Bafayaa bunanee 8


ބަފަޔާ ބުނަނީ: ” ކީއްވެ އަހަންނަށް ޑެޕިއުޓީ ޑިރެކްޓަރުކަން ހައްގުނުވާންވީ “
މޯޑް=
އޮފީސް ނިންމާލުމަށްފަހު ގެއަށްދާން ތައްޔާރުވިތަނާ ކުއްލިއަކަށް ފޯނު ކޯލެއް އައެވެ. ފޯނުނެގިއިރު އެކޮޅުން ވާހަކަ ދައްކަނީ ބަފަޔާއެވެ. (އިތުރަށް ވިދާޅުވުމަށް)

ބަފަޔާ: ނިކަން އަވަހަށް ޑޮލްފިންއަށް ޖައްސާލަބަ
އަހަރެން ހިތަށްއެރިއެވެ. ބަފަޔާގެ ޚަބަރެއްނުވެ ލައްކަދުވަސް ވެއްޖެއެވެ. އެހެންވީމާ ލައްކަ ވާހަކަވެސް އޮންނާނެތާއެވެ. މިހެން ހިތަށް އަރާފައި މިދަނީއޭ ކިޔާފައި ނައްޓާލީމެވެ. އަހަރެންގޮސް ޑޮލްފިންއަށް ވަދެވުނު އިރު ބަފަޔާ އިނީ ކޮފީ ތައްޓެއް ބޯށެވެ.
އަހަރެން: ބަފަޔާ ހާދަ ޚަބަރެއްނުވޭ އަނެއްކާ ބަފަޔާއަށް ވެސް ޑެޕިއުޓީ ޑިރެކްޓަރ ލިބުނީތަ؟
އަހަރެން އެހެންބުނުމުން ބަފަޔާ އައީކީ އަމަށަކު ރުޅިއެއްނޫނެވެ. ބަފަޔާގެ ރަސްމީ ސްޓައިލަށް ބަސްތައް އަމުނަން ފެށިއެވެ.
ބަފަޔާ: އިހަކަށް ދުވަހު ހޮވި ޑެޕިއުޓީ ޑިރެކްޓަރުންނަށް ޖޯކުޖަހަނީތަ، އާ އެހެންޏާ މަށަކީވެސް ގާރީ ކޯސް ހަދާފަ ހުރިމީހެކޭ ލައްކަ ދުވަހު މި ކުންފުނީގައިވެސް އުޅެވިއްޖެ ކީއްވެ ޑެޕިއުޓީ ޑިރެކްޓަރުކަން ހައްގުނުވާންވީ
އަހަރެން: ބަފަޔާ، އެއީ ވަކި ފެންވަކާއި ޝަރުތެއް ފުރިހަމަވުމުން ދޭ މަގާމެކޭ،
ބަފަޔާ: އެހެންތަ؟ ކަލޯމެންނަށް ހަމަނޭގިގެންތަ ތިވާހަކަ ދައްކަނީ. އިހަކަށް ދުވަހު ޕްރޮމޯޝަން ދީފައި އެތިބީ ކޮން ޝަރުތުތަކެއް ފުރިހަމަ ވެގެންތަ؟ ޑިޕިއުޓީންނަށް އައްޔަން ކުރި މީހުންގެ ތެރެއިން 3 މީހަކު ފިޔަވާ ނެތޭ ތައުލީމީ ފެންވަރުވެސް ފުރިހަމަވާ ފަރާޓެއް އިހަކަށް ދުވަހު ބޮޑުސިންގާ ގަވާއިދެއް ހަދާ އޭގައި ކޮޅުފައިން ޖަހާފައި އެއައްޔަންކުރީ ޝަރުތުފުރިހަމަނުވާ މީހުންކޮޅެއް ޑެޕިއުޓީ ޑީރެކްޓަރުންނަށް، ބައެއްމީހުން މެނޭޖަރުންނަށް ތިބެފައި ފުންމައިގެންގޮސް އެއޮތްއެރީ ޑެޕިއުޓީ ޑިރެކްޓަރުންނަށް، މިއީ ދެންކިހާ ހެއްވާކަމެއްތަ؟
އަހަރެން: ކީއްވެ ނޭރެންވީ އެސޮރު އަތުގައިވެސް އޮންނާނެ ތިބުނާ ކަހަލަ ޑިގްރީއެއް، ބަފަޔާ ތިބުނާހެން ދެންތިބި މީހުންގެ އެއްވެސް ކަހަލަ ސެޓުފިކެޓެއްނެތަސް
ބަފަޔާ: އެގޭތަ، އާ ޕޮލިސީގައި ބުނެޔޭ، އެމްޓީސީސީއަށް ބޭނުންހިފޭ ދާއިރާއަކުން ހުށަހަޅާ ސެޓްފިކެޓެކޭ ގަބޫލުކުރެވޭނީ، އެމްޓީސީސީއިން މިއުޅެނީ ދަޑުވެރިކަން ކުރަންތަ؟ އެޕޮލިސީގައި ބުނާގޮތުންވެއްޖިއްޔާ އެފަދަ ފަރާތްތަކަށް އެޑިއުކޭޝަނަލް އެލަވަންސްވެސް ނުލިބޭނެ، އެކަމަކު މެނޭޖުމަންޓުން އެނިންމީ އޭނަޔަށް ދީފައި ފަހުން އެކަހަލަ ސެޓްފިކެޓް ގެންނަމީހުނަށް ނުދޭން ކިހާހެއްވާކަމެއް، އަހަރެމެން ކުރިން ހުށަހެޅީމަވެސް ބުނީ ނުގުޅޭ ސެޓްފިކެޓެކޭ އެސޮރުހުށަހެޅީމައި ދީފައި ފަހުން މިބުނަނީ ދެވިއްޖެޔޭ ދެން ކަޑައެއްނުލެވޭނެޔޭ، ހަމަ މޫނަށާއި ކަދުރާއަށްބަލާފަ ގޮތްތައް ނިންމާތީ މައްސަލައަކީ، ކޮބާތަ އަހަރެމެންގެ އެންމެންގެ ބަފަޔާ އޭނަވެސް މިކަހަލަ ކަންތައްތައް ހުއްޓުވަންވާނެ
ބަފަޔާ ހުއްޓާނުލާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ބަފަޔާ: މެނޭޖުމަންޓުން މިހާރު އެބަބުނޭ، އަދި އެއްވެސް މުވައްޒަފަކަށް ޕްރޮމޯޝަނެއް މިހާރު އަދި ނުދެވޭނެޔޭ، އެހެންކިޔާފައި ވެރިންނަށް އެދިނީ ބަރިބަރިއަށް ޕްރޮމޯޝަން. އެއީ ހުރިހާ ކަމަކުން އިސްތިސްނާވާ ބައެއްތަ. ސީނިއަރ އިންޖިނޭރުންވެސް ހަމަ ފުންމައިގެންގޮސް ޑިޕިއުޓީ ޑިރެކްޓަރުންނަށް މިވީ. މެނޭޖަރުން ޑެޕިއުޓީ ޑީރެކްޓަރުންނަށް ބަދަލުވިއިރު ކޮބާ އެސިސްޓެންޓް ޑިރެކްޓަރުންނަށް މަގާމު.އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އެކަމަކު ބަދަލުވީ އެސިސްޓެންޓް ޑިރެކްޓަރަކަށް މިއީވެސް ކިހާ ހެއްވާކަމެއް.
އަހަރެން: އެއީ އޭ ހުރިހާ ވިސްނުމެއް ވިސްނާ ބަޔަކީ އެހެންވީމާ އެހެންވާނެނު
ބަފަޔާ: ކަލޯވެސް މިހާރު ހަމަނުޖެހޭ ވާހަކަ ދައްކަން ފެށީތަ؟ އަހަރެމެންނޭ ހުރިހާ މަސައްކަތެއް މިކުރަނީ އެމީހުން ކުރާހާވެސް ކަމަކީ މެނެޖިން ޑިރެކްޓަރ ލައްވާ ސޮއިކުރެވުން. ހުރިހާ މަސައްކަތެއް މިކުރަނީ އަހަރެމެން ކަހަލަ އާދައިގެ ފަންތީގެ މުވައްޒަފުން، އެމީހުން ހަމަ ފިނިކޮއްލަކޮއްލާ ފިނިކޮޓަރީތިބެނީ. އެކަމަކު އެމީހުންނަށް ބަރިބަރިއަށް ޕްރޮމޯޝަން ލިބޭ އިރު ނުކުރޭ އަހަރެމެންގެ ހައްގުގައި ޗުޕޭވެސް ކިޔަން.
އަހަރެންނަށް ހުރެވުނީ އަގައިވެސް ބުނަންނޭގިފައެވެ. ބަފަޔާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ބަފަޔާ: މިހާރުދެން އެއޮތް އުޅެނީ އަހަރެމެންނަށް ލިބޭ ފިކްސްޑް އޯޓީ ކަނޑާލަން، އެއްކަލަ ވެރިންތައް ވަރަށް ބުރަކޮށް އެކަމަށް މިހާރު މަޝްވަރާކުރަނީ، އެމީހުންނަށް ކީއްދޯ، ހައެއްކަ ހާސް ރުފިޔާ ބޮޑުވީވިއްޔާ، ފިކްސްޑް އޯޓީ ކަނޑާލިއަސް އެމީހުންއަތުން ކޯއްޗެއް މަދުވާނީ. އަހަރެމެން ކަހަލަ ހަތަރުހާސް ރުފިޔާ މުސާރައަށް ލިބޭ ބަޔަކަށް އޯޓީ ކަނޑާލީމާ ވާނީ ކިހިނެތް؟
ބަފަޔާގެ ވާހަކަ އެހާހިސާބަށް ދިޔައިރު ބަފަޔާއަށް ހުރީ ރުޅިވެސް އާދެވިފައެވެ. އެހެންކަމުން އިތުރަށް ބަފަޔާއާއި ދެކޮޅަށް ވާހަކަދައްކާކަށް ނުކެރުނެވެ.
އަހަރެން: ދެންހިގާދަމާ ބިލުދައްކާލާފައި، ތިވާހަކަ މާދަމާ ބްލޮގުގަ ޖެހީމާ ހަމައަކަށް އެޅިދާނެ
ބަފަޔާ: އެއްކަމެއްވެސް ނުވާނެ، ނުވެސް ކުރާނެ، ވެރިންގެ މުސާރަބޮޑުވީވިއްޔަ ހުރިހާކަމެއް އެއޮތީ ފުރިހަމަވެފަ. މިއީދެން އަމިއްލަ އެދުމާ އުޅުނަސް ބޮޑުވަރު. ކިހާބޮޑު ………….
ބަފަޔާ ވާހަކަ މާބޮޑަށް ހޫނަވާނެ ފެށުމުން ވާހަކަ މެދުކެނޑުމަށްފަހު ބިލުދައްކާލާފައި ގެއަށް ގެއަށް ހިގައިގަތީމެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް އަހަރެންގެވެސް ހިތަށްއަރަމުން ދިޔައީ ބަފަޔާ ދެއްކިވާހަކަ ތަކެވެ. އޯޓީ ކަނޑާލުމުން ދެން ލިބޭނީ ކޯއްޗެއްބާވައެވެ. މިފަދަ ދިރިއުޅުމުގެ އަގުބޮޑު ޒަމާނެއްގައި މި ލިބޭ ކުޑަ މުސާރައިގެ ތެރެއިންވެސް ބައެއް އުނިވުމުން މާލޭގައި އުޅޭނީ ކިހިނަކުން ބާވައެވެ. އާ، ވެރިންނަށް ކީއްހެއްޔެވެ. އެވެރިންގެ މުސާރަ އަތްނުފޯރާފަށަށް ބޮޑުވީއެވެ. އެހެންވީމާ އަހަރެމެންނަށް ލިބޭ އެތިކޮޅު ކަނޑާލުމުން އެމީހުންގެ މުސާރަ ދިނުމަށް ދައްޗެއްނުވާނެއެވެ.
Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: