Anekka mivee kihineh heyyeve?


އަނެއްކާ މިވީ ކިހިނެއް ހެއްޔެވެ؟؟؟
= ކަނބުރު ބަކުރު =
ކުންފުނީގެ މެނޭޖްމަންޓް ބަދަލުވެ މާގިނަ ދުވަސްތަކެއް ނުވަނީސް ކޮންމެ ދޭދޭ މުވައްޒަފެއްގެ ދެމެދުގައި އެންމެ ގަދަޔަށް ދެކެވެންފެށި އެއްވާހަކަޔަކީ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށާއި، ކުންފުނީގެ އޮނިގަނޑު އަލުން ބަލުން އެކުލަވާލުމަށް “ކޮމިޓީއެއް” ކަނޑައަޅުއްވައި އެކޮމިޓީއާއި ހަވާލު ކުރެއްވި މަސައްކަތް ވަރަށް ހަލުއި ކަމާއިއެކު އެބައިމީހުން ކުރައްވަމުން ގެންދަވާ ވާހަކައެވެ. އަދި އެކޮމިޓީގައި ވަރަށް “ގާބިލް” މުވައްޒަފުން ކޮޅެއް ހަރަކާތްތެރި ވަމުންގެންދާ ވާހަކައެވެ.
. (އިތުރަށް ވިދާޅުވުމަށް)

މަހުން ލެފުމަށްފަހު ސިކުޑި ތާޒާކޮށްލުމުގެ ގޮތުން ކޮންމެރެއަކުހެން ރައްޓެހިންނާއިއެކު ތާސްކުޅުމަކީނުހަނު އަވަދިނެތި އަދި އެހާމެ ހަލުއިކަމާއިއެކު އެކޮމިޓީއާއި ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ވާހަކައެވެ. މިދެންނެވި ކޮމިޓީން ހަލުއި ކަމާއިއެކު އެކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ކުންފުނީގެ މުވައްޒަފުންނާއި ހަމަޔަށް 60 ވަރަކަށް ދުވަހަށްފަހު މިވަނީ އައިސްފައެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މިދެންނެވި ކޮމިޓީ އެކުލަވާލެއްވީ ވަރަށްމާތް މަގުސަދެއްގައިކަން ޔަގީނެވެ. ނަމަވެސް އެކޮމިޓީން އެމަސައްކަތް ކުރައްވަވާފައިވަނީ ކިހާ އިހުލާސްތެރި ކަމާއިއެކުކަން މިއަދު ކަށަވަރު ވެއްޖެއެވެ. އެކޮމިޓީން މުވައްޒަފުންގެ އޮނިގަނޑު ހާއްސަކޮށް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ނިންމަވާފައިވާ ގޮތާއިމެދު ހިންހަމަ ޖެހެނީ ކިތައް މުވައްޒަފުން ބާވައޭ ހިތައް އަރައެވެ. ތެދެކެވެ. ހުރިހާ މީހުން ހިންހަމަ ޖެހޭގޮތަށް އެއްވެސް މީހަކަށްވެސް އަދި އެއްވެސް ބަޔަކަށްވެސް އެއްވެސް ކަމެއް ނުކުރެވޭނެއެވެ.
ނަމަވެސް ގިނަބައެއްގެ ހިންހަމަ ޖެހޭގޮތަށް ނުވަތަ ގިނަބައެއް ރުހޭގޮތަށް ކުރެވޭ ކަމަކަށް މެނުވީ އިންސާފުން ކުރެވުނު ކަމެކޭ ބުނެވޭނެ ހެއްޔެވެ.؟ އެހެންކަމުން މިދެންނެވުނު ކޮމިޓީން މުވައްޒަފުންނާއި މެދު ނިންމަވާފައި ނިންމެވުމާއިމެދު ގިނަ މުވައްޒަފުންތަކެއް ހިންހަމަ ނުޖެހޭނަމަ އެކަމަކީ އިންސާފުން ކޮށްފައިވާ ކަމެކޭ ދެންނެވޭކަށް ނެތެވެ. އަދި އެކަމަކީ ކުންފުނީގެ މުވައްޒަފުންނަށް ” ހެވެއް ” އެދިގެން ނިންމަވާފައިވާ ނިންމުމުކޭ ދެންނެވޭކަށް ނެތެވެ.
ހިތާމަޔަކީ އެކުލަވާ ލައްވަވާފައިވާ ކޮމިޓީގައި ތިއްބަވާ ބޭފުޅުންނަކީ ކުންފުނީގެ މުވައްޒަފުންގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވީހިނދު އެބޭފުޅުންގެ ހިތްތަކުގައި އެބޭފުޅުންގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިހުސާސްތަކުގެ ކުޑަމިންވަރެއްވެސް ނެތްކަމެވެ. ނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ މުވައްޒަފުންނެތް ތަނެއްގައި ވެރިއެއް ބޭނުންވާނެ ބާވައެވެ.؟ ތިމާމެންގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެއްވެސް ބައެއް ނޫންކަމަށް ތިމާމެންނަށް އިހްސާސް ކުރެވޭނަމަ ދެންވާނީ ކިހިނެއްކަން ހިތައް ގެނައުމަކީވެސް ވަރަށް އުދަނގޫ ކަމެކެވެ.
ކޮންމެފަދަ މާހައުލަކުން މުވައްޒަފަކާއި ބައްދަލުވި ނަމަވެސް ފުރަތަމަވެސް މާޔޫސްކަމާއި، ހިންހަމަ ނުޖެހުމާއިއެކު ފައްޓަނީ އަލަށް އެކުލަވާލި މުސާރައިގެ އޮނިގަނޑުގެ ވާހަކައެވެ. އެއޮނިގަނޑަކީ އެއްވެސް އިންސާފަކުން އެއްވަރަކަށްވެސް މުވައްޒަފުންނާއިމެދު ވަކިން ހާއްސަކޮށް އާދައިގެ މުވައްޒަފުންނާއިމެދު ވިސްނަވާފައި އެކުލަވާ ލައްވާފައިވާ އޮނިގަނޑެއްކަމަށް ޤަބޫލު ނުކުރެވޭ ވާހަކައެވެ. އެތައް މުވައްޒަފުން ތަކެއްގެ ކިތަންމެ ހައްގުތަކެއް އެއޮނިގަނޑުން ނިގުޅައިގެންފައިވާ ވާހަކައެވެ.
އެހެންކަމަށް ވާނަމަ މިދެންނެވި ކޮމިޓީން 60 ވަރަކަށް ދުވަސްވަންދެން މިކުރެއްވީ ކޮންކަމެއް ބާވައޭ ހިތައް އަރައެވެ. ފަހަރުގައި އެކޮމިޓީގެ މަގުސަދަކީ ” ބޮޑެތި މީހުންނަށް މޮޅުގޮތް، ދަށްމީހުންނަށް ނުވަތަ ދެރަ މީހުންނަށް ދެރަގޮތް ” ހެއްދެވުން ކަމަށްވާނަމަ އެކޮމިޓީގެ މަގުސަދު ކިތަންމެހާވެސް ރަގަޅަކަށް އެބައިމީހުން ހާސިލު ކޮށްފިއެވެ. ނަމަވެސް މިފަދަ ނިންމުންތައް ނިންމަވާ ފަރާތްތަކަށް ” އަމިއްލަ އެދުމުން ފޯވެފައިވާ މީހުންނޭ ” ނުކިޔޭނެ ހެއްޔެވެ.؟ އަމިއްލަ އެދުމުން ފޯވެއްޖެނަމަ ކުންފުނީގެ މަސްލަހަތަށްވުރެ ތިމާމެންގެ އަމިއްލަ މަސްލަހަތަށް އިސްކަން ނުދެވޭނެ ހެއްޔެވެ.؟
މުސާރައިގެ ކުރިއެރުން އެބައިމީހުންނަށެވެ. ލެވެލްތަކާއި ބޭންޑްތައް ފަހަނައަޅައި ދިޔައީ އެބައިމީހުންގެއެވެ. ފިކްސް އޯވަޓައިމްވެސް ހަމަ އެބައިމީހުންނަށެވެ. ދަށުގައި މަސައްކަތްކުރާ މީހުންނަށް މިލިބުނީ ކޮންއެއްޗެއް ހެއްޔެވެ.؟ އޯވަރޓައިމްއަކީ ކޮންއެއްޗެއް ހެއްޔެވެ.؟ މިބަހުގެ މާނައަކީ ކޮބައިކަން އެބައިމީހުންނަށް މާރަގަޅަށް އިގޭނެއެވެ. ޒިންމާދާރު ބައެއްކަމުގައި ވުމުން ތިމާމެންނަށް ލިބެންޖެހޭ އިނާޔަތްތައް އިތުރު ކުރުމަށް ކޮންމެހެން އޯވަޓައިމް ފިކްސްކުރަން ޖެހޭ ހެއްޔެވެ.؟ އޯވަރޓައިމް ފިކްސް ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނޭ ކަމެއްކަމަށް ބުއްދި ގަބޫލެއް ނުކުރެވެއެވެ. ކޮންމެފަދަ ނަމެއްކިޔާފަ ނަމަވެސް އެއަށްވުރެ ބޮޑު އަދަދެއް ދިނަސް އެކަމާއި ބެހެވޭނެ މީހަކު ހުންނާނެކަމަށް ލަފައެއް ނުކުރެވެއެވެ.
ބުނާތީވެ އަޑުއިވެނީ މުސާރަ ބޮޑުވީ ކަމުގައެވެ. %7 އާއި %15 އާއި ދޭތެރޭގެ އަދަދަކަށް މުސާރަ ބޮޑުވެއްޖެ ކަމުގައެވެ. ނަމަވެސް ހަގީގަތުގައި މުސާރަ ބޮޑުވެއްޖެ ހެއްޔެވެ.؟ މިސާލަކަށް ކުރިން ހަތްގަޑިއިރު މަސައްކަތް ކުރުމުން -/3500 ރުފިޔާ ބޭސިކް މުސާރަޔަށް ލިބެމުންދިޔަ މުވައްޒަފަކަށް 8 ގަޑިއިރު މަސައްކަތް ކުރަން ޖެހުމުން -/4000 ރުފިޔާ ބޭސިކް މުސާރަޔަށް ދޭގޮތަށް ހަމަޖައްސަވާފައި ” މިހާރު މިވަނީ މުސާރަޔަށް %10 އަށްވުރެ ބޮޑު އަދަދެއް އިތުރުކޮށްފައޭ ” ވިދާޅުވުމުން އެއީހަމަ ހަގީގަތެއްކަމަށް ގަބޫލު ކުރަންވީ ހެއްޔެވެ.؟
ވަކިފެންވަރެއްގެ މުވައްޒަފުންނަށް އޯވަރޓައިމް ފިކްސްކޮށް ދެންތިބި މުވައްޒަފުންގެ އޯވަރޓައިމް މަތީގައި “އަތްއަޅާގޮތަށް” ގަވާއިދެއް ހައްދަވާފައި މިއޮތީ މުވައްޒަފުންގެ އިހުސާސްތަކާއި ގުޅޭގޮތުން ހަދާފައިވާ ގަވާއިދެކޭ މިގަވާއިދުގެ ދަށުން މުވައްޒަފުންނަށް ވަރަށް ފައިދާ ކުރާނެޔޭ ދެންނެވުމުން އެވާހަކަވެސް ހަމަ ގަބޫލު ކޮށްލަންވީ ހެއްޔެވެ.؟ ތެދެކެވެ. ކިތަންމެހާވެސް ގަބޫލުކުރާ ހިތްވެއެވެ. ވެރިންނަށް ތިއްބެވި ބޭފުޅުން ވިދާޅުވާ ކޮންމެ ވިދާޅުވުމަކަށް ” އާދޭހެވެ ” ދަންނަވާހިތް ވަރަށްވެއެވެ. ނަމަވެސް މިފަހަރު ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެސްފައިމިވާ ބަދަލާއިމެދު ” އާދޭހެވެ ” ދެންނެވޭކަށް ނެތެވެ. އޭގެ ބަދަލުގައި ހިތުގައި އުފެދެނީ ސުވާލެކެވެ. އަނެއްކާ މިވީ ކިހިނެއް ހެއްޔެވެ..؟
——————————-

Advertisements

2 ޚިޔާލުތައް (+add yours?)

  1. kabili
    އެޕްރީލް 13, 2009 @ 22:03:23

    Mee v gothey Adhubadhal vehjey mulhi musaara???????? mi v gothun hama hurevunee gaavefa bunaane ehcheh neh .. hama saabas hithugaa alhefahe rahumehves nethee tha?

    ރައްދު

  2. baafothikolhu
    އެޕްރީލް 11, 2009 @ 14:44:07

    thibunaa musara thelhuve comitee ga thibee konba ehtha…all the HoD tha…

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s