Aihmathi khabru 1….


އަތްމަތީ ހަބަރު 1  : ވަޒީފާއާއި ބެހޭ ޤާނޫނު ކަރުތާފެނަށް!
ޖޯޖް ކްލޫނީ
 
ވިސްނުމެއްނެތި ކޮށްފިކަމަކުން، އެންމެފަހަރަކު ދޭހުގާ
                ނިކަމެތިވެދެޔޭ ކޮންމެބަޔަކުވެސްބޭއިންސާފު ވެރިގޮތެއްގާ،
 
        މި ޅެންބައިތަކީ ވަރަށް ކުރު އަދި އެހާމެ ފޮނި އިބާރާތް ކޮޅެކެވެ. ކުރުގޮތަކަށް ބުނާނަމަ މިއިބާރާތުން ދޭހަވަނީ އިންސާފުވެރި ގޮތެއްގައި ކޮންމެ ބަޔަކާމެދުވެސް ކަންތައް ކުރާށެވެ. (އިތުރަށް ވިދާޅުވުމަށް)

މި ޅެންބައިތު ކިޔާ ގިނަބަޔަކު ވިސްނަފާނެ، މިއީ ލޯބީގެ ހަދިސާތަކުގައި ހިގާ ކަންތަކެވެ. އެގޮތަށް ވިސްނުން ހުންނަ ބަޔަކީ ލޯބީގެ ކަންތަކުގައި އަމިއްލަ ކަރުގައި މަޅިޖަހާ މީހުންނެވެ. އެމީހުން އެހެންބައެއްގެ ކަންތަކާމެދު ނުވިސްނާނެއެވެ. ވީމާ ކޮންމެ ބޭފުޅަކުވެސް ބަލަންވީ އެމީހަކަށް ލިބެންޖެހޭ ނުވަތަ އެހެންބަޔަކަށް ދޭންޖެހޭ ހައްޤުތަކެއް ވޭތޯއެވެ. އަތްމަތީ ޙަބަރު މިއަދު ހާއްސަ ކޮށްލަނީ ވަޒީފާ އާއިބެހޭ ޤާނޫނަށެވެ.
        އެމް.ޓީ.ސީ.ސީ އަކީ ރައްޔިރުންގެ ޙިއްސާވާ ކުންފުންޏެކެވެ. އެތަނުގައި ވަޒީފާ އަދާކުރާ ބައެން މުވައްޒަފުންނަކީ ކޮންމެވެސް ވަރެއްގެ ހިއްސާއެއް އޮންނަ ބަޔެކެވެ. މިހެންވީއިރު މުވައްޒިފުންނައް ލިބެންޖެހޭ ޙައްޤުތައް ނުލިބެނީ ކީއްވެގެންތޯއޭ ހިތަށްނަރާބާވައެވެ. މިހާރު ޤާނޫނު ބުނާގޮތުންނަމަ، ވަޒީފާދޭ ހުރިހާ ފަރާތްތަކަކުންވެސް އޮންނަން ޖެހޭނީ ޤާނޫނީ އަމަލީ ސިފައެއް ގެނެވިފައެވެ. އެހެންނަމަވެސް އެމް.ޓީ.ސީ.ސީ ގައި މިފެންނަނީ މުޅިން ތަފާތު މަންޒަތުތަކެވެ. ކުރީގެ އެމެ.ޑީ ވަނީ 25 ޖެނުއަރީ 2009 ން ފެށިގެން ވަޒީފާ އާއި ބެހޭ ޑްރާފްޓެއް ފާސް ކޮށްފާވީނަމަވެސް ސިޔާސީ މަރިހަލާއަށް އައި ބިންހެލުމެއްގެ ސަބަބުން މިޑްރާފްޓް ވަނީ ބާތިލް ކޮށްފައެވެ. މިހެންހެދުމުގެ ބަދަލުގައި ކީއްތޯވާނީ އިސްލާހީ ބަދަލެއް ގެނެވެންދެން، ކުރީގަ ފާސްކުރި ޑްރާފްޓް ބޭއްވިނަމައެވެ. ގިނަ ބައެއްގެ އުސޫލު ހުންނާނީ “މާކަނާ” ގެ އުސޫލެވެ.
        ވަޒީފާއަކީ ކުރިމުސްތަގުބަލެކެވެ. އޭގެބަދަލުގައި ބަލަންވީ އަދުގެ މުސްތަޤްބަލް އުޖާލާ ކުރާށެވެ. މިކަން ކުރެވޭނީ ހުރިހާ މުވައްޒިފުންގެ އެއްބާރުލިބިގެންނެވެ. ޤާނޫނު 2008/2 ،4ވަނަ ބާބުގައި އިސްލާހު ކުރެވިފައިވާ ފަދައިން ވަރަށް ގިނަ މުހިއްމު ކަންތައްތަކެއް ބަޔާން ވެފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް މުހިއްމު 4 ކަމެއްފާހަގަ ކޮށްލާނަމެވެ.
        15 ވަނަ ނުކުތާގައި ބުނެފައިވަނީ ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ބަޔާނެއް ދޭންވާނެއެވެ. މިއީ ވަރަށް ދިގު އިންތިޒާރަކަށްފަހު ގިނަބަޔަކަށް ލިބުނު އުފަލެކެވެ. އަނެއްބަޔަކަށް ލިބުނު ހިތާމައަކަށްވެސް ވެދާނެއެވެ. ސަބަބަކީ ވޭތުވެ ދިޔަ ދުވަސްތަކުގައި ބައެއް މުވައްޒަފުން ވަނީ ވެރިންގެ ގޭގެއަށް ކަނޑުމަސް ގެންގޮސް ދީފައެވެ. މިވީކިހިނެއްތޯ އަހާލުމުން ބުނެފައިވަނީ، މިއީވެސް ކުރަން ޖެހޭ ވަޒީފައެއްކަމެވެ. އަދި އޮފީސް މަސައްކަތާ ގުޅޭ ކަންތަކުގައި، އޮފީހުގެ އިސްވެރިން ދާއިރު ބައެއް އަންހެން މުވައްޒަފުން ގެންދާކަން ވަނީ މި ނިއުސް ޗެނަލް އަށް ފާހަގަ ކުރެވިފައެވެ. މިކަމުގެ ސަބަބުން ބަދުއަޙްލާގީ އަމަލު ތަކަށް އެރުން އިތުރުވެދާނެކަމަށް ފާހަގަ ކުރެވެއެވެ.
        20 ވަނަ ނުކުތާއަށް ބަލާލާއިރު، ވަޒީފާއަށް ނައިކަމުގައި ވިޔަސް މުސާރައިން އެއްވެސް ވަރެއް ކަނޑައިގެން ނުވާނެއެވެ. ބުނެލަން ބޭނުންވަނީ މިހާރު ޤާނޫނު ފާސްވިކަމުގައި ވިޔަސް، އެމް.ޓީ.ސީ.ސީ ގައި މުވައްޒަފުންގެ ގަޑިޖެހޭ ލާރި ކަނޑަނީ ކުރިއެކޭ އެއްގޮތަށް ކޮންމެ 15 މިނެޓަކަށެވެ. ހަމަ އެއާއެކީ އެބްސެންޓް ވާ ދުވަހަށް އެމުވައްޒިފެއްގެ ދުވާލަކަށް ޖެހޭ މިންވަރު އުނިއިތުރު ކުރެއެވެ.
        އަހަރީ ޗުއްޓީ އަކީ ވަރަށް ބޮޑު އިނާޔަތެކެވެ. ވަޒީފާ އަދާ ކުރާތާ 1 އަހަރު ވުމުން ކޮންމެ މުވައްޒަފަކަށްވެސް 30 ދުވަހުގެ ޗުއްޓީއެއް ވަނީ މުސާރަ ލިބޭ ގޮތަށް ހަމަޖެހިފައެވެ. މިއީ އަތްމަތީ ޙަބަރު ގެ އިދާރާއިން ހަމަޖެއްސި ގޮތެއްނޫނެވެ. ވަޒީފާ އާއި ބެހޭ ޤާނޫނުގެ 39 ވަނަ ނުކުތާގައި ބަޔާން ކުރެވިފައި އޮންނާނެއެވެ. ފަހަރެއްގާ ކުންފުނީގެ ވެރިންނަށް އޮޅިވަޑައިގެންފާނެތީ މިވާހަކަ ބުނެލީއެވެ. މިކަން މިގޮތަށް އޮތް ކަމުގައި ވިޔަސް، މިހާރުވެސް އޮފީހަށް ހާޒިރީ ނުވާކަމުގައި ވާނަމަ 1 އަހަރު ދުވަހުގެ ޗުއްޓީ ނުލިބޭކަން ނޭގޭ ވަރަށް ގިނަ މުވައްޒަފުން މިކުންފުނީގައި ތިބޭނެއެވެ. މިހެންވާ ސަބަބަކީ، މިއަހަރު ފެށުނުއިރު ވަޒީފާއާއި ބެހޭ ޤަވާއިދެއް ފާސްކޮށް އެއަށް އަމަލުކުރަން އިންޓްރާނެޓުގައި ޖަހާފައިވާއިރު މި ޤަވާއިދު ބާތިލް ކުރިކަން އަންގާފައި ވަނީ ކުންފުނީގެ އިސްވެރިންނަށެވެ. ވީއިރު ދެންތިބި ސްޓާފުންނަށް މިކަންވާނީ ނެގިފައެވެ. އެބޭފުޅުނަކީ މައުލޫމާތު ފޯރުކޮށްދޭ ބައެއް ނޫންކަން ޤަބޫލު ކުރާބައެކެވެ. ވާނީވެސް އެހެންތާ!  “އަމާ ބުނީތީ ފަރަށް ދާ” އުސޫލަށް މުވައްޒަފުންވަނީ ހޭނިފައެވެ.
        ކޮންބައެތޯ ހޭވައްލާ ތައްޔާރީ! މިގޮވާލަނީ މުޒާހަރާކުރާށެވެ. މަސްވެރިންނަކަށްނޫން، އެމް.ޑީ.ފީ އަކަށްނޫން މުޒާހަރާ ކުރެވޭނީއަކީ! މިކަން ކުރަންބޭނުން ކޮންމެ ބަޔަކަށް މިކަންވާނެ! އެމް.ޓީ.ސީ.ސީ ގެ މުވައްޒަފުން ގޮވަންވީ މިކަމަށް އަވަސް ހައްލެއް ހޯދަދިނުމަށް! ގެއްލިފައިވާ އިނާޔަތްތައް ހޯދުމަށް! އަވަހަށް އެންމެން އެއްބާރުލައިގެން ދުވަހެއް ހަމަޖައްސާ!    އަވަސް !  އަވަސް!
އިސްތިހާރު

1 ޚިޔާލު (+add yours?)

  1. hiyaalufaalhukuraameehaa
    މާރިޗު 13, 2009 @ 17:12:02

    ކޮންމެހެންބަޔަކުމުޒާހަރާކުރީތީ ދަށްކަން މުޒާހަރާކުރަން ޖެހޭތަ ލިއުންތެރިޔާހަބިމައްފައިބާ އަދިތިގޮތައް މުޒާހަރާއައްގޮވާފައި މަނިކުފާނުއުޑައްއަރާނީކީ ނޫން

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: