echu aaaru karusathunaamaa : massakathuge


އެޗުއާރު ކަރުސަތުނާމާ : މަސައްކަތުގެ ފެންވަރު ބެލުން
ބަދަވި
އިރު އެރި މިސްރާބުން ވެސް ކަންނޭގެ އެވެ. ކުއްލި ގޮތަކަށް މުއައްޒިފުންގެ މަސައްކަތުގެ ފެންވަރު ބަލަން ވެއްޖެއެވެ. މިކަމާ މާގަދަޔަކަށް ސައްލާ ކޮއްފާ ނިންމީ ވަރަށް އަވަހަށް ފޯމެއްހަދާ1 އެ ފޯމު ހުރިހާ ޑިޕާޓްމަންޓައް ފޮނުވުމަށެވެ. އަދި އެފޯމު އޮންނަންވާނީ ބަނޑެރީންނާ، ސަރުދާރުންނާ ދޮރުވާނުންނަށްވެސް ފަސޭހަކަމާ އެކު ފުރާ ލެވޭގޮތަށް ކަމަށްވެސް އެންގެވި އެވެ. (އިތުރަށް ވިދާޅުވުމަށް)

ކޮންމެ އަކަސް ފޯމުތަށް ފޮނުވާފިއެވެ. އެކަން ކުރަންވީ ގޮތެއް ކިޔައެއް ނުދެއެވެ. އިސާހިތަކު މީހުންތައް މިކަމާ ގުޅަން ފަށާއިފި އެވެ. އެކި މީހުންނަށް ދިނީ އެކި ޖަވާބެވެ. އެކި މީހުން ފޯމު ފުރީ އެކި ގޮތަށެވެ. އެއްބަޔަކު ކޮޕީކަރުދާސް ލައްވާއިގެން ހުރހާ ފޯމެއް އެއްފަހަރާ ފުރާލި އިރު، އަނެއް ބަޔަކު “މީނައައްވުރެ އޭނަ ރަނގަޅުވާނެ” މިއުސޫލުންވެސް ފޯމު ފުރި އެވެ. އަނެއް ބަޔަކު ފޯމެއް ނުފުރައެވެ. ފޯމާ ބެހޭގޮތުން އެތަކެއް ޝަކުވާ އެއް ހުރި އިރު، ޝަކުވާ ތަކަށް އެކަށީގެންވާ ގޮތުގައި، އެޗުއާރުގެ އާދައިގެ މަތިން، ޖަވާބުދާރީ ވެފައެއް ނެތެވެ. ޖަވާބުދާރީ ވާނީ ކިހިނެއް ހެއްޔެވެ؟ ޒިންމާދާރު އިސްވެރިޔާ ހުންނެވީ ޗުއްޓީގައެވެ. ދެން ކިރިޔާވެސް މީހުންނާ ކުރިމަތި ލާންކެރޭ ހެންހިވާ ކުޑަވެރިޔާ ހުރީ ސަލާމުގައި ކަމަށް ވެއެވެ. ދެން ހުރި ކުޑަވެރިޔާ އަކީ ގިނަ ވަގުތު ނިދިފަ އިންނަ މީހެކެވެ. ނޫނީ ހުންނާނީ ކޮފީތައްޓެއް ހިފައިގެން ހިނގާލަ ހިނގާލަ އެވެ. ދެން ހުރި ކުޑަވެރިޔާ އަކީ ފޯނާ، އީމެއިލް އެހާރަނގަޅަށް ބޭނުން ކުރަން އެނގޭ މީހެއް ނޫނެވެ. (މިނާ އަކީ ކުރީގެ މެނޭޖްމަންޓުން މުޅި ކުންފުނީގައި އަތްފުނާ އަޅާލައިގެން މުއައްޒިފުންގެ ކަންތައް އެންމެ ރަނގަޅަށް ކުރެވޭނެ ކަމަށް ފެނުނު ސަޚްސިއްޔަތެވެ.) ބައެއްޑިޕާޓް މަންޓްތަކުން ރަސްމީ ސިފައެއްގައި މީޓިންއަކަށް އެދުނު އިރު އެކަމަށް އިޖާބަ ދިންކަމަކަށް ނުވެއެވެ. އެޗުއާރަށް ހީވެފައި އޮންނަނީ މުއައްޒިފުންގެ ހުރިހާ ކަމެއްގެ އެންމެ ފަހުބަސް ބުނާ ފަރާތަކީ އެޗުއާރު ކަމަށެވެ. އެއީ ކުން ހީއެކެވެ. މުއައްޒިފުން ކަންކަމަށް އިހުތިޖާޖުކޮށް އެޗުއާރަށް ފުރަގަސް ދެނީ ސަބަބުތަކެއް ހުރެގެންނެވެ. މިސާލަކަށް، ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަން ވަރަށް ގިނައަދަދެއްގެ މުއައްޒިފުން އިންކާރު ކުރިއެވެ. ސަބަބަކީ ގާނޫނުގައި ބުނާ ކަންތައްތައް ފުރިހަމަ ނުވާއިރު، އެއްބަސްވުން ފަރުމާ ކުރެވިފައި އޮތީ މުއައްޒިފުންނާއި އިދިކީލި، ވަރައް އަދާވާތްތެރި ގޮތަކަށެވެ. އެއްބަސްވުމާއި ބެހޭގޮތުން އެޗުއާރަށް މުއައްޒިފުން ސުވާލު ކޮއްލުމުން ބުނީ އެއްބަސްވުން ކުންފުނީގެ ލޯޔަރުންގެ ޓީމުން ވަރަށް ރަނގަޅަށް ދިރާސާކޮށް ގެންނަން ޖެހޭ ހުރިހާ ބަދަލެއް ގެނެސްފާ ވާކަމަށެވެ. މުއައްޒިފުންނަށް އެއްބަސްވުން ފޮނުވީ ދިރާސާކުރަން ނޫން ކަމަށާއި، އޭގާ ސޮއިކުރަން2 ކަމަށެވެ. ދެން (އެޗުއާރުން) އެއްބަސްވުން ދިރާސާ ކުރާ ފަހަރަކުން ބަދަލު ގެނެވިދާނެ ކަމަށެވެ. މިފަހަރު ވެސް މިވީ މިކަހަލަ ގޮތެކެވެ. ފޯމު ދިރާސާކުރީ ކޮންބައެއްކަންވެސް ބުނެލަ ނުދެވުނެވެ. އެމްޓީސީސީގެ ހަޔާތުގަވެސް އެޗުއާރަށް ރަނގަޅަށް ކަމެއް ކުރެވިފައި އޮތްކަމަކަށް ނުވެއެވެ. ކަންކަން ގޯހުންގޯހަށްގޮސް، ބޮއްސުންލައިގެން ދާސަބަބު ބެލުން އަދި ލަހެއްނޫނެވެ.

1 – މިކަން މިހެން ހިންގި އިރު ސްޓިއަރިން ކޮމިޓީ ކޮބައިތަ؟
2 – އެމްޓީސީސީގެ މުއައްޒިފުން އޭރު ވެސް ތިބީ މަޑުން، ދެންވެސް ތިބޭނީ މަޑުންނެވެ.

އިސްތިހާރު

9 ޚިޔާލުތައް (+add yours?)

 1. vathukiba
  ނޮވެމްބަރ 18, 2009 @ 00:49:07

  maadhamaa bodumeeting. live coverage emptycc blog.

  ރައްދު

 2. vathukiba
  ނޮވެމްބަރ 17, 2009 @ 21:40:32

  eiee nafa ge massala ehtha? noonee HR ge massala eh tha? Nafa meehun vedheema gos vanee, vakibayaku beynunvaa irah beynun echeh gathunves mee onna kameh. kunfuneega launch ga kunfunee ge petrole alhaigen mahahves dhanee.
  Nafa bunegentha ehtherebalaa india meeha ah promotion dheneeves.
  hmmmm Haveeru News gare reportareh hoadhanvee annehkaa.

  ރައްދު

 3. xaki
  ނޮވެމްބަރ 17, 2009 @ 20:01:05

  Contracting ahh ves urgent vegen CRAFTSMAN ehh ves vedhdi. Meenaa akee ihhthithi faagun MDP ge Activist evves me. Hinganee ves Randu anhenehh hen 8 alhamun.. Offihuga innaee gina vagutghuga nidhifa… gina faharu dhekkay, nudhehh kay vaahaka evves eyna akahh neyge. Mahaku ehh faharu Evaluate kureefma ves vanee fail. mihaaru 3 faharu evaluate koffi. MD hama vidhaalhuvanee CRAFTSMAN ahh nasey hai dheyshay, eyna akee MDP ge Activist akey, fahun rangalhuves vaaney, adhi faidhaa ves vaane eye … anekka kon kahala faidhaa ehh baa … ?

  ރައްދު

 4. kaley
  ނޮވެމްބަރ 17, 2009 @ 19:09:36

  nanves liyan v. fahathun dhuvan v. hurihaa aa*thun beyru kuran v. USA men kahala nukeray meehun govaigen mikan nuvaane.

  ރައްދު

 5. sam
  ނޮވެމްބަރ 17, 2009 @ 16:23:16

  Marketing unit ge head chutty ga hutta eynayah vs neygi Nafa ge ordarah kulliyakah avas aruvaalaafa kujjaku vehdi vaahaka ves adu ivunu.

  ރައްދު

 6. uza
  ނޮވެމްބަރ 17, 2009 @ 15:27:31

  guys this is too much…u r blaming each others…provide some sollution to issues rather than describing involving person.
  this blog can generate helpful thoughts to boost up this company.. its not yet too late…

  ރައްދު

 7. xaki
  ނޮވެމްބަރ 16, 2009 @ 21:31:53

  Mtcc HR ga masakkai mi kuranee amaa bunaa thee farahh dhaa hen viyyaa.. staff evaluation form ehh hadhaa shey buneema, form ehh hadhanee, heyo evves thaakun thaaku nujehey echech viyas … gaimu e form thahh float kurumuge kurin check kohh approve kuraa baeku ves thibey ne ennu … Mtcc nehh kanney ge HR ahh vure gina in kiya vai gen thibi baeku thibi departmemt ehh ves …

  ރައްދު

 8. enkolhu
  ނޮވެމްބަރ 16, 2009 @ 14:01:15

  މީދެން ހާދަހެއްވާވާހަކައެކެވެ. ޒިންމާދާރު އިސްވެރިޔާ ހުންނެވީ ޗުއްޓީގައެވެ. ދެން ކިރިޔާވެސް މީހުންނާ ކުރިމަތި ލާންކެރޭ ހެންހިވާ ކުޑަވެރިޔާ ހުރީ ސަލާމުގައި ކަމަށް ވެއެވެ. ދެން ހުރި ކުޑަވެރިޔާ އަކީ ގިނަ ވަގުތު ނިދިފަ އިންނަ މީހެކެވެ. ނޫނީ ހުންނާނީ ކޮފީތައްޓެއް ހިފައިގެން ހިނގާލަ ހިނގާލަ އެވެ. ދެން ހުރި ކުޑަވެރިޔާ އަކީ ފޯނާ، އީމެއިލް އެހާރަނގަޅަށް ބޭނުން ކުރަން އެނގޭ މީހެއް ނޫނެވެ. (މިނާ އަކީ ކުރީގެ މެނޭޖްމަންޓުން މުޅި ކުންފުނީގައި އަތްފުނާ އަޅާލައިގެން މުއައްޒިފުންގެ ކަންތައް އެންމެ ރަނގަޅަށް ކުރެވޭނެ ކަމަށް ފެނުނު ސަޚްސިއްޔަތެވެ.)
  ކުންފުނީގެ ހާލަތު މިހާގޯސްވީއިރު ޒިންމާވާނެ ފަރާތެއްނެތްދޯ؟ ހިއްސާދާރުންގެ ބޯޑަށް މިކަންތައްތައް އެނގޭބާ! އަޑުއެހިގޮތުންވިއްޔާ ކުންފުނީގެ އަހަރީޖަލްސާގައި މުވައްޒަފުން ސުވާލުކުރުންވެސް އޮންނަނީ މަނާކޮށްފަ. ދެން ބޯޑުގެ ކޮންމެވެސް އެއްމެމްބަރަކުވެއްޖެޔެއްނު ކުންފުނީގެ ހާލަތުބަލާ މީހެއްގެ ގޮތުގައި ހުންނަން. ކުންފުނީގެ ލާރިއަށްބަލާ މީހަކު ހުންނަފަދައިން އެފަދަ މީހެއްގެ ބޭނުންވެސް މިހާރު ވަރަށްބޮޑުވެއްޖެ.

  ރައްދު

 9. Xaki
  ނޮވެމްބަރ 16, 2009 @ 11:10:18

  Nafaa ves HR Boss ves musthafa ..
  Maihaarun mihaarahh ves musthafaa .. .

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: