Treehed CID 1


ޓްރީހެޑްގެ ސީއައިޑީ އިންޓެލިޖެންސް 1 : މެއިންޓެނަންސް މުރާޖައަ ކުރުން މުހިންމު
=ގަސްބޯ=
ގަސްބޯ މިއަދަދުގައި މިހިމަނާ ދިރާސާ ރިޕޯރޓް މިޚާއްސަކޮށްލަނީ އެމްޓީސީސީގެ މެއިންޓެނެސް ޑިޕާޓްމަންޓާއިއެވެ. (އިތުރަށް ވިދާޅުވުމަށް)

އެމްޓީސީސީ ގެ އެކިއެކި ޑިޕާރޓުމަންޓުތަކުގައި ކުރެވޭ މަރާމާތުތަކާއި އިމާރާތްތައް ބެލެހެއްޓުމަށް  މެއިންޓެނެންސް ޔުނިޓެއް މީގެ އަހަރުތަކެއް ކުރިން އުފެދުނެވެ. މިޑިޕާރޓްމަންޓު ހިގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްޓީސީސީގައި ގިނަ ދުވަސްތަކެއްވަންދެން މެނޭޖަރކަން ކުރި ތަޖުރިބާކާރަކާއިއެވެ. އެސިސްޓެންޓެއްގެ ގޮތުގައިވެސް ހަރަކާތްތެރިވަނީ ކުރިން ޓީއެސްޑީގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ. ނަމަވެސް ގަސްބޯއަށް ފަހަގަކުރެވުނީ މިޑީޕާރޓްމަންޓުން އާދަޔާ ޚިލާފަށް އަމިއްލަ މަސަކަތްކުރަމުން ގެންދާކަމެވެ. އެމްޓީސީސީގެ އިސްވެރިންގެ އަމިއްލަ ގޭގެ މަސައްކަތްކުރުމުގެ އިތުރުން އެޑިޕާރޓްމަންޓްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންގެ ގޭގެ މަރާމާތާއި އަދި އެހެނިހެން މަސައްކަތްވެސް ކުރާކަމެވެ.
އެންމެ ޚާއްސަގޮތެއްގައި ފާހަގަކުރެވިފައިވަނީ ކުރީގެ މެނެޖިންގ ޑިރެކްޓަރކަމުގެ ދައުރުގައި އެބޭފުޅާގެ އަމިއްލަ މަސައްކަތް ކޮށްފައިވާކަމެވެ. މީގެ އިތުރުން މިހާރުވެސް މެއިންޓެނަންސް ޑިޕާރޓްމަންޓްގެ އިސްވެރިއެއްގެ މަސައްކަތްކުރަމުން އެބަގެންދެއެވެ. ގަސްބޯގެ ފޮރެންސިކް އިންޓެލިގެންސްއަށް މައުލޫމާތު ލިބޭ ގޮތުގައި އެގޭގެ ފަސްވަނަ ފަނގިފިލާއާއި ހަމައަށް މަސައްކަތްކޮށްފައިވަނީ އެމްޓީސީސީގެ މެއިންޓެނަންސްގެ މުވައްޒަފުންނެވެ. އަދި ހަމަ އެމަސައްކަތްކުރާ މުވައްޒަފުންނަށް އެމްޓީސީސީއިން އޯޓީއާއި އިތުރު ދުވަހުގެ މުސާރަވެސް ލިބޭކަމަށް ފާހަގަކުރަމެވެ. މީގެ އިތުރުވެސް ގަސްބޯއަށް މައުލޫމާތު ލިބޭގޮތުގައި މެއިންޓެނަންސް މުވައްޒަފުން ކުންފުނީގެ އެއްވެސް މަސައްކަތެއްނެތިފައި ތިބޭއިރުވެސް ބަރާބަރަށް ކާޑުއިން ކުރުމުގެ އިތުރުން ހޮނިހިރު ދުވަހާއި ހުކުރު ދުވަހުވެސް 7ގަޑީއިރަށް ކާޑު އިންކުރެއެވެ.
މިކަމާއި މިޑީޕާރޓްމަންޓުގެ މެނޭޖަރ އެކްޝަނެއް ނުނަގާވާކަން ގަސްބޯ ހިތާމައާއިއެކު ފާހަގަކުރަމެވެ.
ގަސްބޯގެ ސީއައިޑީއަށް މީގެ ދުވަސްކޮޅެއްކުރިން މައުލޫމާތު ލިބުނުގޮތުގައި، މެއިންޓެނަންސްގެ ކުރީގެ މުވައްޒަފެއްގެ ލޮރީގެ މަރާމާތު މަސައްކަތްވެސް ކޮށްފައިވަނީ މެއިންޓެނެންސް ވޯކްޝޮޕުގައި މެއިންޓެނަންސް މުވައްޒަފުންނެވެ. އަދި މެއިންޓެނެންސް ޓީމުން އާދަޔާއި ޚިލާފަށް މިދެންނެވި ލޮރީ ކުއްޔަށް ހިފާފައިވާކަންވެސް (އެމްޓީސީސީގެ ލޮރީ އެއްވެސް މަސައްކެއްނެތިފައި ހުއްޓާ) ފާހަގަކުރެވުނެވެ.
ގަސްބޯގެ އެންމެފަހުގެ އިންޓެލިގެންސަށް ކަށަވަރުވާ ގޮތުގައި މިއަދުވެސް މިހާރުވެސް (ފަހަރެއްގައި މިއާޓީކަލް ބޮލަގަށް އަރާއިރުކަމަށް ނުވެދާނެ) މެއިންޓެނަންސް މުވައްޒަފުން ހަރަކާތްތެރިވަމުންދަނީ މެއިންޓެނަންސްގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޭގެ ޗެންޗޭނު ޖެހުމުގެ މަސައްކަތުގައެވެ. މެއިންޓެނަންސް ވޯކްޝޮޕުގައި ދަގަޑުތައް ކަފާހަދަނިކޮށް ޓްރީހެޑްގެ ސީއައިޑީ އިންޓެލިޖެންސް ޓީމަށްވަނީ ފެނިފައެވެ. ނަމަވެސް އެމްޓީސީސީއިން މިވަނީ މެއިންޓެނަންސް މަސައްކަތް މަދުކޮށްފައެވެ. އަދި ހަމައެހެންމެ، މެއިންޓެނަންސް މެނޭޖަރއަށް މެއިންޓެނަންސްގެ އެހެން މުވައްޒަފުންވާނުވާތަން ނޭގޭކަން ފާހަގަކުރަމެވެ.
ގަސްބޯއަށް ފާހަގަކުރެވޭ އަނެއްކަމަކީ އެމްޓީސީސީގެ އެންމެފަހުގެ ރިޕޯމުގައި މެއިންޓެނަންސް މެނޭޖަރ ޓީއެސްޑީއަށް ބަދަލުކުރިއިރުވެސް މެއިންޓެނަންސް ޓީމުގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާކަމެވެ. އެހެންކަމުން މިހާރު މެއިންޓެނަންސް ހިގަނީ ޓީއެސްޑީގެ ބެލުމުގެ ދަށުންކަމެއް ނޫނީ ކޯޕަރޭޓުގެ ބެލުމުގެ ދަށުންކަމެއް ސާފެއްނުވެއެވެ. މެއިންޓެނަންސް މެނޭޖަރ ޓީއެސްޑީ ގައި ހަރަކާތްތެރިވާއިރު މެއިންޓެނަންސް ޓީމު ހަރަކާތްތެރިވަނީ ހެޑްއޮފީހުގައެވެ. އެއީ މޮނިޓަރިންއަށް ބުރޫއަރާ ކަމަކަށްވާތީ ގަސްބޯ ގޮވާލަނީ އަދިއެއްފަހަރު ވިސްނާ ވަޑައިގެން މެއިންޓަނަންސް މުރާޖައަ ކުރުމަށެވެ. މިކަމަށް ވަގުތުން ފިޔަވަޅު އަޅައި ކުންފުނީގެ ރިސޯސް އަމިއްލަ ގޮތުގައި ބޭނުންނުކުރުމަށް (ކުންފުނީގެ މެނެޖިން ޑިރެކްޓަރ ވިދާޅުވިފަދައިން) ބާރުއެޅުމަށް ގަސްބޯ ގޮވާލަމެވެ.
އިންޒާރު: ޓްރީހެޑްގެ ސީއައިޑީ އިންޓެލިޖެންސް ޓީމެއް އެމްޓީސީސީގެ އެކި ޑިޕާރޓްމަންޓްތަކުގައި ހަރަކާތްތެރިވަމުން އެބަދޭ، ކަދުރާއަކަށް މޫނަކަށް ޕާޓީއަކަށް ބެލުމެއްނެތި މިޓީމުން ކޮރަޕްޝަނާއި އިދިކޮޅަށް ހަގުރާމަކުރަމުން ގެންދާނެ.
އިސްތިހާރު

4 ޚިޔާލުތައް (+add yours?)

 1. Gahey
  އެޕްރީލް 05, 2009 @ 23:51:14

  I am wondering why he is so powerful. As far as I know he is an intimate friend of MD, hence MD is reluctant to take any action against him, rather making him more powerful. Come on guys, work at different levels against these corruption cases and stop them. Try to kick them out of the Company and request anti corruption board to investigate their dirty games.

  THIS IS WARNING TO THE CORRUPTED MANAGERS AND DEPUTY DIRECTORS. YOUR DIRTY CORRUPTION CASES WILL BE REVEALED SOON. ‘ORIYAAN KURAANE KAN HAN’DHAAN KURAATHI’. NAFAAYAKAH BOLAKAH KANDHURAA AKAH BELUMEH NETHI HURIHAA CORRUPTION EHEE THERIVI ENMEN NAI EKU FALHAA ARUVAALEVEYNE.

  ރައްދު

 2. saya
  އެޕްރީލް 04, 2009 @ 19:45:35

  kalo men tibunee ragallhu vahakayeh, MD mekahala meehun evara dhaturu kuraa iru eyge muhimu beynun emenan igenvaane

  Idhaaree baiy in jeheyne MD kuraa dhaturu tan Intranet ah laan adhi magsadhutha bunan, shareholder run naa emehaa staffunan igenvaane

  MD ge kamakee dhaturu dhiyuntha..

  ރައްދު

 3. އެންކޮޅު
  އެޕްރީލް 03, 2009 @ 02:12:49

  މެއިންޓަނަންސް މެނޭޖަރަށް އެންމެރީތީ ކޮންކުލަޔެއް؟
  …………..” ރީނދޫ ކުލަ”
  މެނޭޖަރ: ” މަށަށް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ކަން ދިނަސް މިބައި މެއިންޓަނަންސް ބައި އޮންނަން ޖެހޭނީ މަގޭ ބެލުމުގެ ދަށުގައި”……. އެހެން ނޫނިއްޔާ މަށެއް މިތާކު ނުހުންނާނަން< މީވާ ޓީމެއް ހުޅުމާލޭގެ ފްލެޓެއްވެސް ހުރޭތަ އެމް.ޓީ.ސީ.ސީ އިން ކުއްޔަށް ހިފާފަ، މިދާކަށް ދުވަހަކު ދުށިން ޓީމް އެމް.ޓީ.ސީ.ސީ ޖަހައިގެން ތިބިބަޔަކު ފްލެޓެއްގެ އެއަރކޯން ހަދަން ތިއްބާ، އަދިވެސް ފެނިއްޖެ ގެޔަކަށް މަސައްކަތު ގޮސްތިއްބަ؟ ބުނާތީ އަޑު އެހިން އެއީ ޕްރޮކިއުމަންޓް ގަ އުޅޭ ތެދުވެރިމީހާގެ ގެޔޭ! މިވާގޮތެއް ނޭގޭ ހަރާމް ހަލާލްވެސް މި އޮންނަނީ ވަކިބަޔަކަށް، 6 ވަނަ އުޑާއި 7 ވަނައުޑުގެ މީހުންނަކަށް ހަރާމެއް ހަލާލެއް ނޯވޭތަ؟

  ރައްދު

 4. Magey
  އެޕްރީލް 03, 2009 @ 01:59:13

  ކުންފުނީގެ ބޭނުމެއްނޫން ގޮތަކަށް ކާޑުޖަހއިގެން އިތުރުގަޑީގެ ފައިސާ ހޯދުމަކީ ނުވަތަ އެފައިސާ އަކީ ހަރާމް އެއްޗެއް، ދެން ބުނެލަން އޮތީ އެކަން އެނގިހުރެ އެހަރާމް ލާރި (ބައެއްގެ ލާރި) ދޫކުރުމަކީ ވެސް ހަރާމް ކަމެއް ކުރުންކަމަށް، ހަރާމް ލާރި ކާކަން އެނގިހުރެ، އެލާރި އެފަރާތަކަށް ދޫކުރަން ހުންނަމީހާވެސް އެކުރަނީ ހަރާމް ކަމެއް، ދެން ބުނާނީ އަހަންނަކަށް ނޭގެޔޭ! ނޭގިޔެއް ކަމަކު ނުދާނެ، ކުންފުނީގެ ކަންތައްތައްނޭގި ކުންފުނީގެ މުސާރަ ބޭނުން ކުރުމަކީ ވެސް އެފަދަ މަޤާމަކަށް ހުންނަމީހަކަށް ހަރާމް ކަމެއް، މިބޭ ހީކުރީ ހަރާމް ކަންތައް ތައް އެނގެނީ މިބެޔަށް އެކަނި ކަމަށް، މުވަޒަފުންނާ ބައްދަލު ކުރާ އިރުވެސް މާދީނީވެގެން ވާހަކަ ދައްކާއިރު، ތިމާ އަށް މި ހުރެވެނީ ރަނގަޅުގޮތުގައި ތޯވެސް ވިސްނާލަން ޖެހޭނެ، ކުންފުންޏަށް މަންފާއެއް ނުކުރާގޮތަށް ތިކުރާ ބޭރު ދަތުރުތަކުގެ ލާރި އަކީވެސް ހަރާމް އެއްޗެއް، މިބޭ ހިތުން ތަނުގެ މުވައްޒަފުން ނަށް ބިރުދައްކައިގެން، އެފަދަ މީހަކު ތިމަންނަ ކައިރިޔަށް އަޔަކަސް ސަލާމަތެއް ނެތޭ ބުނާ އިރު، ތިޖަހާ ސަކަރާތް ބަލާނެ ބަޔަކުވެސް މިދުނިމަތީގައިވެސް ތިބޭނެ، ހީނުކުރާތި ހިއްސާދާރުންގެ ޖަލްސާގައި ކުންފުނީގެ ހާލަތު ހިއްސާދާރުންނަށް ކިޔައިދީގެން އެމީހުންގެ ރުހުންލިބިގެން ހުރެވޭނެޔޭ، މިސިވާލުތައްވެސް އެޖަލްސާގައި އަންނާނެ، އަވަހަށް ދޭނެ ޖަވާބު ތައްޔާރުކޮށްގެން ތިބޭ
  1. މި ވޭތުވެ ދިޔަތަނުގައި ކުންފުނީގެ ހަރަދުގައި ލ. އަތޮޅަށް ކިތައް ދަތުރުކުރިންތޯ އަދި ދަތުރުތަކުގެ ބޫނުންފުޅަކީ ކޮބާތޯ، ކުންފުންޏަށް ކުރިމަންފާ އަކީ ކޮބާތޯ؟
  2. ސްރީލަންކާ އަށް ކުންފުނީގެ ހަރަދުގައި ކިތައްފަހަރު ދެވިއްޖެތޯ، ބޭނުން ފުޅަކީ ކޮބާތޯ؟
  3. މިހާރު ސިންގަޕޯރަށް ގިސް ގެން ތިޔަ އުޅެނީ ކީއްކުރަންތޯ އޭގެ މަންފާ އަކީ ކޮބާތޯ؟
  4. މެލޭސިޔާއަށް ކިތައް ފަހަރު ދެވިއްޖެތޯ ބޭނުން ފުޅަކީ ކޮބާތޯ؟
  މިހެން ގޮސް ބައިވަރު ބައިވަރު……………..

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: