Aadhayaa khilaafu promotionthah


އާދަޔާ ޚިލާފު ޕްރޮމޯޝަންތައް
= ހޭޔަންބޯ =
އެމްޓީސީސީގެ އާދަޔާ ޚިލާފު ޕްރޮމޯޝަނުގެ ގޮތުގައި މިފާހަގަކުރަނީ އިހަކަށްދުވަހު ޓީއެސްޑީގެ ސީނިއަރ ކޯޕަރޭޓް އޮފިސަރ މެނޭޖަރަކަށް ބަދަލުކުރި ކުރުމާއި، އެޗް އާރުގެ ޓްރެއިނިން މެނޭޖަރ އަށް ޕްރޮބޭޝަން މުއްދަތު ހަމަނުވަނީސް ދިން ޕްރޮމޯޝަނެވެ. މީގެ އިތުރުންވެސް މިފަދަ އެހެން ޕްރޮމޯޝަންތައް ހުރުމަކީ އެކަށީގެންވާކަމެކެވެ. ފާހަގަކުރެވޭކަމެއްވާނަމަ ކޮމެންޓްކުރުމަށް ގޮވާލަމެވެ. “(އިތުރަށް ވިދާޅުވުމަށް)

ޓީއެސްޑީގެ ޕްރޮމޯޝަން އާދަޔާ ޚިލާފުވީ ތަފާތު ސަބަބުތަކެއްހުރެގެނެވެ. އެގޮތުން ފާހަގަކުރެވެނީ ޕްރޮމޯޝަން ދެއްވި މުވައްޒަފަކީ އެމްޓީސީސީއަށް ވަންފަހުންމިވީ ދެއަހަރުތެރޭ ލިބުނު އެއީ ދެވަނަ ޕްރޮމޯޝަނެވެ. އަދި ހަމަ މިއާއިއެކު ފާހަގަކުރެވެނީ މެނޭޖަރަކަށް ބަދަލުވި މުވައްޒަފަކީ އެމްޓީސީސީގެ ޑިރެކްޓަރގެ (މިހާރު އެޗްއާރާއި ހަވާލުވެހުންނަވާ) ކާރުތެރެއިން އާދަޔާ ޚިލާފަށް ފެންނަ މުވައްޒަފެކެވެ. އެހެންކަމުން މި ޕްރޮމޯޝަނާއި ކާރުން ފެންނަ ފެނުމާއި ގުޅުން ހުރެދާނެކަމަށްވެސް ޝައްކުކުރެވެއެވެ. އެމްޓީސީސީއިން އިތުރަށް މުވައްޒަފުން އިވެލުއޭޓުކޮށްފައިނޫނީ ޕްރޮމޯޝަން ނުދޭން ނިންމާފައިވަނިކޮށް މިދިން ޕްރޮމޯޝަނުގެ ސިއްރަކީ ކޮބައިތޯއެވެ؟ އަދިހަމަ އެމްޓީސީސީގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންތަކެއް ތިއްބާ މިކަހަލަ ޕްރޮމޯޝަންތަކެއް ދިނުމުގެ ސިއްރެއްވެސް ވާނެއެވެ.
އެޗްއާރުގެ ޓްރޭނިން މެނޭޖަރަކަށް 2008 ވަނަ އަހަރު ވަޒީފާދެއްވި ފަރާތަށްވަނީ ހަމައެއަހަރު ތެރޭ ޕްރޮބޭޝަން ހަމަނުވަނީސް ޕްރޮމޯޝަނެއް ލިބިފައެވެ. މިއީ އެމްޓީސީސީގެ ތަރީޚުގައި ވެސް އަލަށްވީކަމެކެވެ. އަދި ހަމައެއާއިއެކު މުޅި ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ލިބޭވަރުގެ ޕްރޮމޯޝަނަކަށް ނޫނީނުވެ ނުދާނެއެވެ. ޕޮޕިއުލޭޝަނުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ފާސް ނަންގަވާފައިވާ މިފަރާތަށް އެ ސެޓްފިކެޓް އެކްރެޑިޓް ނުކުރެވެނީސް އެޑިއުކޭޝަން އެލަވަންސްވެސް ލިބެންފެށިއެވެ. އަޅުގަނޑުމެން ކުންފުނި އިސްލާހުކުރުމަށް އެދޭހިނދު މިފަދަ ކަންތައްތައް އިސްލާހުކުރެވިގެންނޫނީ ކުރިއަކަށް ނުދާނެއެވެ. އަދި ހަމަ ދެފަރާތްފެންނަފަދަ ޓްރާންސްޕޭރަންޓްކޮށް ޕްރޮމޯޝަން ދިނުމާއި މުސާރައިގެ ކުރިއެރުން ދިނުމަށް ގޮވާލަމެވެ. މިހާރުވެސް ލެވެލް 5އަށް މެނޭޖަރުންނާއި އެހެނިހެނ ްމުވައްޒަފުން ޕްރޮމޯޓްކުރިއިރު އެމްޓީސީސީގެ ތެރެއިން މިކަން އެގެނީ ކިތަށް ފަރާތަށް ބާވައެވެ. އެކިކަންކަމާއި ގުޅިގެން ގުޅަންވީ ކޮންފަރާތަކަށްކަން އެގެނީ ކިތަށް މުވައްޒަފުންނަށް ބާވައެވެ. މިކަމާއި ގުޅިގެން ފަހުން އަންނަ އަދަދެއްގައި ބަލާއިލާނެ ކަމުގެ އުއްމީދުގައި މިފަހަރު ކުރުކޮށްލަމެވެ.

Advertisements

9 ޚިޔާލުތައް (+add yours?)

  1. kuday
    ނޮވެމްބަރ 16, 2009 @ 16:47:47

    ތި ލެޓިނުން ނުލިޔެ ދިވެހިން ނުވަތަ އިންގިރޭސިން ލިޔެބަލް ”

    ރައްދު

  2. mohory
    ޖުލައި 28, 2009 @ 10:19:46

    meehun ney kiyaegen faadu faadu ge vaahaka hadha hadhaegen dheakuni ma dhen vara gadha ey bunevey ni. keekuraani thives dhuniyayga ulhay meehun

    ރައްދު

  3. Bafayaa
    ޖޫން 04, 2009 @ 14:46:23

    Kobaa koloamen emmen nidheetha .. noonee demotivate vegen fileetha??
    Lets get it straightened up. Work hard and wait to see the outcome you desired to see.

    ރައްދު

  4. corrupt
    މޭ 24, 2009 @ 13:53:06

    promotion libuneetha blog ga liyaa hurihaa meehunnah??? ehen ve tha mihaaru ehves ehche naaraneee blog ah??? thee dhen bodu varu staff ey stafun ge haggey kiyaafa ulhunas… hama amilla faidhaa ah hurihaa aalaathun ves ulheny… mihaaru islaahu kuran huri kanthah hus veetha??? vaki bayakah promotion libuneema hurihaa kameh islaahu veetha??? NEED AN ASWER ASAP…

    ރައްދު

  5. Ahmed Salam
    އެޕްރީލް 23, 2009 @ 12:23:40

    The writer is taking about Hassan Nizam (2548) from HR. Should he be an exception? Y?

    ރައްދު

  6. yoosuf
    އެޕްރީލް 16, 2009 @ 15:05:40

    A change in job title doesnt mean a promotion

    ރައްދު

  7. A.M
    އެޕްރީލް 16, 2009 @ 02:06:46

    Dear MD,
    I would like to know the reason why she (TSD) get a promotion from MTCC. She has a no good education level as well as experience.There are much better people than her, who deserve promotion. Likewise you are talking too much.Have a good day.

    you’s sincerely

    A.M

    ރައްދު

  8. kalhusoru
    އެޕްރީލް 14, 2009 @ 23:40:25

    ތި ލިސްޓަށް ހރ ކެޑިގެން އަނބުރާ އައި ސޮރު ހިމެނޭ އަދި އިގޭތަ މިފަހަރުގެ ޕުރޮމޯޝަންތަށްވަނީ ސިއްރުކުރެވިފަ…..؟

    ރައްދު

  9. mary
    އެޕްރީލް 12, 2009 @ 11:41:47

    thifaaduge promotion libey meehunge adhi harankooru kanthah kuraameehun ge vaahaka jahaairu emeehunge name ves jahan vee..aee massala ehnun…ey run emen nah ingey ne….dhen thikan thah huhtuvey nee konmegotheh viyas verimeehayaa vahaka dhahkaigen…vemaa MD ah liyumakun mikahala vaahakathah nunee aharemen ge concern thah husha halhan veenu…mihen husekani liyunakas nuvaane mikameh…

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s