MD fonu bilu


އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ ފޯނު ބިލަކަށް ބައި ލައްކަ ރުފިޔާ
– އަމިއްލަ ކޯލްތަކަށް އެރި 18117.00ރ. ދެއްކެވީ ނަސީމް އަމިއްލަ އަށް: އެމްޓީސީސީ
(މީ ދުވަހު ނޫސް ހަވީރުގެ 17 ނޮވެމަބަރު 2009 ވީ އަންގާރަ ދުވަހުގެ އަދަދުގައި އަހުމަދު ހަމްދޫން ލިޔުއްވަފައި ވާ ލިޔުމެއްގެ ނަކަލެކެވެ.)
nafa

ނަފާ ނަސީމް (ފޮޓޯ - ނައިފަރު އޮންލައިން)

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަސީމް (ނަފާ ނަސީމް) ގެ މިދިޔަ ޖޫން މަހުގެ ފޯނު ބިލަށް 53519.00ރ އަރައިފި އެވެ. އެމްޓީސީސީގެ ނަމުގައި ނަގާފައިވާ މި ފޯނުގެ ބިލަށް ބައި ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށް އެ ކުންފުނިން ވެސް މިއަދު ވަނީ ކަށަވަރު ކޮށްދީފަ އެވެ. (އިތުރަށް ވިދާޅުވުމަށް)

ހަވީރަށް ކޮޕީ ލިބިފައިވާ ބިލުން އެނގޭ ގޮތުގައި ޖޫން މަހު ނަސީމް ޗައިނާގައި ހުންނަވަނިކޮށް ރޯމިން މެދުވެރިކޮށް ގިނަ ކޯލްތަކެއް އޭނާގެ ފޯނަށް އައިސްފައިވެ އެވެ. ތޭރަ ސޮފުހާގެ ބިލްގައިވާ ގޮތުން ނަސީމްގެ ފޯނު ބިލަށް 53519.00ރ  އަރާފައި ވަނީ ކުރީގެ ބިލްގައި ނުދައްކައި އޮތް 3404.93ރ އާ އެކު އެވެ.
މި ފޯނު ބިލާ ގުޅޭ ގޮތުން ނަސީމަށް “ހަވީރު”ން ގުޅުމުން ވިދާޅުވީ އެކަމަށް އެއްވެސް ކޮމެންޓެއް ދެއްވަން ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ އިރުގަނޑެއް ފަހުން އެމްޓީސީސީގެ އޮފިޝަލަކު ހަވީރަށް ގުޅުއްވާފައި ފޯނު ބިލާ ގުޅޭ އިތުރު ތަފުސީލުތައް ދެއްވި އެވެ.
އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ53519.00ރ  ގެ ތެރޭގައި ނަސީމްގެ އަމިއްލަ ކޯލްތަކަށް އެރި 18117.00ރ ހިމެނޭ ކަމަށާއި އެ ފައިސާ ދައްކަވާފައި ވަނީ ވެސް ނަސީމް އަމިއްލައަށް ކަމަށެވެ. އާންމުން ހިއްސާވާ ކުންފުނިން ދައްކާފައި ވަނީ  35402.15ރ  ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
“ޖޫން މަހުގެ ތެރޭގައި ވަރަށް ދިގު ރަސްމީ ދަތުރެއް ސިންގަޕޫރާއި ޗައިނާ އަށް މެނޭޖިން ޑިރެކްޓަރު ކުރެއްވި. އެއީ ޖޫން 5-18 އަށް ކުރެއްވި ދަތުރެއް. ރޯމިންގެ ހިދުމަތް ނަންގަވާފައި އޮތުމުން މި އަދަދު އެރީ. އެހެން ނަމަވެސް މާލެ ވަޑައިގެންފައި އެ ބިލްގައި ހުރި ޕާސަނަލް ކޯލްސްތަކުގެ ލިސްޓެއް މެނޭޖިން ޑިރެކްޓަރު ދެއްވި. އެއަށް އެރި 711 18117.00ރ ” އެމްޓީސީސީގެ އޮފިޝަލް ވިދާޅުވި އެވެ. “އެމްޓީސީސީގެ އިސް ވެރިއަކަށް ހުންނަވާ ބޭފުޅަކު އަބަދުވެސް ބޭނުން ކުރައްވަނީ ކުންފުނީގެ ނަމްބަރެއް. އެގޮތުން މިހާރުގެ މެނޭޖިން ޑިރެކްޓަރު ވެސް ކުންފުނީގެ ނަމްބަރު ބޭނުން ކުރައްވަނީ.”
“ހަވީރަ”ށް އެނގިފައިވާ ގޮތުގައި އެމްޓީސީސީގެ އެތެރޭގެ އޮޑިޓެއް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.
Advertisements

5 ޚިޔާލުތައް (+add yours?)

  1. khalid
    ނޮވެމްބަރ 21, 2009 @ 12:48:36

    avahah buney raees gaathuga mabeay zaaruaneeay ehen kunfuncnakah badhalukoh dheaysheay.

    ރައްދު

  2. chakoya
    ނޮވެމްބަރ 21, 2009 @ 12:32:13

    bailakka rufiyaa naseemu havaaluvifahun mtcc ah libunuthoa kaleamen balaabala.
    naseemoo thidhen boduvareh amilla iyafaarieh thoa?

    ރައްދު

  3. yahoo
    ނޮވެމްބަރ 19, 2009 @ 08:11:19

    Mihaaru Finance ge baehh staafun kuraa masakkathee MD mihaa thanaehh koffa huri dhathuru thaku ge thafseel hoadhumu ge masakkathoy.. adhi mi haradhu thaku ge thafseel hoadhaafa hurihaa news thakahh fonuvaane yous foanu bill gothahh … mi kamu ge emme adeegai ulhe nee MD emme gaathuge masakkah kuri beekoa… MD massale ehh ACC ahh fonuvee ves meege there in baekoa …mi meehun ge magusadhu haasil nuvaane hen heeveem mihaaru beynun vanee MD faleehaii kohh MD ge naagabil kan emmen nahh engumaa, Nafaa akee israafu ge bodu meehehh kann angan… MD iyye meething ge buni kamehh vey varahh transparent vaan vaane yeh … thimanna men mithibee democracy gaboolu kohhhge ney .. ehen veem ekan thahh belen ves vaaneyeh … ekamu thimanna ge kamehh viyya thimanna ahh ves angan vaane yeah … dhen hee kuran Nafa Blog kiyaa kamahh … ehen veema Nafa ge mi kanthahh thahh Finance ge there in hoadhaa kan ingeyne tha dhoa …. Eyrun Haveerun noohun Nafa dhathuru thakuge bill thahh fenunakas hairaan vaakahh nujehey ennu dhoa ..

    ރައްދު

  4. paree
    ނޮވެމްބަރ 18, 2009 @ 19:42:27

    Yahooo.. this is really funnyy.. who else it can be.. e bill thah fennaanyy hama ekani finance staffs ah thakah.. lafaa kurevey gothugaa e ee e thaange MANAGER aa dhe SENIOR accounts officers vegen kohfa huri masakkai… habaru libeygothugaa mi meehun mi masakkai kuryy e meehunge FIXED OT kandaalumaa gulhigen ethah dhuvahaku anehkkaa ves OT hama jassan masakai kurumah fahu ekan naakaamiyaabu vumun.. habaru libey gothugaa mithanun burugaa naalhaa hunna SENIOR account officer varah birun ulhun internal audit meehun mikan balan finance ah dhiyumun.. mi thin meehun MTCC ge meetings thakah vaidhaifiyyaa hama yageenun ves Minutes libeyne haveeru keeh kuran jazeeraa ah ves… aharun ummeedhu kuran mi MD athif shakooru gothah mi meehun ge dhashu nuve ulheyne kamah…

    MD.. FINANCE STAFFS NEED UR HELP

    ރައްދު

  5. yahoo
    ނޮވެމްބަރ 18, 2009 @ 08:51:53

    Who’s Haveeru’s reporter on MTCC’s Payroll. This is something we need to think about and a serious issue. Dhen fenaanee MTCC ge Meeting thakuge Minutes kanney ge Haveeru news ga ovva…

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: