Coffee time: Mifaharuves bodunah bodu musaara?


މިފަހަރުވެސް ބޮޑުންނަށް ބޮޑު މުސާރަ ….؟؟
މީގެ ދެތިންރޭ ކުރިން ތުއްތޭއާއި ކުޑޭ އަދި ބެންޖޯ ތިބީ ކޮފީއަކަށް ގޮސް ވެސްޓް ޕާރކްގެ އޯޕަން އޭރިޔާ ސަރަޙައްދުގައެވެ. (އިތުރަށް ވިދާޅުވުމަށް)

ކުޑޭ: ތުއްތޭ ކޮބާ ސެލަރީ ޕޮލިސި ޗެއާމަން އެޕްރޫވް ކޮށްގެން ނެރެފިއެއްނު؟؟… ދެކުނިންތަ …؟ މުސާރަތަކާ އެލަވަންސްތައް އަދި އެހެނިހެން ކަންތައްތައްވެސް ލައްކަ ރަނގަޅުހެން މަށައް ހީވަނީ
ތުއްތޭ: އާނ މަވެސް ތިބުނާ މެމޯއެއް ދެކުނިން…. ލައްކަ ގިނަ ވާހަކަތައް ހުރިދޯ އޭގަ …އަދި އޭގެ އިތުރުން ކުންފުނީގެ ވަޒީފާޔާ ބެހޭ ޤަވާޢިދާ އަދި ގްރީވަންސް ކޮމިޓީއެއް ހެދި ވާހަކައެއްވެސް އޮތެއްނު… އޭތި ކިޔާލީމަ މަށަށް ހަމަ ދޭހަވި އެއްޗަކީ ކުރީގަވެސް މިކަން ހަމަވާ ގޮތަށް ބޮޑެތި މީހުންނަށް ހަމަ މޮޅު ގޮތް ދެރަވަރުގެ މީހުނަށް މާބޮޑު އުއްމީދެއް ނެތްކަން …!!!! އާނ އޭގަވާ ގޮތުން ސީނިއަރ މެނޭޖްމަންޓްގަ ހިމެނޭ މީހަކަށް އެވްރެޖްކޮށް ގާތްގަޑަކަށް މަހަކު ތިރީހަކަށް ހާސް ރުފިޔާ ލިބޭނެ ؟؟؟ އާދައިގެ މުއައްޒަފަކަށް އެމީހުންނަށް މީހާރު އެލިބޭ އެއްޗަކަށްވުރެ މާބޮޑު އެއްޗެއް އިތުރަކަށް ނުލިބޭނެ…އެހެންވީމަ ކިހާ ރަނގަޅުދޯ…!!!!
ބެންޖޯ: ތުއްތޭ ބުނަންތަ ރަނގަޅު ވާހަކައެއް !!! ކަލޭމެނަށް ދުވަހަކުވެސް ހެޔޮ ގޮތެއް ނެތެއްނު…ނިކަން ޝުކުރު ކޮށްބަލަ….. މިފަހަރުވެސް ބޮޑުލާރިއެއް ނަމަވެސް ލިބޭއެއްޗެއް އިތުރުވި ކަމަށްޓަކައި
ތުއްތޭ: ކަލޯމެން އަދި ޅަވާނެ މިކަހަލަ ކަންތަކުގަ… ރަނގަޅުވާނީ އަހަރުމެންގެ ތަޖުރިބާ އަދި ޙިއްޞާ ކޮށްލިއްޔާ..!!! ބަލަ އަހަރެމެން މިތާ މިގޮތަށް ގުދާރު ބިންދާގެން ތެޅިތެޅީ ތިއްބާ ކިތަން މީހުން ވެރިންގެ ގޮތުގައި އައިސްފަ އެދަނީ … ގިނަ މީހުންނަށްނޭގެ އެމީހުން މިތަނުންދާއިރު ޑިޕާރޓްމަންޓްތައް ހިންގަން ޙަވާލުކޮށްފަ ތިބޭ މެނޭޖަރުންގެ ނަންތައްވެސް ؟؟؟؟؟ ދެން އެމީހުންގެ ފެންވަރު ނިކަން ވިސްނާލަބަލަ…!!!!!! ދެންހަމަ ކޮންމެ ބަޔަކުވެސް ވެރިކަން ލިބޭއިރަށް އެންމެ ފުރަތަމަވެސް އެމީހުން ބޭނުންވާ ގޮތަށް މުސާރަޔަށް ބޮޑެތި ބަދަލުތައް ގެނެސް ހަދާއިރު ކުންފުނީގަ ތިބި އާދައިގެ ދެރަވަރުގެ މުއައްޒަފުންނާއި މެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތް!!!! ހީވަނީ އެމީހުންގެ އަމިއްލަ ތަރިކަ މުދާހެން ދެންތިބުނަނީ ޝުކުރު ނުކުރަނިއްޔޭ….. ބަލަ އަހަރުމެން ޝުކުރު ކުރާތީތާ މިހާތަނައްވެސް ކެއްކޮއްގެން ކުންފުނި އިތުރަށް ހަރުދަނާ ކުރެވޭތޯ މިބަލަނީ…!!!!!!
ކުޑޭ: ތުއްތޭ ހާދަ ހޫނުގަދަވާހެން އެބަހީވޭ …؟؟؟ ކޮފީތަށިވެސް މޭޒުމަތީގަ އެބަހުއްޓޭ އިނގޭ….!!!!! ރަހަބަލާލަ ބަލަ … އޭރުން ހަމަޔަކަށް އެޅިދާނެ…..!!!!
ތުއްތޭ: މާބޮޑަށް ހޫނުވީކީ ނޫން … މިސޮރު ބުނި އެއްޗަކުން އެކަމުގެ ޙަޤިޤަތް އޮޅުންފިލުވާލަ ދެވޭތޯ ބެލީ… ދޯ ކަލޯ…… މާހޫނު ގަދަވެއްޖެއްޔާ މިތާ އެއްމޭޒު ދޮށަކު ނުތިބެވޭނެ ؟؟!!!!
ބެންޖޯ: އޭ ތުއްތޭ އަދި ބުނަންތަ ފައިނޭސް އާ ސޭލްސް ކަހަލަ ނުފޫޒު ގަދަ ވެރިން ތިބި ޑިޕާރޓްމަންޓް ތަކުން ތިބުނާ ސެލަރީ ޕޮލިސީ އެތަނުގެ މުއައްޒަފުންނަށް ނުވެސް ދެއްކިޔޯ ….؟؟!!! ބުންޏޯ މީ ބޮޑެތި މީހުން އެކަނި ބަލަންޖެހޭ
އެއްޗެކޯ…..
ތުއްތޭ: ކޮންތަނެއް ބޮޑެތި މީހުންގެ ވާހަކައެއްތަ އެއީ….
ބެންޖޯ: ނޭގެ މަށަކަށް ބޮޑީ ކޮންތަނެއް ކަމެއް..!!! ގައިމުވެސް ފިނޭންސްގެ އިސްމަޤާމު ތަކުގަ ގިނަވާނީ އަންހެނުން…އެހެންވީމަ ތިބުނާ ބޮޑެތި އެއްޗެތީގެ ވާހަކަ ދައްކާނެތާ ދޯ… މަށައްވުރެ ރަނގަޅަށް ތިބޮޑެތި އެއްޗެތީގެ ކަންތައް އެގޭނީ ފެހި ކާރުގަ އެއުޅޭ ސޮރަށް…….ހެހެހހެހެ…..
ތުއްތޭ:އެމެމޯގަ އޮންނާނެ ބޮޑު އަކުރުން ލިޔެފަ ހުރިހާ މުއައްޒަފުންނަށް މިކަން އޮޅުން ފިލުވާ ދިނުމަށް އަންގާފަ އެހެރީދެން މިމީސްމީހުންގެ ހުންނަވަރުދޯ…..
ބެންޖޯ: އެގޭތަ މީގަ އެންމެ ފޯރިއަރުވާލީ ފައިނޭންސް ޑިޕާރޓްމަންޓްގަ…އަދިވެސް އެމީހުންނަށް އެމެމޯ ދެއްކި ހެނެއް މަށަކަށް ހިޔެއްނުވޭ…. ވަރަށް ރުޅިގަދަވެފަ އެތާގެ ކުދިން މިހާރު ތިބެނީ އެކަމާ……
ކުޑޭ: މަޢުލޫޢު ބަދަލު ކޮއްލުމަށްފަހު ….ފައިނޭންސްގެ ވާހަކަ ދައްކާއިރު.. މިއުޅޭ ފައިނޭންޝައަލް ކޮންޓްރޯލަރު މީ ކީއްކުރާ މީހެއްތަ….އެއްޗެއް ގަންނަން ދެރަވަރުގެ ޗެކު ގަނޑެއްވެސް އަމިއްލަ އިހުތިޔާރުގަ އެޕްރޫވް ކުރުމުގެ ހުއްދަވެސް ނޯވެ…. …!!!އަޖައިބެއް ކަހަލަ ކަމެއްނު…..ޑިޕާރޓުމަންޓު ގެ ހެޑުންނަށް ވަރު ވަރުގެ މީހުންލާފަ އެމީހުނަށް އެއްވެސް އިތުބާރެއް ނުކުރަންޔާ އިތުބާރު ކުރެވޭ ނޫނީ ކަންކުރެވޭ ގާބިލު މީހުން ލާންވީނުން…ކިހިނެއްތަ އެހެންނޫނީ މިކަން ކުރާނީ….
ބެންޖޯ: އޭ ނޭގޭތަ ؟ އޭނަޔަކީ ކަޕޫރު މިފްކޯގަ އޮޅުނުއިރު ކެޔޮޅުކަމުދާން އުޅުނު މާ ކެޔޮޅެކޯ …؟؟؟؟؟ އޭނަޔޯ އަސްލު ކަޕޫރަށް އެންކޮޅު އަޅަންވާ ގޮތާ މަސްބާނަނެ ގޮތް ދަސްކޮށްދިނީ…ހެހެހެހެ…ހެހެހެ.. އޭނަޔަކީ ވަރަށް މޮޅަށް ފިޝަރީޒް ސައެންސް ކިޔަވައިގެން ހުރި މީހެކޭ …އެހެންވެ ރަނގަޅު ގޮތެއް ހަދާދޭންވެގެން މިކޮޅަށް ގެނައްޔޯ ……!!!!!
ކުޑޭ: ކޮބާ ދެން ބިލް ގެންނަން ބުނެލަންވީނުން ދޯ…. ވަރަށް ލަސްވެއްޖެހެން މަށަށް ހީވަނީ…މާދަމާ ވަރަށް ހެދުނާ ހޭލަންވެސް އެބަޖެހޭ…ހިގާ ދެން ދަމާދޯމިރޭ………….ޗާއޯ….
އިސްތިހާރު

8 ޚިޔާލުތައް (+add yours?)

 1. އެންކޮޅު
  މާރިޗު 27, 2009 @ 00:06:38

  ކަށްވަޅުގެ ބައިވެރިޔާ
  ހަ ބިލިއަނަށް ވުރެ ގިނަ މީހުން އުޅެމުންދާ މިދުނިޔޭގެ ޙަޔާތް އެކަނިވެރިއޭ ބުނެ ދަޢުވާކުރަމުން ޙަޔާތުގެ ބައިވެރިއެއް ހޯދުމަށް ރެއާއި ދުވާލު އެއްބަޔަކު މަސައްކަތްކުރަނީއެވެ. ނޫނީ ލޯބިވެރީން ހޯދަނީއެވެ. މިކަމުގައި މިބައިމީހުން ކެއުމެއް ބުއިމެއް ނިދުމެއް އަރާމެއް ނެތި ވަޤުތުތައް ހޭދަކުރަނީއެވެ. ފޯނުކުރަނީއެވެ. ޗެޓްކުރަނީއެވެ. ނުވިތާކަށް ކޮންމެ ދުވަހަކު އެ ކުއްޖާ ލިބޭތޯ، އެކުއްޖާގެ މޫނު ފެނޭތޯ، އެ ގެ ވަށައިގެން ދިހަ ބާރަ ފަހަރު [ޠަވާފް] ވެސް ކުރަނީއެވެ.
  އަނެއް ބަޔަކު އެ ފަދަ ބުރަ މަސައްކަތުން، އެ ފަދަ އަގުހުރި ވަޤުތުތައް ނަގާލައިގެން ހޯދި އެކުވެރިޔާ ގެއްލުމުން ރޮއެ ހިތާމަކުރަނީއެވެ. ކަރުނަ އަޅާ ގިސްލަނީއެވެ. ހިތާމަވެރި ލަވަތައް އަޑު އަހައި އިތުރު ހިތާމަތަކަށްވެސް ހުށަހެޅިގަންނަނީއެވެ. އެންމެފަހުން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ބައިވެރިޔާގެ ހަނދާނުގައި ބިނާތަކާއި ތާޖްމަހަލްތައްވެސް އަޅަނީއެވެ. މިވަރުން ނުފުދިގެން ބައިވެރިޔާއަށް ޓަކައި، ތިމާގެ ހަށިގަނޑާއި ޖިސްމުވެސް ނަގާލައި އަމިއްލަ މަރުވުމުގެ ފިނޑި ޖަރީމާވެސް ހިންގަނީއެވެ.
  މީހުން ތޮއްޖެހި ނޭވާ ނުލެވިފައިވާ މި ދުނިޔޭގައި ތިބާއަށް ބައިވެރިޔަކާއި ނުލައި ނޫޅެވޭ އިރު، ތިބާ ދެން ދާން އޮތް ގޮވަތީގެ އެކަނިވެރިކަން ހަނދުމަ ނުވަނީ ހެއްޔެވެ؟ އެތަނުގެ އަނދިރިކަން ނުވިސްނެނީ ހެއްޔެވެ؟ އެ ތަނުގެ ނާމާންކަމާއި ބިރުވެރިކަން ތަޞައްވަރު ނުކުރެވެނީ ހެއްޔެވެ؟ އެއީ ގަދަ ފަދަ މަލާއިކަތުންގެ ހަރުކަށި ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެ ތަނެވެ. އެއީ ނުބައި ޢަމަލު ގިނަވުމުގެ ސަބަބުން އަރިކަށި ފުނޑުވޭ ވަރަށް ދަތި ކޮށްލެވޭނެ ޖަގަހައެވެ. އަދިވެސް ތިބާގެ ވަގުތުތަކާއި ނަފްސާއި ޖިސްމު ބޭނުންކޮށް އަވަދި ކޮށްލަންވީ ހަމަ އެކަނި މި ދުނިޔެއަށްޓަކައި ހެއްޔެވެ؟
  ކަށްވަޅުގައި ތިބާގެ އެކުވެރިއަކަށް ގެންދާނީ ކާކު ހެއްޔެވެ؟ ތިބާ ކިތަންމެ ބޭނުންވިޔަސް ތިބާ އާ އެކު ގެންދެވޭނެ އިތުރު ބައެއް ނެތެވެ. ތިބާއާއި އެކު ގެންދެވޭނީ ތިބާ ކުރާ ޢަމަލެއް އެކަންޏެވެ. ހެޔޮ ޢަމަލު ކޮށްފިނަމަ އެ ދުވަހުން ތިބާ އާއި ބައްދަލު ކުރާނީ ނުހަނު ރީތި، މީރުވަސް ދުވާ ހިތަށް ފިނިކަން ގެނެސްދޭނެ އެކުވެރިއެކެވެ. ނުބައި ޢަމަލު ކޮށްފިނަމަ ހިތާމައިގެ ކޮޅެއް ނެތެވެ. އެ އެކަނިވެރި ދުނިޔޭގައި ތިބާއަށް ލިބޭނީ ކުނި، ނުބައިވަސް ދުވާ ނުބައި އެކުވެރިއެކެވެ. ހަމަކަށަވަރުން ތިބާއަށްޓަކައި އޭނާ ވެގެން ދާނީ އިތުރު ވޭނަކަށެވެ. އިތުރު ޢަޒާބަކަށެވެ. އިތުރު މޮޅިވެރިކަމަކަށެވެ
  ވީމާ ވިސްނާށެވެ. ތައުބާވާށެވެ. ވަޤުތެއް ނެތެވެ. ތިބާގެ ކަށްވަޅަށް ޒިޔާރަތް ކުރަން ޖެހެނީ އަދު ކަމެއް މާދަމާ ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ ވިސްނާށެވެ. ބޮޑު މުސާރަ ލިބޭނީ ހަމަ މިއުސޫލުން ހެއްޔެވެ. އޯޓީ ފިކްސްޑް ކޮށްގެން ތިބޭށެވެ.

  ރައްދު

 2. slm
  މާރިޗު 26, 2009 @ 10:14:05

  MD OT HARAAAAAAM kamah vidaalhu vumaa gulhigen mhr department headun vany e department thakuge muvahzafuhna 4 jahairah geyah diumah amuru kohfa! adhi ithurah heyda kuraa vaguthu thah approve nukuraane kamh vany angaafa! Bala MD ea nuvisney baaye hithah araa muvahzafu ves hith hama jassalan face book, youtube, adives ehenihen kanthah thakuga vs computer kaary ulheyne kan! haveeru 4 ge kurin youtube,facebook fadha muvahzafun hinhama jssaalan vadhe ulhey site thah mihuhnay block koffa! egothah ekanthah kurumaky enme ragalhu goth kamh vs vedhaane!ekmk 4 ge fahun hithhama jassaalan 1 gadi iru vs e gothah heyda kurumaky HARAAAM kameh baaaye MD aai suvaalu kohlan beynun! MD corruption madu kurumah harukashi fiyavalhu alhn gasdu kury thy ekamh V maruhabaa kiyan! ekanthah amalun dekkumah govaalan!

  ރައްދު

 3. fhd
  މާރިޗު 26, 2009 @ 09:36:12

  alhugadu Nafa kaary ahaalan beynun vany ofuhuga ithurah heydha kura gadi thakugai libey faisaa HARAAAAM vaaneye bunaairu Nafa hithah naaraa baaye eyna dahfanthyge level myhunah e dey enme 4000 rufiyaain emyhuhnah abi darihnah kaaan bon dy nooolheveyne kan ! Nafaa eyee economisteke kiyaa adu ahn. nafaayah nuvisney baaye hithah araa mihar eachehyge agu bodu vamun daaa duvas varrega myhunge purchasing power dahvamun dhaane kan! adhi mikamuge enme bodu asareh kuraany dahfanthyge musaara libey myhuhnahkan! ekmk Nafaa hadhaafa in revised salary policyge sababun dahfanthyge muvahzafunnaa MAA ADVANcE vgn thiulhey muvahzafunge faragu ithuru v! mhr mulhi duniyege hurihaa kunfunithakun vs mifarag kudakuramun dhaa iru nafa kahla economiste thikahala kanthah kuraathy hairaan vey! molhethi vaahaka dekkiyas kanthah islaaahu nuvaane!

  ރައްދު

 4. uza
  މާރިޗު 26, 2009 @ 09:16:45

  chill guys , for sure good things come to those who wait.

  “EVERY DOG HAS HIS DAY”

  ރައްދު

 5. desparado
  މާރިޗު 25, 2009 @ 23:53:42

  KHARAM. KHARAM ,KAHRAM, YAA AHULAL, KHARAAAAAAAAAAAAAAAAAAAM OT, THIYABAI MEEHUN COMPUTRUN MI BLOGAH WADHE HEYDHA KURA VAGUTHAH OT EH NULIBEYNE…EY KHARAAAAAAAAAAAAAAAAAAAAAM ECHECH..

  RAA KHARM, ZINEY KARAM, NOW OT KHARAM…

  “THIYA MOONA KANDHURAYA FAI THILA YAH BELEYNEYE DHAA IRU THEDHEY, KURUHENDHULEE” HAABURI

  “MOONEH KANDHURAA AKAH NUBALAANAH, EHLALAANAH, BERUKOHLAANAH” NAFA BAFA..

  ރައްދު

 6. kakuni
  މާރިޗު 25, 2009 @ 21:30:35

  kalomen keeta tikuranee department hedunney kiyaafa, kalaymen fixed OT kadhaaliyas ehaa baivaru libeyne.

  ekamu fixed ot libey level 4 ge meehun na kadaaleema vaanee kihenei, komes ragalhu goteh vaan vaane dho NAFAA hadhaadheyn,

  level 5 ge meehun na dhey iru, keeta vaanee heyo ragalhu goteh hadhaa dheyn

  ރައްދު

 7. jinni
  މާރިޗު 25, 2009 @ 19:34:01

  this is a very cheap article. I wished the writers had analyse the sturcture well than pointing out unrelated thoughts…

  here is just a little bit of information for you.

  Comparing the latest two structures, Base salary for levels has been increased accordingly;
  L1 by 520 MRF
  L2 by 600
  L3 by 710
  L4 by 900
  L5 by 1,170
  L6 by 1,730
  L7 by 5,910
  So now think…
  was infllation impacted differently on each level
  was the previous structure so bad to higher levels..
  after such an increament do they still desevere fixed OT
  when the mobile calls cost rate went down was it neccesary to give higher Mobile pbone allowance. Now even can call to some limited numbers totally free..

  How could an asst directors post level be higher that of a than a senior engineer who actually is equivalent to a deputy director according to CIVIL SERVICE..
  hm……

  ރައްދު

  • handi
   މާރިޗު 25, 2009 @ 20:35:15

   Jini tibunee ragalha,

   IT head level 5 in jump kuranee haadha machakashey ,.. kurin level 5 ga 10000 libey iru mihaaru deputy meehunan libeyne 14000, kalo haadha bodu jump ekeye,

   ehmeehun na ragalah faidhaa vaa goi hadhaafa miothy, balaa miden kon fair gotakahta eyo tee structure hadhaafa

   Nafaa buney varah baarulaafa thilashee badhaluvumuga , promotion dheynamey hagumeehuna, bala department hedhundho haguvanee mikahala baa varu gendhan

   migotah vayaamu dhen hurimeehun na koche baa libenee, …..

   ragalhu NAFAA yah mtcc in keveynee verinan ragalhu goigoi hadhaa dhineema

   NAFAA meehun ge dhiya nufelaaa

   ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: