116:Bafayaa bunanee, “Zinma nagajeheny MD ekanitha?”


ބަފަޔާ ބުނަނީ ޒިންމާ ނަގަންޖެހެނީ މެނެޖިން ޑިރެކްޓަރ އެކަނިތަ؟1
مهرج

މެނެޖިން ޑިރެކްޓަރ ބަދަލުވެ ގިނަ ކަންތައްތަކެއް ބަދަލުވެދާނެހެން ހީވާން ފެށުމުން ފުރަތަމަވެސް ބަލާލެވެނީ ބަފަޔާ ބުނަނީ ކީކޭތޯއެވެ. ސަބަބަކީ ބަފަޔާއަކީ އަބަދުވެސް ތަފާތު ގޮތަކަށް ވިސްނާ ކަންތައްތައް ވަމުންދާގޮތް ދިރާސާކޮށް ހަދާމީހަކަށްވާތީއެވެ. އަދި ހަމަ ގިނަ ފަހަރު ބަފަޔާބުނާގޮތްގޮތަށް ކަންތައްތައްވެސް ވަމުންދާތީއެވެ. އެހެންކަމުން ބަފަޔާއާ ގުޅޭތޯ މަސައްކަތްކުރީމެވެ. އެންމެ ފަހުން ނުގުޅިގެން ކަނިވާ ސަރަހައްދުގައި ފޯރިމަރަނިކޮށް ބަފަޔާއާއި ދިމާވެއްޖެއެވެ. ބަފަޔާގެ ސައިކަލް މަޑުކުރުވުމަށްފަހު ވާހަކަފެށީމެވެ. (އިތުރަށް ވިދާޅުވުމަށް

އަހަރެން: ބަފަޔާ ކަލޭ ނަފާވެސް ބޭރުކުރީދޯ؟ މިހާރުދެން ޑިރެކްޓަރކަން ލިބޭނެ، ރައީސް އޮފީހަށް ދާންއަދި ނުފަށަންތަ؟
އަހަންނަށް ބުނެވުނު އެއްޗަކުން ބަފަޔާ އައީކީ އަމަށަކުރުޅިއެއްނޫނެވެ. ނަމަވެސް، ވަރަށް ކެތްތެރިކަމާއިއެކު ވާހަކަ ކުރިއަށް ގެންދިޔައެވެ.
ބަފަޔާ: ޖެއްސުން ކުރަންފެށިދޯ؟ އަހަރެންދޯ މިއުޅެނީ އެމްޑީ ކެބިން ކުރިމަތީ ފޯރިމަރަން، ނަފާވެސް ބޭރުކުރިމީހުން މިހާރު އެތިބީ އެމްޑީ ކެބިން ކުރިމަތީ ކިޔޫ ހަދައިފައި، ހީވަނީ އެހެންކަމެއްހެން… އެކަކު އަނެކަކަށްވުރެ ކުރިން ވަންނަން މަސައްކަތްކުރަނީ.. ހީވާ ގޮތުން އެމްޑީ ކެބިން އަށް އެންމެ ގިނައިން ވަދެވޭ މީހަކު އެންމެ ބޮޑު ޕްރޮމޯޝަނެއް ލިބޭނީ
އަހަރެން: އެހެންތާވާނީވެސް، އަބަދުވެސް އެންމެ ބޮޑު ޕްރޮމޯޝަންތައް ލިބެނީ އެމްޑީ ކެބިނަށް ގިނައިން ވަދެ އެހެންމީހުންގެވާހަކަ ދައްކާ މީހުންނަށްވިއްޔާ…
ބަފަޔާ: ކަލޭމެން ކުދިންނަށް އެގޭތަ؟ އެއްކަލަ "ކުންފުނީގެ ހުރިހާ ސިއްރެއް" ގެންގުޅޭ ޑ.ޑިރެކްޓަރާއި، މަމޮޅު ޑ.ޑިރެކްޓަރ އެމްޑީގެ ކެބިން ކުރިމަތިން ދުރަކަށްނުދޭ.. ހީވަނީ ގެއްލިދާނެތީ އުޅޭހެން
އަހަރެން: ބަފަޔާއަށް ނޭގޭތަ އެހެން އުޅެގެން އެދެމީހުން އެތިބީ މިހާރު ޑ.ޑިރެކްޓަރުންނަށްވެފައި، އަތުންފައިން ކުރަން އެގޭ އެއްވެސްކަމެއް ނޯންނާނެ، ފާޑުފާޑުގެ ވާހަކަ ދައްކައިގެން އެތިބެނީ އަންނަހާ މެނެޖިން ޑިރެކްޓަރުން ހައްދާލައިފައި….
އަހަރެން: ބަފަޔާމެން އެމްޑީ ބަދަލުކުރީމަ ދެން މިކުންފުނި ކޮޅަށް ޖެހޭނެދޯ؟
ބަފަޔާ: މަލާމާތްކުރަނީތަ؟ ކިހިނެތް ކޮޅަށް ޖެހޭނީ އަދިވެސް ނަގާކިޔަން އެތިބެނީ ރޯނުއެދުރު ހެދިގެން އުޅުނު ޑިރެކްޓަރުންތައް
ބަފަޔާ އަށް މާކަމުދާކަހަލަ ވާހަކައެއް ދެއްނުކީކަންނޭގެއެވެ. ބަފަޔާގެ ރަސްމީ ސްޓައިލަށް ބަސްތައް އަމުނަންފެށިއެވެ.
ބަފަޔާ: ކަލޭމެން ކުދިންނަށް އެގޭތަ؟ އެމްޓީސީސީ ނުހިންގިގެން އާތިފް އާއި ނަފާ ޒިންމާވިއިރު އެދެމީހުންގެ ދަށުން މަސައްކަތްކުރި ޑިރެކްޓަރުންތައްކޮބާ؟ އެމީހުން ޒިންމާވާން ނުޖެހެނީތަ؟ ކުންފުނި ނުހިންގުނީމަ ޒިންމާވާންޖެހެނީ މެނެޖިން ޑިރެކްޓަރ އެކަނިތަ؟ ދެ މެނެޖިން ޑިރެކްޓަރުންގެ ދަށުންވެސް އެއްބަޔަކު މަސައްކަތްކޮށް ދެމީހުންވެސް ފެއިލްވުމުން ދޭހަވަނީ ކޮންކަމެއް؟
އަހަރެން: ބުނަން ތިއުޅެނީ އެދެމީހުން ވެސް ފެއިލްވީ މިއުޅޭ ޑިރެކްޓަރުންގެ ފައްޗާއިހެދިއޭތަ؟
ބަފަޔާ: ސަލާމަތް ބުއްދިހުރިކޮންމެ މީހަކަށްވެސް ވިސްނޭނެ، އެންމެ ދެރައީ ސައްޕެއަށް އެކަން ނުވިސްނޭތީ، ބޯޑްޑިރެކްޓަރުންނަށް އެކަން ނުވިސްނޭތީ، ސައްޕެ ކިތަންމެ މޮޅަކަށް އެޑިރެކްޓަރުންތައް ލައިގެނެއް މިކަމެއްނުވާނެ… ނަފާއަށް ލިބުނު ލަޑު ނުލިބެނީސް އަވަހަށް ސައްޕެއަށް ވިސްނާ ދިނުމަށް ތިކުންނަށް އިލްތިމާސްކުރަން…
ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ދެތިންމީހަކު ސައިކަލުގައިއައިސް މަޑުކޮށްލުމުން ބަފަޔާ ވާހަކަ ހުއްޓާލިއެވެ. އަދި ލަސްވާކަމުގެ އުޒުރު ދެއްކުމަށްފަހު އެގްރޫޕާއިއެކު ސައިކަލުގައި ނައްޓާލިއެވެ.

އިސްތިހާރު

1 ޚިޔާލު (+add yours?)

  1. galolhu
    ފެބުރުއަރީ 06, 2010 @ 17:24:33

    Nafaa did a good job for himself. vow, the phone bill!!! will sappe the roanu edhuru be any better?

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: