަސައްކަތް ކުރާ ބަޔަކު ތިބެމެ، އެމީހުންނަށް މަންފާއެއް ނުލިބި ހުރިހާވެސް ކަމެއް މިބޭފުޅާއަށް ލިބޭ ގޮތަށް ކަންކަން ފަރުމާ ކުރެވެމުން ރޭވެމުން ދިޔައެވެ. ޑްރެޖިންގައި އުޅޭ މީހުންނަށް ސައިޓް ބޯނަސް އާއި އަހަރީބޯނަސް ލިބޭނެ ގޮތަކަށް މިބޭފުޅާ ބާރުއަޅުއްވައިގެން ހެއްދެވިއެވެ. އަދި ކޮންމެ ސައިޓެއް ނިމުމުން އޭނާއަށްވެސް ބައިއެޅޭގޮތަށް މި ބޯނަސް ބަހަމުން ގެންދިޔައެވެ. މިދުވަސްވަރުގެ ތެރޭގައި ޑްރެޖިން ޕްރޮޖެކްޓް ތަކަށް ސްޕެއަރ އެތެރެކުރަމުން ދިޔަ ސިންގަޕޫރުގެ އެޑްރިއަން (ލިއޮވިންގެ ބޮޑުމީހާ) އާއި މީނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދިޔައެވެ. ޑްރެޖިންގ އަށް ގެނެވިފައިވާ ކޮންމެ ސްޕެއަރއެއްވެސް އޭރު އެތެރެ ކުރެވިފައިވަނީ ލިއޮވިނުންނެވެ. މިހާރު ޕްރޮކިއުމަންޓުގައި މަސައްކަތް ކުރައްވާއިރު މިކަން ހިންގާނެގޮތް ދެން ހިތަށް ގެންނަވާށެވެ.ޑްރެޖިންގެ ގެ ކަންތައް ހިނގަމުންދިޔައިރު އެކަން ތަރައްޤީ ކުރުމަށް ބަންދުސަލީމް ޝީޓްޕައިލިންގެ މަސައްކަތް ތަޢާރަފް ކުރެއްވުމަށް ޚިޔާލު ދެއްވުމުން ސީނިއަރ މެނޭޖްމަންޓުގައި އެކަމާ އެންމެ އިދިކޮޅު ހެދީ މީނައެވެ. އޭރު ސީނިއަރމެނޭޖްމަންޓުގައި އުޅުނުމީހަކަށްވާތީ މިހާރުވެސް އެހަނދާން އެބަހުއްޓެވެ. މީނާގެ ނުރުހުމާއެކު ވެސް ބަންދު އެކަންފެއްޓެވުމުން އެކަމުންވެސް މީނާ ނަގަންފެށީ ނާޖާއިޒު ފައިދާއެވެ. ކޮންމެ ޝީޓްޕައިލް ޕްރޮޖެކްޓަކާއި އެކު އަންނަ ކެޕިންގ ބީމުއެޅުމުގެ މަސައްކަތް އޭރު ޑްރެޖިންގައި ތިބި މީހުންނަށް އެނގުނު ކަމަކަށް ނުވިއެވެ. ބޭރުން ޓެޕް ކޮންސްޓްރަކްޝަން ކިޔާބަޔަކު ގެނެސް ޕްރޮޖެކްޓުގެ ބޮޑުފައިދާ އެމީހުންނަށް ލިބޭނެ ގޮތަށް އިންތިޒާމް ކުރެއްވިއެވެ. ކުންފުނިން ބޭރަށް އެހާބޮޑު އެއްޗެއް ދާނެ ގޮތަށް ހެއްދެވިއިރު އެއިން މީނަގެ އެކައުންޓަށް ވަންނާނެ ވަރު އަންދާޒާ ކޮށްލައްވާށެވެ. އޭރުގެ މެނޭޖަރުންނަށް ލިބުނު މުސާރައާއި ނުބައްދަލު ކިތަންމެ ކަމެއް މީނާގެ ކިބައިން ފެނިގެން ދިޔައެވެ. ބޭނުންކުރާ ސައިކަލް އިރުއިރުކޮޅާ ބަދަލު ކުރެއްވުމާއި ރާއްޖެއިން ބޭރަށް ސިންގަޕޫރަށް ޚާއްސަ ދަތުރު އަޅުއްވަން ފެށިއެވެ.ދެންފެށުނީ މުޅިން އެހެން ބާބެކެވެ. ކުންފުނީގެ ތެރެއިން ތަމްރީނުވާ ސްޓާފުންގެ ހުނަރު މަތިވެ މީނާއަށް އެމަގާމު ގެއްލިދާނެހެން ހީވާން ފެށުމުން މީނާގެ ވިސްނުން އެހެންގޮތަކަށް ބަދަލުކުރިއެވެ. އަދި އެޑްރިއަންއާއި މީނާއާއި ދެމީހުން ހިއްސާވެގެން ހެވީފޯސްގެ ނަމުގައި ޑްރެޖިންގ ކުންފުންޏެއް އުފެއްދެވިއެވެ. އެމްޓީސީސީގެ ޑްރެޖިންގ މަސައްކަތުގެ ތެރެއިން ތަމްރީނުވި މޮޅެތި ހުރިހާ މީހުނެއް އެތަނުގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އަދި އޭރުގެ ޗީފް އިންޖިނިއަރަކަށް އުޅުނު އިބްރާހިމްވެސް އެކުންފުނީގެ ހިއްސާދާރަކަށްލައި މަސައްކަތް ފެށިއެވެ. މީނާގެ މިބުނާ ކުންފުނިން އެމްޓީސީސީއާއި ވާދަ ކުރެއްވިއިރު ކުންފުނީގެ އެތެރޭގައި ތިއްބެވި ހުނަރުވެރިން ބޭނުންކޮށްގެން ބިޑްހުށަހަޅަމުން ގެންދެވިކަމީ އެންމެނަށް އެގޭ ހަގީގަތެކެވެ. އެކަން އެތައްފަހަރަކު ފަޅާއެރިއިރުވެސް ކުންފުނިން އެކަމާއި މެދު މާބޮޑު ފިޔަވަޅެއް އަޅާފައި ނުވެއެވެ. ހެވީފޯސްގެ މަސައްކަތް މިއަދި މިހާހިސާބަށް އައުމުގައި ކޮންޓްރެކްޓިންގައި މިހާރު އިސްކޮށް ތިބި މީހުންގެ ހިއްސާ ވަރަށްބޮޑުވާނެއެވެ. އެތަނުގެ މިހާރުވެސް ގިނަމީހުންނަކީ ބޭރުގެ އެހެން މީހުންނާއި ގުޅިގެން އިތުރު މަސައްކަތް ކުރަމުންދާ މީހުންނެވެ. މިކަން މިމީހުންގެ ބޭރުފުށުންވެސް ފެނިގެންދެއެވެ.ކުންފުންޏަށް މޮޅުވާނެ ގޮތްތައް ކިޔައިދޭން މީނާމަސައްކަތް ކުރާއިރު އެއީ ކިހިނަކުންވާނެ ކަމެއްތޯއެވެ. އަމިއްލަ މަސްލަހަތު އިސްކޮށް ޖީބަށް ބުރަވާގޮތަށް ނޫނީ މީނާގެ އެންމެ ފިޔަވަޅެއްވެސް ނާޅާއިރު ކުންފުނީގެ ބައެއް މަސައްކަތް ހުއްޓާލުމަށް މީނާ ދައްކާވާހަކަ ގަބޫލު ކުރާނީ ކިހިނަކުންތޯއެވެ. ޕްރޮޖެކްޓްތަކަށް ބޭނުން ކޮށްފައިވާ ހިލަހިލަވެލި ގެނެވެނީ ހަމައެކަނި އެންމެ ފަރާތަކަށެވެ. އެޕޯލޯގެ ބޯޓެއް ރާއްޖެއިން ބޭރުގައި އޮވެއްޖެނަމަ އެއަށް އަރުވާނެ މުދާ މީނާ ހަމަކޮށްގެން ނޫނީ އޭތި ރާއްޖެއަކަށް ނާންނާނެއެވެ. ކޯރިސް ނަސީރުއަކީ މީނާގެ ޅިޔަނަށްވުމުން އޭގެ ނާޖާއިޒުފައިދާވެސް ނަގަމުންދެއެވެ. ކުންފުނީގެ ޕްރޮކިއުމަންޓުން މީނާހުރެގެން ކުރެވުނު ވިޔަފާރިތަކަށް ބަލާލުމުން، އެއްކޮށް އަލްފުރެސްކޯގައި ކޮފީ ހިއްޕަވާ ދިގައްޔާއި، ރެކްރިއޭޝަން ކްލަބުގައި ބެޑްމިންޓަން ކުޅުއްވުމަށް ބޭރުން ގެންނަވާ ރަޙްމަތްތެރިންނާއި ހުންނަ ގުޅުން ވަރަށް ސާފްވާނެއެވެ. އަދި ބޭރުން ތަކެތި ސަޕްލައި ކުރުމުގައި ލިއޮވިންގެ ހުނަރުވެރިކަމާއި އެޕޯލޯ ބޯޓުތަކުގެ ރޯލުވެސް އެނގިވަޑައިގަންނަވާނެއެވެ.މިހާރުވެސް ކުންފުންޏަށް ގެންނަ ޝީޓްޕައިލްތައް ލިއޮވުނުން ގެންނަން މީނާކުރައްވާ މަސައްކަތް ކޮންޓެރެކްޓިންގެ މިކަމުގައި އުޅުއްވާ ފަރާތްތަކާ ވާހަކަދައްކާލުމުން ސާފުވާނެއެވެ. ދުވާލުގެ ގިނަވަގުތު ރައްޓެހިންނާއެކު އަލްފްރެސްކޯގައި ހޭދަކުރައްވައި ފަސްޓްކްލާހުގައި ޢާއިލާއާއެކު ކޮންމެ އަހަރަކު ދެފަހަރު ސިންގަޕޫރަށް އަޅުއްވަމުން ގެންދަވާ ދަތުރުތަކުގެ ތަފްސީލް މިހާރުމިވަނީ ހޯދަންޖެހިފައެވެ. މީނާގެ ހިއްސާނެތްތަނަކުން އެއްޗެއް ގަތުމަށް ރިކްެސްޓް ކުރުމުން އެކަން ލަސްކޮށް އެހެންޑިޕާރޓްމަންޓުތަކަށް ދުއްތުރާ ކުރަމުންދާކަން އެއީ އެންމެނަށް އެގޭ ބޮޑު ސިއްރެކެވެ. ކުންފުނި ރިފޯމް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި މިފަދަ މީހުން ބައިވެރިކޮށްގެން ކިހާވަރެއްގެ ކާމިޔާބެއް ހާސިލް ކުރެވިދާނެތޯ މިއީ ހަމަ އުފެދޭ ސުވާލެކެވެ. މިހާރު ޕްރޮކިއުމަންޓް ހިންގަމުންދަނީ މީނާގެ ދަށުން މަސައްކަތް ކުރަމުންދާ ކުއްޖާއެވެ. ނަމަވެސް އޭނާއަށްވެސް މަޖްބޫރުކޮށްފައިވަނީ މީނާގެ އައުވާނުންގެ އަތުންނޫނީ މުދާ ނުގަތުމަށެވެ.މިގޮތަށް ދައްކާނެ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ދެން އެހެން ފަހަރަކުން އެބަޔާއެކު ދެންވެސް ތިބި މިފަދަ އެހެން މީދާ ތަކުގެ ވާހަކަ ދައްކާލާނީއެވެ. އަލްޙަމްދުލިިއްލާހި. ވައްސަލާމް ޢަލައިކުމް.

Advertisements

7 ޚިޔާލުތައް (+add yours?)

  1. އެތެރެފަރާތް.
    ފެބުރުއަރީ 18, 2010 @ 00:29:11

    މިޙާރު ތިޔަ އުޅެނީ ހަމައެއްބައެއް… ހުސް އެޕާރޓީމީހުން، ދޮންބެގެ ދޮންބެ އަށް ނެގިކަހަލަ ވޯޓެއް ދޮންބެގެ މައްޗަށް ނަގަންތަ ތި އުޅެނީ؟ ލާހިކެއްނޫން ކާޟިޔާބް ކުރާކަށް މިހާރު އަހަރުމެންގެ މާމީހުންވެސް ގިނަވާނެ، ރޭގަވެސް 2 މީހުން މިގެނައީ، ދޮނެބެ ފަކީރަށް ބޭނުންހާ އެއްޗެއް ނުހެދޭނެ، ދޮންބެ އަކީ ކިޔަވައިގެން ހުރިމީހެއް. ބަލާ ރާޖޭސް ، ރާޖޭސް އާއި މާބޮޑަށް ޖައްސާލީމާ ރާޖޭސް ގޮސް މިހާރު ހުރީ ބޭރު ކަރައެއްގެ މިކަހަލަ 10 އެމް.ޓީ.ސީ.ސީ ވަރުގެ ބޮޑުމީހަކަށް، ދޮންބެވެސް ދެންހަދާނީ ރާޖޭސް ހެދިހެން ކަންނޭގެ، އެކަމަކު ދޮންބެގެ ދޮންބެ ފަދައިން ދޮންބެވެސް ބޭނުންވަނީ މިޤައުމަށް ހިދުމަތްކުރުންމަތީ ދެމިހުރުމަށް.

    ރައްދު

  2. khalhu aisa
    ފެބުރުއަރީ 17, 2010 @ 12:17:42

    Shadow dhonbe ge karusathunamaa genesdheynvee dhoa anehhka thi ulhanee dhonbe ge Laamu housing vaahaka ai Maafushi Jail house ge vaahaka thah kiyaanudheegen dhoa.koba akkala KALHUHAN Thakuge kan thah. koba AGU BODU GAA Thah Maafushi jail house ah gain

    ރައްދު

  3. friend k
    ފެބުރުއަރީ 17, 2010 @ 00:09:54

    This shouldn’t be that personnel. Everybody knows there are many corrupt people at the Company, but that wouldn’t help if you guys just pin pointing the person other than focusing the root.

    ރައްދު

  4. Tim
    ފެބުރުއަރީ 16, 2010 @ 22:30:26

    ދުނިޔޭގައި އުޅޭ އިރު ބައެއްމީހުން އުޅެނީ ކަންދައްކަން، މިހާރުވެސް ބެރުފުށަށް ދީނީވަންތަކަންފެންނަމީހުންގެ ވަގުކަމާއި ވަހުޝީ ކަން މާވަރުގަދަ. ނުވިތާކަށް …………………

    ރައްދު

  5. thakuru
    ފެބުރުއަރީ 16, 2010 @ 20:29:25

    Corruptee hama ekani Usma ehh noon. TSD staffun ves ethaage thibe gen amilla launch faharu ganegen viyafaari kurey. Mainatanance Sdulla men gey ge baivaru masakkai thahh kurey mtcc maintanance meehun govaigen. Contracting Saed ves amilla kunfuni hadhaigen L.Gan housing ashaai Maafushi Jail project ahh bodu agu ga mudhaa supply kurey, adhi ehen kanthahh tahh ves kurey. Shadow Dhombe ves office masakkai ofeehuga koffa rattehinge namuga bodethi bill thahh Mtcc ahh fonuva.. Bunaathee ivey contracting mustho ves thoshi jahaa meehun athun katu nagaa vaahaka. Sirjahh ves Ferry thakun bai alhaa, kamahh vey adhi Zak… Mtcc ga ulhey nee hus Usma dhoa …

    ރައްދު

    • dhon aisa
      ފެބުރުއަރީ 16, 2010 @ 21:36:01

      adhi kobaa Contracting ga e ulhey Bidu hadhaa kaleyge. Eee hama fakkaa Firu Aunu ehh. Vaahak varahh molhuvaane, adhi hama ehaa makaru gadhavaane. Ekaleyge ahh SEC ga ulhunu dhuvasvaru kiyanee ves Kuda Kaafarey.

      ރައްދު

  6. lhiyanu
    ފެބުރުއަރީ 16, 2010 @ 17:37:29

    thedhakee kihaaverh kameh igenynee bihgandu negeema. heevanee varah gine meehun migothah keya kaahen. ithuru dhuvahen anaane mikamuge hisaabu belumuga. eduvahu dhogu hadhameehunah eyge hithikan ves libyney adhi hiyaney therinah ves hama egothun azaabu libeyne. midhuniyea mikahala kanthah madhukurumah kureven huri hurihaa kameh kurun ranglahu. corruption hutteynee emmen ebbaaru laigen.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s