Thuthukalo, Kudey adhi Benjo


ތުއްތުކަލޯ، ކުޑޭ އަދި ބެންޖޯ……
 
ތުއްތުކަލޯ، ކުރުކޮއްނަމަ “ތުއްތޭ” އަކީ އެމް.ޓީ.ސީ.ސީ ގައި ވަޒީފާ އަދާކުރާތާ 09 ވަރަކަށް އަހަރު ވެފައިވާ ދެބައި ޢުމުރުފުރާގެ ޒުވާނެކެވެ. ކުޑޭ އަކީ ކުންފުނީގެ ވަޒީފާގައި އުޅޭތާ މިހާރު ގާތްގަޑަކަށް 07 އަހަރު ވެފައިވާ ޅަނދޮޅު ޒުވާން ސޮރެކެވެ.(އިތުރަށް ވިދާލުވުމަށް)

މި ދެމީހުންނަކީވެސް ޢާއްމު ގޮތެއްގައި ކުންފުނީގެ ހުރިހާ މުއައްޒަފުންނާވެސް ވަރަށް ގުޅޭ ސަކަ މިޒާޖެއްގެ 02 މީހުންނެވެ، ޚާއްޞަގޮތެއްގައި ކުޑޭއަކީ އަންހެން ކުދިންނާ ވަރަށް ދޯޅު މީހެކެވެ. ދެން މިދެމީހުންގެ އެކުވެރި ބެންޖޯއަކީ ކުންފުނީގައި އުޅޭތާ ގާތްގަޑަކަށް ދޮޅުއަހަރުވަރު ވެފައިވާ ކުއްޖެކެވެ. މިތިން އެކުވެރިންނަކީވެސް ޢާއްމު ގޮތެއްގައި ކޮންމެ ދުވަހަކުވެސް ހަވީރު ގަޑީގައި ކޮފީ މޭޒުދޮށުން ބައްދަލުކޮށް ވާހަކަދަޢްކާލާ ހަދާ 03 މީހުންނެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހު ހަވީރު………..
ކުޑޭ : (ފޯނުކޮށްލާފައި) ތުއްތޭ!!… ރެޑޭ ކަޑައިގަ މިއިނީ ބެންޖޯވެސް އެބައާދެ.. އަވަހަށް އާދޭ…
ތުއްތުކަލޯ: މިދަނީ.. ވަރަށް ކައިރީގަ މިހިރީ …..
ގާތްގަޑަކަށް ދެތިން މިނެޓްތެރޭ ތުއްތޭއާއި ބެންޖޯ ރެޑޭ ކަޑަޔަށް އަތުވެއްޖެ….. ހަމައައުމާއިއެކު 03 މިހުނަށްވެސް ލަވާޒާ މިލްކަށް އޯޑަރު ދިނެވެ. އެއަށްފަހު އާދައިގެމަތިން 03 މީހުންވެސް ތަފާތު މަޖާ ވަހަކަތައް ދައްކަމުން ދިޔައެވެ. ކުއްލިއަކަށް މަޢުލޫޢު ބަދަލު ކޮށްލުމަށްފަހު………..
ތުއްތުކަލޯ: ކޮބާ ކިހިނެތް ކިހިނެތްތަ މިހާރު އަހަރުމެންގެ ކުންފުނީގެ ޙާލަތު؟؟… މިހާރު ދެން އާ ވެރިއަކު އައިސްގެން ލައްކަ ބައްދަލުތައް ގެނެސްފި ވާހަކަ އަޑުއެހިން….. ތެދެއްތަ އެއީ…. ކޮންކަހަލަ ބަދަލެއްތަ މިއައީ؟
ކުޑޭ : ނޭގެމަށަކަށް… އާވެރިއަކު އަތުވެއްޖެތަ؟… ލޮލަކަށް ނުފެނޭވިއްޔަ….މުއައްޒަފުންނާ ބައްދަލުކޮށް ވާހަކަ ދައްކާލާ ތަޢާރަފް ވެލުމެއްސް ނެތެއްނު…. އެހެންވީމަ މިހެންމިބުނީ. އެހެން ފަހަރު ފަހަރު އެންމެ ފުރަތަމަވެސް އެކަންތައްވިއްޔަ އޮންނަނީ …..
ބެންޖޯ: ހޫން….އެއީ ކުންފުނީގެ މާލީ ޙާލަތު މިވަގުތު ދައްކަމުން އެކަން ބޭއްވެންނެތިއްޔޭ..ދޯ ތުއްތޭ؟ (ސަމާސާ ގޮތަކަށް ބުނެލިއެވެ)
ތުއްތުކަލޯ: އާނ…. އެންމެ ފުރަތަމަ، މުހައްމަދު އިބޫބެ އައިސްފަވެސް ތަފާތު ބަދަލު ތަކެއް ގެނައި!.. ހެދި ނުހެދިއެއް ނޭގެ.. މުހައްމަދުބެވެސް މިތަނުން ދަމުން ދިޔައީ ކުންފުންޏަށް ލިބިފައިއޮތް ރިސޯރޓްވެސް ނުއަގުގައި ވިއްކާލާފަ އެއްނު،.. ދެން އަނެއްކޮޅުން ކަޕޫރު އައިސްފަވެސް ފާޑުފާޑުގެ ބަދަލުތަކެއް ގެނައިންނުދޯ…އަހަރުމެން ދެކުނިން އެދުވަސްވެސް…. ވީކަމެއް ހަރާން ….ކަޕޫރު މިތަނުން ދިޔައިރު މުއައްޒަފުންނަށް މަހު މުސާރަ ވެސް ދެވުނީ %5 އިންޓްރެސްޓުގަ ބޭންކް އޯޑީ އަކުންނޭ ބުނާތީ އެހިން … މަށައް ހީވަނީ މިތަނަށް އިޚްލާޞްތެރި އެންމެ ވެރިޔަކުހެން މިހާތަނަށް އައީ …އެއީ ކާކުކަން މުޅިދިވެހި ރާއްޖޭގެ އެންމެނަށް ވެސް އެގޭނެ…. މަނުބުންޏަސް !!!!! …. ދެން ޢައްބާސީ ދައުރުގެ ވާހަކަ ދެއްކުމަށްވުރެން ނުދެއްކިއްޔާ ރަނގަޅުވާނީ؟! ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން ގޮސް ބިސްކޯދު ކޮންޓޭނަރުތަކެއްވެސް ގެނެސްގެން ސޯމިލުގަ ވިއްކާ ހެދި…!!!!
ބެންޖޯ: މުހައްމަދުބެ މިތަނުން ދިޔައިރު ލައްކަ ފައިސާ ޖަމާކޮށްފަ ހުރިކަމަށް ހިސާބުތަކުން ދެއްކި ކަމަށްވަނީ، އެފައިސާތަކަށް ކިހިނެއްބާވީ ؟؟!!
ކުޑޭ: ބަލަ އެފައިސާތަކެއްނު ކަޕޫރަށް ފެނިގެން ޚަރަދުކޮށް ހުސްކޮށްލީ !!!!
ބެންޖޯ: އެކަމެއްނޭގެ ތިބުނާ ކަޕޫރެއްނު މިހާތަނަށް އެންމެބޮޑު ފައިދާއެއް ޙިއްޞާ ދާރުންނަށްވެސް ދިނީ.
ތުއްތުކަލޯ: ބަލަ ތިބުނާ އެހަރު ކުންފުނިން މާގިނަ މަސައްކަތްތަކެއް ކޮށްގެން ލިބުނު ފައިދާ އެއްނޫނޭ އެބެހީ…. އެއީ ކުންފުނީގެ ރިޒާވް ގައި ބަހައްޓާފައިހުރި ފައިސާ…އެއީ ހިއްސާދާރުންގެ ލޮލުގަ އަޅުވާލި އަނދުނެއް..!!!! އެހެންނޫންނަމަ މިއަދު ކުންފުނި މިޙާލަތަށް ވެއްޓޭކަށް ނުޖެހުނީހެއްނު…
ބެންޖޯ: … އޭނަޔަކީ މާގަދަޔަށް ކެޔޮޅު ކަމުވެސްދާ މީހެކޯ!! ކޮންކަހަލަ ވާހަކައެއްތަ އެއީ ؟؟….އަޑުއެހިން ހިބަރު ގަ މާކޮލިޓީ ޓާރބޯ އެއްވެސް ކެޔޮޅުކަމުދާންވެގެން އެޅުވިވާހަކައެއް…
ތުއްތުކަލޯ: އާން…ތިލަފުށީގެ ވަކިބަޔަކު ގޮވައިގެން ކޮންމެރެއަކުވެސް ހިބަރު ލޯންޗުގަ މަހަށް ނުކުންނާނެ … ނޭގެ މަހަށޭ ކިޔާފަ ގޮސް ކުރަނީ ކީއްކަމެއް… ދުވަސްކޮޅަކުން ނޫހުގަ ފޮޓޯ ޖަހާފަ އިންދަ ކަންނޭގެ ފެންނާނީ…..
އެންކޮޅު ލާދޭންވެސް ޓީއެސްޑީގަ އުޅޭ މެދުއުމުރު ފުރައިގެ ކަޅު 2 ސޮރަކު ގެންގުޅޭވާހަކަ އެއްވެސް މީހުންކިޔާ…..ބާބަކިޔުވެސް ހަދަޔޯ ކިޔާ. އިޖްތިމާޢީ ކަމެކޯ އެއީ …. އެކަމަށް ހުރިހާ ޚަރަދެއްވެސް ކުރަނީ ތިލަފުށީގެ ޕެޓީ ކޭޝްއިން ކަމަށްވަނީ….
އަނެއްކޮޅުން އެންކޮޅު ލާދޭ ކަޅު 2 ސޮރުންނަށް ވަރަށް އަވަސް އަވަހަށް ޕްރޮމޯޝަންވެސް ދިން އެދުވަސް ކޮޅު………ދެން އެކުން ވެނިމި ދިޔަވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއްވެސްނެތް…އެކަން އެގޮތަށް ދިޔަ ނަމަވެސް އަލަށް މިވަޑަގެންނެވި ވެރިމީހާ މިކަހަލަ ކަންތައްތަކާމެދު ވިސްނަވާ އިޞްލާޙީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ……
ކުޑޭ: ދެން ތިވާހަކަ ހުއްޓާލާފަ ކޮންމެވެސް އެހެން ވާހަކައެއް ދައްކަބަލަ… ދެންޖެހޭނީ ބިޓުންގެ ވާހަކަ ދައްކަން ބެންޖޯ ވަރަށް ޖޯޝާއެކު ބުނެލިއެވެ.
(ބެންޖޯ ތުއްތޭއާއި ދިމާލަށް) އޭ!!…ކަލޭ ސިންގަޕޫރަށް ގޮއްސަ އަންނަމުން ފައިނޭސްގައުޅޭ ޒީލަގަދަ ދޮންމަންޖެއަށް ސެންޓް ފުޅިއާ ކުލަކުލައިގެ އެތެރެއިންލާ އެއްޗެތި ގެނެސްދިން ވާހަކަ އަޑުއެހިން ތެދެއްތަ އެއީ….ބެންޖޯ ހިނިގަޑެއް ޖަހާލާފައި ބުނެލިއެވެ…..
ތުއްތުކަލޯ: ވަރަށް ހާސްވެފަ، އޭ..ކާކު ދެއްކި ވާހަކައެއްތީ؟؟!!…..
ބެންޖޯ: މަގޭކައިރީގަވެސް އެވާހަކަބުނީ އެތާއުޅޭ ކުއްޖަކު …މިއީ ވަރަށްބޮޑު ސިއްރެކޯބުނީ… އޭނަޔަށް ވެސް ގެނެސްދެޔޯ ހެދުން ކަނޑާ ފޮތްޗާ ފާޑުފާޑުގެ ޗޮކްލެޓްވެސް….އަދި ފުރުމުގެ ކުރިން ސަލާން ގަލާން ކޮށްލާ ހަދަން ރޭގަނޑު އޮފީހަށްވެސް ބައެއް ކުދިން ގެނެޔޯ ……
ކުޑޭ: އެމީހުންގެ ފިރިންވެސް ތިބެއެއްނު….ކިހިނެތް ތިކަން ޤަބޫލު ކުރާނީ؟؟؟؟؟….
ބެންޖޯ: އެމީހުންގެ ފިރިންނަށްވެސް ހަދިޔާ ގެނެސްދޭ.؟؟؟!!!!! ހެހެހެހެ ހެހެހެހެ…….
ތުއްތުކަލޯ: އާ ކޮންމެ ކަމެއްގަވެސް ނަންވާނީ ހައިވަކަރު އޮޑިވިއްޔަ….އަސްލު އެގޭތަ، ތީމަގޭ ކަމެއްނޫނޭ….. މުހުސިނުބެ މިތާއުޅުނުއިރު ކުރަމުންދިޔަ ކަމެއްތީ މިހާރުވެސް އެކަން އެގޮތަށް ހިގަމުންއެދަނީ… ބޮޑެތި ސޯބްތަށް އެބުރޭ ގޮތަށްތާ ކުދިސޯބުތައްވެސް އެބުރޭނީ …… މަވެސް ރާއްޖެތެރެއަށް ގޮސް އަންނައިރު ބައެއް ކުދިންނަށް ލުނބޯ މިރުސްކޮޅު ފަދަ އެއްޗެތި ހަދިޔާގެ ގޮތުގައި ގެނެސްދެން… އެއީ މައްސަލައެއް ނޫނެއްނޫންދޯ…….މިކަހަލަ އިޤްތިޞާދީ ގޮތުން ތާށިކޮށްއުޅޭ ދުވަސްވަރެއްގައި….؟؟؟!!!..
އޭމިހާރު ވަރަށް ބޮޑަށް ލަސްވެއްޖެދޯ ކޮބައިތަ ބިލު…. އާދެން މިކަހަލަ ވާހަކަ ދައްކަންޏާ ކުށްވެރިވެދާނެ…ކުޑޭ ބުނެލިއެވެ. ދެންމިއަދު ހިނގާ ނިންމާލާފަ ގެއާދިމާލަށްދަމާދޯ………ޗާއޯ…..
+++++++++++++++++++++.
އިސްތިހާރު

8 ޚިޔާލުތައް (+add yours?)

 1. dhen la la laa
  މާރިޗު 16, 2009 @ 01:05:53

  ey TSD ga ulhey kalhu 2 soreh noon. . . . KALHU SORAKAA RAI SORAKAA ulhanee dhen thilafushin dhaane Africa meeheh

  ރައްދު

 2. Fenbo
  މާރިޗު 16, 2009 @ 01:01:13

  Iraadhu kureviyyaamun adhi Thi nafaa Naseem moonu konmesdhuvahakun fennaane…

  ރައްދު

 3. magey
  މާރިޗު 16, 2009 @ 00:15:03

  ތިލަފުށީގެ ވަކިބަޔަކު ގޮވައިގެން ކޮންމެރެއަކުވެސް ހިބަރު ލޯންޗުގަ މަހަށް ނުކުންނާނެ … ނޭގެ މަހަށޭ” މިހާރު އެދަނީ ކޮންތާކަށްތަ؟ ކަޕޫރް ދިޔައީ ކަނޑުމަހަށް، ލަފާ ދަނީ އެއްގަމުމަހަށް، ދެން އެނގޭނީ ރިޕޯޓް ނަގާމީހުންގެ މަސައްކަތް ނިމުނީމަ. ހަރަދުގެ ގޮތުން ބަލާއިރު ހަމައެއްތާކު ޖެހޭނީ ކަނޑުގެ މަސްވެރިކަމުން އެހެންބަޔަކަށްވެސް ހިތްހަމަޖެހުމާއި ފައިދާތަކެއްވެސް ކުރޭ. އެއްގަމުގެ މަސްވރިކަމުން އެހެން މީހަކަށް ރާހަތެއްވެސް ނުކުރޭ. ދެން ބުނެލަންއޮތީ ކަޅުދެސޮރެއްގެ ވާހަކަ މިހާރު ޑިގްރީ ހޯލަޑަރުން ތިބެނީ ފިނިކޮޓަރީގަ ފޮޓޯބަލާ ފޮށިކައިރީގަ. ކަމެއް ކުރިއްޔާ މިކުރަނީ ހަމަ އެސޮރުމެން.މިހާރު ދެންމީ އަހަރުމެންގެ ވެރިކަމޭ، ދެންހަދާނީ އަހަރުމެން ބޭނުންގޮތެކޭ ބުނާމީހުން ނަށް ދުވަސްކޮޅަކުން އެނގޭނެ.

  ރައްދު

 4. ެenkolhu
  މާރިޗު 16, 2009 @ 00:03:21

  ޤިޔާމަތް ދުވަސް އަންނާނެ ކަން އެނގޭތަ؟ ހިސާބު ބައްލަވާނެ ކަންއެނގޭތަ؟ ހަމަޔަޤީނުންވެސް އަޅުގަނޑަށް ޤަބޫލް ކުރެވޭ ކަންތައްތަކެއްމީ. މިއޮތީ ދޭތި މީ އަޅުގަނޑު ތިއޮތީ ތިޔަބޭފުޅުންގެ، މކިޔާ އެއްޗެއް އެބަ އިނގޭތަ، މިކަޔަނީ ދަނޑި އަލުވި އަކީ ކައްޓަލައޭތަ ނޫނީ ކައްޓަލައަކީ ދަނޑިއަލުވިއޭތަ މީ ފަހުޒަމާނުގެ އަލާމާތެއްނޫންބާ. މުސްކުޅިން ބުނެ އުޅޭ އެކަހަލަ ވާހަކަ އެއް ދެން އެނގޭނީ ހިސާބު ބައްލަވާ ދުވަހަކުން .

  ރައްދު

  • Hedhikaa
   މާރިޗު 16, 2009 @ 18:24:37

   neygunu thibuni ecchech hama eggothakahves. Mithaa ulhenee lhenverinneh nooney. Thankolhah thila koh bunan beynunvaa ecchech fothuga liyegen ais indhe madumaithiri kamaaeku blog ah laanveenu.

   ރައްދު

 5. obama
  މާރިޗު 15, 2009 @ 17:39:14

  meega neh hama ehves ohtareh..

  ރައްދު

 6. Nafayaa
  މާރިޗު 15, 2009 @ 16:50:20

  Hiyeh nuvey mi ais gen ulhey verimeehaa yah thibunaa molhethi goiy goiy Mithanah hedheyne hen. Mihaaruves Kudey bunaagothah mithanah aa veriyaku aikan gina meehunakah neygey viyya.
  Alhe meenaves vejje ennu, meenage aslu soora meehunanh dhakkaalan. Ehennoonee stffun nakah neygeyne magumathin fenunans meenayeh.. Laamu atoll staff eh noonee.
  Ragalhu kuran beynun nama furathama thimaa men islaah vey ingey. Mihaaru mifennanee dhuvaalaku 2 memo 3 memo nukunna than. Evves meehaku noolhe fahun e memo ah amalu kuraatho balaane. Mee mihaaruge haalakee.

  ރައްދު

 7. fhd
  މާރިޗު 15, 2009 @ 15:06:30

  habaru libey gothuga nafa vany Miduvasvaru campaign kanthagu ga ulhenjehumaa vidhign vaguthy gothun MTcc ge baaruthah senior managmentah dyfa! Ehn ve eyge naajaais faidhaa nagamun mihar emyhun edhany! emyhaku beynun thaneh emyhakah dy, angaaves nulaa than thanuga thibey staffunaa departmentah thah emyhaku beynun thanakh beynun gothakah badal kuramun edany! Mifada bodethi badal thah gena umuge kurin staffuna konme ves varakah nameves mashvaraakohllaa nameye hithah araa! Nafa kahla economistea aeeema hykohgen mihury mi kunfuni v bodethi heyo badal thah annaaanekamah! ekmk kykuraaany dhw!

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: