Cofi taim


ކޮފީ ޓައިމް، އެވްރި ޓައިމް
– ޕީއެލްސީ އިން ނަގާފަ
އާދައިގެ މަތިން މިއަދުވެސް ބެންޖޯ އާއި ކުޑޭ އާއި ތުއްޓޭ އެ
މަޑުކޮއްލީ 1 ނަމްބަރް ކޮފީ ކަޑައިގެ، 3 ނަމްބަރު މޭޒުގަ އެވެ. ހަމައައިސް
އިޝީނު ނުމާ އެކު ބަންގާޅި ސޮރު އައިސް އެއަހާލީ، (ފަހަރަކުމީހަކުގެ
މޫނުބަލާލާފަ) ކަޅޭ ކޯންޗެއް؟ ، ކަޅޭ ކޯންޗެއް؟ ، ކަޅޭ ކޯންޗެއް؟ . ބުނެ
ނުނިމެނީސް ބެންޖޯ ފުންމައިން ތެދުވެ ރުޅިގަދަވެ ، ކޮން ކަޅޭ ، ކަޅޭ އެއް
ތަ ؟ ކަލޯމެނަށް ވުރެ އަހަރެ މެން ވަކި ކަޅީ ތަ ؟
(އިތުރަށް ވިދާޅުވުމަށް)

އެންމެ ފަހުން ޒީ ސަލޫން
އަށް ދިޔަ ދުވަހު ވެސް ޒީ ބުނީ ބެންެޖޯ ކަޅެއް ނޫނޭ، ސްކިން ޓޯން
ހަތަރެކޭ. އެއީ ތުއްޓޭ އަށް ވުރެ ވެސް މާ ދޮން. އެންމެ ރީތި ކުދިންގެ ޓޯން
އޭ. މި ބަންގާޅި ސޮރު މެންނަށް ހީވަނީ އަމިއްލަ ރަށުގަަ އޭ މިއުޅެވެނީ.
ބޮޑުގޭން ވެސްބޭރު ކޮއްލާފަ އޮންނާނީ.
އެހެންނު ވަނީވެސް، މިއުޅޭ ހެޑް އޮފީހުގެ މަންޖެ ތަކަށް ކާއެެއް ޗެއް
ލިބެނީ ވެސް މިވެރިން ދިނީމަވިއްޔާ. މިތަން ބަލަންއިނދެފާ ތުނޑޭ
ޗޮކެއްކަނޑާލާފައި މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
ތުއްޓޭ: އެސޮރުމެން އެދައް ކަނީކީވެސް މުޅިއަކުން ގޯސް ވާހަކައެއް ނޫން.
ކަޅޭ ތައް ހަމަ އޮފީހުގަ ވެސް ގިނައީ، އެންމެމަތިން ފެށިގެން ގޮސް އެންމެ
ތިރިޔާ ހަމަޔަށް ވެސް.
ކުޑޭ : ކީއްވެ ތަ ތިޔަހެން ތިބުނީ ؟
ތުއްޓޭ : ހަމަ ގިނައީ، ލިސްޓު ކިޔަން ވީ ތަ ؟ ނަފާ ކަޅޭ ، އުސްމާން ކަޅޭ ،
ރަނޭ ކަޅޭ ، ނިޝާތު ކަޅޭ ، ޝާޒިން ކަޅޭ ،ހާމިދު ކަޅޭ، ސަމީރު ކަޅޭ ،އިޔާޒު
ކަޅޭ ، ހުއްތު ކަޅޭ ، ޝަހީދު ކަޅޭ …
(އެހެން ބުނުމާ އެކު ބެންެޖޯ ހިނި ގަނޑު ފަޅައިގެދިޔައެވެ.)
ބެންެޖޯ : ކީކޭ ، ކީކޭ، ޝަހީދުކަޅޭ އޭ ؟ ކަޅޭ އަކީ މީހާ އައް ދީފައޮންނަ
ލަގަބެއްތަ؟ ބަލަ އަހަރަމެން ކަޅޭ މިކިޔަނީ މީހާގެ ކުލައަށޭ. އާއްމުކޮށް
ޓޯން 8 ނޫނީ 9 އެއް. ރަނޭ އެކަމަކު އެގާރަ، އެއީ މޮޅު ކަޅު.
މިހިސާބުން ވާހަކަ މެދު ކަންޑާލުމަށްފަހު ކުޑޭ ބުނެލި ،
ކުޑޭ : ދެން ތި ކަޅޭ ވާހަކަ ބާއްވާ، މިހާރު ކޮފީވެސް އެއަ އީ. ކޮބާތަ އޮފީހުގެ އެންމެ ފަހުގެ ހަބަރަކީ ؟ އާމަކެއް ނުހިނގާ ތަ ؟
ބެންެޖޯ : ނޫނޭ ވާހަކަ އެބަ ހުރި. ވަގުތު އެބައޮތް ތަ؟
ތުއްޓޭ :އާނ. ވަގުތު އެބައޮތް. މިހާރު 8 މަސް ވީ ވިއްޔާ އޮފީހުގަ
އެެއްވެސް މަސައްކަތަތެއް ނުކުރާތާ. އޮފީހުގަ ވެރިޔަކު މަޑުވެގެނެއްނު
ކަމެއް ވާނީ.ބެންެޖޯ : އިނގޭތަ، އެއުޅޭ ބޮޑުކަޅޭ އަބަދު އުޅެނީ ޗައިނާ ގަ ނޫނީ
ސިންގަޕޫރުގަ ނޫނީ ކޮންމެވެސް އެހެން ގައުމެއްގަ. އޮފީހައް ބޭނުންވާ
މުދާގަން ނަންގޮސް. ޕްރޮކިޔުމަންޓު ޑިޕާޓުމަންޓު މާ ސްލޯވެފަ، ކުންފުނީގަ
ލާރިނެތީމަ އަމިއްލަ ކްރެޑިޓް ކާޑުން ޕޭ ކޮއްފަ ލަގެޖުގެ ގޮތުގަ މުދާ
ގެންނަނ.ް
ކުޑޭ : މައަޑު އެހީމޭ ސިންގަޕޫރުން ޝީޓުޕައިލް ތަކެއް ގަނެގެން އެއަރުވާނެ
ފްލައިޓް އެއް ނުވެގެން އުޅޭވާ ހަކަ. ސިންގަޕޯ އެއާ ލައިންސް
ބުނިކަމައްވަނީ، އެއާކާގޯ އައް ލެވޭވަރައް ވުރެމާ ދިގޭ ޕައިލް ތައް.
އިމަރޭޓްސް ގަ އަހާލީމަ ހިނިގަނޑެކޯ ޖަހާލީ. މެލޭޝިއަން އެއާލައިން އިން
ބުނިކަަމައް ވަނީ ތިޕައިލް އަރުވައިގެން ފުލައިޓު މައްޗައް އަރާނެބާވޭ.
އޭރުވެސް ޔޫ އެލް އިންބުނިކަމައްވޭ ކިހާވަރެއް ޖީބައްލާދޭނަން ހޭ.
ތުއްޓޭ : (ހައިރާންވެފައި) ޝީޓްޕައިލް އޭ ؟ އެއާ ފްރައިޓް ކޮއް ؟ ބަލަ ނޭގޭތަ އެއީ ކިހާވަރެއްގެ އެއް ޗެއް ކަމެއް ؟
ބެންޖޯ: އެހެންތާ މިވީ ދޯ. ހަމައެކަނި ނަން ކިޔާ އަޑުއަހަނީ. އަސްލު
ބޭނުމަކީ ސިންގަޕޫރު ދަތުރު އަޅާލުން ވިއްޔާ، ޑޮލަރުކޮޅު ލިބޭނެ އެއްނު.
ރަށުފިހާރަޔަށް މުދާކޮޅެއް ގަންނަން، އާދައިގެ ސްޓާފަކައް ވެސް ދުވާލަކު
300 ޑޮލަރު ލިބޭ. ދެން ކިހާވަރެއް އޭނައަށް ލިބޭނެ. މަހުމުސާރަ އައްވުރެ
ބޮޑުވާނެ އެއްނު.
ކުޑޭ : ތިހެން ބުނީމަ މިހަނދާންވީ. އެޗުއާރު ކުދިން ކިޔާތީ މަވެސް
އަޑުއެހިން، ސެޕްޓެމްބަރ މަހުވެސް އޮފީހައް އާދެވުނީ އެންމެ 7 ދުވަހު،
ނޮވެމްބަރ މަހު މާލޭގަ ހުރެވުނީ 12 ދުވަހު. އޮފީިހައް އާދެވެނީ 12
ޖަހާއިރު، ދެންވިސްނާލާ އޮފީހުގަ މަސައްކތް ކުރެވިފަ ހުންނާނެވަރު.
ބެންޖޯ: އޭ އިނގޭތަ. ދޮންބެ ރިއަލް ސްޓޭޓް އައް ބަދަލު ކޮއްފި އެއްނު؟
ކުޑޭ : (ހައިރާންވެފައި) ދޮންބެ އޭ ؟
ތުއްޓޭ :އާނ، ޝަހީދު ދޮންބެދޯ. އެހެން ނޫނަސް ރިއަލް ސްޓޭޓް އެއީ އޮންނަ
ތަނެއްތަ ؟ އިއްޔެ އެއުޅޭ ސަމީރު ކަޅޭ އައް އޮފީސް ކަމަކު މަގުޅާލީމަ
ފާޑެއްގެ މެސެޖެއް އިވެނީ. ” ސަމީރު އެނުއަލް ލީވްގަ، ހުޒޭމާ މެޓާނިޓީ
ލީވްގަ ، ޝާމާ ޕޭ ލީވްގަ، ޝަހީދު އިމަޖެންސީ ލީވްގަ، އޮފީސް އޮޓޯގަ،
މެސެޖް އެއް އޮތިއްޔާ ބީޕް އައްފަހު ވިދާޅުވޭ.” މީ އެތާގެ ހާލަކީ ކަލޯ.
ބެންޖޯ :ނުވާނެ އެހެނެއް. ސަމީރު ކަޅޭ އަކީ 24 ގަޑި އިރު ލެޕްޓޮޕް ހިފާފަ،
އަދި ބެކްޕެކް ވެސް އަޅުވާފަހުންނަ މީހެއް. ދަތުރުދަނީހޭ އަހާލީމަ ބުނަނީ
މޮބައިލް އޮފީސް އޭމީ. ކޮންމެތަނެއްގަ އިނދެގެންވެސް އޮފީސް ހިންގޭނެ،
މިހާރުވެސް އޮންކޯލްގަ. ވަރިހަމަ ސައި ހޮޓަލުގަ ދުފަން އިނަސް.
ކުޑޭ : އަދި މާފައްކާ ވާހަކަ އެއް އަޑު އަހައި ފީމޭ. އޮފީހުގަ ޖާރިޔާ އެއް އުޅޭވާހަކަ.
ތުއްޓޭ : މަވެސް އަޑުއެހިން އަހަރީ ދުވަހާ ދިމާކޮއް “‘ބަފަޔާ އެވޯޑެއް”
ދޭން އުޅޭވާހަކަ. އަދި ޓީއެސްޑީ ގަ އުޅޭ ޖާރިޔާ އެއްގެ ނަންވެސް އެވޯޑައް
ހުށައަޅާފަ އިން ވާހަކަ ބުލޮގުގަ އިންދަ. މިހާރުދެން ބުލޮގު ތައް ގިނަ
ކަމުން ކިޔާފަ ނުކިޔާނެ އެއްޗެއްވެސް ނޭގެ.
ބެންޖޯ : (މަލަާމާތުގެ ރަާގަކަށް) އެއުޅޭ ފެހި ކާރުސޮރުގެ ޖާރިޔާދޯ….
(ކުއްލިއަކަށް ގަޑިބަލާލާފައި)، އޭ މަދަނީދެން، މިއަދު އަދި ޕާމް ޑެކް
މީޓިންގް ވެސް އޮންނާނެ، މަނުގޮސް ފިއްޔާ ބޯބުޅި ސޮރު ވަރައް
ރުޅިއަންނާނެ. އަދި އެއްކަލަ 2 މިލިއަން ރުފިޔާގެ ވާހަކަ ވެސް އޮތީ އިނގޭ
….. ފަހުން ދައްކާނި ވާހަކަވެސް ހުންނަން ޖެހޭނެ އެއްނުދޯ ތުއްޓޭ،…..
މިހެންބުނެލުމައް ފަހު ބެންޖޯ ވަރައްބާރައް ހިނގައިގަތެވެ
Advertisements

5 ޚިޔާލުތައް (+add yours?)

  1. Trackback: Athun beevegen dhiya hindhu!!! « MTCC's Blog
  2. mulla
    ޑިސެންބަރު 04, 2009 @ 11:29:34

    ma maslaamaivejje..maa hinain kalhu cofee ai kalhu sai bothee kalhuvanee..dhen benjo menegen fihaaraig hunna fairplus beynun kohlimaa mus dhuvas thereyga dhon abakah badhaluvaane..party badhalukuraahen, department noony section headun badhuluvaahen gaige dhuli badhaluvaaenee…haas kadalabal..ma hee kuree me meehunth gina vaa vaguthu hee vane kalhufoe reyehge udumathi hen..nonee dhuvaalu namh furihama irukeetha eh hifaafa hunanhen..ekkamku bunan kalas hudhas e ee massalakeh noon , hama comnteh liyeleeeeee

    ރައްދު

  3. Thanbi
    ޑިސެންބަރު 03, 2009 @ 16:11:14

    nice funny one…

    ރައްދު

  4. mohonu
    ޑިސެންބަރު 03, 2009 @ 16:00:09

    kudhinney,
    mi 1 namber kada akee kobaa tha. kafa kada tha ? south beach tha ? head office tea room tha ? trafic light kada tha ? TBD canteen tha noonee office Board room tha ? haadha bodethi vaahaka ey liyefa e hunnanee. adhi e bunaa 2 million rufiyya ge waahaka kobaa baa. yageeney kommes meehaku laari gandehh kaa lee kan.

    ރައްދު

  5. xaki
    ޑިސެންބަރު 03, 2009 @ 14:21:15

    ekkala Benjoa, Thuttey aai Kudey anekka aee dhoa. Saabehey kudhinney ney thikuraa hivvarakahh. Maves minna mahun feshigen hunnaanee Medical Leave ga. Hamaekani Real Estate meehunnakahh nuunennu dhoa chuttee negey nee kee.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: