coffee time: MD ah marhabaa


ކޮފީ ޓައިމް: އެމް.ޑީ އަށް މަރުޙަބާ….!!!   
 މިދިޔަ ހުކުރު ދުވަހު ތުއްތޭއާއި ކުޑޭ އަދި ބެންޖޯ ތިބީ ކާނިވާ ސަރަޙައްދުގަ ހުންނަ ޑޮލޮފިން ރެސްޓޯރަންޓްގައެވެ.  (އިތުރަށް ވިދާޅުވުމަށް)

ކުޑޭ: ކޮބާ ތުއްތޭ މިއަދު ހާދަ ފާޑަކަށް ހުންނަހެން ހީވޭ… ގޭގަ ރުޅި ހަދާލީތަ؟ 
ތުއްތޭ: ނޫނޭ ދެން ކުންފުނީގެ ކަންތައްތައް ވަމުންދާ ގޮތުން ހަމަ ހިތް ނުތަނަވަސް ވާގޮތްވަނީ…!
ބެންޖޯ: ކުޑޭ ތުއްތޭމެންނަށް ދެންވާނީވެސް އެހެންތާ…. ޢުމުރުން ވީހާދުވަހެއް މިވީ ކެތްތެރިކަމާއިއެކު މިތަނުގަ އުޅެގެންވިއްޔަ ދޯ…
ތުއްތޭ: ކޮބާ… ވާހަކަފެށުމުގެ ކުރިން ކޮންމެވެސް އެއްޗަކަށް އޯޑަރު ދޭންވީނުންދޯ؟… އޭރުންތާ އެބައިވެސް 
ކުރިޔަށްދާނީ….
ބެންޖޯ: އޭތުއްތޭ! ދެނަހުރިންތަ؟ …އިހަކަށްދުވަހު އެބައޮތެއްނު ބޮޑުމީހާ ކޯފާވެގެން ވަރުގަދަ މެމޯއް ފޮނުވާފަ…!
މިކުޑޭމެން ރަސްމީ ގަޑީގަ އޮފީހުގަ ނޫޅެނިއްޔޯ ….އެހެންނުވާނީ ހަމަ ވަގުތެއްވާއިރަށް ތިބޭނީ ސައިކޮޓަރީގަ… ނޫނީ ކޮންމެވެސް ކެފޭއެއްގައި ކޮފީބޯންވިއްޔަ!!! 
ތުއްތޭ: އެހެންތަ … ކިހިނެއް ބޮޑުމީހާއަށް އެގެނީ ކުޑޭމެން އޮފީހުގަ ނޫޅޭކަމެއް…؟ 
ކުޑޭ: އަސްލު އެކަންވީގޮތަކީ އެބުނާ މެމޯއެއް ފޮނުވި ދުވަހުގެ ކުރީދުވަހު މަވެސް އޮފީސް ތެރޭގަ ހުރިން… އެމް.ޑީ އޮފީހަށް ވަޑައިގެންނެވީ ހަވީރު ހަތަރެއްޖަހާ އެހާކަންހާއިރު… ދެން ވީ ގޮތަކީ މައްޗައް އެރީ ލިފްޓް ބޭނުން ނުކޮށް ސިޑިބޭނުން ކުރައްވައިގެން.. ދެން ފަހަރަކު ޑިޕާރޓްމަންޓަކަށް ވަންނަމުން ދިޔައިރުވެސް މާގިނަ މުއައްޒަފުންތަކެއް އެއްވެސް ޑިޕާރޓްމަންޓަކުން އެވަގުތަކު ފެންނަ ގޮތެއްނުވި…..ކޮންމެ ފްލޯއަކުންވެސް ދެމީހުން ނުވަތަ ތިންމީހުންނާ ދިމާވާގޮތްވީ ….އެއިން ފޮލޯއަކުން އެންމެ ކުޑަމިނުން މެނޭޖަރަކާވެސް ދިމާވާ ގޮތެއްނުވި!.. ދެންކިހިނެތްވާނީ މަނަމަވެސް ރަތަކަށްނު އަރާނީ!… އަސްލު ހަވީރު ގަޑިއާ ދިމާވީމަ ވީގޮތް ކަންނޭގެ އެއީ….އެކަމާގުޅިގެންނޯ ތިބުނާ މެމޯއެއް
ފޮނުވަން ޖެހުނީ….            
ތުއްތޭ: ބުނަންތަ ކަލޯ ރަނގަޅު ވާހަކައެއް…؟! މިތަނަށްވުރެ ގިނަ މެނޭޖަރުން އުޅޭ ތަނެއް މިދުނިޔެމައްޗަކު   ނުހުންނާނެ…! ޕިޔޯނުންގެ މަސައްކަތް ކުރަންވެސް ތިބޭނީ މެނޭޖަރުން….މިތާ ގާތްގަޑަކަށް ފަންސާހަކަސް މެނޭޖަރުން ތިބޭނެ،..!!!؟؟؟؟  ދެންއަނެއްކާ ތިގޮތަށް ހަމަ އޮފިސް ތެރެއިން މީހަކު ނުފެންނައިރަށް މެމޯއެއް ފޮނުވަން ވެއްޖެއްޔާ ސަލާމަތެއް ނެތެއްނު!!!.. އަބަދުވެސް ތިގޮތަށް މެމޯތައް ފޮނުވާހާވާނީ… އެހެންނު؟؟.. ދެން އެމް.ޑީއަށް ނިކަން ދައްނަވާލަބަލަ.!.. އެމް.ޑީއަށް އެމް.ޓީ.ސީ.ސީގެ ވަޒީފާ ސަރުކާރުން ދެއްވި ދުވަހުން ފެށިގެން ތިޔަބުނާ ސިޑިން އަރާވަޑައިގެންނެވި ދުވާހާއި ހަމަޔަށް ކިތައްދުވަހުތޯ…… ނޫނީ އޮފީހުގަ ކިހާ ވަގުތެއް ހޭދަ ކުރެއްވުނުކަން    އެގިލައްވާތޯ…  ނިކަން ސުވާލު ކޮށްލަ ބަލަ…. ދިމާވާ ފަހަރަކުން…. މަގޭ ހިތަށްއަރާ ކަލޯމެން އެމް.ޑީއަށް މޭމޯ ނުފޮނުވާ  ތިތިބެނީ ކީއްވެ ބާވައޭ އެމް.ޑީ އޮފީހުން ނުފެންނާތީވެ.!…… މިކަހަލަ ކަންތައްތަކާ އެމް.ޑީވެސް ޖެހޭނެ ވިސްނާ ވަޑައިގަންނަވަން…..
 ބެންޖޯ: އޭ…. ނޭގޭތަ އެމް.ޑީ އުޅުއްވަނީ ލާމުގައެއްނު؟!…  މަޖްލީހަށް ކުރިމަތިލައްވައިގެން ކެމްޕޭން      ކުރައްވަނީއެއްނު… ސާބަހޭ…..ތުއްތޭ……
ތުއްތޭ: ބެންޖޯ…ކަލޭ ދެން ނޭގޭވާހަކަ ނުދައްކަންވީނުންދޯ؟….މިހާރު އެހެދި އާސެލަރީ ސްރަކްޗަރ ގަ އެމްޑީއަށް މަޖިލިސް މެންބަރަކާ އެއްވަރަށް މުސާރަ ލިބޭ.. ދެން ކީއްކުރާ މެންބަރު ކަމެއްތަ..އަނެއްކޮޅުން ހޮވޭނެ ކަމުގެ އެއްވެސް ކުލަވަރެއް ނެތީމަ ނަންފުޅު އަނބުރާ ގެންދަވައިފިޔޭ މިހާރު…
ކުޑޭ: އެމް.ޑީއަށް ރަސްމީކޮށް މަރުޙަބާ ދައްނަވައިފިއެއްނު ތިލަފުށީގަ… މިބެންޖޯމެން ފާޑުފާޑުގެ ވާހަކަ ދައްކާތީ… ލޮލަކަށް ނުފެނޭ ދިމަލެއްނުވޭ…ކިޔައިގެން… 
ކުޑޭ: ކޮންމެހެން ތިލަފުށީގަ ތިކަމެއް ކުރަންޖެހޭތަ؟….. ތިހިރަ ސޯމިލް ތެރޭގައިވެސް އެކަން ކުރެވޭނެއެއްނު…
ބެންޖޯ:ހެހެހެހެހ.. ތިލަފުށީގަވީމަ ކައިގެން އެމީހުން މާލެއަށް ގެނެސްދެންދެން ތިބޭކަންނު ޖެހޭނީ……..
ތުއްތޭ: އެހެންވެގެނެއްނޫން…..! ކޮންމެވެސް އެއްޗެކޭ ކިޔާފައެއްނު ޚަރަދެއް ކުރެވޭނީ….. އެހެންނޫނީ ދެން
ކޮންކަމެއް… ތިތަނަކަށް ތަކެއްޗާއި މީހުން ގެދިޔުމަކީވެސް ފަސޭހަ ކަމެއްނޫނޭ… ރަސްމީ ދުވަހެއްގަ.. ހަމަގައިމުވެސް މަށަށް އެގޭ އެއްޗަކީ މާލޭގަ ނުވަތަ ސޯމިލު ތިކަމެއް ބާއްވައިގެނެއް ޓްރާންސްޕޯރޓަކަށް ވެސް ޚަރަދެއް ނުދާނެކަން…. އަނެއްކާ ހަމަޔަޤީން ފެހިކާރުގަ އެއުޅޭ ސޮރު ހުރިހާ އަންހެން ކުދިން  އެސޮރުގެ ކާރުގަ އުފަލާއިއެކު ގެންގޮސްދޭނެކަން ބުނިތަނަކަށް…….
ބެންޖޯ: އަނެއްކާ އިޤްތިޞާދީ ގޮތުން މިހާ ތާށިކޮށްއުޅޭ ދުވަސްވަރެއްގައި އެންމެ ރުފިޔާއެއް ނަމަވެސް ސޭވް 
ކުރެވޭތޯ ބަލަންވާނެއެއްނުދޯ….
 ކުޑޭ: އަސްލު އެއުޅެނީކީ ކޮންމެހެން އެމް.ޑީއަށް މަރުޙަބާ ދައްނަވާކަށްނޫން…. އަންހެނުންނާ ފިރިހެނުން އެއްކޮށްގެން އެކަހަލަ ސަކަރާތެއް ނުޖެހޭތާ ތަންކޮޅެއް ގިނަދުވަސްވީ….އެއީ ކަޕޫރު މިތަނުގަ ކުރަންފެށި ކަމެއް…. ތިލަފުށީގަ ބާބަކިޔު ހަދާއިރު ކިހާ މަޖާވާނެ..
 ބެންޖޯ: އޭ…. އޭރުން ޒީރޯ ޓޮލަރެންސް އަކަށް ނުވާނެތަ؟؟!!…. 
 ތުއްތޭ:ސާބަހޭ ކަލޯ،….. ތިބުނާ ޒީރޯ ޓޮލެރަންސް އޮންނާނީ އޮފީހުގެ ހަތަރު ފާރުން އެތެރޭގައޭ!!..ގާދޫކޮލުން ބޭރުވީމަ ތިބުނާ ޒީރޯ ޓޮލެރަންސްއެއް ނޯންނާނެޔޭ ….އޭރުން ބުރުގާވެސް ނެގޭނެ….ތިކަހަލަވާހަކަ ނުދައްކާ… އެވާހަކަތައް ދައްކާމީހުން ގޯސްވާނީ…..
ކުޑޭ:ދެން ތިލަފުށީގަ އެދުވަހު ކޮންކަމެއްތަ އޮތީ ؟… ކަރޯކޭއެއް ނުބާއްވާތަ؟!!!
ބެންޖޯ: އާން ކަރޯކޭ ޖައްސަ ސޮރު ހަނީމޫނުގަ އެއްނުވީ ….ހުރި ބޮނޑިބަތާ ކުޅިމަހާ ޕިރިންޏާ…ދެން ބާބަކިޔުވެސް އޮތް….. އެމް.ޑީ ވާހަކަފުޅުވެސް ދެއްކެވި…
ތުއްތޭ: ކޮންކަހަލަ ވާހަކައެއްތަ ދެއްކެވީ….
ބެންޖޯ:މިހާރު ކުންފުނީގެ ޙާލަތާ ބެހޭގޮތުންނާ …. ދެން މުސްތަޤްބަލުގްއި ކަންތައްތައް ކުރެވެން ހުރިގޮތާއި ބެހޭގޮތުން އަދި މުއައްޒަފުން މަސައްކަތް ކޮދޭންވީ ގޮތާބެހޭ ގޮތުން.. ހުރިހާ އެންމެންވެސް އިޚްލާޞްތެރި ކަމާއިއެކު ހެޔޮހިތުން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި…..އަދި ބުނި ކުންފުނި މިހާރު އޮތީ ދަރާ ވިކިފަޔޯ!!….. ހައެއްކަމަސް ދުވަހުގެ ތެރޭގަ ސަރވައިވް ނުވެއްޖެނަމަ ކުންފުނި އުވާލަންވެސް ޖެހިދާނެޔޯ… މިހާރު އެހިސާބައްވެސް ހިގައްޖެޔޯ….އެކަމަކު ކުންފުނި ސަލާމަތްކޮއްދިނުމަށް ތިމަންނަޔަށް ކޮއްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަމޯ… އަދި މުއައްޒަފުން ހިތްހަމަ ޖެހޭފަދަ ކަންތައްތައް އޮފީސް ދާއިއިރާގެ ތެރެއިން ކުރަމުން ގެންދަންވިއްޔޯ …. ފުޓްބޯޅަ މުބާރާތްތައްވެސް ބާއްވަންވީއްޔޯ…އެހެނިހެހަރަކާތް ތަކުގަވެސް ބައިވެރި ވާންވިއްޔޯ… ދަތުރުވެސް ދާންވިއްޔޯ!!… މުއައްޒަފުންގެ އުފަލާ ހިތްހަމަ ޖެހުމަށް ކުރެވޭ ކޮންމެ ކަމެއްގައި ތިމަންނަގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ބުނި….. އަދި އެއްވެސް މީހަކު ނުބައެއްހަދައިގެން ވަޒީފާއިން ވަކިކުރަން ޖެހުނަސް ތިމަންނަޔެއް އެމީހެއްގެ މޫނަކަށް ކަނދުރާޔަކަށް ނުބަލާނަމޯ ކަނޑާލަންވީމަކަނޑާލާނަމޯ..!!! ފޮޅާލަންވީމަ ފޮޅާލާނަމޯ!!!!.. އެކަހަލަ މިކަހަލަ ވާހަތަކެއް ދެއްކެވީ… އަދި ބުނުއްވި މިހާރު ބްލޮގެއްވެސް އެބައޮތެއްނޫންހެއްޔޯ… ލިޔުނަސް ހެވޯ ލިޔާށޯ ތިމަންނަވެސް ލިޔާނަމޯ…..                
ތުއްތޭ: އެހެންވީމަ ތިވާހަކަތައް ލައްކަ ރަނގަޅުހެން މަށައްހީވަނީ ……ތިގޮތައް މަސައްކަތް ކުރެވިއްޖެޔާ ކިތަންމެ  ހާވެސް ރަނގަޅު….  އެކަމަކު ކުންފުނި މިހާރު ވެއްޓިފަ މިއޮއް ވަޅުގަނޑުން ނަގާ ކޮޅަށް ޖެހޭނީ ހުރިހާ އެންމެންގެ ހިއްވަރުންދޯ ދެން… އެމްޑީ އެކަންޔަކު މިކަމްއްނުވާނެ….
ކުޑޭ: ދަތުރުދާ ވާހަކަ ބުނީމަ ހަންދާވަނީ … ކިހިނެތް ދަތުރުދާނީ އެންމެފަހުންވެސް މީގެ އަހަރު ތަކެއް ކުރިން ޑޯޑީ އިސްކޮށް ހުރެގެން ދަތުރެއް ރާވާއިގެން ފަޅުރަށަކަށް ދިޔައީ… މަވެސް ދިޔައިން…..އެފަހަރު ، ވީގޮތަކީ މޫދަށް އެރި އުޅުމުގެ ތެރޭގައި ޔަންމާގަ އުޅުނު ސޮރަކު ހެޑްއޮފީހުގަ އުޅޭ އަންހެން މަންޖެއެއް ގާތުގަ ބުނީ އެތާ ތަންކޮޅެއް ބޭރުގަ ފަރުކައިރީގަ އެބަ އުޅެޔޯ ވަރަށްބޮޑު ދެކޮޅުންކާ ކަޅު ވެނެއް..!!!  ބަލާލަންދާން ހިނގާށޯ ތިމަންނަޔާއެކު…. އެހެންކިޔާފަ އެމަންޖެ ހައްލާލައިގެން އިސްކޮޅު ނުޖެހޭ ހިސާބަށް ފުނަށް ގެންގޮސް ކަޅުވެންދައްކާ، އެންމެފަހުން ގަދަކަމުން އެމަންޖެގެ އުރަމަތީގަ ދަތްވެސްއަޅާފަ ދޫކޮށްލީ..؟؟!!!!… ފަހުން ދަތުރު ނިންމާފަ މާލެއައިސް އެމަންޖެ ލޮލުންކަރުނަބާލަމުން މައްސަލަ ޖެއްސުމުން ޖެހިގެން އައި ދުވަހު މިބުނިސޮރު އޮފީހުން ކަނޑާލަންޖެހުނީ، މިހާރުގެ ބަހުރުވައިންނަމަ “ޒީރޯ ޓޮލެރަންސް” ގެ ދަށުން ..؟؟؟!!!! ދެން މިވަރުން ކިހިނެއް ދަތުރު ދާނީ އެމް.ޑީ ވިދާޅުވިއެއްކަމަކު…..        
ބެންޖޯ: ތިވެދާނެއެއްނު އެމްޑީ މުއައްޒަފުން މަދުކުރުމުގެ ގޮތުން ބެނުންކުރަން ތައްޔާރު ކޮއްފަ އޮތް އުކުޅެއްކަމަށްވެސް… މިކަހަލަ އިގްތިސާދު ހަނަފަސް ދުވަސްވަރެއްގަ ތިފަދަ ދަތުރުތަށް ގޮސް ތިބުނިކަހަލަ ބޭއަދަބީ ކަންކަން ހިނގީމަ ތިބުނި ޒީރޯ ޓޮލެރެންސް ގެ ދަށުން ސާބިތުކޮށް ކަނޑާ ހުސްކުރެވޭނެއެއްނު ދޯ….!!؟ މިބާވަތުގެ ކަންތައްތަކުގަ ވެރިން ގެންގުޅުއްވާ އުކުޅުތައް ތަފާތުވެފަ ވަރަށް އޮށްޓަރު ހުންނާނެޔޭ….!!!!!
ކުޑޭ: ކޮބާ ދެން ދާންވީނުންދޯ ….މިހާރު އެއޮށް ޢިޝާނަމާދަށް ގޮވާނީ….ޗާއޯ… 
============================================
އިސްތިހާރު

4 ޚިޔާލުތައް (+add yours?)

 1. chakoi
  އެޕްރީލް 01, 2009 @ 19:36:38

  E ulhey military soru huttey dhoa haadha foari eh dhakkaalaafa, Menduru dhalhaagaves roafan jahaa, kula boki dhillaafa viyya.

  ރައްދު

 2. Magey
  މާރިޗު 27, 2009 @ 00:17:13

  ބެންޖޯ ތިބުނީ ހަމަ ރަނގަޅަށް އެމް.ޑީ އުޅެނީ ކުރިމަތިލައިގެން އެކަމަކު ލ.އަތޮޅު މެމްބަރު ކަމަކަށް ނޫން، ލާމު އަތޮޅުން ކަމަކަށް ކުރިމަތިލައިގެން، އެނގޮޑި ހޯދާނެ، ” ކީއްވެ ނުލިބެންވީ މަށަށް ޕްރައިވެޓް ސެކްޓަރގަ މަސައްކަތް ކުރިއިރު ޖެހޭ ލައްކައެއްހާ ރުފިޔާ، އެކަމަކު މިތަނުން ދެނީ 17،000.00 ރުފިޔާ އެކަމަކުވެސް ހެވޭ، މަގޭ ހުންނާނެ އަމިއްލަ ވިޔާފާރި ތައް “. މިހާވަރުން ލ. ގޮނޑި އެއް ހޯދުމަކީ އެއްވެސް ކަމެއްނޫން. މެލޭ އަށް ވުރެ ހެޔޮވާނެ

  ރައްދު

 3. އެންކޮޅު
  މާރިޗު 26, 2009 @ 21:56:08

  ދައްކާ ވާހަކަ އާއި އަމަލާ ދިމާވޭތަ؟

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: