MTCC rikurieyshan klabuge vaahaka


ކޮފީ ޓައިމް :- ޑިމޮކްރެސީ ބްރިޖުގެ ވާހަކަ …..!

ކުލަބް ހައުސް
އެއްވެސް ޝައްކެއްނެތް ގޮތުގައި ތަނެއް ނުވަތަ ކުންފުންޏެއް ކުރިއަރާ ދިއުމުގައި އެތަނެއްގައި މަސައްކަތްކުރާ މަސައްކަތްކުރާ މުއައްޒިފުންގެ އެކުވެރި ކަމާއި އެއްބައި ވަންތަކަން އޮންނަ މިންވަރަކީ އެތަނެއް ހިންގަވަން ތިއްބެވި އެންމެ އިސްވެރިން ކޮންމެހެންވެސް  ވިސްނާ ފިކުރު ކުރަންޖެހޭނެ ކަމެކެވެ. މުއައްޒަފުން ހިތްހަމަ ޖެހޭގޮތްތަށް ހޯދައި ބަލައި އެފަދަ ކަންތައްތައް އެމީހުން އެދޭގޮތަށް ކޮއްދީގެން  ނޫނީ މިޒަމާނުގައި އެއްވެސް ކަމެއް ކާމިޔާބު ކަމާއިއެކު  ނުކުރެވޭނެއެވެ.
(އިތުރަށް ވިދާޅުވުމަށް)

އެހެންކަމުން މުއައްޒަފުންގެ މެދުގައި އެކުވެރި ކަމުގެ ރޫޙު އުފައްދާ މަސައްކަތުގެ އަޚުލާގު އާލާކުރުމަށް ތަފާތު އެކިއެކި ޕްރޮގްރާމްތައް ރާވާ ހިންގަންޖެހެއެވެ.

މިކަމުގައި އަޅުގަނޑުމެނންގެ ކުންފުނި އެމް.ޓީ.ސީ.ސީ އާއި މެދު ވިސްނާލާއިރު މުއައްޒަފުން އެމީހުންގެ ދުވަހު މަސައްކަތްތައް ނިމުމުން އެންމެން އެއްތާކަށް އެއްވެލާ ޚިޔާލު ބަދަލު ކޮއްލާ ކުޅިވަރު ކުޅެލާ ހެދުމައްޓަކައި އެމް.ޓީ.ސީ.ސީ ރެކްރިއޭޝަން ކްލަބްގެ ނަމުގައި ސޯމިލުގައި ކްލަބް ހައުސްއެއްވެސް ހަދާފައި ހުރެއެވެ. ނަމަވެސް ހިތާމަޔަކީ ކުންފުނީގެ މުއައްޒަފުންގެ ތެރެއިންވެސް އަތުގެ އިނގިލި ތަކުން ގުނާލެވޭހާ މަދު މުއައްޒިފުން ކޮޅެއް ފިޔަވައި އެހެން އެއްވެސް މީހަކު އެތަނަށް ނުވަންނަ ކަމެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. ކޮންމެ މީހަކުވެސް ބުނަނީ އެއީހަމަ ނަމެއްގައި ހަދާފއި ހުންނަ ތަނެއް ކަމުގައެވެ. ކުންފުނީގެ އެއްވެސް ވެރިއަކުވެސް އެތަނަށް ވަދެލާ ކަމަކަށް ނުވެއެވެ. އެއީ އެއްވެސް ކަމެއް ކުރެވޭ ގޮތައް ހަދާފައި ހުރި ތަނެއް ނޫންކަމުގައެވެ. އެއީ ހަމަ އެކަނި ބޭރުމީހުން ޓީވީ ބަލަން ވަދެ ތިބޭ ތަނެއް ކަމުގައެވެ. ތަނުގައި ހުރި ޓީ.ވީ ފިޔަވައި ބޭނުން ކުރެވޭނެ އެއްވެސް އެއްޗެއްނެތެވެ. އެތަނުގެ އެތެރޭގައި ހުރި ބިލިއަޑު، ކެރަމް ބޯޑު، އަދި ޑާޓު ބޯޑު ހުރީ ހަލާކު ވެފައެވެ. މީގެ އިތުރުން ޖިމްގައި ހުރި ހުރިހާ މެޝިނެއްވެސް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މުޅި ތަނުގެ އެތެރެ ހީވަނީ ހިރފުހުގެ ކިއްލާއެއްހެނެވެ. އެތަނުގެ އެތެރެއަށް މީހަކު ވަނަސް ނުކުންނަ އިރު ހުންނަނީ ” ސްވައިން ފްލޫއަށް ޕޮސިޓިވް ” ވެފައެވެ.

ކޮޮންމެއަކަސް ކްލަބްގެ ކަންތައްތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ބަޔަކު އެކަމަށް ޢައްޔަނު ކޮއްފަވެސް ތިބެއެވެ. ކުންފުނިން މަހަކު ދިހަހާސް ރުފިޔާގެ ބަޖެޓެއްވެސް ކަނޑަޅާފަ އޮވެއެވެ. އެހެންނަމަވެސް ޒިންމާ ނަގައިގެން އެމަސައްކަތްތައް މުއައްޒަފުންގެ ޙައްޤުގައި ކުންފުންޏަށް ޓަކައި ކޮއްދޭކައް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ކްލަބްގެ ޗެއަރމަން ނުވަތަ ވައިސް ޗެއަރމަން ގެ ލަޤަބެވެ. އެތަނުގައި  ހުރިއްޔާ ހުރި ހަރުމުދަލެއް ކަމަކު ޖެހިގެން ގޮސް ނަގަން ބަލާ އިރަކު ނުހުރޭ…ވީނުވީ ބަލާއިރު …އަނހާ …ކުލަބުގެ އިސްވެރިޔެއްގެ ގެކޮޅުގަ ހުންނަނީ…. ޕްރޮޖެކްޓަރުވެސް އަންހެނުންނަށް ބޮޑު ސްކުރީނުގަ ފިލްމުދައްކަން ގެއަށް ގެންގޮއްސަ…. ސްޕީކަރު ސިސަޓަމްވެސް ކުންފުނީގަ އުޅޭ ހަމައެކަނި ކަރޯކޭ ޖައްސަވާި ޑިިރެކްޓަރ ސިސިލްފަރަށް ނޫނީ ކޮންމެސް ތާކަށް ގެންގޮސްލަޢްވާފަ…މީ ހާލަކީ މިކުލަބުގެ. ކްލަބް ހައުސްގައި ހުރި އެއްޗެއް ހަލާކުވެގެން ހަދާދޭށޭ ބުންޏަސް  ބުނަނީ ތީ ތިމަންނަޔާ ބެހޭ ކަމެއް ނޫނޭ.! ދެން އެތަނުގަ ބަޔަކު ކަމެއް ކުރަންޏާ ކުރާނީ އޮފީހުގައި އުޅޭ ކްލަބްގެ އެއްވެސް ޙައިޞިއްޔަތެއް ނެތް ދެތިން ކެނައެވެ. ދެން އެކަމެއްގައި ހުންނާނީ ކޮން އޮށްޓަރެއް ހެއްޔެވެ.

އެހެންކަމުން ކުންފުނިން ބޮޑު ޚަރަދު ކޮށްގެން ހަދާފަ ހުރި ކްލަބް ހައުސްގެ ކަންތައްތައް މިހާ ދޯދިޔާ ގޮތެއްގައި މިދަރަޖަޔަށް ވެއްޓިގެން ދިޔުމަކީ މުއައްޒިފުންގެ ޙައްޤުގައި ކުންފުނީގެ ސީނިއަރ މެނޭޖްމަންޓުން ބައްލަވާ މިކަމުގައި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަލުއްވަން ޖެހޭނެ ކަމެއް ކަމުގައި ދައްނަވަމެވެ. އަދި ކްލަބުގެ ކަންތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގުމަށް ޓަކއި ޒިންމާދާރު ބަޔަކާއި ޙަވާލުކޮށް މުއައްޒިފުން ހިތްހަމަ ޖެހޭ ގޮތަށް މިކަންކަން ކުރެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ކުންފުނީގެ އިސް ވެރިން ނަށް މިފުރުޞަތުގައި ގޮވާލަމެވެ. ..

އެހެންކަމުން މުއައްޒަފުންގެ މެދުގައި އެކުވެރި ކަމުގެ ރޫޙު އުފައްދާ މަސައްކަތުގެ އަޚުލާގު އާލާކުރުމަށް ތަފާތު އެކިއެކި ޕްރޮގްރާމްތައް ރާވާ ހިންގަންޖެހެއެވެ.

މިކަމުގައި އަޅުގަނޑުމެނންގެ ކުންފުނި އެމް.ޓީ.ސީ.ސީ އާއި މެދު ވިސްނާލާއިރު މުއައްޒަފުން އެމީހުންގެ ދުވަހު މަސައްކަތްތައް ނިމުމުން އެންމެން އެއްތާކަށް އެއްވެލާ ޚިޔާލު ބަދަލު ކޮއްލާ ކުޅިވަރު ކުޅެލާ ހެދުމައްޓަކައި އެމް.ޓީ.ސީ.ސީ ރެކްރިއޭޝަން ކްލަބްގެ ނަމުގައި ސޯމިލުގައި ކްލަބް ހައުސްއެއްވެސް ހަދާފައި ހުރެއެވެ. ނަމަވެސް ހިތާމަޔަކީ ކުންފުނީގެ މުއައްޒަފުންގެ ތެރެއިންވެސް އަތުގެ އިނގިލި ތަކުން ގުނާލެވޭހާ މަދު މުއައްޒިފުން ކޮޅެއް ފިޔަވައި އެހެން އެއްވެސް މީހަކު އެތަނަށް ނުވަންނަ ކަމެވެ.

 ސަބަބެއް ނެތިއެއް ނޫނެވެ. ކޮންމެ މީހަކުވެސް ބުނަނީ އެއީހަމަ ނަމެއްގައި ހަދާފއި ހުންނަ ތަނެއް ކަމުގައެވެ. ކުންފުނީގެ އެއްވެސް ވެރިއަކުވެސް އެތަނަށް ވަދެލާ ކަމަކަށް ނުވެއެވެ. އެއީ އެއްވެސް ކަމެއް ކުރެވޭ ގޮތައް ހަދާފައި ހުރި ތަނެއް ނޫންކަމުގައެވެ. އެއީ ހަމަ އެކަނި ބޭރުމީހުން ޓީވީ ބަލަން ވަދެ ތިބޭ ތަނެއް ކަމުގައެވެ. ތަނުގައި ހުރި ޓީ.ވީ ފިޔަވައި ބޭނުން ކުރެވޭނެ އެއްވެސް އެއްޗެއްނެތެވެ. އެތަނުގެ އެތެރޭގައި ހުރި ބިލިއަޑު، ކެރަމް ބޯޑު، އަދި ޑާޓު ބޯޑު ހުރީ ހަލާކު ވެފައެވެ. މީގެ އިތުރުން ޖިމްގައި ހުރި ހުރިހާ މެޝިނެއްވެސް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މުޅި ތަނުގެ އެތެރެ ހީވަނީ ހިރފުހުގެ ކިއްލާއެއްހެނެވެ. އެތަނުގެ އެތެރެއަށް މީހަކު ވަނަސް ނުކުންނަ އިރު ހުންނަނީ ” ސްވައިން ފްލޫއަށް ޕޮސިޓިވް ” ވެފައެވެ.

ކޮޮންމެއަކަސް ކްލަބްގެ ކަންތައްތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ބަޔަކު އެކަމަށް ޢައްޔަނު ކޮއްފަވެސް ތިބެއެވެ. ކުންފުނިން މަހަކު ދިހަހާސް ރުފިޔާގެ ބަޖެޓެއްވެސް ކަނޑަޅާފަ އޮވެއެވެ. އެހެންނަމަވެސް ޒިންމާ ނަގައިގެން އެމަސައްކަތްތައް މުއައްޒަފުންގެ ޙައްޤުގައި ކުންފުންޏަށް ޓަކައި ކޮއްދޭކައް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ކްލަބްގެ ޗެއަރމަން ނުވަތަ ވައިސް ޗެއަރމަން ގެ ލަޤަބެވެ. އެތަނުގައި  ހުރިއްޔާ ހުރި ހަރުމުދަލެއް ކަމަކު ޖެހިގެން ގޮސް ނަގަން ބަލާ އިރަކު ނުހުރޭ…ވީނުވީ ބަލާއިރު …އަނހާ …ކުލަބުގެ އިސްވެރިޔެއްގެ ގެކޮޅުގަ ހުންނަނީ…. ޕްރޮޖެކްޓަރުވެސް އަންހެނުންނަށް ބޮޑު ސްކުރީނުގަ ފިލްމުދައްކަން ގެއަށް ގެންގޮއްސަ…. ސްޕީކަރު ސިސަޓަމްވެސް ކުންފުނީގަ އުޅޭ ހަމައެކަނި ކަރޯކޭ ޖައްސަވާި ޑިިރެކްޓަރ ސިސިލްފަރަށް ނޫނީ ކޮންމެސް ތާކަށް ގެންގޮސްލަޢްވާފަ…މީ ހާލަކީ މިކުލަބުގެ. ކްލަބް ހައުސްގައި ހުރި އެއްޗެއް ހަލާކުވެގެން ހަދާދޭށޭ ބުންޏަސް  ބުނަނީ ތީ ތިމަންނަޔާ ބެހޭ ކަމެއް ނޫނޭ.! ދެން އެތަނުގަ ބަޔަކު ކަމެއް ކުރަންޏާ ކުރާނީ އޮފީހުގައި އުޅޭ ކްލަބްގެ އެއްވެސް ޙައިޞިއްޔަތެއް ނެތް ދެތިން ކެނައެވެ. ދެން އެކަމެއްގައި ހުންނާނީ ކޮން އޮށްޓަރެއް ހެއްޔެވެ.

                                                    

އެހެންކަމުން ކުންފުނިން ބޮޑު ޚަރަދު ކޮށްގެން ހަދާފަ ހުރި ކްލަބް ހައުސްގެ ކަންތައްތައް މިހާ ދޯދިޔާ ގޮތެއްގައި މިދަރަޖަޔަށް ވެއްޓިގެން ދިޔުމަކީ މުއައްޒިފުންގެ ޙައްޤުގައި ކުންފުނީގެ ސީނިއަރ މެނޭޖްމަންޓުން ބައްލަވާ މިކަމުގައި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަލުއްވަން ޖެހޭނެ ކަމެއް ކަމުގައި ދައްނަވަމެވެ. އަދި ކްލަބުގެ ކަންތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގުމަށް ޓަކއި ޒިންމާދާރު ބަޔަކާއި ޙަވާލުކޮށް މުއައްޒިފުން ހިތްހަމަ ޖެހޭ ގޮތަށް މިކަންކަން ކުރެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ކުންފުނީގެ އިސް ވެރިން ނަށް މިފުރުޞަތުގައި ގޮވާލަމެވެ.

އިސްތިހާރު

11 ޚިޔާލުތައް (+add yours?)

 1. club
  ޑިސެންބަރު 24, 2009 @ 10:29:36

  Thanks for your thoughts hope you will not stop writing an article than forming a better club. Its easy tot alk but when it come for a commitment, have to pick child from school, drop wifr to office, tea break, lunch break, busy weekends, no work after hours,etc…will become the common excuses …

  ރައްދު

 2. antharees
  ޑިސެންބަރު 24, 2009 @ 01:40:05

  huuri haa thanehgaa club…raney club, haamid club, kentey club, recreation club,, hama egothah mi vering varah thimaavettaves rattesey..raneyge , rentas, kentey, adhi ayya barge zuleh hurey…mi thanthanakee eki vattharuge mahaa, dhooni adhi gas himaayaih kurevifaa vaa thanthan. Miverin fehi fathah nominate vanjeheyne…Raney ulheneyy kudathankoleh kureega, e eee lonufenanh badhulkurumaa, ukaalevifa hunnabetari hedhuma, baa thakethin burig elhumaa paark hedhun….ehen kaamun Raney produce koh Yanmar Abdulla direct kohfa vaa ED Theme park fehifathuge award hoadhaane kamah gina bayku ummeeedhu kurey. Mulhi eteemu kiyamun dhanee mee aharemenege ummeedhakeeee..

  ރައްދު

 3. 45
  ޑިސެންބަރު 23, 2009 @ 13:53:45

  kihineh baa mi blog ga article liyan hadhaanii , maves beynun mikamuga baiveri velan , dhen mi heevey vrah haveeru news ah vaahaka liyedhey meehen hen , 3 mnth varh silsilaa koh jahsaa meehakaa varh gulhey…
  ragalhu kohlaa , meehunah hajam vaa gothah mikan kuran yaa kohbala..

  ރައްދު

 4. Baafothikolhu
  ޑިސެންބަރު 20, 2009 @ 15:13:45

  dhen mahaku dhey Rf 10000 kiheneh hadhanee…eves kalanee baa…

  ރައްދު

  • uknowme
   ޑިސެންބަރު 24, 2009 @ 10:20:34

   baafthikolhu thi ulhenee makurregaye..mi haari thibunaa 10,00 MRf eh nudhey..adhi nuves ovey..thee nishtha kalhey men hingi iru dhi echeche..mi haarujeheny aharuge kureekolhu shceduleh hadha budjet kuran.. elected committee eh nethiya kon budgeteh onnaanee..

   ރައްދު

 5. ކުލަބު ކަޅޭ
  ޑިސެންބަރު 20, 2009 @ 13:51:24

  މީދެން ކުލަބަކޯ؟ ކުލަބްކާ މަތުލަބު ދަޅުބޯ…. މި ކުލަބް ފެންނަނީ ހަމަ އެކަނި ފުޓްބޯޅަޔަށް، ކުންފުނީގެ ކިތައްކަންތައް ހިންގާއެބަދޭތަ. ވަކިބަޔަކު އެދުންފުއްދަން ހަދައިގެން އުޅޭ ކުލަބެއްމީ… ތިލަފުށީގަ ރަނޭވެސް ހުރޭ ކުލަބެއްހަދާފަ، މަސްފެންގަނޑަކާ މަހަށްދާ ދޯންޏަކާ މިކުލަބުވެސް ވަރަށް އެކްޓިވް، ރެންޓަލްސްގަ ސޯބެ އާއި އައުވާނުންވެސް ހުރޭ ކުލަބެއްހަދާފަ (ޒޫ ކުލަބް) މިތަނުގަވެސް މަސްފެންގަނޑަކާ ދޫންޏާ ނުވިތާކަށް ދޭތެރެއަކުން ބާބުކިއުހެދުންވެސް އޮވޭ. ސޯމިލްގަވެސް އުސްމާނު އާއި ކެންޓޭމެންގެ ކުލަބެއް އޮވޭ މިކުލަބުން ކުރާ ކަމަކީ މިމީހުންގެ ރައްޓެހިން ގެނެސްގެން ބެޑްމިންޓަން ކުޅެނީ، ކުންފުނީގެ ހަރަދު ގަ ލައިޓްލައިގެން ކުންފުނިން ބިލްދައްކައިގެން، އަނެއްކާ ދާގަނޑު ހަލާކުވިޔަސް ކުންފުނިން ހަރަދުކޮށްގެން ހަދަނީ، ބައެއްފަހަރު އެމީހުންގެ ރެކެޓްވެސް ގަތްދޭ ކަންނޭގެ. ދެ އުޅެނީ މިކޔާ އަސްލު ކުލަބް އެމީހުންގެ ކަމަކީ ފުޓްބޯޅަ ކުޅެލާހިތްވާ އިރަށް ކޮންމެވެސް ނަމެއްކިޔާފަ މުބާރާތެއްބާއްވާނީ، ޔޫރޯ، ވޯލްޑްކަޕް، ސާފް ކަހަލަ މުބާރާތެއް ފަށާއިރަށް ކުންފުނީގަ ސްކްރީން ހަރުކުރާނެ، ނުވިތާކަށް ހޫނުވެޔޭ ކިޔާފަ އޭސީ ކުރާނެ. މާތާހިރެއްނު ގޭގަ ތިބެގެން ބެލިއްޔާ ކުލަބުތަކުން ބުނަނީ މީ އެއްބައިވަންތަކަމޯ…..ވާވާވާާ

  ރައްދު

  • uknowme
   ޑިސެންބަރު 24, 2009 @ 10:24:50

   bunan kalhey maves hee kuree mee vrarah kamudhakameh kamah hee kon bargge edhumun bogalhlevunee,,dhen kanthah dhiya gathu bo dhamiganeveythos vrah masihkaih kurin…vrah tharuheebu nulibey kamakah v, ehenus furathama ahrun buneveynee dhiyaee varah ranglashey..baeh meehunge ehen agenda thakeh hureema massalakah v. vaki meehaku huirgen nooneee vaki beyfulhaku vidhaalhuvegen noonee kameh nuve.

   ރައްދު

 6. uknowme
  ޑިސެންބަރު 20, 2009 @ 11:42:30

  Recreation club was elected for only a year and that year was one of the most successfull year in the history of the club. if you need any further information you may find it MTCC Public folder under recreation club. It is sad you have not look at the both the side of the coin.
  Club did a great job in that year but afterwards many elected members requested for resignation but no-one listened.
  if you are not aware, assets was missing before handing over the last elected team so exrta care was taken.
  During the allocated year of the latest elected team, had oraginised, picnic trip, MTCC anniversary for staff and thier immediate family, aniinversary sports activities whch was the most successful event, perform in Futsal tournament, wecomed the national football team with gold medal,etc….

  I think the writer did not take part in any activity or he/she is not aware of the recreation club mendate.

  .

  ރައްދު

 7. haha
  ޑިސެންބަރު 20, 2009 @ 11:38:40

  Zaki akee ves namegga hunna Recreation clubge Raees ehh. Hamaekani CV jahaalanvegen magaamu beynun vanee. Buneveyne ennu thimanna akee mtcc ge recreation clubge raees ey. heyo athuga emme kehehh haa hisaabu nethas. mikahala gothe hey vaanee hama komme kamakahh ves senoir meehun lanyaa. mi ulhey verin nahh heevaa kahala bodu meehaku nethiyya hama evves kamehh nuvaane yey. bala bodunge meehaku huregen konkamehh the vake vanee kee. Mihaaru ves mtcc mi ohh valhu jahanee. thi hurihaa bodun vegen kufuni nagaa kolhahh jahan vee ennu. meeting bavvaffa molhu vaahaka dhekiyya kas adhi kamehh nuvaane.

  ރައްދު

 8. Trackback: dhedipaatmantu « MTCC's Blog

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: