Restructural Structure


ރީސްޓަރަކްޗަރަލް ސްޓްރަކްޗަރ
ކުންފުނި ރީސްޓްރަކްޗަރ ކުރާވާހަކަ އަކީ މިހާރު އެންމެ އާންމުވާހަކަ އެވެ. ރައީސް އޮފީހުގެ ރައީސް ގެ ސްޕެސަލް އެޑްވައިޒަރަކު ވަގުތީގޮތުން އެމް.ޓީ.ސީ.ސީ އާއި ހަވާލުވެގެން އައިސް އުޅެނީ ކުންފުނި ރީސްޓްރަކްޗަރ ކުރަންށޭ ކިޔާ އަޑުއަހަމެވެ. ކޮންމެ އަކަސް ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހަކީ މީގެ ބޮޑުދުވަހެކެވެ. ފުރަތަމަ ބާބް ނިމުނީއެވެ. ދެވަނަ ބާބް އޮތީ ފެށޭ ހަފްތާގެ އާދިއްތަ ދުވަހުއެވެ. ސްޓްރަކްޗަރ އެމް.ޑީ ވިދާލުވިގޮތުންވިއްޔާ މިހާރު ތިއްބެވި ބައެއްވެރިންގެ މަޤާމް ކުޑަކޮށް ދަށަށް ޖެހިވަޑައިގަންނަވާނެއެވެ. ހަމަ އެހެންމެ ދަށުފަންތީގައި ތިއްބެވި ބައެއްބޭފުޅުން މައްޗަށްޖެހިވަޑައިގަންނަވާނެއެވެ. އެންމެ އުފާވެރި ހަބަރަކަށް ދެއްވީ އެންމެންގެވެސް މުސާރަ މައްޗަށް ޖެހިވަޑައިގަންނަވާވާހަކައެވެ. ހަމަ އެހެންމެ އެއްވެސް ފަރާތެއް ވަޒީފާ އިން ވަކިނުކުރައްވާނެވާހަކައެވެ. ނަމަވެސް މިއީ ބައެއްފަރާތްތަކަށް ވަރަށް ހިތި ހަބަރަކަށްވެދާނެއެވެ. އެއީ މިހާރު ދެއްވަމުން ގެންދަވާ ގިނަގުނަ އެލަވަންސްތައް ކަނޑާލުމަށް ނިންމަވާފާވާތީ އެވެ. ހަމަ އެގޮތަށް ކުރިން ވަކިބަޔެއްގެ ބާރުދަށުގައި އޮތް ބާރުތަށް ދެފުއްފެންނަ ގިނަބަޔެއްގެ އަތްދަށަށް ދާތަނެވެ. ކުންފުނީގައި މީގެ ކުރިން ބާކީވެފާ ނުވަތަ މަޤާމްގެ ކުރިއެރުން ނުލިބިފާތިބި ޓެކްނިކަލް މީހުންގެ މަޤާމާއި މުސާރައަށް ކުރިއެރުން ލިބޭވާހަކައެވެ. މިފަދަ އެތަށް އުފާވެރިހަބަރުތައްހުރިއިރު ހިތާމަވެރިހަބަރުތައްވެސް އެބަހުއްޓެވެ. މި ދަނޑިވަޅުގާ ހިތާމަވެރިހަބަރުތައްނެގުމުގެ ބަދަލުގައި އުފާވެރި އަދި މޮޑަރން ސްޓްރަކްޗަރ ގެ އެހީގައި ކުންފުނި ކޮޅަށް ޖެހުމަށް ހުރިހާ މުވައްޒަފުންނަށް ގޮވާލަމެވެ. ތިމާގެ އަތުންބީވެ ދިޔަ ބާރުތަކަށް ވިސްނުމަށްވުރެ މުޅިކުންފުނީގެ ފައިދާޔަށް ވިސްނަމާ ހިންގަވާށެވެ. މުސްތަޤްބަލްގާ އެމް.ޓީ.ސީ.ސީ އަކީ އެމްޕްޓީ.ސީ.ސީ އަކަށް ވުމުގެ ބަދަލުގައި ނަމޫނާ ކުންފުންޏަކަށް ހަދަމާ ހިނގާށެވެ. އެމް.ޑީ އަށް ދަންނަވާލަންއޮތީ ފަހުގެ ސްޓްރަކްޗަރ އާއި އެއްގޮތަށް ކުރިޔަށް ގެންދަވާއިރު ދެކޮޅުހައްދަވާ ވެރިން އެއްފަރާތްކޮށްލައްވާށެވެ. މިއީ މާޒީގައި ކަންހިނގާފާވާގޮތެވެ. އެފަދަ ފަރާތްތަކުގެ ނުފޫޒު އަންނާނެއެވެ. ލަނޑުދަނޑި ހާސިލްވާނީ އޭރުންނެވެ. =ނުނިމޭ

އިސްތިހާރު

2 ޚިޔާލުތައް (+add yours?)

 1. dhiraasaa
  ފެބުރުއަރީ 18, 2010 @ 23:19:33

  kaaku tha MD akah vaanee.

  ރައްދު

 2. galolhu
  ފެބުރުއަރީ 15, 2010 @ 21:23:48

  ތިޔަ ބުނާ އެޑްވައިސަރަކީ ހަމަ ފައްކާ ރޯނު އެދުރެކެވެ. ދންނަކަމެއްވެސް ނުދަންނަ ކަމެއްވެސް ނޯންނާނެއެވެ. ހަދާއެއްޗެއް ބަލަން ތިބެމާ ހެއްޔެވެ

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: