Ahammaa 1 : AMD kamuge dhauvaa


އަހަންމާ 1  : އޭއެމްޑީ ކަމުގެ ދައުވާ
=ގަސްބޯ=
އަހަންމާ ރަސްމީ ދަތުރެގައި އިންޑިއާއިން މާލެއައުމަށް އެއަރޕޯރޓަށް ދިއައިރު ފުލައިޓު ނައްޓާލައިފިއެވެ. ކުރާނެކަމެއްނެތިގެން އިރުކޮޅަކަށް ވިސްނާލަން ހުރުމަށްފަހު އަހަންމާ ހިތަށްއެރިއެވެ. މިއޮތީ އެއަރޕޯޓަށް އާދެވިފައެވެ. (އިތުރަށް ވިދާޅުވުމަށް)

ކޮންމެހެންވެސް މިއަދު މާލެދާންވާނެއެވެ. އެހެންކަމުން އަހަންމާ އަވަސްވެގަތީ ކޮންމެވެސް ގޮތަކުންނަމަވެސް މާލެދެވޭތޯއެވެ. ފަހަރު ފުލައިޓެއް ޗެކުކުރަމުންދަނިކޮށް ލަންކާމަގުންމާލެ ދެވޭގޮތްވެއްޖެއެވެ. އެހެންކަމުން އަވަސްއަހަށް ޓިކެޓްނެގިއެވެ. އަސްތާއެވެ. މާގިނައިރެއްނެތެވެ. އަވަސްހިގުމެއްގައި ގޮސް ޗެކިންކުރިއެވެ. މާގިނައިރެއް ނުވެ ފުލައިޓު ނައްޓާލިއެވެ. އިރުކޮޅެއްނުވެ ފުލައިޓުގޮސް މަޑުކުރީ ލަންކާގެ އެއަރޕޯރޓަށެވެ. އަހަންމާއަށް ނެގުނީ ޓްރާންސިޓު ޓިކެޓެކެވެ. 3 ގަޑިއިރުގެ ޓްރާންސިޓަކަށްވާތީ އަހަންމާވެސް ފުލައިޓުން ފައިބައިގެންގޮސް މަޑުކުރީ ޓްރާންސިޓު ޓާމިނަލުގައެވެ. ބަލާލުމަށްފަހު އެންމެ އަރާމުވާނެކަމަށް ފެންނަ ގޮޑިއެއްގައި އިށީގެ ހަމަޖެހިލިތަނާ ނިދިއްޖެއެވެ. އިރުކޮޅަކުން އަހަންމާއަށް ހޭލެވުނީ ފައިނަލް ޗެކިންއަށް ގޮވާލިއަޑަށެވެ. އަވަސްއަވަހަށް ދަބަސް ނަގާ ކޮޑަށްލައިގެން އަވަސްހިގުމެއްގައި އަވަސްވެގަތީ ފައިނަލް ޗެކިންއަށް ދިއުމަށެވެ. ކުރިމަތިން ހުރަސްކުރާ މީހުންނާއި އަރިމަތިން ދާމީހުންގައިން ނެއްޓެމުން ދަނިކޮށް އަހަންމާގެ ކުރިމަތިން ހުރަސްކޮށްލި ބިޔަމީހެއްގެ ލެޕްޓޮޕް ދަބަހުގައި އަޅައިގެންފައި ވެއްޓިއްޖެއެވެ. އަހަންމާ އައީކީ އަމަށަކު ރުޅިއެއްނޫނެވެ. ތެދުވެގެސްގޮސް އަޅައިގަތް ކަޅު މީހާގެ ގިރުވާނުގައި ހިފިއެވެ. އަސްތާއެވެ! އަހަންމާ މިއަޅައިގަތީ އެއްކަލަ ބަފަޔާގެ ލެޕްޓޮޕް ދަބަހުގައެވެ. އަހަންމާއަށް އައިސްފައި ހުރި ރުޅި މުޅިން ކޮންޓްރޯލްވެއްޖެއެވެ.
އަހަންމާ: އޭ ބަފަޔާ ހާދަވަރަކަށް ދާހިއްލާފައި ތިހިރީ؟ ކީއްތަ މިތާ ތިކުރަނީ؟ 
ބަފަޔާ: އޭ އަހަންމާ ކަލޭތަ! އަނެއްކާވެސް ފޫދިޔައީތަ؟
އަހަންމާ: އޭ ތިވާހަކަ ދައްކާނީ ފުލައިޓަށް އަރާ، މިހާރު މިއޮތް ގަޑީޖެހެނީ.
ދެމީހުން އެއްކޮށް އަވަސް އަވަހަށްގޮސް ފުލައިޓަށް އަރައިފިއެވެ. ދެމީހުންވެސް ޓިކެޓްނަގައިފައިވަނީ ބިޒިނަސް ކުލާހުންކަމަށް ވާތީ އިށީންނަންޖެހުނީ ވަރަށް ކައިރިކައިރީގައެވެ. އަހަންމާ އެގޮތް ހިތްހަމައެއް ނުޖެހުނެވެ. އަހަންމާ ބޭނުންވީ ބަފަޔާއާއި ޖެހިގެން އިންގޮޑީގައި އިށީންނާށެވެ. އެހެންކަމުން ތެދުވެގެން ގޮސް ބަފަޔާ އާއި ޖެހިގެން އިންގޮޑީގައި އިންލަންކާމީހާ ތެދުކުރުމަށްފަހު އެގޮޑީގައި އިށީނެވެ. ލަންކާ މީހާ ފާޑަކަށް ރުޅިއައިސްގެން ތުންއަބުރާލައިފައި ގޮސް އަހަންމާގެ ގޮޑީގައި އިށީނެވެ.
ބަފަޔާ: އޭ އެސޮރު ވަރަށް ރުޅިއައިސްފައި އެދިޔައީ އެހެން ހަދާކަށް ނުވާނެނު؟
އަހަންމާ: (ޗޮކެއް ކަނޑާލައިފައި) ކޮންކަމަކާ ހާސްވާންވީ، ކަލޭ ރަށުމީހަކަށް ވާތީތަ ތިހާ ހާސްވަނީ؟
އަހަންމާ ވާހަކަ ކުރިއަށް ގެންދިޔައެވެ. 
އަހަންމާ: އޭ ބަފަޔާ މިހާރު ހާދަ ޚަބަރެއްނުވޭ؟ އަނެއްކާ އޭ އެމްޑީ ކަން ލިބޭތީ ބްލޮގަށް މައުލޫމާތު ދިނުން ހުއްޓާލީތަ؟ ބޭނުންވިކަންތައް ފުރިހަމަވަނީދޯ؟
ބަފަޔާ: މިހާރު ބިޒީކަމުން، ސަޔަކަށްވެސް ދާކަށް ވަގުތެއްނުވޭ އެހެންޏާ މިހާރުވެސް މިދަނީ ލަންކާގައި ދަގަޑުގެ އަގުހުރިގޮތް ބަލާލައިފައި. އަހަންމާމެން ވިސްނާލަބަލަ، އަހަރެމެން މިކުރާ މަސައްކަތް އޭ އެމްޑީ ކަންވެސް އަޅެ އަހަރެންނަށް ހައްގެއް ނޫންތަ؟
އަހަންމާ: ނޫނޭ ނޫނޭ، ތިހިރީ ހަމަ އަމިއްލައަށް ހަވާލުވެގެން، ކީއްވެގެންތަ ވަކި އަހަރެންނަށް ނުލިބެންވީ؟
ބަފަޔާ: އަހަންމާމެންނަށް ކިހިނެތްދޭނީ މިހާރުވެސް ބްލޮގުގަޔާއި، ހުރިހާ ސްޓާފުން އެދައްކަނީ ލާރިކޮޅު ކާލާވާހަކަ. އިހަކަށް ދުވަހުވެސް ބާދަގަނޑުތަކެއް ވިއްކާލިވާޙަކަ.
އަހަންމާ: އުހު،އުހު، ތިގޯސްވަނީ، އެއީ ހަމަ ކުންފުނީގެ ފައިދާއަށް ކުރިކަމެކޭ، އެތާ ގޮޑެއްހެން ބޭއްވުމުގެ ބަދަލުގައި އެއިންވެސް ކޮންމެވެސް ފައިދާއެއް ކުންފުންޏަށް ލިބޭނެގޮތެއްހޯދީ. ދުވަހަކުވެސް ލާރިއެއްމަށެއްނުކަން. 
ބަފަޔާ އެއޮތް ދޫހެލޭ މީހާއަށް ވާހަކަދެއްކުމަށް ފުރުސަތެއްނުދީ އަހަންމާ ވާހަކަކުރިއަށް ގެންދިއައެވެ.
އަހަންމާ: ނޫނޭ ވާ ކަލެއަށް އޭއެމްޑީކަން ލިބިއްޖެއްޔާ ވަރަށް ރަގަޅުވާނު، މުޅި ކުންފުނީގައިވެސް އޮންނާނީ މިލިޓަރީ އުސޫލު، މުވައްޒަފުންގެ ހައްގުތައް ގެއްލޭނެ. މިހާރުވެސް އެއްކަލަ ފަޅުރަށުގައި އުޅޭ މީހުން އެދައްކަނީ އެވާހަކަ. އެތާގައި އުޅޭ މެނޭޖަރ ނެތިއްޖެއްޔާ އެމީހުންގެ އެއްވެސް ހައްގެއް ނޯންނާނެޔޯ.
ބަފަޔާ: އެހެންނުވާނު، ސީނިއަރ މެނޭޖްމަންޓުގައިވެސް ދައްކަނީ އަހަރެން ޖޫނިއަރ މުވައްޒަފުންނާއިގުޅޭލެއް ބޮޑުކަމުން އެވާހަކަ. އަހަރެންނޫނީ އަމިއްލަ އެދުމެއްނެތި ސީނިއަރ މެނޭޖުމަންޓުގައި ވާހަކަ ދައްކާ މީހަކު ނުހުންނާނެ. މިހާރު ހުރިހާ ވެރިންނަށް ލިބޭ ފިކްސްޑް އޯޓީވެސް ކަނޑާލަން ހުށަހަޅައިފިން، އެއީ ހަމަ ޖޫނިއަރ މުވައްޒަފުންނަށް ނުލިބޭތީ، އެމީހުންގެ ހައްގުގައި.
އަހަންމާ: އަހަރެންވެސް ހުންނާނެ ތިހެންލައްކަ ކަންތައްތައް ކޮށްފައި، ބަފަޔާ އަޅެ ވިސްލާބަލަ، މިކުންފުނީގައި އަހަރެންނަށްވުރެ ވަކިން ގިނަ ޑިޕާޓްމަންޓްތައް ރިފޯމްކުރި މީހަކު ހުންނާނެތަ؟ ނުހުންނާނެ، 
ބަފަޔާ: ބަލަގަ އަހަންމާމެން ކަންތައްތައް ކުރަނީ އަމިއްލަ ފައިދާއަށް، ވިސްލާބަލަ އަހަންމާ އުޅުނު ކޮމިޓީއިން ނިންމި ގޮތް؟ ހުރިހާ ވެރިން ހަތްވަނަ އުޑ… ސޮރީ ހަތްވަނަ ލެވެލަށް، އަމިއްލައަށް މުސާރަބޮޑުކޮށްލީނު.
އަހަންމާ: އެއީ އަހަރެންކުރި ކަމެއްނޫން އެއީ އެކޮމިޓީގައި އަމިއްލަ އެދުމާ އުޅޭ އާކުދިންކޮޅު ކުރިކަމެއް އަހަރެން އެކަމާ ދެކޮޅު ހަދަހަދާ ހުއްޓާ އެގޮތަށް ނިންމީ.
އަހަންމާ: ހާސްނުވޭ، މިހާރު އޭ އެމްޑީގެ ދެމަގާމު ހަދާގޮތަށޯ ނިންމަނީ، އެހެންވީމާ ދެމީހުންނަށްވެސް ޗާންސްއެބައޮތޭ
ބަފަޔާ: ދެމީހުން ތޮޅެން ތިއްބާ އަނެއްކާ މިމަގާމު ލިބޭނީ، އެއްކަލަ ފެހިކާރު ދުއްވާ ސޮރަށްކަން ނޭގެ.
އަހަންމާ: ކިހިނެތް އެސޮރަށް ދީގެން ހަމަޖެހޭނީ، އޭރުން ކުންފުނީގެ ހުރިހާ އަންހެންކުދިންކޮޅުގެ ދުވަސްދިޔައީ، މިހާރުވެސް ކޮންމެ ދުވަހަކު ނަސަންދުރާ ފުރަގަހުގައި އެއުޅޭ ހު- ބަލާ ގޮސް ހުންނާނެ. ހީވަނީ….
ބަފަޔާ: ދެނެއް މިކުންފުންޏަކުން ފެހިކާރަކަށް ޗާންސެއް ނުލިބޭނެ. އަދި ކަލެއަކަށްވެސް ދެނެއްނެތް ޗާންސެއްނެތް. މަށަކީ ކުންފުނީގެ މުސްތަގުބަލް…
އެހާ ހިސާބަށް ވާހަކަ ދިޔައިރު ފުލައިޓު ގޮސް ލޭންޑުކޮށްފިއެވެ. ދެމީހުންވެސް އައިސްހުރި ރުޅިއާއިއެކު ވާހަކަވެސް ނުދައްކާ ޗެކިން ކައުންޓަރާ ދިމާއަށް ހިގައިގަތެވެ.
Advertisements

5 ޚިޔާލުތައް (+add yours?)

  1. chakoi
    އެޕްރީލް 04, 2009 @ 23:55:59

    Raney aa Thas haadha varekey thihiree dakkaalaafa

    ރައްދު

  2. solar
    އެޕްރީލް 02, 2009 @ 07:26:07

    Taazaa habaru, MD hurihaa gina bodunan deputy director kan deefaa vanee kunfuneege fixed OT libey emenge fixed OT kadaalan.

    Bala mi bodunan eves gelumen nei, emeehunge musaara aiy nuforaavarah boduvi 4000-6000 ruliyaa aah dhemedhu

    Dhen kobaa tha masalaikee mihaavarah boduthan nugengos hama Level 4 ga thibi aharumen kahala 10 varakah meehunan fixed OT nudheyvee sababeh, emeehun na koche tha gelenee

    ragalhu dhenei noolheyne aharu mena libey hagutah hoada dheykan, eyothee emeehun aiy nufoaraaa varah gen gosa

    Dhen bunaane OT emenan kadaalaafa emenan hama hama kureeyey, kon gotakah, hama bodunan bodu goi

    ރައްދު

    • jamsheed
      އެޕްރީލް 02, 2009 @ 15:32:27

      OT akee halalu nungothuga libey echeh. hama kandalanve.. eggothakah ves dheyne kameh nei. kunfuneege vakibayakah libey gothah ovegen nuvane. dhenna emmenah fixed OT hada. eyrun meehun kiyane echeh noannae. site supervisorunah ves fixed OT liben vane. aharumen emme gina vaguthu loa boa fissaigen kunfuni kuri aruvane. head office ga finikuri kotareega thibey marumoaluneh nun.

      ރައްދު

  3. chakoi
    އެޕްރީލް 01, 2009 @ 19:30:37

    Ey Thas kaleymen haadha fehikaaru dhuvva soraa thi jassaalanee. Ma mee dhe ofeeheggai eynaa aa eku massaikaiy kuri meeheh. Eyna akee kaleymen gothah meehunna alhaiganegen ulhey soreh noon. Eah vure maa gotheh hunna soreh. Vedhaane kalymennah vure hurihaa kamegga ves kaamiyaabu veema hama hasadha vanee kamah. Dhen thigoiy dhookoh kanthah islaah veythoa balaa, mihaaruves musaara thidhenee OD koggen. noonee thithanun nikume mashaa baiverivey.

    ރައްދު

  4. uza
    އެޕްރީލް 01, 2009 @ 09:54:46

    what a crap…
    i agree about deducting fixed OT.. Since most of them are not available when there service is required…
    BAfaya describde in this article has done lot to that island and should deserve better position in this company. I wished he could be in any of those many commitees established here…

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: