faineh soofi1


ފައިނެތް ސޫފި ވިދާޅުވަނީ: ނުކުންނާށެވެ. ނުކުމެވޭނެއެވެ.
ފައިނެތް ސޫފި

بسم الله الرحمن الرحيم الحمد لله.
އާގާނޫނު އަސާސީއެއް ގެންނަން އަޅުގަނޑުމެން ބޭނުންވީ، ބާގާނޫނު އަސާސީއިން ހައްގުތައް ލިބިދީފައި ނުވާތީއެއް ނޫނެވެ. އެހެންނަމަވެސް ބާގާނޫނު އަސާސީ ފުރިހަމަޔަށް ތަންފީޒު (އަމަލު) ނުކުރާތީއެވެ. ވަޒީފާޔާ ބެހޭ ގާނޫނަށްވެސް މިވަނީ މިކަހަލަ ގޮތެކެވެ. ވަޒީދޭ ފަރާތުން މިގާނޫނަށް ފުރިހަމަޔަށް އަމަލް ކުރާތަނެއް ނުފެނެއެވެ. (އިތުރަށް ވިދާލުވުމަށް)

އެހެންނަމަވެސް ގިނަ މުވައްޒަފުންނަކަށް ވަޒީފާގެ ގާނޫނުން އެމީހހުންނަށް ލިބިދޭ ހައްގު ތަކާއި ހިމާޔަތަކީ ކޮބައިކަމެއް ނޭގެއެވެ. ހަލުވި ކަމާއިއެކު ކަންކަން 
ބަދަލުވަމުންދާ ޒަމާނެއްގައި ކަންކަމަށް ލޯމަރާއިގެން ތިބެވޭކަށް ނޯންނާނެއެވެ. ތިމާގެ ހައްގު ތިމާ ހޯދަން ނޫޅެފިއްޔާ ހޯދައިދޭނެ ހަމަ އެކަކުވެސް ނާންނާނެއެވެ.
ގާނޫނުގައި ބުނަނީ ކީކޭތޯ ބަލަމާ ހިނގާށެވެ.
* ގާނޫނުގެ ފުރަތަމަބާބުގެ 2 ގެ ނ ގައި ބުނަނީ “… މިގާނޫނުގެ ދަށުން ލިބިދޭ ހައްގެއް ނުވަތަ މަންފާއެއް ނުލިބޭ ގޮތަށް ނުވަތަ އެފަދަ ކަމަކަށް އުނިކަމެއް ލިބޭ ގޮތަށް ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސް ވުމުގައި، އެއްވެސް މާއްދާއެއް ހިމެނިގެން ވާނަމަ، އެ 
މާއްދާއެއް ވަނީ، ބަތިލު މައްދާ އަކަށެވެ. ” މިހެންނެވެ.
ހުޝިޔާރު ވެލައްވާށެވެ! ގަވާއިދޭ ބުނުމުން އަމަލްކުރަމުންދާ އުސޫލުވެސް ހިމެނޭނެ އެވެ. ވިމާ މިގާނޫނާ ފުށުއަރާ ކޮންމެ އުސޫލަކީ ބަތިލް އެއްޗެކެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ ނެތް އެއްޗެކެވެ. ނުވަތަ އޮވެގެން ވާނެ އެއްޗެއް ނޫނެވެ. އެފަދަ އުސޫލުތަކަށާއި ގަވާއިދު 
ތަކަށް ބޯލެންބުމަކީ (ކޮންމެވެސް ސިފައެއްގައި) ވަޒީފާ ދޭ ފަރާތަށް ގާނޫނާއި ޚިލާފް ވުމަށް އެއްބާރުލުން ދިނުމެވެ. ވަޒީފާ އަދާކުރާ ފަރާތްތަކުން ގާނޫނާއި ޚިލާފް ނުވާށެވެ. އަދި ވަޒީފާ ދޭ ފަރާތް ގަނޫނާއި ޚިލާފް ވުމަށް ފުރުސަތު ނުދޭށެވެ.
ދެއަތް އުރާލައިގެން ތިއްބެއްކަމަކު ވަޒީފާގެ ގާނޫނުން ލިބޭ ހިމާޔަތެއް ނުލިބޭނެއެވެ. ގާނޫނު އަސާސީގެ ފޮނިމީރުކަން ލިބުނީވެސް ނުކުމެގެންނެވެ.  – ނުކުންނާށެވެ. ނުކުމެވޭނެ އެވެ. – ލިބޭނީ ނުކުމެގެންނެވެ.
والسلام عليكم
Advertisements

1 ޚިޔާލު (+add yours?)

  1. dhari
    މާރިޗު 18, 2009 @ 14:32:10

    nukume mithibee mihaaruves. ekamaku kameh veytha. mi blog mee vaki kudakameh tha. blog hedheethee sukriyyaa varah bodah. manayjumantun blog kiyaankan yageen. nukunna memo thakun mikan ingey. kuriyah gendhey fahun rangalhu vaane kamah ummeedhu kuran.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: