Kharadhu kudakurumah…


ހަރަދު ކުޑަކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން,
ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކުރަން
ސަރުކާރުން ނިންމައިފި
ދުނިޔޭގެ އިޤްތިޞާދަށް މިވަގުތު ކުރިމަތިވެފައިވާ ހީނަރުކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރަމުންދާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އަޅުއްވާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތައް މަދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. (އިތުރަށް ވިދާޅުވުމަށް)

ކަން ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި، ބޭރުގެ ފަރާތަކުން ހުރިހާ ޚަރަދެއް ލިބޭގޮތަށް ހަމަޖެހިގެން ކުރައްވާ ދަތުރުތައް ފިޔަވައި، ސަރުކާރުގެ އޮފީސްއޮފީހުން ރާއްޖެއިން ބޭރަށް ކުރައްވާ އެހެން ހުރިހާ ދަތުރުތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިޔުއްވައިގެން ހުއްދަ ހޯއްދެވުމަށްފަހު ކުރެއްވުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވެއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ބަޖެޓުގައި ހިމެނިފައިނެތް ދަތުރެއް ނުކުރެއްވުމަށްވެސް އަންގަވައި، އޮފީހުގެ ބަޖެޓުގައި ޚަރަދު ހިމަނުއްވާފައިވާ ދަތުރުތަކަށް މީހުން ފޮނުއްވުމުގައި ބައްލަވަންވީ ކަންތައްތައް މިދެންނެވުމުގައި ބަޔާންކުރައްވާފައިވެ އެވެ. އެކަންތައްތަކުގެ ތެރޭގައި، ޖަލްސާ ނުވަތަ ބައްދަލުވުމަކީ އޮފީހުގެ މިޝަން، އަދި ދިގުމުއްދަތަށް ރާވާފައިވާ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ ކަންތައްތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭ، އޮފީހުގެ މަސައްކަތްތައް ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންތެރި ޖަލްސާއެއް ނުވަތަ ބައްދަލުވުމެއް ކަމަށްވުމާއި އެ ޖަލްސާ ނުވަތަ ބައްދަލުވުމުގައި ބައިވެރިވުމާ ގުޅޭގޮތުން ސަރުކާރުން ޚަރަދު ކުރަންޖެހޭނަމަ، (ޕޮކެޓްމަނީއާއި، ކުއްލިއަކަށް ކުރަންޖެހޭ ޚަރަދުފަދަ ޚަރަދުތައްވެސް ހިމެނޭގޮތުން) އެ ޚަރަދެއް އޮފީހުގެ ބަޖެޓުގެ ކަމާބެހޭ އައިޓަމުގައި ހިމެނިފައިވުމާއި، އެހެން އޮފީހެއްގެ ނުވަތަ އޮފީސްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދަންޖެހޭ ދަތުރެއްނަމަ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އެ އޮފީސްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމާއެކު، ކަމާބެހޭ ހުރިހާ ފަރާތްތަކާ ވިލަރެސްކޮށް، ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ހަމަޖެހިފައިވުން ހިމެނެ އެވެ.

ސަރުކާރުގެ އޮފީސްއޮފީހުގެ މުވައްޒަފުން، އަދި ވަކިން ޚާއްޞަކޮށް ވެރިން ފެންވަރުގެ މުވައްޒަފުން، ގިނަގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމުން އޮފީސްތަކުގެ މަސައްކަތްތަކަށް ދަތިވާނެތީއާއި، ކޮންމެހެން ބައިވެރިވެވަޑައިގަންނަވަންޖެހޭ ޖަލްސާތައް ނޫން އެހެން ޖަލްސާތަކަށް ވަޑައިނުގެންނެވި ކަމުގައިވީނަމަވެސް، އެ ޖަލްސާތަކާބެހޭ ލިޔުންތައް ގެންނަވައިގެން އެ އޮފީހަކުން ބައްލަވަން ބޭނުންފުޅުވާ ކަންތައްތައް ބެއްލެވިދާނެތީ، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތައް ވީހާވެސް މަދު ކުރެއްވުމާއި، ހަމަޖެއްސެވެން އޮންނަ އެންމެ ކުރު މަގަކުން، އަދި ދަތުރަށް ހޭދަވާ ޖުމުލަ ޚަރަދު އެންމެ ކުޑަވާނެގޮތަކަށް ބައްލަވައިގެން ދަތުރުކުރެއްވުމާއި، ދަތުރުތަކުގައި ވަޑައިގަންނަވާ ބޭފުޅުންގެ އަދަދު މަދުކުރެއްވުމާއި، ދިގުމުއްދަތަކަށް ބޭއްވޭ ޖަލްސާއަކަށް ވަޑައިގަންނަވާނަމަ، އެ ޖަލްސާއެއްގެ އެންމެ މުހިންމުބައިގައި ބައިވެރިވެވަޑައިގަތުމަށްފަހު މާލެ ވަޑައިގަތުމާއި، މިފަދަ ގޮތްގޮތުން ޚަރަދު ކުޑަކުރެއްވުމާއި، ވަގުތު ސަލާމަތްކުރެއްވުމާއި، މުވައްޒަފުންގެ މަސައްކަތްތަކާއި، ތަޢްލީމީ ފެންވަރާއި ތަޖުރިބާއަށް ބެއްލެވުމަށްފަހު، ވީހާވެސް އިންސާފުވެރި ގޮތެއްގެމަތިން، މިފަދަ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު، މުވައްޒަފުންނަށް ދެއްވުމާއި، ޖަލްސާތަކަށާއި ބައްދަލުވުންތަކަށް އެކަށީގެންވާ މީހުން ފޮނުއްވުމާއި، ސަރުކާރުގެ އެހެން އޮފީހެއްގެ މުވައްޒަފަކު ފޮނުއްވާނަމަ، އެމީހަކު ފޮނުއްވުމާމެދު އެމީހަކު ވަޒީފާއަދާކުރާ އޮފީހުގެ އިޢްތިރާޟެއް އޮތްތޯ ބެލުމަށް މިއަދު ނެރުއްވި ދެންނެވުމެއްގައި ބުނެފައި ވެ އެވެ.

Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: