Bafayaa bunanee 6


ބަފަޔާ ބުނަނީ: އެލްކޭޖީ އަށް ކުރި ޚަރަދުވެސް ބައެއް މީހުންނަށް އަނބުރާ ލިބޭ ކަމަށް
 
ބަފަޔާގެ ޚަބަރު ނުވާތީ އެންމެންވެސް މަށާ ސުވާލު ކުރަނީއެވެ. ބަފަޔާ ހުރީ ސިންގަޕޯރުގައޭ ބުނެ އެމީހުންނަށް ދުވަސްކޮޅަކަށް އޮޅުވާވެސް ލެވުނެވެ.
އެކަމަކު ދެން މިހާރު ބަފަޔާ ސިންގަޕޯރުން ނާންނާނެ ކަން އެނގޭތީ، ރަގަޅުވާނީ އާޚަބަރެއް ހޯދާލައި މީހުން މިކުރާހާ ސުވާލުތައް ހުއްޓޭނެ ގޮތެއް ހެދިއްޔާ ކަމަށް ފެންނާތީ ބަފަޔާ މެންގޭދޮށަށް ދިޔައީމެވެ.
ދޮރުގައި ޓަކި ޖަހާލުމާއިއެކު ތުވާލިގަނޑެއް އަނދެލައިގެން ބަފަޔާ ނުކުތީ މަގުމައްޗަށެވެ. (އިތުރަށް ވިދާޅުވުމަށް)

އަހަރެން: ސުބުހާނަﷲ. ތިހެން ހުރެ މަގުމައްޗަށް ނުކުންނަންޏާ މީހުން ހީކުރާނީވެސް ކީކޭ؟ އަދި މިކަހަލަ ދުވަސް ވަރެއްގަ.
ބަފަޔާ: ނަސީބެއްނު މީގެ ދެމިނެޓް ކުރިން ހުރި ގޮތަށް ނު ނުކުތް ކަން. އެހެންނަމަ ކަލޭ ބުނާނެ މަގޭ ރެކޯޑްވެސް 35 އަށްވުރެ ދަށެއް ނުވާނެޔޭ.
އަހަރެން: ދެން ތިވާހަކަ ހުއްޓާލާފަ ނިކަން ފަހުގެ ޚަބަރުތައް ކިޔާދީބަލަ.
ބަފަޔާ: ކަލޯ ބުނަން ރަގަޅު ވާހަކައެއް. ކަލޯމެން ތިހެން ވާހަކަ ބްލޮގަގަ ޖަހަޖަހާ ތިބެން ޖެހޭނީ. އެއްވެސް ޙައްލެއް އަންނަތަން އެބަ ފެނޭތަ؟ ތިވާހަކަތައް ވާނީ ހަމަ ފޫނެތް ފާޔަށް ފެން ފުރުން ކަހަލަ ކަމަކަށް.
އަހަރެން: ނޫނޭ. މިހާރުވެސް ނިކަން ބަލާލަ. ކޮންމެ ހަފްތާއަކު އެއްފަހަރުހެން އެބަ މެނޭޖްމަންޓް ބަދަލު ކުރޭ. އަހަންނަށް ހީވަނީ ގްރީވަންސް ކޮމިޓީ ހަދަންވެސް މިހާރު މެނޭޖްމަންޓުން ނިންމައިފިހެން.
ބަފަޔާ: ތި ދެން އަނެއް ގަރުދިޔަގަނޑު. ކަލޯމެނަކަށް ނުފެނޭތަ އެތާ ތިބި މީހުންނެއް. މިހާރުވެސް ރަށުގަ ނެތް މީހަކާ، ހުރިހާ ކަމަކާ އަބަދުވެސް ބެހި ކުންފުންޏާއި މެދު 23 ގަޑިއިރު ވިސްނާ މީހަކާ، ސްކޮލަޝިޕް ކޮމިޓީގައި އުޅުނު އިރު ކުޑައިރު ކިޔެވި ކިޔެވުމަށް ނެގި ލޯނު ކުންފުނިން ދައްކާ ގޮތަށް ހެދި މީހަކާ، ޑީއާރޕީއަށް މަރުދެމުން އައި ބޯޑް މެމްބަރެއްނު މިހާރު ތިތާ ތިތިބީ. ކިހިނެތްތަ ކަމެއް ރަގަޅު ކުރާނީވެސް ހުރިހާ ދިމާލަކަށްވެސް މިއޮންނަނީ ވައިރަސް އަރާފަ ވިއްޔާ.
އަހަރެން ހުރީ ދައްކާނެ ވާހަކައެއްނޭގި ސޮނި ވެއްޓިފައެވެ. ބަފަޔާ ދެއްކި ހުރިހާ ވާހަކަ އަކީވެސް ތެދެވެ. ބައެއްގެ ގްރީވަންސް އަޑުއަހައި އެކަމަށް ފިޔަވަޅު އެޅޭނެ ފަދަ ހަރުދަނާ މީހުން ކޮމިޓީގައި މަދެވެ.
އަހަރެން: ބަފަޔާ ތިބުނީ މުޅިއަކުން ތެދެއް ކަމަކަށް ގަބޫލެއް ނުކުރަން. އެހެން ނަމަވެސް އަހަރެންވެސް ތިބުނާ ކުރީގެ ކިޔެވި ކިޔެވުމަށް އެމްޓީސީސީން ލާރި ދެއްކުމާ އިދިކޮޅު.
ބަފަޔާ: އާނ އެހެންޏާ. އެމީހުން އެގޮތަށް އޮފީހަށް ވަނުމުގެ ކުރިންނާ އޮފީހުގަ އުޅެމުން އެހެން މީހުންގެ އެގްރީމެންޓުގަ ހަދާ ކޯސް ތަކަށް އެމްޓީސީސީން ލާރި ދައްކަންޏާ، އެމްޓީސީސީން ޖެހޭނެ މަށަށްވެސް ލާރި ދޭން.
އަހަރެން: އެޔޯ. ކޮންކަމަކާ ބަފަޔާ އަށް ލާރި ދޭން ޖެހެނީ.
ބަފަޔާ: ބަލަ މަވެސް މާފަންނު މަދަރުސާ އިންނާ ޢާލިޔާ އިން ކިޔެވީ ލާރި ދައްކައިގެންނޭ. އަދި ނުވިތާކަށް ރާއްޖެ ތެރޭ ކުއްޖަކަށް ވާތީ އަހަރެން ހުރީ މާލޭ ބަޔެއްގެ ކައިރީގަ. އެހެންވެ އެގޭގަ ހުރުމާ ކާންދިނުމަށްވެސް ބޮޑު ހޭދަ ކޮށްގެން. ގާތްގަޑަކަށް 4500 ވަރަކަށް ރުފިޔާ ކޮންމެ މަހަކު އަތުންދިޔަ. އަޅެ އެހެން މީހުންނަށް އެބުނާ ކިޔެވުމުގެ ލޯން އަދާ ކޮށްދެންޏާ މަށަކަށް ނުޖެހޭތަ މަ ކުރި ޚަރަދުގެ %50 އަނބުރާ ދައްކާކަށް. މަވެސް މިކުރަނީ އެމްޓީސީސީގެ މަސައްކަތް ވިއްޔަ.
ބަފަޔާ ފިނިކޮށްލަން އަހަރެން ބުނީމެވެ.
އަހަރެން: ތީ ހައްތާވެސް ރަގަޅު ވާހަކަ. އެކަމަކު ތިވާހަކަ އަޑު އަހާނީ ކާކު. މިހާރު އެހެރަ އެމްޑީއަށް މި މީހުން ވަރެއް ނެތް. އަހަރެމެންވެސް މިތިބީ ތިކަހަލަ ވާހަކަ ދައްކާތީ ސައިޒަށް ކަނޑާލާފަ ވިއްޔާ.
ބަފަޔާ: މަ އެބަ ޖެހޭ ކުޑަކޮށް ރީތިވެލައިގެން ދަރިފުޅު އެބޯޓް ކޮށްލަން ސްކޫލް ދޮށަށް ޖައްސާލަން.
އަހަރެން: އޭނ. ތިބުނީ ކީކޭ؟ ދަރިފުޅު އެބޯޓް ކޮށްލަނީއޭ؟؟؟
ބަފަޔާ: ހިނިއައިސް ހުރެ. ކޮބާ ކަލޯމެނަށް ނޭގޭ ބަސްތައްވެސް އެބަހުއްޓެއްނު. އަހަރެންބުނީ މިދަނީ ދަރިފުޅު ‘ސްކޫލަށް ވައްޓާލަންށޭ’.
އަހަރެންވެސް ބަފަޔާ އާއި ބައިވެރި ވުމުގެ ގޮތުން ހީނލާފައި ދެން ދަނީއޭ ބުނެ ނައްޓާލީމެވެ. އެކަމަކު އަހަރެންގެ މުޅި ސިކުނޑީގައި އެބުރެނީ ބަފަޔާ ދެއްކި ވާހަކަ ތަކެވެ. އަަހަރެންވެސް އެއީ ތެދަކަށް ވަންޏާ މި އޮއް ހުރިހާ ދުވަހު ކިޔެވި ލާރި އާއި ގޭގެ ކުލި އަދި ނުވިތާކަށް ސްކޫޕުން ބުއި އައިސްކޯނުގެ %50 އެމްޓީސީސީއަށް ހުށަހަޅައި އެ ލާރި ހޯދުމަށް އަޒުމް ކަނޑައެޅީމެވެ. ބަފަޔާ އާއި ޚިލާފަށް އަހަރެން އެލާރި ކްލެއިމް ކުރާނީ މި ހުރިހާ ދުވަހެއްގެ އިންޓްރެސްޓާއިވެސް އެކުގައެވެ.
އިސްތިހާރު

4 ޚިޔާލުތައް (+add yours?)

 1. magey
  މާރިޗު 15, 2009 @ 00:42:55

  އޭ ބަފަޔާ ކޮބާތަ ޓަގް އެންޑް ބާރޖް ގެ ހަބަރު، ބަފަޔާ ދޭބަލަ ކާނިވާ ތެރެއަށް ހަބަރު ލިބޭތޯ.

  ރައްދު

 2. magey
  މާރިޗު 15, 2009 @ 00:39:52

  އާމިރް ތިކަން ވެދާނެ، މެލޭގަ ތިބިމީހުންނާ ، ލ. ގަ ތިބިމީހުންނާ ކިތަންމެވަރަކަށްވެސް ބައްދަލުކުރެވިދާނެ، އެހެންމީހުން ޖެހޭނީ އޮފީހަށް އައިސް ކިއުހަދަން، ކިއުއަށް އަރަންވާނެ 9.00 ޖަހާއިރު އެބެޔަށްއާދެވޭނީ 11.30 ނޫނީ 12.00 ޖަހާއިރު. ކިޔު ހަދާފަ ބަހައްޓާ. އޭރުންތާ ދޯ ބިޒީކަން އެނގޭނީ.

  ރައްދު

 3. badboy
  މާރިޗު 14, 2009 @ 10:01:07

  thee varah unfair kameh kurin hedhi koas thakah laaridhekkun. Thikan vaanee corruptionah. mihaarun feshigen huttaalan govaalan.

  ރައްދު

 4. Amir
  މާރިޗު 13, 2009 @ 12:41:44

  Bafayaa Malay ah annan ulhey kamah varah ithubaaru huri faraathakun mikolhah khabaru libijje… a e thedheh tha? aharemennaa badhdhalu koh lan vaane Mac innama vess.

  Mtcc Malaysia (Suzan,Leela(Unit head),Yaasin,Shakir,Iyaz,Zoona)

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: