hiyaalu faalhukraanan 1


ޚިޔާލު ފާޅުކުރާނަން، ބާބް 1
ޓީއެސްޑީ ހަބް ތައް…
=ކުޑޭ..=

އެމްޓީސީސީގެ ކުރީގެ މެނޭޖްމަންޓުން ކުންފުނީ މަސްލަހަތަށް ނުބައްލަވާ ޕާޓީގެ މަސްލަހަތު އިސްކުރައްވައިގެން ހިންގެވި އެއް ޕްރޮޖެކްޓަކީ ރާއްޖޭގެ ކަންކޮޅުތަކުގައި ދަތުރުފަތުރުގެ ނިޒާމެއް ގައިމު ކުރުމެވެ. މިކަމަށް ވަރަށްގިނަ އަދަދަކަށް ލޯންޗު ބައްލަވައިގަތެވެ. އަދި ރީޖަނަލް އޮފީސްތަކެއް ގައިމުކުރެވި، ސްޓާފުންތަކެއް ވައްދާ އަގުބޮޑު ކޮޓަރިތަކެއް ބިނާ ކުރެއްވިއެވެ.

“(އިތުރަށް ވިދާޅުވުމަށް)

ވަކި މަގްސަދެއްގާ ހެދުނު މި ހަބްތަކުން ފައިދާނެންގެވި އޭރުވެރިކަން ކުރެއްވި ފަރާތާއި އެހަބްތައް ހިނގެވުމާއި ހަވާލުވެފަތިއްބެވި ބައެއްވެރިންނެވެ. ކުންފުނީގެ އުލަނދުފައްތިޔަލުގަ މެނޭގަރުންގެ ލޯންޗުފަހަރުގައި ދަތުރު އެޅުވުން ވަނީ އާދަވެފައެވެ. ތެލާއި މުވައްޒިފުންގެ އޯޓީގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިޔާމުން.
މިއަދުގެ ސަރުކާރުގެ ވައުދުތަކު ތެރޭން އެއްވައުދަކީ މުޅި ރާއްޖެގެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުން ކަމަށްވާއިރު ކީވެގެންތޯ އަދިވެސް މިކުންފުނި މިގެއްލުންހުރި ވިޔާފާރި ކުރިޔަށް ގެންދަވަނީ؟ ކީއްވެގެންބާ މިހާރުވެސްހަވާލުވެގެން އުޅޭ ވިލިމާލެ އާއި ހުޅުމާލެ ފެރީހަރުދަނާނުކުރެވިގެން މި އުޅެނީ؟ މީވެސް އަނެއްކާ ސިޔާސީ ކަމަކަށްވީބާ؟……..އަތޮޅު ކައުންސިލްތަކު އިންތިޚާބަށްފަހު ހަބްތައް އޮންނާނެބައި؟ މުއުތަބަރު ފަރާތަކުން މައުލޫމާތު ލިބުނުގޮތުން ވެރިޔާގެ އެއްފަހަރު ހަބެއް އުވާލަން އުޅެފަ އަނެށްދުވަހު އެކަންނުކުރުމަށް އެންގެވިކަމުގަ، އެކަމަކު ހިސާބު ތަކުން ދައްކަނީ މި ހަބުންވަނީ ހުސްގެއްލުންކަމަށް!!!

Advertisements

4 ޚިޔާލުތައް (+add yours?)

  1. Kudey
    ޖުލައި 22, 2009 @ 16:59:52

    kobaatha mi blog ge moderator mihaaru.. geney password…. meethi ragalhu kodhee faane eyrun konmes meehey….

    ރައްދު

  2. Kudey
    ޖުލައި 22, 2009 @ 16:58:54

    Miah vure bolah faseyha, lolah faseyha template eh laan vejje nu dho.. mee hurihaaves sababakee mihaaru meehun mi forum gai harudhanaa post eh kuran beynun nuvaa sabakee… Kobaa marketting ga nethee tha mikamuge ragalhu touch eh huri kojjey ves…??

    ރައްދު

  3. nokia
    ޖުލައި 08, 2009 @ 15:30:37

    Mihaaru iqthisaadhee heenaru kameh ais gen ulheyiru MTCC ge steering comitee ah eid eh ais gen ulhey hen heevanee. MTCC ge hurihaa enmenn Malaysia ah fonuvan ninmaigen ulhey hen heevanee. Funds hus kohlaneetha.. laari nethigen ulhey iru..Visnan vehje dhoa. Comitee ah laafa thibee gamaaru meehun tha dhedhuvahah Malaysia ah training ah fonuvanee

    ރައްދު

  4. zubba
    ޖޫން 22, 2009 @ 17:28:02

    uvaeh nuleveyne haasakoh laam habu kihineh uvaalaanee.mihaaru mihaaru nafaa e ulhenee gamun meehakaa innan.mithanaa havaaluvefa kuri rasmee dhathuru thakuge hageegathakee mee.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s