thilafushi nazaru


ތިލަފުށްޓަށް ނަޒަރެއް!
– ޕީއެލްސީއިން ނަގާފަ

މި ޑިޕާރޓްމަންޓަކީ އެހެނިހެން ޑިޕާރޓްމަންޓުތަކާ ޚިލާފަށް ކުންފުނީގެ ޚާއްޞަ އިނާޔަތްތަކެއް ލިބިގަނެގެން މޫނަކަށް ކަނދުރަޔަކަށް ބެލުމެއްނެތި ގޮއްމުށުގެ ބާރުން މީހުންލައްވާ މަސައްކަތް ކުރުވުމާއި އެކު މީޓިންގ ތަކުގައި މިވަރެއްނެތިގެން އަޑުއުފުލާ އެކަމަކު ފަހަތްޕުޅުގައި ކޮއްގެންނުވާނެ އެތައްކަމެއް ސިއްރިއާތުގައި ކުރަމުންދާ ޑިޕާރޓްމަންޓެކެވެ. (އިތުރަށް ވިދާޅުވުމަށް)

މިވެރިންގެ ކަންތައްތަކާމެދު ކުންފުނީގެ ވެރިން ވިސްނާ ފިކުރުހިންގާލައިފިނަމަ ވަގުތުންވަގުތައް އެވެރިންގެކިބައިން ކަންތައްތަކެއް އުނިކޮއް ކުރުން މަނާކުރާނެ އެތައްކަމެއް އެބަހުރިކަމަށް ޓީބީޑީގެބައެއް މުވައްޒަފުންވެސް އެއްބަސްވެއެވެ. އާދެ! މިދައުރުގެ ސިޔާސަތަކީ ޚަރަދު ކުޑަކޮށް ވިޔަފާރިއާއި މަސައްކަތުގެ މައިދާނުގާ ދެމެހެއްޓެނިވިގޮތެއްގައި ސާބިތުކަމާއެކު ކުރިއަށް ދިއުންކަމަށްވެފައި ޓީބީޑީ އުފަންކުރީވެސް ކުންފުނިން އެތައް ބައިވަރު މަސައްކަތްތަކެއް ކުރަންޖެހޭތީ އަދި އެ މަސައްކަތްތައް އެކަށީގެންވާ ހެޔޮ އަގެއްގައި ކުރުމުން ކުންފުނިންބޭރަށް ފައިސާތަކެއްނުގޮސް ކުރާމަސައްކަތްޚަރަދުކުޑަކޮށް ފަރުވާތެރިކަމާއެކު ކުރާނެކަމުގައި އާއި މިފަދަ އެތަކެއް އުންމީދުތަކެއް ހިއްސާދަރުންނަށް ހޯދައިދެއްވުމުގެ ވިސްނުމުގައި ކަމަށްށެވެ. އަދި މިކުންފުނީގަ ގިނަދުވަސްވީ މީހުންގެ ތެރެއިން ބަސްމަދު މަޑުމައިތިރި މީހުންގެ އިތުރުން ވެލްޑަރުންނާ، ވަޑިންނާ ، އިންޖިނިއަރުންނާ، ހުރިހާ މެކޭނިކުންގެއިތުރުންވެސް އެހެނިހެން ކަންކަމަށް މޮޅު ބަލާލަންރިވެތި އެެެެެެންމެން އެތަންމިތަނުން ހޮވައިގެން ގެންގޮސް އެމީހުންލައްވާ މަސްފެންގަނޑުތައް ހެދުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުމާ، ގޮށްމުށުގެ ވެރިޔާ ހިތް ހަމަޖެއްސުމަށްޓަކައި ( ތިބޭ އޭނަގެ އައުވާނުން ނާއި ވަޒީފާ ގެއްލިދާނެތީ ބިރުން ތިބޭ ބައެއް މުވައްޒަފުން) ގޮވައިގެން މަސް ދަތުރުދިއުމާއި ގިނައިން މަސްބޭނޭ ދުވަސްދުވަހު މަސްފިހުމާއި އެއާއި ވާނެ ތަކެތި ކުންފުނީގެ ބަދިގެއިން ސުމާރެއް ނެތި ނަގައިގެން ބަދިގޭމުވައްޒަފުން ނަށް އިތުރުގަޑި ދީގެން ނުވަތަ ވަޒީފާގެ ބިރުދައްކައިގެން ކުރާ ކަމަކީ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމާއި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށް ކިތައްމެވަރަކަށްގޮވާހެދިޔަސް ކުންފުންޏަށް ލޯތްބެއް ހުރެގެން ކުންފުނީގެ ފައިދާއަށް ކުރާކަމެއް ނޫން މިއީޔަކީ. ހަމައެކަނި ހެނދުނާ އި ހަވީރު ތިލަފުއްޓަށް 45 މިނެޓްގެ 2 ދަތުރުކޮއްލުމަށް ވިޔަފާރިއަށް ރެއާދުވާލު ކަނޑު މަތީގައި ހޭދަކުރާ ކައްޕިން ނަށް ނުލިބޭވަރުގެ ބޮޑުމުސާރަ ބެއިސިކް ސެލަރީއަށް 8000 ރުފިޔާގެ 3 ކައްޕިންނާ 6000ރުފިޔާދޭ 2 ފަޅުވެރިން ނަށް އެހެނިހެން އެލަވަންސްތަށް ދީފައި ގަދަޔަށްދުފައިގެން 3 އިރު ކާންދީފަ ދެކޮޅަށް ހިނގާކަށް ނުބައިތިއްބާނެއެވެ. ކުންފުނިން (ކެއުން ބުއިން މާއި އެލާނެ ފާހާނާ) ކަބުލޮ ދީފައި ތިބޭއިރު މިގޮތަށް ކަންތައް ކުރުމަކީވެސް އިންސާފުބާ؟
އަދި މަސްދަތުރުގެ ވާހަކަ ބަޔަކު ދައްކަންޏާ ބުނެޔޯ ކަލޭމެންވެސްކޮރަކަލީގަ މަހަށްދާށޭ އެކަމަކު ކޮރަކަލިހޯދަން ގުޅީމަ ބުނެޔޯ ކަލޭމެން 20 މީހުން ހޯދާށޭ މަދޭނަމޭ ކޮރަކަލި އަދި ބުނެޔޯ އެމާއި ބުޅިކަންވާރާއި ކާނެ ތަކެތި ގަންނާށޭ ފަޅާލާނެ ގަރަލެއްވެސް ހޯދާތި . ދެން ބުނެޔޯ މީހެއްގެ އަތުން 50 ނެގީމަ ރަންގަޅުވާނެއޭ ތިބެފުޅާ ލާރިދޭނީ ކޮންއިރަކުތޯ އެހީމަ ބުނާނެއޯ ކަލޭމެނަށް ދޯނިދީފަ އެއަށް ތެޔޮއަޅާފަ އަދިވެސް މަ ލާރި ދޭންޖެހޭ؟ ހޫން ތިވަރަކުން ނުވާނެ. މީ އަޅެފަހެ ތަރިކަތޯ؟
ނޫނީ އަޅުގަނޑުގެ މައިންބަފައިންގެ މުދާތޯ ؟
ކުންފުންޏަށް ފައިދާ ހުރިގޮތުގައި ކުންފުނީގެ ޓެކްނިކަލް ތަޖުރިބާއާއި ތަރިކަ ރައްކާތެރި ކުރުމަކީ ހިއްސާދާރުން މުސާރަދީފައި ތިބި މުވައްޒަފުން ކޮންމެހެން ކުރަން މަޖުބޫރުކަމެއްކަމަށް ގަބުލުކުރާހިދު.މިދަންނަވާ ކަންތަށް ތަށް މިހިދުން މިހިދަށް ބަދަލުކުރުމަށް ފެނެއެވެ.
* ތިލަފުށި މުވައްޒަފުން ގޮވައިގެން ދަތުރުކުރާ ކޮރަކަލި ދޯނި ޓީ.އެސް.ޑީ އަށް މުވައްޒަފުން ނާއި އެކު ބަދަލުކޮށްފައި މިދަތުރުތަށް އެއްބަސްވުމެއްގެދަށުން ފެރީ ޚިދުމަތުގެ ތެރެއިން ކުރުން. މިކަމުން ލިބޭނެ ފައިދާތަކަކީ ތިލަފުށިން ކުރަމުން ދާ މަސައްކަތް އެހެން ޑިޕާޓް މަންޓް ތަކަށް ނުކުރެވޭ އުސޫލުން ޓީ.ބީ.ޑީ އިސްތިސްނާނުވުމާއި މުވައްޒަފުން ނަށް އިންސާފު ލިބިގެންދިއުމުގެ އިތުރުން ކޮރަކަލި އެކަށީގެންވާގޮތުގައި ބޭނުން ކުރެވުން. އަދި ކޮރަކަލީގައި އެއްޗެއް ގެނައުމަށް ބުނީމަ ބުނަނީ މުވައްޒަފުން ނަށް ދަތިވާނެޔޭ މުވައްޒަފުންދާގަޑީގަ ނުގެންދެވޭނެޔޭ..މިކަންތަށް ހައްލުވާނެ ޓީ.އެސް.ޑީ އާއި ހަވާލުވުމުން އެއިރުން މިކަނހިގާނީ ވިޔަފާރި އުސޫލުން ވަގިގުރޫއްޕެއްގެ ފައިދާއަކަށް ނޫން. މިވާހަކަ ދައްކާއިރު ނޭގެނީކީނޫން ކޮރަކަލި އެއީ މަހައްދާން ދޮށިވެސް އެޅޭގޮތަށް ބަޔަކު މަޖާކުރުމުގެ ތައްޔާރުކުރި އެއްޗެއްކަން އެކަމަކު އެދުވަސް ފައިތުވެއްޖެ!!!
ތިލަފުށީގައި އެ އޮންނަ ހިބަރު ލޯންޗަކީ ކޮންބައެއްގެ ބޭނުމަކަށް ކޮންތަނަކުން ކޮންބަޖެޓަކުން ޚަރަދުކުރާ އެއްޗެއްތޯ ބަލާނެ ބަޔަކު އެތަނަށް ފޮނުވައިދީބަލަ…ޔަގީނޭ..އެކަހަލަކަމެއްކަން..އެއީ.. އަޅުގަޑައް އަޑުއިވޭގޮތުގައި އެއީ ގޮށްމުށުގެ ވެރިޔާ ބޭނުންވީމަ މާލެއައުމަށާއި އައުވާނުން ގޮވައިގެން މަހައްދިއުމަށް ބެނުންކުރާ އެއްޗެކެވެ. އަދި ހިބަރު އަވަސްގޮތަކަށް ވިއްކާލުމަށް ! ގޮވާލަމެވެ.
އަދި އެބައޮތް 1 ވާހަކަ..

ތިލަފުށީގެ ބަދިގެ މިއީ ލާރީ ކުންފުނިގެ ފައިސާ ބޭރުކުރާ ބޮޑުދޮރުތަކުގެ ތެރެއިން ތިލަފުށީގައިހުންނަ އެއްދޮރު.

Advertisements

4 ޚިޔާލުތައް (+add yours?)

  1. fee kukulhu
    ޑިސެންބަރު 02, 2009 @ 01:30:53

    konme meehaku komme eceche liyunas Raney varuge dhevana verieh MTCC aku neh…TBD fashaigen Engineering department ah badhaluviyas raney hingun jumala gotheh gaa ranglhu…thibunaa mas dhathuru dahee ethaage staffun athun laarin nagaige..ekaherivefa thibey bayakah konmes varehge hihahmajehey kameh koh dhinmakee vering zinmaaa eh…
    egehy tha baeh moosumga mehi aneh mooosumuga dhun noonee chakka veffa onna thanekey eyee…ethaagu staafun hih hama jassaafathibumakee hama gaimuves kunfunee kuri eru…mihen me bunanee floateh hedyas, gidigeyeh hedias adhi keekuran kon emergency haalatheh gas ves emmekeringe massah kah kuraa teameh ove ethaage…veriya dheke hihhamnujeheny harukashi kamun, ehehnas e character varah muhinmu…Raney vkivegen dhiyumakee company ah libeyne varah bodu dhereyeh…

    ރައްދު

  2. fee kukulhu
    ޑިސެންބަރު 02, 2009 @ 01:22:57

    TSD reedhu kramun dhaavarakah thilafushi noo kuraneeee..saabahey raney thivareh neh..MTCC kula akee Nookula…Siraajah ulhenee olhigen…

    ރައްދު

  3. funbe
    ނޮވެމްބަރ 30, 2009 @ 20:18:02

    mi meehun haadha dhereyeh veyeh dho? laari hoadhaa bayakahnnu laari haradhu kureveyneeves. eheney kiyaafa card in kuraameehun mahah gosgen ………………
    mihaaru ves mithanah vure maa rangalhu offer eh eboiy Heavy force in ves. Adhi Australia in ves. Beynun thanakah mihaaruves nattaalanvee. ekamaku dhivehi rahyithun nah takaa mi hunnanee. Gaumu dheke LOABI vaathee

    ރައްދު

  4. Rajes
    ނޮވެމްބަރ 30, 2009 @ 20:16:55

    yanmaa men aharumenney kiyaigen vaahaka dhakaa iru yanmaa men ulhey goiy vaki rangalhutha? mihaaru blog liyaa meehunnah thilafuhi ge vaahak kiyaadhey meehaa mi enguneethaa. Eid bandhuga ves meehaku ulhunu family govaigen thilafushiga badhige meehun ves OT dheygothah neregen ulhunee.nuvithaa kah thanuga ulhey beyrumeehunves nerunu. Dhen kobaa thibunaa ehen department thah. emeehun ves Eid bandhah thikahala holiday eh hadhan beynunvey.
    hhhm enmen sayah gos vakigothah vote dheyn ninmaigengos meeting ah vadhe mulhin idhi kolhah vote dhin gothah mifaharaku nuhedheyne. Aharumenaaves gulhigen ulheveynee.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: