dhedipaatmantu


ދެޑިޕާރޓްމަންޓްގެ ކުލައިގެ ތަޅާފޮޅުން

ބުރިކު
އެމް.ޓީ.ސީ.ސީ ތިލަފުށި ބިޒްނަސް ޑިޕަރޓްމަންޓް ގެ ކުލަތައް ނޫވަމުން އަންނަވާހަކަ އާއި ޓީ.އެސް.ޑީ ރީނދޫ ވަމުން އަންނަވާހަކަ އަކީ މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައެވެ.
(އިތުރަށް ވިދާޅުވުމަށް)

ކުންފުނީގެ ވެރިން ކުންފުނީގެ ތީމް ކުލައެއްގެ ގޮތުގައި ރީނދޫކުލަލަމުން އަންނައިރު ޓީ.ބީ.ޑީ ގެ ވިސްނުން މުޅިން ތަފާތެވެ. ތިލަފުށީގައި މިހާރު ހަދަމުންދާ ޕާރކް އަދި މަސްފެން ގަނޑުގައި ރީނދޫ ކުލައިގެ ފަށެއް ނަމަވެސް ދަމާލަން ބުނުމުން ތިލަފުށީގެ ޒިންމާދާރު ވެރިން އެކަމާމުޅިން ދެކޮޅެވެ. ކުންފުނީގެ ކުލަކަމުގައި ބުނެ އިރުއަރައިގެން އަންނަމަންޒަރަކަށްވެސް ލަނީ ނޫކުލައެވެ. ޓީ.އެސް.ޑީ އިން ދޯންޏެއް މަރާމާތަށް ފޮނުވައިފިނަމަ ހުރިހާ ދޯނިތަކެއް އަންނައިރު ހުންނަނީ ނުލަށް ބަދަލުވެފައެވެ. ޖަވާބަކަށްވަނީ ” މީކުރިން ސްޓޮކްގާ ހުރިކުލަ ”

ހަމަ މި ބީދައިން ހުރިހާ ފެރީ ޓަރމިނަލްތަކެއްގެ ކުލަތައް ދަނީ ރީނދޫ ކުލަޔަށް ބަދަލުވަމުންނެވެ. ހުޅުމާލެ ފެރީޓަރމިނަލްގެ ޕާރކިން ޒޯންގެ ފެންސްގެ ކުލަތަކާއި ފުރާޅުގެ ޓްރަސްތަކުގެ ކުލަތައް އަދި ޓަރމިނަލްގެ އެތެރޭގެ ފާރުތަކުގެ ކުލަތައް ރީނދޫކުލަ ފާޅުވާނޭހެން އާރޖެންޓް މަސައްކަތެއްގެ ގޮތުގައި މެއިންޓަނަންސް މީހުންގެ ހުރިހާ އެހެންމަސައްކަތް ހުއްޓާލުމަށްފަހު ދަނީ ކުރަމުންނެވެ. ޑިސެމްބަރ 10 ގައި މި ޕްރޮވިންސްގެ ދަތުރުފަތުރު ފެށިއިރު ވެރިންގެ ރުހުންހޯދަން ކުލަޔަކީފަންޑިތައެއްކަމުގައިހަދަންއޮތީރާވާފައެވެ. ސަރުކާރު ހިތްހަމަޖައްސާ އެންމެމުހިންމު އެއްވަސީލަތަކީ ކުލަކަންނޭގެއެވެ. ޕްރޮވިންސްގެ ދަތުރުފަތުރުގެ ލޯގޯވެސް އިންނަނީ ރީނދޫކުލައިގަޔޯލައެވެ.

އެދުވަހުގެ ރަސްމިއްޔާތަށް ހެދުން އަޅާއިރު ބައްދާނެ ރީނދޫ ޓައި އެއް ހޯދަން ލަންކާޔަށް ދިޔަ ކުންފުނީގެ މީހެއްގެ އަތަށް ލާރި ދީގެން ގެނުވި ޓައި ނުގެންދެޔޯލައެވެ. ހިތްރުއްސަންޖެހޭމީހުން ރަސްމިއްޔާތުގައި ބައިވެރިނުވާތީއެވެ. ތިން ވެރިންގެ ތެރޭން އެކަކު މިކަމާ މާގަޔާނުވެގެން އުޅޭވާހަކަވެސް އަޑުއެހީމެވެ. އެއީ ކުރިންވެސް ރީނދޫކުލަ ކަމުނުދާތީ އުޅޭމީހަކޯލަޔެވެ. ރީނދޫ ކުލައިގެ ޕާރޓީ އުފެދުނީއްސުރެ މާގިނައެއްކޮށް މިމީހަކުފެންބޮއި އުޅެޔޯލައެވެ. ކުލަ ރީނދޫވިޔަނުދިނުމަށޯ ކިޔާ އަޑުއަހަމެވެ. ކަރުކެހިލާ ކުޅެއްޖެހިއިރު ރީނދޫކުލައިގަ ހުރުމުން އޭގެފަހުން ކަރުކެހިލާޖަހަންޖެހޭ ކުޅުވެސް ދިރުވާލަނީޔޯލައެވެ.

ކޮންމެއަކަސް ތިލަފުށި ޑިޕާރޓްމަންޓް މީހުން ނޫކުލައެއްގާ އަޅައިގަނެގެން އުޅޭތީ ކުންފުނީގެ އެންމެންތިބެނީ އެމީހުންނާ މާބޮޑަށްޖެހިފަޔޯލައެވެ. ކޮރަކަލިވެސް އަތުލާ އަދި ނުވިތާކަށް ހިބަރުވެސް އަތުލާނެޔޯލައެވެ. ދެން އޮތްއެންމެބޮޑުކަންތައްވެސް ކުރެޔޯލައެވެ. ތިލަފުށީގެ ވެރިޔަކަށް ހުރި ރާޖޭސް އަށް ޕްރެޝަރ ކޮށްގެން މަޤާމުންވެސް ވަކިކުރެޔޯލައެވެ. މުއުތަބަރުގޮތަކަށް އެނގިފާވާގޮތުގައި ރާޖޭސް ޑިސެމްބަރުގެ ފަހުން ދެން ނާންނާނެޔޯލައެވެ. ދެންނިކަން މަހަށްގޮސް ބާބުކިޔު ހަދާބަލާށެވެ. މިފަހަރު ކުންފުނިން ޑިމޮކްރަސީ ފެއަރ އަށްތައްޔާރުކުރި މިލިއަން ބްރިޖްގެ ކުލަތައްވެސް މާލެ ގެނާއިރު ހުރީ ނޫކުލާގައެވެ. ކުންފުނީގެ ބޮޑުން އެކުލަތައް ރީނދޫކުލަޔަށް ބަދަލުކުރަން ބުނުމުން އެކަމާ ނުރުހިގެން އުޅުނީ މަސައްކަތް ހުއްޓާލާފާ ގެޔަށްދާށެވެ. މިކަން ހައްލުވީ އެމް.ޑީ އާއި އެކު ބޮޑުންގެ މީޓިންގ އެއް ވަގުތުން ބާއްވައިގެންނެވެ. އެފަހުންވެސް އެވެރިން ތިބެނީ އެކަމާ ވަރަށް ހިތްހަމަނުޖެހިފައެވެ.  ދެން ނުލަށްބަދަލުވާންއޮތީ މާވަރުގަދައެއްޗެކެވެ. އެވާހަކަ ކިޔުންތެރިންނަށް ގެނެސްދޭނީ އާރޓިކަލްއަށް  ލިބޭ ކޮމެންޓަށް ބަލާ ފައެވެ.

މިވަރުން ދަންޏާ ކުންފުނީގެ ކުލަ ރީނދޫކުލަޔަށް ބަދަލުނުވެ ހިނގާދާނެބާވައެވެ.؟؟؟؟؟؟؟؟؟؟؟

Advertisements

3 ޚިޔާލުތައް (+add yours?)

  1. ތިލަފުށި
    ޑިސެންބަރު 20, 2009 @ 13:36:35

    ދެ ހަތުރުން އެންމެފަހުން އެއްގަލަކަށް އަރަންވެގެން ދޯ ފެމެލީޑޭ އޭ ކިޔާފަ ދަތުރު ހަމަޖެއްސީ މި ދެ ޑިޕާރޓް މަންޓް ގެ މީހުން އެކަންޏަށޯ ކީ.

    ރައްދު

  2. whocares
    ޑިސެންބަރު 20, 2009 @ 11:26:56

    Whocares about the colours rather than fullfilling the givien resposibility. work is more important to survive this company than these disciminating factors.

    ރައްދު

  3. Baafothikolhu
    ޑިސެންބަރު 20, 2009 @ 10:57:08

    dhen huri vaahaka thah ves kilyaaladhee hama adu ahan mithibee..

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: