Bafayaa bunanee 5


ބަފަޔާ ބުނަނީ: ހުރިހާ މަލާއިކަތުން 7 ވަނަ އުޑަށް. ހުރިހާ ހެޑުން 6 ވަނަ އުޑަށް !!!
 
ކުންފުނީގެ ހިންގާ ސްޓްރަކްޗަރ ބަދަލު ކޮށް އެ އިމްޕްލިމެންޓް ކުރަން އެމްޑީ ހަމަޖެއްސި ޚަބަރު ލިބުމާއި އެކު އަހަރެން އަވަސްވެގަތީ ބަފަޔާގެ ބަހެއް މިކަމުގައި ހޯދާ ލުމަށެވެ. ދިރާގުގެ ނެޓްވޯކް މައްސަލަ ބޮޑުކަމުން އުޅެއުޅެ ބަފަޔާއާއި ފޯނުން ގުޅާލެވޭ ގޮތެއް ނުވިއެވެ. (އިތުރަށް ވިދާޅުވުމަށް)

އެންމެ ‘ފަހުން އަހަރެން ނިންމީ ބަފަޔާއާއި ބައްދަލު ކުރުމަށް ސޯމިލް އޭރިޔާ އަށް ދިއުމަށެވެ.
ބަފަޔާ އާއި އަހަންނާ ދިމާވީ ޕެޓްރޯލް އަޅަން އީޒީ ފިލް ޝެޑް ތެރޭގަ ހުއްޓައެވެ. އަހަރެން ހަމަ ފެނުމާއި އެކު ބަފަޔާ ގޮވާލިއެވެ.
 
ބަފަޔާ: އޭ ޅިޔަނާ. އާދެ ބަލަ މިކޮޅަށް. ނެތެއްނު މިހާރު މި ކަންވެސް ކުރެވޭކަށް.
އަހަރެން: ކޮބާ ކޮންކަމެއްގެ ވާހަކައެއް ތިދައްކަނީ.
ބަފަޔާ: އަހަރެން މި ދައްކަނީ މިތާ ޕެޓްރޯލް އަޅަން މިތިބޭ ކުދިންގެ ވާހަކަ. މިމީހުން މިތިބެނީ ޕެޓްރޯލް އަޅަން އަންނަ މީހުންނާ ވާހަކަ ދައްކަން. ޕެޓްރޯލް އަޅަން އައިސް އޮންނަ ކިޔޫގެ ކޮޅު މިއޮންނަނީ ގޮސް ކާނިވާ ތެރޭ.
އަހަރެން: އިހަށް ތިވާހަކަ ހުއްޓާލާފަ ހިނގާބަލަ ސައިތަށްޓެއް ބޯލަން. އެބައޮތޭ މަޝްވަރާ ކޮށްލަންވެފަ.
ބަފަޔާ: ކަލޯމެނަކަށް ނޯވޭ ވަގުތެއް ބަފަޔާމެންގެ ޝަކުވާ އަޑުއަހާކަށް. އަބަދުވެސް ބަފަޔާމެން މިޖެހެނީ ކަލޯމެނަށް މަޝްވަރާދޭން.
އެހާ ހިސާބުން ބަފަޔާގެ ސައިކަލަށް ޕެޓްރޯލް އަޅަން ހުރި ކުއްޖާ ބަފަޔާއާއި ދިމާލަށް ފާޑަކަށް ބަލަމުން ލާރިކޮޅުގައި ހިފިއެވެ. އަހަރެން ދިޔައީ ބަފަޔާއާއި އެކު ސައުތު ސެވަން އަށެވެ.
ބަފަޔާ: ކޮބާ. ކޮންކަމަކާ މިފަހަރު ތިއައީ. ކުރީ ދުވަހުވެސް ކަލޯ ބްލޮގުގަ ޖެހީ މަދެއްކި ވާހަކަ މުޅިން އިދިކޮޅަކަށްނު. މަ ފެންނަ އިރަށް މިހާރު އެއްކަލަ ގްރީވަންސް ކޮމިޓީ މީހުން ތިބެނީ ލޯ އަޅައިގެން. ޚާއްސަ ކޮށް ފެހި ކާރު ދުއްވާ ސޮރު.
އަހަރެން: އަޅާލާނެ ކަމެއްނެތް. އަހަރެމެން ނުދައްކަމެއްނު ދޮގު ވާހަކައެއް. މުޅިންވެސް ޚަބަރުތައް މިޖަހަނީ ޕްރޫފް ރީޑްކޮށް އެޑިޓްވެސް ކޮށްފަ. ތިއެއް ނޫނޭ. އަޑުއެހިންތަ ކުންފުނީގެ ސްޓްރަކްޗަރ އަލުން ބަދަލު ކުރި ވާހަކަ. މިހާރު ހުރިހާ ޑިޕާރޓްމެންޓް ހެޑުން ތިބެނީ ލެވެލް 6 ގަޔޯ.
ބަފަޔާ: ކޮބާ މައްސަލަޔަކީ؟ ހުރިހާ މަލާއިކަތުން ތިބެނީ 7 ވަނަ އުޑުގަ. އެހެންވީމަ ކޮބާ ހެޑުން ލެވެލް 6 އަށް ބަދަލު ކުރުމުގެ މައްސަލަޔަކީ؟
އަހަރެން: ސުބުޙާނަﷲ ތިކަހަލަ ވާހަކަ ބަފަޔާވެސް ދައްކަންތަ؟
ބަފަޔާ: ބަލަ. މަ ބުނީމަ މި ގޯސްވީ. މޫސާ ނިޒާރުމެން ވައްދައިގެން އެމީހުން ދެއްކިހާ ވާހަކަ ކަލޭމެން ތިތިބީ އަޑުއަހާފަ. އޭނަ ގެނައި ބަދަލެއް ކަމަށްވާނީ ތިވެސް.
ބަފަޔާގެ ވާހަކަ އަހަންނަށް ވިސްނެންފެށީ އެހާ ހިސާބުންނެވެ. ބަފަޔާ މިބުނަނީ މި ހުރިހާ ކަމެއްވެސް މިއީ ކުރިން ޑީއާރުޕީން ވެރިކަން ހިންގި އިރު ރާވާފައިވާ ކަންތައް ކަމެވެ. ނަފާ ނަސީމުއައިސް އެމީހުން ކައިރި ކޮށްލުމުން މިހާރު ވަގުތުގެ ބޭނުން އެމީހުން ހިފަނީ ކަމެވެ. އަހަރެންގެ ހިތަށް އެވަގުތު އެރީ ނަފާ ނަސީމަށް ހަމަ ނުވިސްނެނީ ބާވައެވެ. ނޫނީ ބެއްޔާމެން ބުނާ ގޮތަށް ފެންދީފަ ކަތިލަން ބޭނުންވަނީ ބާވައެވެ.
ބަފަޔާ: ކަލޯމެން ތިހެން ވިސްނަން ތިއްބާ އެމީހުން ހިތުހުރިހާ ގޮތެއް ހަދާނެ. ނިކަން ބަލާބަލަ. މުއްޒަފުންގެ ލެވެލް ބަދަލު ކުރުމާއި ޕްރޮމޯޝަން ދިނުމާއި ބެހޭ ގަވާޢިދެއް ހެދި، ލެވެލް ބަދަލުވާއިރު ހުންނަންޖެހޭ ވަކި ކޮލިފިކޭޝަނަކާއި އެކްސްޕީރިއަންސެއް ކަނޑައެޅިފައިވާ އިރުވެސް އެއަށް ބެލުމެއް ނެތި މިހާރު އެމީހުން އެތިބީ މަތިފަޑިއަށް އަރާ. މިހާރު ދެން އަންނަ މީހަކުވެސް ބަލާނީ މި މީހުންނަކީ ގާބިލު މީހުންނަށް ވާތީ އެލެވެލްގަ ތިބެނީ ކަމަށް. މިގޮތަށް ކޮސް ހެދި ހެދި މި ހެޑުން މިހާރު މިތިބީ ބޮޑުވެގެންގޮސް ގަޔަށް …ހެޑފަ.
އަހަރެން: އޭ ބަފަޔާ. މިތާ އެހެން މީހުންވެސް ސައިބޯން އެބަތިބި އިނގޭ. ނިކަން ރިތިކޮށް ވާހަކަ ދެއްކޭތޯ ބަލާބަލަ.
ބަފަޔާ: ތެދެކޭ ދޯ. ޓޮޕިކް މާ ހޫނުވީމާ ވާނީވެސް އެހެން. އެކަމަކު ބުނަން. އެމީހުން އެލެވެލް ތަކަށް ގެންގޮސް ބޮޑު މުސާރަ ދޭއިރު ދަށުގަ މަސައްކަތް ކުރަން ތިބޭ މީހުންނާއި މެދު އެމީހުން އެއްގޮތަކަށްވެސް ނުވިސްނާ. މިހާރުވެސް އެއުޅެނީ ލެވެލް 4 ގަ ތިބި އެންމެންގެ ފިކްސްޑް އޯޓީ ކަނޑާލަން. ބަލަ! މި މީހުން ކީއްކޮށްގެންތަ މި މީހުންނަށް ފިކްސްޓް އޯޓީ އޮންނަންވީ؟
އަހަރެން: ތީ ތެދު. އަހަރެންވެސް ގަބޫލު ކުރަން ތިހެން ތިކަން އޮވިއްޖިއްޔާ ދެރަމީހުން އިތުރަށް ކަޑަވެފަ މޮޅުމީހުންނަށް ހައްތަހާ މޮޅުގޮތްވާނީ.
ބަފަޔާ: އަދި މީގަ ހިއެއްނުވޭ ޗެއަރމަން އަށް މިކަން ރަގަޅަށް އެނގޭ ހެންވެސް. އޭނަޔަށް މި ބަދަލު ގެންނަ ކަން އެގިއްޖެނަމަ ހިއެއްނުވޭ މިގޮތަށް މީތި އެޕްރޫވް ކުރާނެ ހެންވެސް.
އަަހަރެން: އެހެންތަ. އެކަމަކު ހިއެއް ނުވޭ ތިހާ ބޮޑު ކަމެއް ޗެއަރމަން އަށް ބްރީފެއް ނުދީ ނިންމާނެ ހެން. އަދި މި ބަދަލު ގެނައުމުން ކުންފުންޏަށް ކުރާނެ އޯވަރޯލް އަސަރު ނުބަލާ މިކަން ކުރާނެ ހެންވެސް ހިއެއްނުވޭ.
ބަފަޔާ: (ރުޅިއައިއްސަ) ތިޔޭ ކަލޯމެންގެ މައްސަލައަކީ. އަބަދުވެސ މަސައްކަތް ކުރާނީ ގޮތުގަ ތިބެން. ބަލަ ކަންއޮތް ގޮތަށް ކަންކުރާނަމަ ބަފަޔާމެން މިއަދު ތިބޭނީ ލެވެލް 4 ގަ ތަ؟؟ މިހާރުވެސް ބަލާބަލަ ހެޑފަ އެތިބަ މީހުންގެ އެކްސްޕީރިއަންސް ބަފަޔާމެނާ ގާތްވެސް ކޮށްލެވޭތޯ. މުޅިންވެސް އެހެން ބޮޑުވަމުން ލެވެލް މަތިވަމުން އެމީހުން އެއަންނަނީ. ކޮންމެ އެމްޑީއަކުވެސް އެބަލަނީ ގާބިލް މީހުންނަކީ އެމީހުން ކަމުގަ. އެކަމަކު ކަލޯޔަށްވެސް މަށަށްވެސް އިނގޭ އޭގެ ތެރެއިން ގިނަ މީހުންނަކީ އޮޅިގެން އެހާ ހިސާބަށް ގެނެވިފަ ތިބި މީހުންކަން. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ މުޅިންވެސް މީހުންގެ މުޅަމަސްކާ މީހުން. ނުވިތާކަށް އަބަދުވެސް ކޮންމެވެސް ޕާޓީއަކަށް ކެމްޕޭން ކޮށްދޭނީ.
ސަައިބޯން ތިބި އެންމެންގެ ލޯ އަހަރެމެންނާއި ދިމާލަށް ހުއްޓިފަ ވާތަން ފެނުމާއި އެކު އަހަރެން ބަފަޔާ ހުއްޓެވީމެވެ. އަދި އަވަހަށް ބިލް ކަނޑާލުމަށްފަހު ބަފަޔާ އަށްވުރެ ކުރިން ކާނިވަލުން ނުކުމެ ގެއަށް މިސްރާބު ޖެހީމެވެ.
އިސްތިހާރު

16 ޚިޔާލުތައް (+add yours?)

 1. Birukuda Ali
  މާރިޗު 20, 2009 @ 13:48:55

  ohoh…Mr.sherrif come to the common sense….do u think u can go to mars when hussn shiym is replaced by thaslm…look at the scenario with an unbiased mind…thas is busy in his campaign …how much effort do u think he gives to office work….he is nothing better than the rest of the contracting staffs…being a bulbul does’t mean he can do everything…holding a MS qualification doesn’t mean he can be better than a graduate

  ރައްދު

  • dhoniya
   މާރިޗު 22, 2009 @ 12:28:31

   i know there are university drop outs do better job than hussain shiyam.. hahah.. funny thing is that some are still in the shadow of an ant? they think they are the best who knows everything in MTCC? damn.

   ރައްދު

 2. kakuni
  މާރިޗު 17, 2009 @ 19:03:06

  ahareh hushym aah magumathin dhimaaveema, varah dhera ve hure commitee ge meehakah veema eyna gaathu ehee meve, kiriyaa ves kameh kohdheven oiy nama aharenge fixed OT hama jeheytho masaikai kodhey veytho balaashe. libey eche thi madhuvaatheeve.

  tikan thee varah gos koh kofa oiy kameh, ma mulhin taa eedhuves nukuraa kameh, aharen balaa nan ti fixed oT nuhagun dhey ethi kadaaleveytho, bala managnt akah gaanoon akah baareh nuforuveyne. gavaidhaa egotah kankuran vaanee.

  ma eyruves buneemey tiyah vureh maa ragalhu vaaneyey kadaalafa bodeti meehunnan allowance eh dhin nama.

  aharen iturah mikamaa ayee rulhi , tihiree hushym dhekey goi, ginan kaan, bodu musairaiga ot libifa adhi eyge iturun etah allownace takeh.

  tigotah visanaameehun fahun adhi hiti anaane. mihaaru aharunge dhalun musara bonee thi.

  iraadha kureh veeyaamu hushym, varah bodah meehunge kurimathee veteyne

  ރައްދު

 3. sherrif
  މާރިޗު 17, 2009 @ 17:31:29

  I have the right to get the fixed OT, i am a unit head, and is loosing everything i earned from so many hard work. MD can do such important changes, make us feel important to the company.package must not be decrease due to the new system

  Why cant the management ask from the departments who are unit heads and give us the fixed OT, HR should take initiative to give the unit heads what they deserve.

  Are the departments heads dead, why aren’t they fighting for our rights.

  Put some capable person to the steering committee who could fight for our rights

  Replace Hussain shiyam with Thasleem and also replace Hamid with marketing Latheef, Resign from commitee

  Where is the Head of HR Shaheen??????

  Management wont lose much by giving us the fixed OT, can someone fight for our rights.

  Where is the complain committee. Ask them to check this BLOG. Board Director AMEEN are u heating the CHAIR or replace the committee

  Heads of department doesn’t have real gentleman, they can wear ladies cloth n dance, and the women should clean the road.

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: