Magey Faisaakolhu


މަގޭ ފައިސާކޮޅާއި އެޗް.އާރު އަދި އަމާނާ ތަކަފުލް…،މުހިންމު
=އަނދޫ=
ދާދި މިދާކަށް ދުވަހު އެމްޓީސީސީގެ ގާތް ރައްޓެއްސަކު އޭނައާއި މަގުމަތިން ދިމާވެގެން ދެއްކި ވާހަކަތައް ތިޔަފަރާތްތަކާއެކު ހިއްސާކޮށްލަން ގަސްތު ކުރުމެވެ. މިގޮތުން ރައްޓެހިމީހާ ދެއްކި ރާގުގައި ހިއްސާކޮށްލެވޭތޯ ބަލާނަމެވެ. (އިތުރަށް ވިދާޅުވުމަށް)

”މީދެން ކިހާ ދެރަކަމެއް!! މިދިޔަމަހު ފަހުކޮޅު އަހަރެންގެ ދަރިފުޅު ބަލިވެވެގެން ޑޮކްޓަރަށް ނުދެއްކިގެން ހާދާނެ ގޮތެއް ނެތިގެން އެންމެފަހުން ރަށްޓެއްސަކު އަތުން ލާރިކޮޅެއް ދަރަންޏަށް ހޯދައިގެން ޑޮކްޓަރަށް ދެއްކީ…، އެލާރިކޮޅުވެސް ލިބުނީ އާދޭސްކޮށްގެން ދެ ހަފްތާ ފަހުން އަނބުރާ ދައްކާގޮތަށް…، އެޗް. އާރުން އަންގާފަ އޮންނަނީ ލަސްވެގެން ހަފްތާއެއްގެ ތެރޭގައި އަމާނަ ޓަކަފުލްއިން އެފައިސާ ބޭންކް އެކައުންޓަށް ޖަމާ ކޮށްދޭނެކަމަށް…، އެކަމަކު މިހާރު އެ ލިއުންތައް އެޗް. އާރު އާޙަވާލު ކުރިފަހުންވެސް މަހަކަށްވުރެ ގިނަދުވަސްވެއްޖެ. ޚަބަރެއް ކީއްކުރަން ވާނުވާވެސް ނޭނގޭ…،  އެޗް. އާރަށް ގުޅާލާއިރަށް ބުނާނެ ތިކަމާބެހޭ ކުއްޖާ މިވަގުތު ސެކްޝަނުގައެއް ނެތޭ… އެހެންނޫނީ ޓީ. ރޫމުގައޭވީ…  ދުވަހަކު އެއިން މީހަކާ ވާހަކަދައްކާލެވޭ ގޮތެއް ނުވޭ…، އަބަދުވެސް ޓީ.ރޫމުގަ ނޫނީ ފޯނެއްގަ އެހެންނޫނީ މީޓިންނެއްގަ… އެހެންނޫނީ ހިތާވެގެން އުޅޭ ކުއްޖާގެ ފޫބުޑުގަ….، މޭޒުކައިރީގައި އިންދެގެން މަސައްކަތްކުރަން އިންވަގުތަކު ދުވަހަކު ދިމަލެއް ނުވޭ…،” އެމްޓީސީސީގެ ހެލްތު އިންޝުއަރެންސް ސްކީމްގައި ބައިވެރިވެގެން އުފުލަން ޖެހޭ ތަކުލީފު އޭނާ ކިޔައިދިނެވެ.
            ދެން ފަހަތުން ދުވެ ބޮލަށް އުނދަގޫވާ ވަރުވީމާ ބުނި އަމާނަ ޓަކަފުލްއަށް ފޮނުވާފައޭވީ. ދެން މާގިނަ ދުވަހެއް ނުވާނެޔޭ…، އެމީހުން އެހެން ބުނާއިރު މިހާރުވެސް މަހަކަށް ވުރެން ގިނަވެގެން މިއޮއްދަނީ. ކަލޯ މަވާ ރުޅިމަޑެއްނު. މިއުޅޭ ޒަކިއްޓޭމެން މީހަކާ ޖެހުނު އެތިފަހަރެއްނަމަ މިހާރު ބޯބޯމަތިން ދާނެ…، ކީއްކުރާނީ ތަނަކުން ހަމަ ފާޑެއްގެ ރޯއައު$ރާނައެއް ކަހަލަ ނަމެއް” ކިޔާބައެއް ފެންނައިރަަށް ވެއްޖެ ތިމާގެ އަންބޮނޑި ބޮޑުކުރަން މަޅިއެއް ޖަހަން…، ރަނގަޅަށް ގޮސްގޮސް އޮތްއިރު ކާނެ ލާރި ނުލިބޭތީ އަވަހަށް ވެއްޖެ ވިއްޔާ ބަދަލު ކުރަން…، ކީއްކުރާނީ ހިސާބައްވުރެ އަމިއްލަ އެދުން ބޮޑުވެއްޖިއްޔާ…،
ދެންއަލުން މިވާގޮތަކީ އެކަމާ ހަވާލުވެ ހުންނަ އެބުނާ . މަށަކަށްނޭގެ ފާޑެއްގެނަމެއްކިޔާ އަންހެނެކޯ. ދުވަހަކު އެމީހަކު ނުފެނޭ. ފޯނަކުން ނުގުޅޭ. އެކަމަކު ގެންގުޅެނީ އޮފީސް ފޯނު. އެއަށްވެސް ލާރިނަގާ. އެކަމަކު ދުވަހު ފޯނަކަށް ޖަވާބެއް ނުދޭ. މީހަކު ކިތަންމެ ހާލުބޮޑުވެގެން ގުޅިޔަސް ޖަވާބުދޭންވެސް ނެގީމަތާ އިނގޭނީ. މިސްކޯލުތައް ހުއްޓަސްވެސް އަޅައެއް ނުލާނެ. ބައެއް ފަހަރު ހީީވޭ އަހަރެމެން މިގުޅެނީ ހުކުރު މިސްކިތު މުންނާރާއޭ ނޫނީ މެދުޒިޔާރަތު ކަލޭފާނާބާއޭ. މިހެން ނުބުނެވޭ ވަރެއްވެސް ނޫން. އަނެއްކާ ވާތަނެއް ނޭނގޭ. އެކަމަކު ބުނާއަޑުއެހިން އެމީހާއަސްވެސް ލިބެޔޯ ބޮޑު މުސާރަ. ވިހިހާހުން ބާވީސްހާހުން. އަހަރެމެން ލޮބޯ ފިއްސާާގެން ހޯދާ ފައިސާ މިމީހުން ފިނިކޮޓަރީގައި ތިބެގެން މަޅާލަނީ. ދެން އެހެންތާ ބުނެވޭނީ. އެބުނާ މުސާރައެއް ބޮޑުވިޔަސް ބޮޑުވަނީ ފިނި ކޮޓަރީ މީހުންނަށް. އެމީހުންނޯ ހާލުގަ އުޅެނީ.
              އަދި އެގޭތަ؟… މަށައް ފައިސާ ދިންމީހާ މިހާރު އެފައިސާ އަނބުރާ ނުލިބިގެން މަގޭ ފަހަތުން ދުވަނީ… މަމިއުޅެނީ އޭނަޔަށް ފިލައިގެން މަގުމައްޗަށްވެސް ނުނިކުމެ ވެތޯ މިބަލަނީ…، އެހެންނުވާނީ އެހެން ގޮތެއް ދެނެއް ނެތެއްނު ދެން ދިމާނުވާތީ ހޯދަން ގެއައްވެސް ދަނީ. އޮފީހަށްވެސް އަންނަނީ. މަގުމަތިން ފެނުނަސް ހަޅޭއްލަވާ ހޯއްގޮވާވެސް ހަދަނީ. ފޯނުކުރާ ވަރުންވެސް މަށައް މަސައްކަތެއް ކުރެވޭ ވަރެއް ނޫން. މަގޭ ހިތަށްއަރާ އެފައިސާ އޭނަ އަތުން ނެގުނު މޮޔަ. މަބުނެފިން އެފައިސާ ކޮޅު އޮފީހުން އަދި ނުލިބެއޭ ލިބުނުހާ އަވަހަކަށް ދޭނަމޭ. ކީއްކުރާނީ މަށައްވެސް އެގޭ… އެނައަށްވެސް ދަތިވެގެން ކަން އެއުޅެނީ. އެކަމު އަހަރެމެންނަށް ކަންކަން ކޮށްދެން މިތިބަ މަރުމޯލުންނަކަށް ނޭނގޭ އަހަރެމެންނަށް ލިބެންވާނެ އެއްޗެއް ނުލިބުނީމާ އަހަރެމެން އުޅޭނެ ހާލެއް. މިހާރު އެސޮރު މަށަށް އަންގައިފި މިމަސް ހުސްވުމުގެ ކުރިން އެފައިސާ އަނބުރާ ނުދީފއްޔާ ސިފައިންގެއަށޭ ދާނީީ. ހުރިހާ ކަމެއް ހަމަވީނުދޯ އަތްފޯރާފަށަށް ފުލުން އައީނުއް…، މީތަ އެބުނާ އަތްފޯރާފަށަކީ ނުވަތަ އަތްފޯރުވާ ފަށަކީ…، މިކަންވެސް އޮޅޭ ހިސާބައް ހިނގައްޖެ. އެހެންނުން ވާނީ ކަމާބެހޭ ފަރާތަަށް ހީކުރެވުނީ ނަފާވާނީ ނަފާމީކިޔާ މީހަކު ގެނެސް ބެހެއްޓީމަކަމަށް.
               މަގޭ ހިތައްއަރާ މިމީހުން ކޮންމެ ދުވަހަކު ހެދުނު އަރާއިރާއެކު މުޅި ގަޔައް ސެންޓު ބުރުވައިގެން އަށެއް އަޅަމުން އޮފީހަށް އައިސް މި އަދާކުރަނީ ތިމާގެ ޒިންމާއޭ. ތިބާގެ ވާޖިބޭ. ނޫނީ ވާޖިބް އަދާކުރަން އިނގޭބާއޭ. ތިމާގެ ޒިންމާއަކީ ކޮބައިބާކަން ހިތައް އަރާބާއޭ…، ގައިމަކުން މަމެން މި އުޅެނީ މިމީހުން ދައްކާ ތުއި ބަލާކަށް ނުންވިއްޔާ…، އެކަމަކު މަވެސް ކުޑަކަޅިން ބަލައިލަން…، އެހެންނުއް ވާނީ ….، ދެން ކޮންމެ ގޮތެއް ވިއަސް މަށަކު ސިނކުޑިއަކަށް ނުވިސްނޭ މި އުޅޭ ބޭފުޅާއަށް މިކަން ހައްލަކަށް އެޅުވޭނެ ހެއްނެއް. އެހެއްނު ވާނީ “ދުރައް ވިސްނަމުން ކުރަހަމުން ރާވަމުން” ދަނިކޮށް ވެރިޔާ އާއި ވެރިންނަށް ތިއްބެވި ބޭފުޅުން މިވަނީ މިއުޅޭ ރަނޑާލި ފަތީގެ މަޅީގަ ރަނގަޅަށް ޖެހިފަވިއްޔާ…، ކުރާނެކަމެއް ކަމެއްނެތް…، ދައްކާވަނޭ ތަނެއް ދައްކަވައިފަ ގެންދަވާނީ…،
                މިހާރު މިވިސްނަނީ އެއްދުވަހަކުން އޮފެއް ނަގައިގެން ހެޑް އޮފީހަށް ގޮސް ވެރިޔާއާ އަރިހުގަ މިވާހަކަ ތައް ދައްނަވަން…. ދެންނެތެއްނު އެހެން ގޮތެއް… އޭރުން ދެން ވެރިޔާގެ ހިތަށް ރަޙުމެއް ވަދެގެން މިފައިސާ ކޮޅު ހޯދުމުގަ އެހީތެރިކަމެއް ފޯރުކޮށް ދީފިއްޔާ ކިތަންމެ ހާވެސް ރަަނގަޅު…، އަސްލު މިކަހަލަ ކަންތައް ބޮއްސުން ލައިގެން ދާން މިޖެހެނީ ނަމަކަށް ކަމެއްކޮށް ބޮޮލަކަށް އުނބެއްލީމަވިއްޔާ…،
               މިޒަމާނަ ޚާއްޞަކޮށް ބޮޑެތި ކުންފުނި ތަކުގަ މަސަައްކަތްތައް ހިންގަން ހަވާލުކޮއްފަ ތިބެންވާނީ ކަންކަން ކުރެވޭ ފަދަ ޤާބިލު ކަމަށް އެކަށީގެންވާ އަދި ކަމަށް ކަމޭ ހިތާ މީހުން…، ،މިކުރެވެނީ ކީއްކަން ތިމާޔަށް އެގޭ ފެންވަރުގެ މީހުން… ކޮންމެ ފަދަ ވަގުތަކުވެސް އެމީހުންނަށް ގުޅާލީމަ އުފަލާއެކު ފޯނަށް ޖަވާބު ދާރީވެވޭ މީހުން…، ތިމާ މިވަޒީފާ އަދާކުރަނީ ވިޔަފާރި ކުންފުންޏެއްގައިކަން އަމިއްލަ ސިކުނޑިޔަށް ތަޞައްވަރު ކުރެވޭ މީހުން…، ތިމާގެ ދަށުން މަސައްކަތް ކުރާމިީހުންގެ މސައްކަތްތައް ވީހާވެސް ގާތުން ބަލާ މޮނިޓަރކޮށް އެކުރާ މަސައްކަތެއް ރަނަގަޅަށް ނުކުރެވޭނަމަ އެކަންކަން އިޞްލާހްކޮށް ރަނގަޅުކުރަން ވިސްނާ މީހުން…، ބޮޑާކަމާއި ކިބުރުވެރިކަމުން އެއްކިބައިވެތިބޭ މީހުން…. ވިސްނަންވީ އެމީހަކާ ހަވާލު ކޮށްފަ އޮންނަ މަސައްކަތެއް ފެންވަރުގަ ނުކުރެވޭ ކަމަށް ވާނަމަ ކޮންމެ މީހަކުވެސް އެމީހަކު އަމިއްލަޔަށް އެކަމުން ދުރުވެފަ ދެންތިބި މީހުންނަށް ފުރުޞަތު ދޭންވީ…، އެއީ ރީތި ސިފަޔަކީ، މޮޅުގޮތަކީ، ގަދަރު ބޮޑުގޮތަކީ…،
              ތަންތަން ރަނގަޅަށް ހިންގުމުގެ ނިޔަތުގައި ނަށާ މީހުންނާ ލަވަކިޔާ މީހުންނާ ބޮޑު ގޮހޮޑާ ވާހަކަ ކިޔާ މީހުންނާ ޚަބަރު ކިޔާ މީހުން ގެނެސް ބޮޑު މުސާރަ ދީފަ މިކަން ކަލޭމެންނަށް ކުރެވޭނޭ ކިޔާފަ ޙަވާލު ކުރިޔަސް އެކަމެއް ރަނގަޅަކަށް ނުކުރެވޭނެ… ކަންކަން ރަގަޅަށް ކުރެވޭނީ އެއްވެސް އަމިއްލަ އެދުމެއް ނެތި އިޚުލާޞްތެރި ކަމާއިއެކު ދެންތިބި މީހުންނަކީވެސް ހަމަ ތިމާމެން ކަހަލަ ނިކަމެތި އިންސާނުންކަން ދެނެތިބެ އެމީހުންގެ ޙައްޤުތަކެއްވެސް ވާކަން ދަނެގެން  މަސައްކަތްކުރާ އެހެންމީހުންގެ ހިހުސާސްތައްވެސް ދަންނަމީހުން….، މިވަގުތައް ނިމުނީ…،
Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: