Athun beevegen dhiya hindhu!!!


އަތުން ބީވެގެން ދިޔަ ހިނދު!
!!!
ފަޙުރަކަށް ވާނޭ ކަމަށް ހިތަމުން މަށަށް ކަނބުލޯ ލިބުން

ދަތުރަކަށް ފެއްޓީމެ އަހަރެން ފެނިތިބާ ހުވަފެން ތަކުން.

ނިދިން ހޭލެވުނީ ލިބުނުކުށްލި ސިހުމަކުންނެވެ. މީހާ މުޅިން ދާހިއްލާފޯވެ ދެލޯ ބޮޑުވެފައެވެ. ހިތައް އެރިއެވެ. މީހަމަ ތެދެއް ބާވެއެ، ހަގީގަތު ގަވެސް ހަމަތެދެއްބާވެއެވެ. ނޫނީ އަނެއްކާ އަހަންނަށް ހަމަހީވިގޮތްބާވެއެވެ. މިކަހަލަ ފިކުރެއްގަ ތަކުރު އެނދުން ތެދުވެ ފާހާނާ އިން ނުކުމެ އަވަސްވެގަތީ އަވަހައް ބައިވެރިޔާ އާބައްދަލުވެވޭތޯ އެވެ. ފެނުނުހުވަފެނުގެ ވާހަކަ ހިއްސާކޮއްލުމުގެ މަގުސަދުގަ އެވެ.(އިތުރަށް ވިދާޅުވުމަށް)

އިއްތިފާގުން އެއްއޮފީހެއްގެ އެއްޑިޕާޓް އެއްގައެ ދާދި ގާތުން މަސައްކަތް ކުރުމުގެފުރުސަތު ލިބިފައި އޮތުމުން ބައިވެރިޔާ އާ ބައްދަލުވެލުމަކީ މާކަ ދަތިކަމަކައް ނުވާނެކަން އެނގުނެވެ. މިހެންކަމުން އޮފީހައް ދާން ގެއިން ނުކުތީ ވަރައްފޮނިއުންމީދުގައެވެ.
ސައިކަލައް އަރާދުއްވާލުމާއެކު މަޑުވައިރޯޅި ތައްއައިސް ތަކުރުގެ ގައިގާބީހެންފެށިއެވެ. އެވަގުތު ތަކުރައް ކުރެވެނު ފިނިއިހުސާސް ތަކެއްގެބޮޑު ކަމާއޭ. ކަޅުފޮއި ހަމަހިމޭން ރޭތަކުގަ ގަމު ތުނޑި އަވަށު ދޮންވެލި ގޮނޑުދޮށްތަކުގަ، އަމިއްލަ ރަށާއެތައް ރާސްތާ އެއް ދުރުގަ ބައިވެރިޔާ އާއެކުހިއްސާކުރި ރޭތަކުގެ ހަނދާން ތައް އާވާންފެށިއެވެ. ހަނދެއްފަދަ އެދޮންމޫނު، ތުނިތުނި އޮމާން ދެކޯތާފަތް، ލޯބިލޯބި ދެތުންފަތް، އަދިއެއޯގާތެރި ފިރިމުންތަކުގެ ހަނދާންތައް، ތަކުރުގެ ސިކުނޑި އާކުޅެން ފެށިއެވެ. ހިތްދީވާނާ ކުރުވަން ފެށިއެވެ. ތިމަންނައަކީ މިދުނިޔެމަތީ ހުރި އެންމެނަސީބުގަދަ މީހާހެން ހީވިއެވެ. ހަމައެންމެ ސަބަބަކަށް ޓަކައެވެ. އެފަދަދެވަނައެއް ބައިވެރިއެއް ލިބުނީތީއެވެ. ހެދިބޮޑުވެފަހުރި ޒުވާނަކަށް ބޭނުން ވާނީ ފަހެ މިނޫން ދެވަނަ ކޮންނިއުމަތެއް ހެއްޔެވެ.
މިކަހަލަ ފޮނިއިހުސާސް ތަކެއްގައިނދެ ގޯޅިއަކަށް ފަހުގޯޅިއެއް އަޅަމުން، މަގަކަށްފަހު މަގެއް ހުރަސްކުރަމުންގޮސް ހުއްޓުނީ ކަންމަތީ ޓްރެފިކް ލައިޓް އަށެވެ. އޮފީހާ ކައިރިވާކަން ޔަގީންވިއެވެ. ބައިވެރިޔާގެ ހަނދާން ތައް އާވާން ފެށިއެވެ. މިފަހަރަކު ތުނޑީގެ ހަނދާން ތަކެއް ނޫނެވެ. މާފުއްޓެވެ. މާފުށީގެ ހަނދާން ތަކެވެ. ބައިވެރިޔާއާ އެކުމިފެށުނު ހަޔާތުގެ ދަތުރުގެ ބިންގާ އެޅުނު މަންޒިލެވެ އުނގުމަތީގައި އިށީނދެއިނދެ ކުރި ލާނޗު ދަތުރުތަކެވެ. 45 މިނެޓްގެ އެދަތުރުތައް 45 ގަޑިއިރައް ވާނެނަމައޭ ހިތައް އެރިއެވެ. އެހެނަސްވަގުތަކީ މީހަކަށް ކުޅެވޭނެ އެއްޗެއްނޫނެވެ. ދަތުރުމަތީ ކުރެވުނު ހުވާތަކާ ވައުދުތަށް ހިތުތެރޭ ހާވަން ފެށިއެވެ. މީހަމަ ލޯތްބެވެ. ހަޤީގަތުގަވެސްލޯތްބެވެ. އެހެންދެވަނަ އެއްޗެއްވެސްނޫނެވެ. މި ހިޔާލްތަކުގާ އިންދާ ހޭވެރިކަންވީ ފަހަތުން އެއްޗެއްބަރުގަނޑު އަޅާލި އަޑަށެވެ. ސިއްސައިގެންގޮސް ބަލާލިއިރު ފެހި ބޮކި ދިއްލުނީއެވެ. އަވަސްވެގަތީ މަގުހުރަސްކުރުމަށެވެ. ހަމަ އެންމެ މަޤްސަދެއްގައެވެ. ބައިވެރިޔާ ދެކިލުމުގެ މަޤްސަދުގައެވެ. މާގިނައިރުތަކެއްނުވެ ތަކުރު އައިސް ސައިކަލް ޕާރކް ކުރުމަށް ފަހު އަވަސްވެގަތީ ގަޑިނުޖެހި އޮފީހަށް ވަނުމަށް ލިފްޓުން ޖާގަ ލިބޭތޯއެވެ. ތަކުރު އައިސް ލިފްޓަށް އަރާހަމަވުމާ އެކު ލިފްޓް ނައްޓާލިއެވެ. ހަމަ މި ވަގުތު ލިފްޓްތެރެން އަންހެން އަޑަކުން “އޫޕްސް…… އަޅެ ތަކުރު ” މިހެން ބުނެލި އަޑު އިވުނެވެ. ތަކުރުގެ މޫނުމަތިން ހިނިތުންވުން ފެންމަތިވިއެވެ އެއީ ހަމަ ދެވަނަ އަޑެއްނޫނެވެ. އެއީ އިންތިޒާރް ކުރަމުން ދިޔަ އަޑުގެ ވެރިޔާ އެވެ. އުފަލުގެ ކޮޅެއްނެތެވެ. ހަމަ މިއަޑާ އެކު ބައިވެރިޔާގެ ހަނދާންތައް އާވާން ފެށިއެވެ. ތުނޑި އަވަށުގެ ހަމަހިމޭން ކަޅުފޮއި ރޭތަކެއްވެސް ނޫނެއެވެ. މާފުށި ދަތުރު ތަކުގެ ހަނދާން ތަކެއްވެސް ނޫނެވެ. އިންޑިޔާގެ ސޫތުކުޅި އަށް ބައިވެރިޔާ އާއެކު ކުރި ދަތުރު ތަކުގެ ހަނދާން ތަކެވެ. ފްލައިޓް މަތީ ހޭދަކުރި ވަގުތުތެކެވެ. މޭމަތީ ބޯއަޅާލައިގެންއޮވެ ރޮމުން ގިސްލަމުން ކުރި ހުވާތަކާ ވައުދުތަކުގެ ވާހަކަ އެވެ. ހޮޓަލުގައި އެއްދާންކުރި ރޭތަކުގެ ހަނދާންތެކެވެ. މުސްތަޤްބަލަށް ޓަކާ ކުރި އުންމީދުގެ ހަނދާން ތަކެވެ. އަމިއްލަމީހަކަށް ހެދުމަށް ދެކެމުން ދިޔަ ހުވަފެންތަކުގެ ހަނދާންތަކެވެ. ދުވަހަކުވެސް ދޫކޮށްނުލުމަށް ބުނެ ވަމުންދިޔަ އަހުދުތަކާއި ވައުދުތަކުގެ ހަނދާންތަކެވެ. ކުއްލިޔަކަށް ހޭވެރިކަންވީ ތަކުރާ ލިފްޓަކަށް ނާރަންހޭ ބުނިއަޑެވެ. ” ނޫނޭ މި އަރަނީ” ބުނެ ތަކުރުވެސް 6 ވަނަ ފްލޯރ އަށް އެރުމުގެ ދަތުރު ފެށިއެވެ. މާގިނައިރުތަކެއްނުވެ ލިފްޓް އައިސް މަޑުކޮށްލީ އޮފީސްދޮރުމަށްޗަށެވެ. ހަމަ އެއާ އެކު ލިފްޓުން ނިކުމެ ތަކުރު އަވަސްވެގަތީ ކާޑް ޖެހުމަށެވެ.
އަދިނުނިމޭ…….!!!!!!!!!!!!

Advertisements

12 ޚިޔާލުތައް (+add yours?)

  1. bafaa
    ޑިސެންބަރު 13, 2009 @ 20:32:32

    mee anekkaa contracting Shaheed aai Saeed ge vaahaka tha ?
    e meehnh emme gina in Laamu Gamahh adhi Maafuttahh dhanee

    ރައްދު

  2. Thanbi
    ޑިސެންބަރު 13, 2009 @ 12:42:32

    miyakun ehcheh dhey haeh nuvi…dhen annan oth bai thankolheh fasey hain dheyha vaafadha gothakah genes dhinun edhen..

    ރައްދު

  3. Major
    ޑިސެންބަރު 12, 2009 @ 11:27:28

    Guys need to ride a solid article about those issues going on. let me drop some headlines all of you:

    1. TBD head about to leave
    2. MREIC what dha!!
    3. TSD the biggest loser
    4. Do we need the Corporate derpartment?
    5. Tug and Barge
    6. Fixed OT and Allowances
    7. Pay leave and No pay leave
    8. Too many heads with too few responsibilities
    9. Sales with limited products
    10. Corrupted Ferrry services…etc

    ރައްދު

  4. dot group
    ޑިސެންބަރު 12, 2009 @ 11:15:14

    mi heevanee fehikaaruge vaahaka eh noonhen..ehenmibunanee, mee liyevifaa huri project thakuga essoreh noolhe..bodah lafaa kuranee contracting ge baeh hen..visnaallee maa annanee varah shockujehe manzareh…boyz boyz vaahaka midhakkanee…anekka ranglahah baa mi bunevunee…ehenkamah vanna mee fictional story eh kamah beleveynee…ey e dhesorakee varah gaih dhe ekuverin..

    ރައްދު

  5. 36, 24, 36
    ޑިސެންބަރު 12, 2009 @ 01:53:56

    Dhimaa kohkoh thiben jeheynee, hedheyne eggothehves nonnaane. dhen lallalaa.
    beynun meehaku govaigen dhaanee, hisaabah vure randuveemaka fahathah araane meehunaa, ekugaa dhaaane meehuneh nuvaane.
    vaahaka dhakkaa iru dhuru beleemaka kamaku nudhaane.

    ރައްދު

  6. greenish
    ޑިސެންބަރު 12, 2009 @ 01:46:26

    hhhhmmmmm. visna visna halaakuvejje, mee kon story eh kameh neygunu. con department eh kameh nagayeh nuganevunu. viyyaa vanee TSD noonee contracting ah. Chairman ge storey eh ebaoiy. boabulhi soruge mikahala joke eh ebaoiy.
    Ishqee moosun aee dho? dhen othi fehikaaru soruge vaahaka.
    comming up…..
    1.ROOMFULL OF WHITE FLOWERS
    2.PIYAAR OUR DHOSTHEEE.

    ރައްދު

  7. shaheen
    ޑިސެންބަރު 12, 2009 @ 00:15:10

    mee magey vaahaka eh noon thi kommeves ehen meeheh dho MD alhe dhogeh tha.

    ރައްދު

  8. fulfilled
    ޑިސެންބަރު 11, 2009 @ 20:10:28

    This is so boring. seems like the author has nothing to do at office or home. Please write something important. Don’t waste our time please.

    ރައްދު

  9. haha
    ޑިސެންބަރު 11, 2009 @ 19:46:48

    mee shaheen aai jaariya ge vaahaka tha ?

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: