Bafayaa bunanee 7


ބަފަޔާ ބުނަނީ: “އެއްޗެއް ހަދާލާކަށްވެސް އެގެނީކީނޫން ނުވިތާކަށް ކޮޕީ
މޯޑް=
ވަރަށްބުރަކޮށް އޮފީހުގައި އުޅުމަށްފަހު މެންދުރުގެ ބްރޭކްގަޑީގައި އޮފީހުން ބޭރަށްނިކުތީ ހަމަވައި ޖައްސާލުމަށެވެ. ބޭރަށްނިކުމެ މަގުމައްޗަށް ނިކުތީ ސިގިރެޓެއް ބޯލާށާއެއްކޮށެވެ. ސިގިރެޓް ރޯކޮށްލިތަނާ ފަހަތުން މީހަކު ގޮވާލިއަޑަށް ބަލާލިއިރު އެއްކަލަ ބަފަޔާ އައިސް އަރާ ހަމަވަނީއެވެ. (އިތުރަށް ވިދާޅުވުމަށް)

ހަމައައިސް އަރާ ހަމަވުމާއިއެކު ސައިހޮޓަލަށް ވަނުމަށް އެދުނެވެ. އަހަރެންވެސް ދެވޭނެ މާގިނަތަނެއްނެތްކަމުން މިސްރާބުޖެހީ ބަފަޔާއެކު ސައިތައްޓެއް ބޯލުމަށެވެ. ސައިތައްޓެއް ބޯލުމަށް ގޮސް ހޮޓަލަށްވަދެ ހަމަނުޖެހެވިގެން އުޅެނިކޮށް  ވާހަކަފެށިއެވެ.
ބަފަޔާ: ބަފަޔާ ބުނަން، މިއޮތީ ވާ ސީނިއަރ މެނޭޖްމަންޓެއް އެއްޗެއް ހަދާލާކަށްވެސް އެގެނީކީނޫން ނުވިތާކަށް ކޮޕީ ޕޭސްޓްކުރަންވެސް ނޭގެ.
އަހަރެން: ބަފަޔާ އަނެއްކާ ކޮންކަހަލަ ވާހަކަ ދައްކާ ދުވަހެއްތަ؟
ބަފަޔާ؛ މިދައްކަނީ އެއްކަލަ މޮޅެތި މެނޭޖްމަންޓްގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ތަޖްރިބާ ލިބިފައިވާ ސީނިއަރ މެނޭޖްމަންޓްގެ ވާހަކަ، އިހަކަށް ދުވަހު ހަވަނަ އުޑަށް…. ސޮރީ ހަވަނަ ލެވެލަށް އެރި އެންމެ ގާބިލު މީހުންގެ ވާހަކަ، އެމީހުން ހަދާފައިވާ ގްރީވަންސް ޕޮލިސީއެއް ނުދެކެންތަ؟ އެއީ އިންޑިއާގެ ކާރުޚާނާއެއްގެ ގްރީވަންސް ޕޮލިސީއެއްގެެ ކޮޕީއެކޭ، ޕްލާންޓް މެނޭޖަރ އިންތަންކޮޅު ބަދަލުކޮށްލަންވެސް ނޭގުނޭ، މިއީ މިމީހުންގެ ފެންވަރު، އަދިވެސް އިތުރަށް ފަޟީހަތްވާނީ އަމިއްލައަށް މާމޮޅެތި ތަޖްރިބާކާރުންނަށް ހެދިގެން އުޅެންޏާ މިހާރުވެސް ގޮސް ޗެކްކޮށްބަލަ މިބުނާ ވެބްސައިޓް( http://ipgcl-ppcl.gov.in/Grievance-B.pdf  ) އެއިރުން ޔަގީންވާނެ.
އަހަރެން: އެހެން ނުވާނެ އެއީ މިނިސްޓްރީ އޮފް ފިނޭސުން ފޮނުވާފައިވާ އެއްޗެއް، ފިނޭންސްގެ ތައްގަނޑުވެސް ހުއްޓެއްނު
ބަފަޔާ: އާ ފިނޭންސުންވެސް ފޮނުވީ މިއޮތީ ސާމްޕަލެކޭ މި ބަލައިގެންނަމަވެސް މިކަހަލަ ގްރީވަންސް ޕޮލިސީއެއް ހަދާށޭ ކިޔައިފައި، މިތާ މިއުޅޭ މޮޅެތިމީހުންނަށް ނޭގުނޭ ފިނޭންސް މިނިސްޓްރީއިން ޖަހާފައިއިން ތައްގަނޑުވެސް ޑިލީޓްކޮށްލަންވެސް، ތިމަންނަމެން އެއްޗެކޭ ކިޔާފައި މެމޯ ފޮނުވިއިރު، އަހަރެންގެ ކުޑަ ދަރިއަށްވެސް އެގޭނެ ތިއަށްވުރެ މޮޅަށް ތި ޕޮލިސީ ހަދާފައި އެއީ ތިމަންނަގެ އެއްޗެކޭބުނަން، އެމަންޖެވެސް އެކަހަލަތަންތަންކޮޅު ކޮމްޕިއުޓަރުން ޑިލީޓްކޮށް ހަދާނެ، މިއީދެން ތަސައްރަފުފުދިފައި ތިބި މީހުންކުރާކަމެއްތަ؟ މިވެސް ވައްކަންކުރުމަށް ނޫނީނުވާނެއެއްނު،
އަހަރެންނަށް ހުރެވުނީ އެއްކަލަހެން ބަފަޔާއަށް ބަލަހައްޓައިގެނެވެ. ބަފަޔާ އެދައްކާ ވާހަކަ ޔަގީންކުރުމަށް އަވަހަށް އޮފީހަށް ދިއުމަށް ބޭނުންވަފައެވެ. އެހެންކަމުން މާގިނަ އިތުރު ވާހަކައެއްނުދައްކާ ބިލުދައްކާލައިފައި އޮފީހަށް ވަދެ ބަފަޔާ ބުނިސައިޓަށް ވަނީމެވެ. އަސްތާއެވެ. ބަފަޔާ ބުނި ހަމަރަގަޅަށެވެ. އެއްކަލަ ގްރީވަންސް ޕޮލިސީ މިއޮތީއެވެ. ހަމަލަފުޒުން ލަފުޒަށް އެއްވެސް ބަދަލު ކުރުމެއްނެތިއެވެ.
 އަހަރެން ހިތަށްއެރިއެވެ. އެމްޓީސީސީގެ ފެންވަރަކީ މިއީ ހެއްޔެވެ. މިފަދަ އެއްޗެއް ހަދާލެވޭ ފަދަ ގާބިލުކަމެއްވެސް ނެތެވެ. ނޫނެވެ. ކޮޕީކުރުމުގެވެސް ލާމަސީލު ނަމޫނާއެކެވެ. އަހަރެމެންގެ އިސްވެރިން މާމޮޅީއެވެ. ނޭގޭކަމަށްވަންޏާ އެމްޓީސީސީގައި ތިބި ތައުލީމާއި ތަޖްރިބާހުރި މުއައްޒަފުންގެ ބޭނުން ހިފަންވީއެވެ. އެހެންނޫނީ ބޭރުން ކޮންސަލްޓެންޓުންގެ އެހީގައިވެސް ކުރެވިދާނެއެވެ.
އިސްތިހާރު

15 ޚިޔާލުތައް (+add yours?)

 1. thayyib
  މާރިޗު 24, 2009 @ 19:14:34

  Nafaa, thee varah harukahi adhi ehen meehunge ihusaas dhunanna Managing Directors ge Gothe, company eh nuhingeyne thiya faada dhimaakohgenne, verin jeheyne staffun lavvai work kuranna staffuna eh hamayakah ves faibaan, egothah hedhumakun adhi meehaage fenvaru e dhavveekee noon, verin veringe gothuga thibegen company eh ves adhi gaumu kuri akah nugendheveyne, kithanme molhu ilmeh libunas eyge beynun hifan engigen thaneh hingeynee, staffhun gen gulhumakee adhi mulhi ehen hunareh, e hunaru netheema thiya faaduge vaahaka thi dhekkenee,
  aharemenge raees mohamed nasheed e ee reethi misaaleh, adhives thi gengulhevenee maumoonge style, company hingeynee companyge staffunna gulhige, misurume kithanme gamaarah adhi naseebakun mivaru ingey,

  thayyib

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: