Bafayaa bunanee-9


ބަފަޔާ ބުނަނީ –9
– ބަފަޔާ ބުނަނީ: ” އަހަރެމެން މިތިބެނީ އިންޝުއަރ ވާނެކަމާއިމެދު ޝައްކެއްގެމަތީގައި “ޅިޔަނާ=
ޒަމާންވީ ރައްޓެއްސެއް ކިޔަވަން ބޭރުގައި އުޅުމަށްފަހު ރާއްޖެ އަންނަ ޚަބަރުލިބުމުން އަވަސްވެގަތީ އެއަރޕޯޓަށް ދެވޭތޯއެވެ. އެއަރޕޯޓަށްގޮސް އެރައިވަލް ޓާމިނަލް ކުރިމަތީ އެތުރިލައިގެންތިބި މީހުންގެ ތެރެއިން ތޮރުފެމުންގޮސް އެންމެ ކުރީ ސަފަށް ވަނީ އެންމެ ފުރަތަމަ ރަހުމަތްތެރިޔާއާއި ބައްދަލުކޮށް ސަލާމްކުރެވޭ މީހެއްގެ ޝަރަފް ހޯދުމަށެވެ. (އިތުރަށް ވިދާޅުވުމަށް)

މީހުންތައް ނިކުންނަން ފަށައިފިއެވެ. ކެތްމަދުވެގެން ބައެއްފަހަރު ވަންނަންވެސް ހިތަށް އަރައެވެ. މިފަދަ ހާލަތެއްގައި އުޅެނިކޮށް ސިއްސައިގެން ދިޔައީ އަވަސް އަރުވާލައިގެން ނިކުންނަން މަސައްކަތްކުރާ ކަޅުބޮޑު މީހެއް ފެނުމުންނެވެ. އެންމެ ފުރަތަމަވެސް އަޅައިގަތީ އޭނާގެ ލެޕްޓޮޕްގައެވެ. އަސްތާއެވެ. އެއީ އެއްކަލަ ބަފަޔާއެވެ. އަވަސްއަވަހަށް ސަލާމް ގޮވާލުމަށްފަހު ކައިރީގައި އިން ކޮފީ ޝޮޕުން ކޮފީއަކަށް ދާންއެދުނީމެވެ.
ގޮސް އިށީނުމާއިއެކީ އަހަރެން ވާހަކަ ފެށީމެވެ.
އަހަރެން: ހާދަ ޒަމާނެއް ވެއްޖޭ ޚަބަރެއްވެސްނުވެ، ކޮންތާކު އުޅެފަތަ ތިއައީ؟
ބަފަޔާ: ތިއުޅެނީ ބްލޮގްގަ ލިޔަން ދޯ؟ ސާބަހޭ އަހަރެން މިއައީ އަމިއްލަ ޓިކެޓްގަ އަމިއްލަ ދަތުރެއް ކޮށްފައޭ….
އަހަރެން: ބަފަޔާ އަދި ރުޅިއަންނާކަށްނުވޭ! ބްލޮގްގަ ލިޔާކަށްނޫނޭ، ހަމަދެން އަހާލެވުނިއޭ
އަހަރެން: އަޅެ ދެން ބުނެބަލަ މިހާރު ހަމަ އެއްވެސް ވާހަކައެއް ނެތީތަ އަގަބަންދުކޮށްގެން ތިއުޅެނީ
ބަފަޔާ: އަހަރެން އަގަ ބަންދުވީކީނޫން! އަދި ހަމަ އަހަރެންނަށް ޕްރޮމޯޝަން ލިބުނީކީވެސް ނޫން
ބަފަޔާ: ލައްކަ ޒަމާންވެއްޖެ ތިކަހަލަ ވާހަކަ ދެއްކޭތާ ކޮންކަމެއް ހައްލުވީ؟ ހަމަ ހުސް އަގަ ތަޅުވަނީ އިސްލާހުވި އެއްވެސް ކަމެއް އެބަހުރިތަ؟ އަދިވެސް ދައްކާނެ ލައްކަ ވާހަކަ އެބަހުރި
އަހަރެން: ނޫނޭ! އެހެންނުވާނެ މިހާރުވެސް ލައްކަ ކަންތައްތައް އިސްލާހުކޮއްފި، ކިޔާއަޑުއިވޭ ބޯނަސްވެސް ދޭން އެބައުޅެޔޭ….
އަހަރެންގެ ވާހަކަ މެދުކަނޑުވާލާފައި ބަފަޔާ ވާހަކަ ފެށިއެވެ. ހީވަނީ އަހަރެންނަށް ބުނެވުނު އެއްޗަކާއިމެދު ހިތްހަމަ ނުޖެހިގެން ވާހަކަ ފެށީހެންނެވެ.
ބަފަޔާ: ކަލޯ ކިތައްފަހަރު އިންޝުއަރެންސްގެ ވާހަކަ ލިއުނިންތަ؟ ކިހާވަރަކަށް އެޗް އާރަށް ބެވިންތަ؟ ކޮންކަމެއް ކުރެވުނީ
އަހަރެން: ބަފަޔާ ތިހެންނުބުނޭ! މިހާރުވެސް އެއްމީޓިން ބާއްވައިފި، އެ މީޓިންގައި ޑިރެކްޓަރ އަހަރެމެންނަށް ވައުދުވި ކާޑުގެ ފުރިހަމަ ބޭނުންހިފޭ ބަޔެކޭ މިފަހަރު ނަގާނީ…..
ބަފަޔާ: ބަފަޔާ ރުޅި އަންނަނީ ތިކަހަލަ ވާހަކަ ދައްކާތީ، ތިބުނާ މީޓިންގެ ފަހުން ކޮންމެއް ކުރެވުނީ މިހާރު ޑިސެމްބަރ މި ނިމެނީ، އަދިވެސް ތިބުނާ އިންޝުއަރެންސްކަންތައްތަކާއި ނޫޅޭ، އަދިވެސް ބަލަނީ ފެހިކާރަށް ބިޓުންލައިގެން ދުއްވޭތޯ، ބާކީ އޮތީ ފަނަރަ ދުވަސް ކިހިނެތް ފަނަރަ ދުވަސްތެރޭ ރަގަޅު އޮފަރއެއް ހޯދާނީ؟ ގަބޫލުނުކުރަންޏާ ގުޅާބަލަ އެޗް އާރަށް ބުނާނެ އަދިވެސް މައުލޫމާތު ހޯދަނީއޭ، ކޮންކަހަލަ މައުލޫމާތެއްތަ އެހޯދަނީ، ކަނޑު ހިއްކައިގެން ހޯދާ މައުލޫމާތެއްތަ؟
އަހަރެންނަށް ހަމަ މަޑުމަޑުން އިދެވުނީއެވެ. ބަފަޔާ ހަމަ އަސްލުވެސް ރުޅިއައިސްގެން ހުއްޓާނުލާ ބަސްތައް އަމުނަނީއެވެ.
ބަފަޔާ: ބަފަޔާ ބުނަން، ދެން ހަދާނެ ގޮތަކީ އެއްކަލަހެން އެންމެ ފަސޭހައިން ލިބުނު އޮފާރއެއް ނުވަތަ އެންމެ ރަގަޅު ކަޓެއް ލިބުނު އޮފައެއް ޗޫޒްކުރާނީ، ކޮންމެވެސް އަމާތަކަފުލަކަށްވާނީ…
ބަފަޔާ: ވަޒީފާ ޒިންމާ ފުރިހަމައަށް އަދާކުރެވޭނަމަ، މިހިސާބަށް ދާންވާއިރަށް ހުންނަންވާނީ ހުރިހާ މަސައްކަތެއްނިމި އަހަރެމެންނަށް މައުލޫމާތުދީވެސް ނިންމާފައި… އަދިވެސް ކޮންމެ ތިންމީހަކަށް ޑިރެކްޓަރެއް އައްޔަންކުރަންވީނު، މިހާރު މުޅި ހެޑް އޮފީސް ފުރިފަ ތިބެނީ ޑިރެކްޓަރާއި ޑެޕިއުޓީންނާއި އެފެންވަރުގެ މުވައްޒަފުންގެ ކޮޓަރި ކޮޅުތަކުން…. އެންމެ ގިނައިން ފައިސާ ވައްދާ ކޮންޓްރެޓިންވެސް އެތަނުންބޭރުކޮއްލީ އެކަހަލަ ޑިރެކްޓަރުން އައްޔަންކުރަން…..
މިހާރުދެން އެހަރަ މާމައްޗަށްދަނީއެވެ. ބަފަޔާ ހުއްޓުވާނެގޮތަކާއިމެދު ވިސްނަންވެއްޖެއެވެ.
އަހަރެން: ބަފަޔާ މިހާރުދެން މާސްލަސްވެއްޖެއެއްނު ހިގާދަމާ އެހެންފަހަރަކުން ތިވާހަކަ ކުރިއަށްގެންދަމާ
ބަފަޔާ: އަހަރެން ހަމަ ވާހަކައެއް ފަށާއިރަށް ހުއްޓުވާނެ، ބުނަން ވަޒީފާގެ ފުރިހަމަ މަސްއޫލިއްޔަތު ނުއުފުލޭނަމަ އިސްތިއުފާދީ، އެމްޑީވެސް ވެއްޖެ މިކަންތައްތައް ބައްލަވާ ފިޔަވަޅު އަޅަން، ޑިސެމްބަރ ނިމޭއިރުވެސް އަހަރެމެން މިތިބެނީ އިންޝުއަރ ވާނެކަމާއިމެދު ޝައްކެއްގެމަތީ، މުޒާހަރާ ކުރަންވީ، އިސްތިއުފާއަށްވެސް ގޮވަންވީ….
ކުއްލިއަކަށް ސިއްސައިގެން ދިޔައީ އަހަރެންގެ ރަހުމަތްތެރިޔާ ފުރަގަހުންއައިސް ކޮނޑުމަތީ ޖަހާލުމުންނެވެ.
ރަހުމަތްތެރިޔާ: އޭ! ހިގާ މާލެ ދަމާ …
މިއޮތީ ބަފަޔާ ވާހަކަ ހުއްޓުވާލަން ރަނުގެ ފުރުސަތެއްލިބިފައެވެ. ރަހުމަތްތެރިޔާއަށް ލަސްވާހަކަ ބުނުމަށްފަހު އަވަސްއަވަހަށް ތެދުވެގެން ދާން ތައްޔާރުވީމެވެ.
Advertisements

3 ޚިޔާލުތައް (+add yours?)

  1. Kalhu kalhey
    ޑިސެންބަރު 16, 2009 @ 19:41:39

    mifaharu Bafayaa ge vaahaka kamaku nudhey. maa ginadhuvas veema ehaa update noonee kanney ge. coffee meyzu kaireega mi ahh vure maa rangalhu, iburaii theri vaaha dhakkan ebahuri. democracy bridge ge hurihaa lakudi ehh sawmill in Ihavandhoo ahh maskahh kan gen dhiya vaahaka bafayakahh neygey tha ? Gaumee team ahh maruhabaa kiyan Mtcc in nukuthee hus lorry ekoa.

    ރައްދު

  2. Thanbi
    ޑިސެންބަރު 16, 2009 @ 08:39:07

    bafayaa thiyaabunee mulhiakun dhogehnun

    ރައްދު

  3. amaanatakaful
    ޑިސެންބަރު 16, 2009 @ 00:16:42

    hhhhmm, dhen mi jehenee boduthaa nudhahkan hurivaaha dhakan vee dho? kithah staffunnah tha engenee, Amaanatakaful negeema senior staff in Raajein beyrun beynungothakah beys kureven onnakan……, level mathi beyfulhaku ratehsheh huriyaa alhe ahaalabala. Lanka ah enmefahun beyskuran gos ulhunu VIP gothuge vaahaka…….
    Raees Office dhoshah evvan raavan veee.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: