Cofee Time: Thaas Club


ކޮފީ ޓައިމް :.. ތާސް ކްލަބު..!؟؟
=ކުޑޭ..=
ކުޑޭ – ފޯނު ކޮށްލާފަ “ބެންޖޯ ކޮބާ ކިހާ ހިސާބެއްގަ ތިއުޅެނީ. ބިޒީތަ؟”
ބެންޖޯ – “ނޫނޭ. މިވަގުތު ބިޒީއެއްނޫން. ހެޑްއޮފީސް ކައިރީގައި މިހިރީ. ކުއްޖަކު ޒަރޫރީ ބޭނުމެއް ޖެހިގެން ގެއަށް ޖައްސާލަން ވެގެން އައިސްދީ ބަލާށޭ ބުނީމާ އެކަމުގައި މިއުޅެނީ. އަނެއްކާ ކިހިނެއްވީ.؟”(އިތުރަށް ވިދާޅުވުމަށް)

ކުޑޭ – ޗޮކެއް ކަނޑާލާފައި. “ސާބަހޭ ކަލެއަށް. އެކަމު އަންހެން ކުއްޖެއްގެ ވާހަކަ އަހާލާއިރަށް ބުނާނެ މަށަށްވުރެ ބޮޑައް ތިޔަކަހަލަ ކަންތައްތައް އިނގޭނީީ ފެހިކާރުގަ އުޅޭ ސޮރަށޭ.”
ބެންޖޯ – އެއްމިޔަކަނިން ހީލަމުން ހާސްވެލައިފަ “… އެ…، އެ…، އެއީ އެމަންޖެއަކީ މަގޭ ކަޒިންއެކޭ. އެހެންވީމާ ކޮބާ މައްސަލައެއް ނެތެއްނު ދޯ.”
ކުޑޭ – ނަސީބެއްނު ޓްވިންސަކަށް ނުވިކަން.! (މަލާމާތުގެ ރާގަކަށް) ދެން އެންމެ ރަނގަޅޭ ތިކަންތައް ނިންމާލާފަ އަވަހަށް އާދޭ. މައިންނާނަން ޓަސްކަލޫސާގަ.. ތުއްޓޭވެސް އަންނާނެ މިހާރު. ކަލޯ އަނެއްކާ އަންނައްޗޭ ލަސްނުވެ.”
ބެންޖޯ – “ކޮބާ ކިހިނެއް ދެވެރިންގެ ހާލު. ކުޑަ ތަންކޮޅެއް ލަސްވީ ދިޔަމަގުމަތީގައި ފިހާރަޔަކަށް ވަދެލަން ޖެހުނީމަ. އޭ. ތުއްޓޭ! ކޯންޗެއް ތިބޮނީ؟ ހާދަ އެހެންކަހަލަ ފޮނުގަނޑެއްވެސް އެބަހުއްޓޭ.؟”
ތުއްޓޭ – އަވަސްއަވަހަށް “މިއީ ޖިންޖަރ ބިއަރު.”
ކުޑޭ – “ހުރިހާ ކަމެއް ހަމަވީ ކަލޯ. ދައްކަވަން ހުރި ތަނެއް ދައްކަވާފަ ގެންދަވާނީ.”
ތުއްޓޭ – ބުނަންތަ ރަނގަޅު ވާހަކައެއް. ކަލޯމެން ކޮންމެ ބުރާސްފަތިދުވަހެއްގެ ހަވީރު ފްލައިޓުން ލަންކާޔަށް ތިޔަދަނީ ހުކުރު ދުވަހު މާލޭގަ ހުކުރުކުރާ މިސްކިތްތަކުން ޖާގަ ނުލިބޭތީ ހުކުރަށްތަ؟ އެތަނަށް ގޮއްސަ ކުރާކަންތައްތަކާ ބޯއެއްޗެއްސާ ކާއެއްޗެތިވެސް އަހަރުމެންވެސް ދަންނަމޭ. މަމިހުންނަނީ. އަނގަމަޑުންލައިގެން އެކަހަލަ ވާހަކަ ނުދައްކަން. އެކަމަކު ތިގޮތަށް ދުލުގަޔާ “އެހެން ތަންތާގަ” ހިފާ ދަމާކަމަށްވަންޏާ ހިމޭނަކުން ނުހުރެވޭނެއެއްނު މަށެއް ކަމަކު.”
ބެންޖޯ – ނުތަނަވަސް ރާގަކަށް “އާދެން އެންމެ ރަނގަޅޭ ރަނގަޅޭ…، ކޮންވާހަކައެއްތަ ދެމީހުން މާފޯރީގަ ތިދައްކަނީ.؟”
ކުޑޭ – “މިދައްކަނީ އަހަރެންމެގެ ޓްރެވަލް ބިޔުރޯގެ ވާހަކަ.”
ބެންޖޯ – “އާނ. އެވެސް ދެން މާމޮޅުކަމެއް ކުރަންވެގެންނޭ ކިޔާފަ ކުރި ބޭކާރު ކަމެއް. ހަމަ އެގޮތަށް މީގެ ކުރިން ހެޑް އޮފިހުގެ ތިރީބައިގަ ފިލްޓަރ ޝޮޕެއްވެސް ހުޅުވިއެއްނު. އެންމެ ފަހުން ވިއްކަން ގެނައި ފިލްޓަރުތަށް ނުވިކިގެން ގުދަނުގަ ބަހަށްޓާފަ ހުއްޓާ އެތަނުގަ އަލިފާން ރޯވެގެން އަނދާ ހުލިވީ. ކީއްކުރާނީ މިތާ އުޅޭ ތަޖުރިބާ ކާރުންގެ މޮޮޅުކަމުން ކަމެއް އަލަށް ފަށާއިރު އެކަމަކާ ބެހޭގޮތުން ސްޓަޑީއެއްވެސް ހަދާލަނީކީ ނޫނިއްޔަ.،
ތުއްޓޭ – “އާނ. ތިބުނާ ބިޔުރޯއަކީ މަތިންދާ ބޯޓުގެ އެޖެންޓްކަން ކުރަންވެގެންނޭ ކިޔާފަ ހުޅުވި ތަނެއް. އެއީ އެއްކަމެއްވެސް ކުރާތަނެއްނޫން. އެންމެ ފުރަތަމަ އެތަން ހުޅުވަންވެގެންވެސް ކިހާ ޚަރަދެއް ކޮށްލީ. އޭރުމާލޭން ލިބެންހުރި އެންމެ ފެންވަރު ރަނގަޅު ފަރުނީޗަރު ގަތީވެސް.! ނޭގެ ކިތައް ލައްކަ ރުފިޔާ ކަމެއްވެސް އެކަމައް ޚަރަދުވީކީ. ދެން އަދި އެގޭތަ. އެމަސައްކަތް ކުރުމަށްޓަކައި ޓްރަވެލް ދާއިރާގަ ވަރަށް ގިނަދުވަހު މަސައްކަތް ކޮއްފަ ހުރިކަމަށް ބުނާ މީހަކު އާދަޔާ ޚިލާފު ބޮޑު މުސާރަޔަކަށް ގެނެސް ކަޕޫރޮއޮތީ އޯޕަން ބަޖެޓެއް ދީފަ. އޭނަ ބޭނުން ގޮތަކަށް އެކަން ކުރުމަށް ދޫކޮށްލާފަ. ދެންކިހިނެއްވާނީ”
ބެންޖޯ – “ގައިމު އެއްފަހަރަކު ކޮންމެވެސްް ބަޔަކާއި ގުޅިގެން ބަންގާޅުން މަތިންދާ ބޯޓެއްވެސް ގެނައި. އަނެއްކާ ފައިސާ ފޮނުވާ މަނީ ގްރާމްގެ ޚިދްމަތްވެސް ދޭތެރެއަކުން ދިން. އެކަންވެސް މާގިނަ ދުވަހެއްނުވެ ހުއްޓިއްޖެ. ދެން އެއަރލައިން ޓިކެޓްވެސް ވިއްކިކަންނޭނގެ. ދެން އެހެންގޮސް ލައްކަ ގިނަ ކަންތައްތައް ކުރަންވެގެން އުޅުނު. އެކަމަކު އެއިން އެއްވެސް ކަމެއް ކުރިޔަށް ދާގޮތެއް ނުވި. އަނެއްކާ އެތާ އެންމެ އިސްވެރިއަކަށް ހުންނަނީވެސް ޗީފް އެއް.”
ކުޑޭ – “އެއީ ކޮންކަހަލަ ޗީފެއްތަ..؟ ޗީފް އިންޖިނިއަރެއްތަ؟ ނޫނީ ޗީފް އޮފިސަރެއްތަ.”
ބެންޖޯ – ނޭގެ މަށަކަށް ޗީފްއެެއްކަމެއް ހޭންޑްކަޗީފެއް ކަމެއް. ނޫނީ ތީފެއް ނޫންކަމެއްވެސް. އޭރު އުޅުން ކަޕޫރަށް ތިއެއްވެސް އެގޭނީ.”
ތުއްޓޭ – “ހަމަގައިމުވެސް ތިބުނާ ޓްރެވަލް ބިޔުރޯއިން ކުރި މަސައްކަތެއްގެ ވާހަކަ މަބުނެފާނަން. އެއީ މާލޭގެ އެކި ހިސާބު ތަކުގައިއުޅޭ ސަމައްތަރު ހެޔޮ ރީތި ދޮން އަންހެން ކުދިންނަށް އެތަނުން ވަޒީފާތައް ދިން.، މަސައްކަތެއް ނުކުރެވުނެއް ކަމަކު އެކަންތައް ހަމަގައިމުވެސް ތިބުނާ ޗީފް ވަރަށް ބަރާބަރަށް ކުރަމުން ގެންދިޔަ ކަމަށްވަނީ. އަނެއްކާ ޗީފް ދާނެ އެކުދިން ގޮވައިގެން ކޮފީއައްވެސް ވަރަށް ގިނައިން. އެކުދިންނަށް ވަރަށް ހެޔޮވާނެ ވަރަށް ގާތްކޮށް އުޅޭނީވެސް. އަނެއްކަ މީގަ ހެއްވާ ކަމަކީ ޗީފް މާާގުޅުން ބޮޑުވާކަހަލަ މަންޖެއަކު އެތާކު ހަރެއް ނުލާ. ނޭގެވާގޮތެއް. ދެތިން ދުވަސްވާނީ ކެނޑިގެން ހިގައިދާނެ. ޗީފްއަށް މާބޮޑަށް ގާތްވެވެނީ ކަންނޭގެ ދޯ. ހެ..ހެހެހެ..ހެހެ..!”
ބެންޖޯ – “އެބުނީ ތެދެއް. ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް އެތަނުން ދޮންދޮން ބައްޓެއް ކަހަލަ ރީތިއާކުއްޖަކު ފެންނާނެ. ދޭތެރެ ދޭތެރޭން މަވެސް އެތަނަށް ވަދެލާ ހަދަން. ހަމަ އެކުދިން ބަލާލަން ވެގެން އެއެއްޗެކޭ މީއްޗެކޭ ކިޔާފަ. ދެން އެގޮތަށް ދެތިން ދުވަހަކު ވަންނަ އިރަށް ޗީފް ލޯއަޅަން ފަށައިނެ. ދެން މަ ގަންނާކުރެއްވި ބިރުން އެދުވަހު ނިކުތަގޮތަށް އެތަނަކަށް ނުވަންނަން. އަދި އަދަށްވެސް.”
ކުޑޭ – “ފެހި ކާރުގަ އުޅޭ ސޮރު އެކަހަލަ ކުއްޖަކު ފެނިއްޖިއްޔާ ހައްޓަކު ހެޔެއް ނުހުންނާނެ ދޯ. ހެހެ. ހެހެހެ. ހެހެ.”
ބެންޖޯ – “އަނެއްކާ ދޭތެރެއަކުން ފެހިކާރުގަ އުޅޭ ސޮރު ހީފިލުވަން ގެންގުޅޭ “ހުދުހުދު” މަންޖެ އެއްކަލަ ބިޔުރޯއަށް ބަދަލު ކޮށްފި. ދެން. ކިހިނެއްވާނީ. އެސޮރުހެ “ހައްޓަކު” ހެއެއް ނުހުންނާނެ އެއްނުދޯ އެވަދެވުނީ އޭރުން ބޮޮޑު ފީންޏަކަށް ވިއްޔާ. ކަމެއް ހުންނާނެތާ ދޯ.”
ތުއްޓޭ – “އޭ…، އަދި މަށައް ހީވަނީ އެތަނުން އުޅުނު ކަންނޭގަ މީހުން ޙައްޖަށް ފޮނުވަންވެސްދޯ. މިހެން މިބުނީ އެންމެ ފުރަތަމަ އެތަން ސޯމިލުގަ ހުރިއިރު ރޭގަނޑު ވަރަށް ގިނައިން ޙައްޖު ގުރޫޕް ތަކުގެ ބޮޑެތި މީހުން އައިސް އުޅޭތަން ފެންނާނެ. އެމީހުން ބައެއްރޭރޭ ވަރަށް ދަންވަންދެންވެސް އެތާ އުޅޭތަންފެނޭ. އާއްމު ގޮތެއްގައި ޙައްޖު އޮފީސް ތަކުގައި މަސައްކަތް ކުރާނީވެސް ރޭގަނޑު ވިއްޔަ.”
ކުޑޭ – “އެހެންތަ. ވެދާނެ ތިފެންނަނީ “ޗެއަރމަން” ބައްޕަކަމަށްވެސް. އެގޭތަ އެންމެ ފަހުން ޗީފް ބޮޑު ޚަރަދު ކޮށްގެން ކުރަން ވެގެން ރޭވި ކަންތައްތަކުން އެއްވެސް ކަމެއް ނުކުރެވި އެތަން ބަނގުރޫޓްވާ ހިސާބަށް ދިޔުމުން އެތާ އިސްކޮށް އުޅުނު ތުބުޅިލީ ސޮރެއްގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލީ. އެންމެ ފަހުން އެހެން އުޅެފަ. އެފަކީރު އެތަނުންވެސް ބޭރުކޮށްލީ. މީ ކަންތައްތައްވާ ގޮތް.”
ބެންޖޯ – “ކޮބާ ތުއްޓޭ ޖިންޖަރ ބިއަރުގެ ރަހަގަނޑު ރަނގަޅުތަ.؟”
ތުއްޓޭ – “އާނ ކަލޯ. ވަރަށް ފައްކާ އެއްޗެއް މިއީ. މީގެ ދަޅެއް ގެއަށް ގެންދަންވާނެ އަންހެނުންނަށް ހަދިޔާއަކަށް ދޭން. މިރޭ ނިދުމުގެ ކުރިން ޑޯޒެއް ދިނީމަ އޯކޭ ވާނެއެއްނު.”
ކުޑޭ – “ތުއްޓޭ މިއިން ދުވަހަކު ބޮޑު ސޯމިލަށް ވަދެލިންތަ.؟”
ތުއްޓޭ – “އެތަނަށް ނުވަންނަ ދުވަހެއް ވަރަށް މަދުވާނެ. ތާސްގަނޑެއް ޖަހާލާ ރާޒުވާ ކުޅެލާ ހަދާލަން ނަމަވެސް. އެނގޭތަ. އެތަނުގަ އޮންނާނެ ކްލަބެއް ހަދާފަ އެތަނަށް ކިޔާނީ ” ތާސް ކުލަބު” ޢާއްމު ގޮތެއްގަ ކޮންމެ ރެއަކުވެސް ވަރަށް ގިނަ މީހުން އެތަނަށް އަންނާނެ ވައި އަނގަތަޅަން. އެ ކްލަބުގަ އޮންނާނެ ރާޒުވާ ލީގަކާ ތާސް ލީގެއްވެސް. ބައެއްރޭރޭ ވަރަށް ފޯރިހުރޭ. މަވެސް ޖައްސާލަން ބައެއް ރޭރޭ ތާސް ހުކުން ތަޅާލަން. އަހަރުމެން ތ. އަތޮޅު މީހުންނަކީ ވަރަށް ތާސް ތަޅާ ބައެކޭ.”
ބެންޖޯ – “ކަޕޫރު އުޅުނުއިރު ކެޔޮޅު ކަމުގޮސް އައިސް ބައެއްފަހަރު ތާސް ކްލަބުގަ ބާބަ ކިޔުވެސް ހަދާނެ. ބާބަކިޔު ހަދާ ރޭރޭ ހުރިހާ ވެރިންވެސް ފޯނުކޮށްގެ ސޯމިލަށް ގެންދާނެ. ބައެއްްފަހަރު ހީވާނެ މިގެންދަނީ ސިނިއަރ މެނޭޖްމަންޓްގެ މީޓިިންއަކަށޭ. އަސްލު ގެންދަނީ އެވެރިންނަށް ސޮސެޖާ ފަރުމަހާ ކާންދޭން. ތާސް ކްލަބުގަ އެންމެ އިސްކޮށް ހުންނާނީ ވަރަށް ފައްކާ މީހެއް. އޭނަގެ ދުވަސްވަރުގެ ޒުވާނުން އޭނަޔަށް ކިޔާއުޅޭނީ ސިޑޭ އަންހެންވެރިން ލޯބިން އެސޮރަށް ކިޔާނީ ރާޖު. އެންމެންނާވެސް ވަރަށް ގުޅޭނެ. ސޯމިލް ތެރެއިން އޭނަ ނުފެންނަ އިރެއް ނުދާނެ. އެއީ ބޮޑު ސޯމިލްގެ ދާދާ. އަބަދުވެސް އެތާއެތެރޭގަ އުޅޭނީ. ހެޔޮ ކިތަންމެ މޫސުން ގޯސްވިއަސް ގުގުރާ ވިދާފަ ވާރޭ ކިތަންމެ ވަރަކަށް ވެހުނަސް. އެސޮރު އެހުންނަނީ އަދިވެސް ބޮޑުކީހު ލޯބިޖެހިފަކަންނޭނގެ.”
ތުއްޓޭ – “މަށަށް ހީވަނީ މިދުވަސްކޮޅަކީ ތާސްކްލަބުގެ އިންތިޚާބުގެ ދުވަސްވަރުހެން. 05 ކެންޑިޑޭޓަކު މިކަމުގަ ވަރަށް ވާދަވެރި ގޮތެއްގަ ކެމްޕޭން ކުރަމުންދާ ކަމަށްވަނީ. އަނެއްކާ މީގެ މޮޅުކަމަކީ މިފަސް ކެންޑިޑޭޓުންގެވެސް ހިޔަނި މެނޭޖަރަކީ ރާޖު ކަމަށްވަނީ. ވަރަށް މުޢުތަބަރު ފަރާތަކުން ޚަބަރު ލިބުނު ގޮތުގައި މިފަސް މީހުންވެސް މިދުވަސްކޮޅު ވަރަށް ގިނަ ވަގުތު ހިޔަނި މެނޭޖަރުގެ އޮފީހުގަ ކެމްޕޭނު ކަންތަކުގައި ހޭދަ ކުރާކަމަށްވަނީ. އެހެންވެ ތާސް ކުލަބުގެ ހަރަކާތްތައްވެސް މިދުވަސްކޮޅު ވަރަށް ބޮޑަށް މަޑުޖެހިފަވަނީ.”
ކުޑޭ – “ހިޔަނި މެނޭޖަރު ލާރި ފަށެއް ނަގާނެތާ މިފަހަރު. 05 މީހުންގެ ކެމްޕޭން ވިއްޔަ ދޯ. ކަލޯގެއާ.”
ބެންޖޯ – “އޭ އަދި އެގޭތަ ތާސް ކްލަބަކީ ވަރަށް ތަފާތު އާކަންތައްތައް މުޖުތަމަޢަށް ތަޢާރަފްކުރާ ބައެކެވެ. އެގޮތުން ދާދި ފަހުން ތާސް ކްލަބުން ވަނީ އާ ކަމެއްވެސް ތަޢާރަފް ކޮށްފައޭ. އެއީ ކުންފުނީގެ އެންމެ ޒުވާން ކާފަގެ އެވޯޑް އަދި އެންމެ ޒުވާން މާމަގެ އެވޯޑް. އެންމެ ޒުވާން ކާފަގެ އެވޯޑް މިހާރު ވެސް ތާސް ކްލަބުގަ ވަރަށް އިސްކޮށް އުޅޭ ސޮރަކު ކަށަވަރުކޮށްފަވަނީ. އެސޮރުގެ ފެންނަން ހުންނަ ހިސާބުގަ އެންމެ ނުރައެއްހައި ހިސާބުވެސް ނުހުރޭ. ދެންނޭނގެ ނުފެންނަ ހިސާބުގެ ގޮތެއް. އެންމެ ޒުވާން މާމަގެ އެވޯޑް އަދިވެސް ކަށަވަރު ނުވެގެން އުޅެނީ… އެއީ އަންހެން ވެރިން މިކަމުގަ ބައިވެރިވެ ވާދަ ކުރާކަށް ބޭނުމެއްނުވޭ. ސަބަބަކީ އެމީހުންގެ އަސްލު ޢުމުރު އެހެން ބަޔަކަށް އެގި އެމީހުންނަށް ލިބެންވާ ވަރަށްގިނަ ފުރުޞަތު ތަކެއް އެކަމުގެ ސަބަބުން ގެއްލިދާނެ ކަމުގެ ބިރު އޮތީމަޔޯ.”
ތުއްޓޭ – “އޭ މަ ހަދާން ނެތިފައޭ މިއިންނަނީ. އެބަޖެހޭ ބާޒާރަށް ޖައްސާލަން މަސްކޮޅެއް ހޯދާލަން މާދަމާ މީ ބަންދު ދުވަހެއް ނޫން ދޯ. އެހެންވީމަ ދެން އެހެން ފަހަރެކުން މިވާހަކަ ދައްކާނީދޯ.”
ބެންޖޯ – “ތެދެއް އެބުނީ މަވެސް އެބަޖެހޭ ތަނަކަށް ޖައްސާލަން…، އަވަހަށް ހިގާ ދެންދަމާ. ޗާއޯ.”
==========================

އިސްތިހާރު

2 ޚިޔާލުތައް (+add yours?)

 1. mohory
  އޮގަސްޓް 03, 2009 @ 10:11:20

  kuru vaahaka liyan v nun , mtcc aa meehun vandhaafa thibeni vaahaka hedhuma sheve

  ރައްދު

 2. haha
  އެޕްރީލް 12, 2009 @ 09:47:28

  hus vai anga, evves otharehh nehh article ehh, ekamu nan vaanee sawmil ge thaas klub.

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s