Dhekkuntherikan huttaalama?


ދެއްކުންތެރިކަން ހުއްޓާލަމާ ހިނގާށެވެ.
=
ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ނަމުގައި ދެއްކުންތެރިކަން ހުއްޓާލާ! ޤަބޫލް ކުރާފަދަ ހިދުމަތެއް ދެމާ ހިނގާށެވެ. މި އާރޓިކަލްގައި އަލިއަޅުވާލާނީ ހުޅުމާލޭގެ ފެރީގެ ޚިދުމަތަށެވެ. ހުޅުމާލޭގެ ފެރީގެ ޚިދުމަތް އެމް.ޓީ.ސީ.ސީ އަށް ހަވާލުވީ މީލާދީ ސަނަތުން 2003 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ގައެވެ. ފުރަތަމަ ޚިދުމަތް ދޭން ފެށީ މިހާރުގެ ގޮތުންނަމަ މަސްވެރިންގެ ޕާރކްގެ ހުޅަނގު ފަޅުންނެވެ. އޭރު ޚިދުމަތް ދިނުމަށް ބޭނުން ކުރިވަސީލަތް ތަކާއި ވައްޓަފާޅި އަށް މިހާރު ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފާވާކަން ޤަބޫލް ކުރަމެވެ. ނަމަވެސް ޒަމާނާ ގުޅޭ ހެޔޮބަދަލު އަދިވެސްވަނީ ފޯރު ނުކޮށްދެވިފައެވެ. އުޒުރެއްކަމުގައިވަނީ ގެއްލުންވުމެވެ. ކުންފުނީގެ ތަފާސް ހިސާބު ދައްކާގޮތުން ފެރީގެ ހިދުމަތުން ކުންފުންޏަށްވަނީ ގެއްލުމެވެ. މީ ގިނަމީހުންޤަބޫލް ކުރާނެވާހަކަތަކެއްނޫނެވެ. ނަމަވެސް ކުންފުނީގެ ފައިނޭންސް ޑިޕާރޓްމަންޓުން ނެރޭ ރިޕޯރޓް ތަކުން ދައްކަނީ ގެއްލުންކަމަށެވެ. (އިތުރަށް ވިދާޅުވުމަށް)

ކޮންމެ އަކަސް ނިމިދިޔަ ވެރިޔާގެ ވެރިކަމުގައި މިކަމަށް ހައްލެއްހޯދުމުގެ ގޮތުން ފައިނޭންސަލް ބެކްގްރައުންޑް ހުރި ތެދުވެރި އަންހެނަކާ ޑިޕާރޓްމަންޓް ހަވާލުކުރިއެވެ. ވަގުތީގޮތުންނެވެ. (މިހާރު ދާއިމީ ކުރެވިފާ) މިކަމަނާ މަޤާމާއި ހަވާލުވިއިރު ޓީ.އެސް.ޑީ ގައި ތިބީ ވަރަށް ޅަޓީމެކެވެ. ކޮންމެ އަކަސް ވަރުގަދަ ޗެލެންޖަކަށްފަހު މަސައްކަތް ފެށިއެވެ. ޑިޕާރޓްމަންޓް ތަކު ވެރިންނަށް ތިބިމީހުން ދިމަދިމާއަށް ރުކުރުވާލިއެވެ. ދޮޅަހަކަށްމަސްވީކަންވެސްނޭގުނެވެ. ޖެއްސުމުގެ އަލާމާތްތައް ފެންނަންފަށައިފިއެވެ. ޕިޔޯނެއްގެ މަޤާމުންފެށިގެންގޮސް މެނޭޖަރެއްގެ މަޤާމް އަދާކުރަންޖެހިއްޖެޔެވެ.

ދެން އައީ ކުންފުނީގެ ވެރިޔާ ބަދަލުވިތަނެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. ގަމީހު ޖީބަށް ލާރިއަޅާ ގްރޫޕާ އަނެއްކާ ތަންހަވާލުކުރީއެވެ. އަނބުރާ ބަންދު ޒަމާނަށް އައީ ތޯއްޗެކެވެ. ކޮންމެ އަކަސް މި ވެރިންނަކީ ކުންފުނީގައި ތިބި އެންމެ ތަޖުރިބާ ކާރު ވެރިންނެވެ. ހުރިހާގޮތަކުންނެވެ. ތަޖުރިބާގެ އަލީގައި ޑިޕާރޓްމަންޓް ހަމައަކަށް އަޅުވާލިއެވެ. ކަމަނާއަށް ކުރިންޖެހުނު ޕިޔޯންކަންކުރާކަށް މިހާރަކުނުޖެހެއެވެ.

އެއްކަލަކަމަނާޔަށް ކުރީގެ ވެރިޔާ ހަވާލުކުރި ކަންތައްކަމަނާގެ ހިތަކުން ނުފިލައެވެ. މަސައްކަތްފަށައިފިއެވެ. ފުރަތަމައިނުންވެސް ގަހުގެ ދަށުގައި ހެދިފައިހުރި ވިނަތައްސާފުކޮށްލީއެވެ. ގަހުގެ ބުޑުފެންނާންވާއިރަށް ލައްކަގިނަކަންތައްތަކާ ދިމާވިއެވެ. މިކަމަށް ކޮންމެވެސްވަރެއްގެ ހައްލެއް އައިސް ގަހަށް އެރޭހިސާބުން ފުރަތަމަ ގޮފިންވެސް ވިހަލަގޮނޑީގެ އަސަރުކޮށްފިއެވެ. ވެރިޔާގެ އަރިހަށް ފޮނިވިޔޯލައެވެ. ވީކަމެއް ހަރާމެވެ. ކުންފުނީގެ ޖޫނިއަރ ސްޓާފުން ކައިރީގައި އެނމީހުން ކަނޑާލާނަމޭ ބުނެޔޯލައެވެ. ހަމަ ޔަޤީނުންވެސް މަޤާމް ލިބި ކުންފުނީގެ މުވައްޒަފުންނަށް ތައާރަފްވެލުމުގެ ގޮތުން ތިލަފުށީގައި ބޭއްވި ބައްދަލުވުމުގައި މިފަދަ ކަންކަމަށް ވަރަށްބޮޑަށް އަލި އަޅުވާލިއެވެ. (މިހާރުވެސް ކުންފުނީގެ ޕަބްލިކްފޯލްޑަރ އިން އޭގެ ވީޑިއޯތައް ފެންނަން އެބަހުއްޓެވެ.) ހިޔާނާތުގެ ކަމެއްގައި އެހީތެރިކަމެއް ދެވެން ނޯންނާނެވާހަކަޔާ، އެފަދަމީހުން ކުންފުނީގައިގެން ގުޅެން ބޭނުންނުވާކަމުގައި ބުންޏެވެ. ކަންވެފާ އޮތީ ދެއްކިވާހަކަޔާ މުޅިން އިދިކޮޅަށެވެ. އެފަދަ މީހުންގެ މަޤާމް ކުރިޔަށް ޖެހިލީއެވެ.

ކަމަނާ ޔަށް ކުޑަވަރެއްގެ ޗުއްޓީއެއް ނަގަން ޖެހިއްޖެޔެވެ. ޑިޕާރޓްމަންޓަށް ވެރިޔަކު ލާންޖެހިއްޖެޔެވެ. އަނހަ………. އެއްކަލަ 8 ލައްކަ ޔަށް އަނެއްކާ ވެރިކަންހަވާލުކުރީއެވެ. (ވަގުތީގޮތުން

Advertisements

4 ޚިޔާލުތައް (+add yours?)

  1. adubarey
    ޑިސެންބަރު 23, 2009 @ 12:46:37

    Tim,
    You are great. If you want to write any article about Thilafushi ferry please let me know. I will write a comment here when you make your queries available in this blog.
    Keep it up.

    ރައްދު

  2. cat
    ޑިސެންބަރު 23, 2009 @ 01:07:09

    article is boring but his TIm guy is great, u shouldn’t stop writing. I heard that only thilafushi ferry get a profit..so what the hell is all others doing

    ރައްދު

  3. މޮދަރޭތަރ
    ޑިސެންބަރު 22, 2009 @ 20:46:21

    ކޮބާ މި އާރޓިކަލްގަ ސުރުހީއާއި ލިއުމާހުރި ގުޅުމަކީ….. މައުލާއާ ނުގުޅޭވާހަކަދައްކަންޏާ މީގެ މޮޑަރޭޓަރ ވެސްޖެހޭނެ އެ ނިޒާމީ ނުކުތާއެއްކަންފާހަގަ ކުރަން….

    ރައްދު

  4. Tim Sebastian
    ޑިސެންބަރު 22, 2009 @ 13:31:31

    The whole company is in a jeopardy. Be it TSD, Engineering, Corporate, ISD, Sales or Logistics, we are all doomed. The Big boss is so lousy that he has no time to think about the company.

    I am not a big fan of TSD as I am always against having such a loss making department. Why would we keep it all these years when it makes nothing but loss? All the competitors of the Department are people who worked in the Department. From service assistants to managers, they all run their own launch sections. They are practically the competitors and threats to the Department.

    Why should TSD makes loss while demands of ferry services are sky rocketing? why would we be controlled by the Government when others are operating in a free market? I don’t think myself this is the case. Government though controlling shareholder with more than 50% shares, cannot make us pay something we are not liable to pay. I don’t think government should take the blame of TSD’s losses.

    Well, most of the ferries are hired with unjustifiably higher rates. For example, when MTCC takes all the responsibilities to keep Dhonis in good, running condition there must be some form of understanding that Dhonis can only be hired at a lower rate if maintenance and running costs are taken care of by the Hirer. Also, dhonis are subjected to depreciation while it is being ignored completely.

    Let’s look at a simple example from a Dhoni hired for Villimale’ network.

    Dhoni hired rate: 35’000 / month (usually higher than this.. depends on the capacity of Passengers)
    Diesel and fuel expenses: 35’000 / month
    Repair and Maintenance: 10’000 / month
    Miscellaneous expenses: 10’000 / month
    Total: 90’000 / month
    1,080,000 / Year
    5,400,000 for 5 years.

    How should we make profit while the profit is going to the bank accounts of few privileged? Most of these dhonis are even mechanized with generously credited Yanmar engines from MTCC. So, be wise yourself and decide whether we are making loss due to government controls or corruption?

    If all the ferries are our own ferries, we should be making huge profit on this. But as all are hires as said, we are expecting magic if we hope for a profit from TSD.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s