109: Breaking News- comity thah hova badhdhaluvunthah fashaafi


ދެފުށްފެންނަ ގޮތަށް އެކުލަވާލި ކޮމިޓީތަކުގައި ހޮވުނުގޮތް ނޭގޭ މެމްބަރުންތަކެއް
ކޮމިޓީތަކުގެ ޗެއަމަނުން އިންޑީޔާއިންނާއި ސިންގަޕޫރުން އައްޔަންކޮށްފި
مهرج
2009 ވަނައަހަރު ނިމި އާއަހަރަކަށް ފެށުމުގެ ކުރިންވެސް ސީނިއަރ ގިނަ މުވައްޒަފުންގެ ޝަކުވާއާއިއެކު ކޮމިޓީތައް ބަދަލުކުރުމުގެ ޔަގީންކަން މެނެޖިން ޑިރެކްޓަރދިނެވެ. އަދި އެއް މެމްބަރުންތަކެއް ގިނަ ކޮމިޓީތަކުގައި ނުހިމެނޭނެކަމުގެ ޔަގީންކަންވެސް ދިނެވެ. އެއާއިއެކު 2010 ވަނަ އަހަރު ފެށުނީ ވަރަށް ފޮނިއުއްމީދެއްގައެވެ. އާއަހަރުގެ ކުންފުނީގެ އަމާޒުތަކާއި ތަސައްވުރުތަކާއި ލަޑުދަޑިތައް ހިއްސާކޮށް ރާވާލުމަށްވުރެ ކުންފުނީގެ މެނެޖިން ޑިރެކްޓަރއާއި ޑިރެކްޓަރއަށް މުހިންމުވީ ކޮމިޓީތައް އެކުލަވާލުމެވެ.(އިތުރަށް ވިދާޅުވުމަށް)

އެގޮތުން، އާއަހަރުގެ ސީނިއަރ މެނޭޖްމަންޓްގެ އެންމެ ފުރަތަމައެއް ބައްދަލުވުމަކަށް ވެގެންދިޔައީ ކޮމިޓީތައް ހޮވުމަށް ބޭއްވުނު މީޓީންއެވެ. މީޓީންގައި ބަހްސްކުރުމަށްފަހު ކޮމިޓީތަކަށް ނަންހުށައެޅުނެވެ. އަދި ހުރިހާ ކޮމިޓީތަކުގައި ތިބޭނެ މުވައްޒަފުން އިއުލާންކުރެވުނެވެ.
ނަމަވެސް ކޮމިޓީތަކުގެ ބައްދަލުވުން ފެށުނުއިރު، ސީނިއަރ މެނޭޖްމަންޓްގެ ހާޒިރުގައި ވޯޓުން ހޮވުނުނަންތަކާއި މަންދޫބުން އައްޔަންކުރުމަށް ޑިޕާރޓްމަންޓްތަކަށް ދެވުނު ފުރުސަތުތަކާއި ޚިލާފަށް ސީނިއަރ މެނޭޖްމަންޓްގެ ނިންމުމަށް އިހްތިރާމްކުރުމެއްނެތި، ފަރުދާގެ ފުރަގަހުން މެމްބަރުން އައްޔަން ކުރެވިފައިވެއެވެ.
ސިލެކްޝަން ކޮމިޓީއަކީ 5 މެމްބަރުންގެ މައްޗަށް އެކުލެވުނު ކޮމިޓީއެކެވެ. މިކޮމިޓީއަށް މެމްބަރުން އައްޔަން ކުރެވިފައިވަނީ ހުށައެޅުނީ އެންމެ 5 ނަމަށްވާތީ ވޯޓަކަށް ނުގޮހެވެ. މިކޮމިޓީގެ ޗެއަރމަން ހޮވީ އިންޑީޔާއިން ކަމަށް ޚަބަރުލިބެއެވެ.
ސްޓިއަރިން ކޮމިޓީ މިކޮމިޓީއަކީ ވަކި ޑީޕާރޓްމަންޓްތަކަކަށް ފުރުސަތުދީގެން އައްޔަންކުރެވުނު ކޮމިޓީއެކެވެ.
ގްރީވަންސް ކޮމިޓީ ގެ 2 މެމްބަރެއް ވޯޓުން ހޮވުނެވެ. އަނެއް 2 މެމްބަރުންނަކީ ބޯޑް މެމްބަރަކާއި އެޗް އާރުގެ ބޭފުޅެއްކަމެއް ސީނިއަރ މެނޭޖްމަންޓުން ނިންމުނެވެ. ލޯޔަރެއް މިކޮމިޓީއަށް އައްޔަންކުރުމަށް ހުށައެޅި ހުށައެޅުން ބަތިލްވީ ލޯޔަރުންނަށް މިކޮމިޓީގެ މީޓިންތަކުގައި ބައިވެރިނުވެވޭނެތީއެވެ. ނަމަވެސް ހައިރާންކުރުވީ، ވޯޓުން ހޮވުނު ފަރާތް ކޮމިޓީގައި ނެތި ވޯޓުން ނުހޮވޭ މެމްބަރަކު އައްޔަންކުރުމާއި، އައިގޮތެއްނޭގޭ، ލޯޔަރުންގެ އިސްމީހަކު (ގާނޫނީ ސަނަދެއްނެތް) މިކޮމިޓީގައި ހިމެނުމެވެ. މިއީ ދުނިޔޭގެ ތާރީޚްގައިވެސް ގާނޫނީ ލަފާދޭން ގާނޫނީ ސަނަދެއްނެތް މީހަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. މިކޮމިޓީގައިވެސް ޗެއަރމަނަކަށް އައްޔަންކުރެވުނީ ސްޓިއަރިން ކޮމިޓީގެ ޗެއަރމަން މރ.ޑިރެކްޓަރެވެ.
ވޭތުވެދިޔައަހަރުވެސް ކޮމިޓީގައި ޖެހުނު އެއްމައްސަލައަކީ އެކަކު މާގިނަ ކޮމިޓީގައި ހިމެނުމެވެ. ނަމަވެސް މިފަހަރުވެސް 66.67% ކޮމިޓީގައި ޑިރެކްޓަރ ހިމެނުމަކީ މާޒީތަކުރާރުވުމެވެ. މުވައްޒަފުން ހުށައެޅި ހުށައެޅުމަށް ގޮންޖެހުމެވެ. އަދި ވޯޓުން ހޮވުނު މެމްބަރަކު ބާކީކޮށް ފަރުދާގެ ފަރުދާގެ ފުރަގަހުން މެމްބަރުން އައްޔަންކުރުމަކީ ދެފުށްފެންނަގޮތަށް ހަޖޫޖެހުމެވެ. އަދި ކޮމިޓީތަކުގެ ޗެއަރމަނުން ސިންގަޕޫރުން ނޫނީ އިންޑިޔާއިން އައްޔަންކުރަނީ ހަމަނޭގިގެންބާވައެވެ. ބޮލްގުން ގޮވާލަނީ ގަވާއިދާއި ޚިލާފަށް އައްޔަންކުރެވުނު މެމްބަރުންތައް ވަގުތުން ކޮމިޓީން ބޭރުކުރުމަށެވެ.

އިސްތިހާރު

1 ޚިޔާލު (+add yours?)

  1. kalhey
    ޖަނަވަރީ 15, 2010 @ 19:35:34

    bunan vaahake eh mi MD laigen hama heyvey nee thikahala hadi..thandhoru igey kunfuni higan beybub MD eh aisiyya mi haaru thibuna directerunves size ah kendheyne..alfresco in, south 7 adhi gina vaguth buruvaaleveyne.. NAFA Kalhy beryuvee maa comity thah ves higaane..comitee thah kensalu kohlaaaa

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s