Short Story 1: Firaazuge naseeb


ކުރުވާހަކަ 1 – ފިރާޒުގެ ނަސީބު، ކެޔޮޅުބޭގެ ފެށުން
= ސޭކް ސްޕިއަރސް =
މިކޮލަމުގައި މިގެނެސްދެނީ އެމްޓީސީސީގައި ހިގާފައިވާ ތަފާތު ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކުރުވާހަކަތަކެކެވެ. މިވާހަކަ ގެނެސްދިނުމުގައި ލިޔުންތެރިޔާ ބޭނުންކޮށްފައިވާނީ ޚިޔާލީނަންނަމާއި ޚިޔާލީ މަގާމުތަކެކެވެ. އަދި ހަމައެއާއިއެކު ވާހަކަ ފުރިހަމަކުރުމުގެ ގޮތުން ކޮންމެވެސްވަރަކަށް ލިއުންތެރިއާގެ އަމިއްލަ ޚިޔާލު ހިމެނިފައިވީނަމަވެސް މައިގަނޑު ޕޮއިންޓަކަށް ބަދަލެއް ގެނެސްފައެއްނުވާނެއެވެ.
. (އިތުރަށް ވިދާޅުވުމަށް)

މަހުން ލެފުމަށްފަހު ސިކުޑި ތާޒާކޮށްލުމުގެ ގޮތުން ކޮންމެރެއަކުހެން ރައްޓެހިންނާއިއެކު ތާސްކުޅުމަކީ ފިރާޒުގެ އާދައެކެވެ. ތާހުގައި ޖެހިފައި ހުންނަ ފޯރީގައި ވާނުވާނޭގި ކުރެވޭ ކަންތައްތައްވެސް މަދެއްނޫނެވެ. ފިރާޒުގެ އާދައިގެމަތިން ގެއަށްއައިސް ފެންވަރާލައިގެން މިސްރާބުޖެހީ ތާސްކުޅޭ މައިދާނަށެވެ. މަހުން އާދެވުނުލެއް ލަސްކަމުން ފިރާޒަށް ތާސްކުޅެންވެސް ދެވުނީ ތަންކޮޅެއް ލަހުންނެވެ. ހުރިހާ އެންމެން ތިބީ ތާސްބައި ކަނޑައިގެން ބަހަންތައްޔާރުވެގެނެވެ. ފިރާޒުމެންގެ ގަވާއިދު ހަމަޖެހިފައިވާގޮތުން 10.30 ވާއިރު ކުޅޭއިން ގަޑު ނިމުމުން އެދުވަހަށް ނިމުނީއެވެ. އެއިގެ ކުރިން އެއްވެސް މީހަކަށް ހުއްޓައެއްނުލެވޭނެއެވެ. މިއަދަކީ އާދަޔާއި ޚިލާފަށް ފިރާޒަށް ޑިގުގޮވާލެވޭ ދުވަހެކެވެ. މިހާރުވެސް ފިރާޒު ބޭނުންވަނީ ޑިގުގޮވާލަން އެންމެ ގަނޑެކެވެ. ކުއްލިއަކަށް ފިރާޒަށް ފޯނެއްއައެވެ. އެހެންކަމުން ވަރަށް ފަރުވާކުޑަގޮތަކަށް، ކާކުތޯވެސް ބަލާނުލާ ފިރާޒު ފޯނުނެގިއެވެ.
ފިރާޒު: ހަލޯ،
ފޯނުން: ހަލޯ، ކޮންތާކު ވަރަށްއަވަހަށް އާދަޅޭ ކަޑަޔަށް އާދެބަލަ!
ފިރާޒަށް ހަމަ އަޑު ޖެހުމާއިއެކު މިއީ ކާކުކަން އެގުނެވެ. އެހިސާބުން ފިރާޒުގެ ސަމާލުކަން އެފޯނަށް ދިޔައެވެ.
ފިރާޒު: އާދެ މިހާރު މިދަނީ.
އެކޮޅުން ވާހަކަ ދެއްކީ ކެޔޮޅުބެއެވެެ.
ޝަޙީދު: (އެކުގައި ތާސްކުޅޭ ކުއްޖެއް) އޭ ބަލަ ދަނީތަ؟ އަދި ފަހު ގަޑު އޮތީނު؟ މިރޭގެބައި ނިންމަންވާނެނު. ކެޔޮޅު ވިދާޅުވެއްޖިއްޔާ އޮންނާނީ ވިދާޅުވިގޮތެކެވެ. ބަޑަށްވިއްޔާ ބަޑަށެވެ. އެހެންކަމުން އަތުގައި އޮތް ތާސްބައި ބަހައްޓާފައި ތާސް ގުރޫޕުކުދިންގެ އިހުސާސުތަކަށް ބެލުމެއްނެތި ބިންގުޑާވަރަށް ފައިއަޅަމުން އާދަޅޭ ކަނޑައާ ދިމާލަށް މިސްރާބުޖެހިއެވެ. އާދަޅޭ ކަނޑައަށް ދިޔައިރު، ކެޔޮޅާއި، ޅޮސް އަލީ އާއި އަދިވެސް މަސްއޮޑީގެ އިސް ދެތިން މުވައްޒަފަކު ތިބީ ވަރަށް އޮލަވާޙަކައެއްގައެވެ. ފިރާޒު ފެނުމުން ކެޔޮޅުބެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ކެޔޮޅުބެ: ފިރާޒު އަހަށް އާދޭ! މިއުޅެނީ މިދޯނިންބޭނޭ މަސްކޮޅު މަދުކަމުންނާއި، ފައިސާދަތިކަމާއިހެދި ވަރުގަދަ ރިފޯމެއް ގެންނަން.
ފިރާޒު: ކެޔެޅޮބެ ދޯންޏާއި ހަވާލުވީ އިހަކަށްދުވަހުނު، ފަޅުވެރި ކުދިންކޮޅު އުޅޭ ނޫޅޭވެސް އަދިނޭގޭނެނުު.
ކެޔޮޅުބެ: އެކަމަކު އަހަރެން މިހާރުބަލައިފިން ކަޕޫރުގެ ޒަމާނުން ފެށިގެންގޮސް އަންދުގެ ޒަމާނާއިހަމައަށް، އަހަރެން ފަށާނީ އަންދުގެ ޒަމާނުން، އެހެންވީމައެއްނު ފިރާޒުވެސް މިގެނައީ.
ޅޮސް އަލީ: ދަންނަވަންތޯ، ކެޔޮޅުބެއަށް ތިކަންތައް ކުރެވޭނެ. އެކަމަކު މިއުޅޭ މޮހޮނުމެން ގޮވައިގެނެއް މިކަމެއްނުވާނު، ކާލާއިފައި ނުކާނީ ކޯއްޗެއް، އޮޑީގައިހުރި ހުރިހާ ކަބީލާކޮޅެއްވެސް ވީކާލައިފައި މިހާރު ދިޔަވާވަރުން އޮބިނޯވޭ. މިހާރު އެއުޅޭ ކުދިންކޮޅު ކުރާކަމަކީ މޮހޮނު ބުނާތަންތަނުން، އަސޭކަރައިންނާއި، އުތުރުކަރައިން ބާ ކަބީލާކޮޅެއް ގެނެސްގެންއަޅުވަނީ ހަމައަޅުވާފައި އަނެއްކޮޅުން ކަބީލާކޮޅު ކާލަނީ. ކިހިނެތް މިކަންތައްކުރާނީ
ކެޔޮޅުބެ: އަޅެ، ދެން ފިރާޒުވެސް ބުނެބަލަ ހަދަންވީގޮތެއް
ފިރާޒު: ޅޮސް އަލީ އެބުނީ ރަގަޅަށް، ހަވާލުވެވިދާނެ އެކަމަކުވާނެ އެއުޅޭ މޮހޮނުގެ ދަށުންދަމާ ގުރޫޕުމީހުން ބަދަލުކޮށްލަން.
ކެޔޮޅުބެ: ތިކަންތައް ހަމަޖެހޭނެ، ލިސްޓުކިޔާ
ޅޮސްއަލީ ހަމަވަގުތުން މޭޒުމަތީހުރި ޓިޝޫ ތަށިން ޓިޝޫއަކާއި ޖީބުގައި އިން ގަލަންނަގައިގެން ނޯޓުކުރަން ފެށިއެވެ.
1. މޮހޮނު
2. ސީދީ
3. ހައިދަރު
ނޯޓުކުރުމަށްފަހު ބާރަށް ކިޔާލާފައި އަނެއް ފުށުގައި ވަޒީފާދޭންޖެހޭ މީހުންގެ ނަންތައް ލިއުމަށްފަހު ކެޔޮޅާއި ހަވާލުކުރިއެވެ.
ކެޔޮޅުބެވެސް ކުޑަރުމާލެއްހެން ޓިޝޫބޮޑި އޮޅާލުމަށްފަހު ޖީބަށްލިއެވެ. އަދި ކޮފީކޯވަރެއްދަމާލުމަށްފަހު ވާހަކަ ކުރިއަށް ގެންދިޔައެވެ.
ކެޔޮޅު: ފިރާޒުމެން ޅޮސް އައްޔަމެންނަށް އެގޭނެ ރަގަޅު ކެޔޮޅަކު މިދޯންޏަށް ލައިފިނަމަ މިދޯނިންވެސް ނަފާ ނެރެވޭނެކަން. ފިރާޒުމެން ޅޮސް އަލީމެން އެކަންތިތިބީ އަންދު ޒަމާނުގައި ސާބިތުކޮށްދީފައި، އެހެންމީވާ އަހަރެން މިދޯނީގެ މޫކަމުގައި ތިދެމީހުންވެސް ހިމަނަން މިނިންމީ، ފިރާޒާއި، އަލީއާއި ދެމީހުން ދެން އަވަހަށް ތައްޔާރުވޭ ހަވާލުވާން.
ފިރާޒު ހިތަށްއެރިއެވެ. ނަސީބަކީ މިކަހަލައެއްޗެކެވެ. އިހަކަށްދުވަހާއި ޖެހެންދެންވެސް ދޯނީގައި ވަރަށް އިސްމުވައްޒަފެއްގެ ގޮތުގައި ހުރުމަށްފަހު ތައުލީމީ ޒުވާނުންނަށް ފުރުސަތު ދިނުމުގެގޮތުން އެއްފަރާތްވެލުމަށްފަހު އަލުން މިޖެހުނީ ހަވާލުވާށެވެ. ނަސީބަކީ ކަތީބު ދޭ އެއްޗެއްނޫނެވެ. އަހަރެންނަށް މިމަގާމު މިލިބެނީވެސް ކެޔޮޅުބެ މީގެ ހައެއްކަ އަހަރުކުރީގެ (އަންދު ނިންމި) ހިސާބުން ފަށާތީއެވެ. ފިރާޒު ހިތަށްއަރާކަހަލައެވެ. އަހަރެމެންނަށް އަނެއްކާވެސް މިތިބެވެނީ މީގެ ހައެއްކަ އަހަރު ފަހަތުގައި ނޫންބާވައެވެ.
——————————-

Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s