Amaa Takaful Insuarance 02


“އަމާ” ޓަކަފުލް އިންޝުއަރެންސް 02!!!!
އަމާނާޓަކަފުލް އިންޝުއަރެންސް ސްކީމްގެ ދަށުން ޑިޕެންޓުންގެ ގޮތުގައި މެންބަރޝިޕް ހަދާފައިވާ ފަރާތްތަކުގެ އިންޝުއަރެންސް ކާޑު ނުލިބި ލަސްވާތީ އެއްވެސް މުވައްޒަފަކު، އެޗްއާރާ ސުވާލު ކޮށްލައިފީމުހެއްޔެވެ؟. މިހާރު މިކަމެއް ފެށިފަހުންވެސް 03 މަސްވަނީއެވެ. މުއައްޒަފުންގެ ޝަކުވާތަކާއި ރުޅިވެރިކަން ހައްތާ ދަނީ އިތުރު ވަމުންނެވެ.(އިތުރަށް ވިދާޅުވުމަށް)

ވާނީވެސް އެހެންތާއެވެ. މުސާރަކޮޅު އަތަށް އަރާއިރު ކުރަންޖެހޭ ޚަރަދުތައް އޮންނަނީ ކޮޅުންލާފައެވެ. ހަތަރު ފަސްދުވަހުގެ ތެރޭގައި ލިބޭ ކުޑަ މުސާރަކޮޅު ހަވަޔެއްހެން އަރައިގެންދެއެވެ. ދެން ޢާއިލާ މެންބަރަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން ޖެހިއްޖެނަމަ ޖެހޭނީ އަނެއްކާވެސް ކޮންމެވެސް މީހަކަށް އާދޭސް ކޮށްގެން ސަލާން ޖަހާށެވެ. އިންޝުއަރެންސުން އެލާރިކޮޅު ލިބުމުން އަނބުރާ ދައްކާގޮތަށް ކޮންމެވެސް މީހެއްގެ އަތުން ދަރަންޏަށް ނަގާށެވެ. އަނެއްކާ އަމާނާޓަކަފުލްއިން އެލާރިކޮޅޮޅު އަބުރާ ލިބެނީވެސް މަސްދެމަސް ދުވަސް ވާފަހުންނެވެ. މިހާދޯދިޔާކޮށް މިކަން އޮންނާތީވެ އަބުރާ ދައްކާގޮތަށް ދަރަންޏަށް ފައިސާކޮޅެއް ދޭނެ ފަރާތެއްވެސް ނުވެއެވެ. ކުރީގައި އެލައިޑް އިންޝުއރެންސުން މިޚިދުމަތް ފޯރުކޮށްދެމުން ދިޔައިރު މިގޮތަށް މީހުންނަށް އާދޭސްކޮށް ސަލާންޖަހާކަށް ނުޖެހެއެވެ. މީހަކު ބަލިވާއިރަށް އަވަހަށް ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކަންވީއެވެ. އެފަރާތުން ދޫކޮށްފަ އޮންނަ އިންޝުއަރެންސް ކާޑު ބޭނުން ކޮށްގެން ޑޮކްޓަރަށް ދައްކާ ބޭސްނަގާ ހުރިހާ ކަމެއްކޮށް ފަސޭހަކަމާއިއެކު ނިންމާލެވެއެވެ.
މިބާވަތުގެ ކޮންމެ ކަމަކީވެސް ވަކިހިސާބަކުން އެކަމުގެ ތެރެއަށް ކޮރަޕްޝަނޭ މިކިޔާ ނުބައިބަލީގެ އަސަރުކުރާ ކަންކަމަށް ވާތީވެ މިކަމުގެތެރެއަށްވެސް މިބަލީގެ ޖަރާސީމު ވަނީކަމުގައި ލަފާކުރެވެއެވެ. އެހެންވީމަތާ ފަސޭހަކަމާއިކު އެއްވެސް މައްސަލައެއް ނުޖެހި ހިގަމުން އައިކަމެއް އެއްވެސް ކަމަކާނުލާ މާޚަރަދު ބޮޑޭ ކިޔާފަ މުއްޒަފުންނަށް އެއްވެސް އަންގާލުމަކާއި ނުލައި އެހެން ފަރާތަކަށް ބަދަލު ކޮށްލާނީ. މިޚިދްމަތުގައި ބައިވެރިވެފައިވާ ގިނަ މީހުން މިހާރު ބޭނުންވަނީ މިކަމުން ވަކިވާށެވެ، އެއްވެސް މުއައްޒަފަކު މިހާރު ބޭނުމެއްނުވޭ އިތުރު ތަކުލީފުތަކެއް އުފުލައިގެން މިކަންކުރާކަށެއް. ބައެއް މުއައްޒަފުން މިކަމުގައި އެމީހުން ދެކޭގޮތް މިހާރު ހާމަކުރަންވެސް ފަށައިފިއެވެ،
ހުކުރު ދުވަހު ހަވީރު އެކުވެރި މުއައްޒަފުން ކޮޅެއް ކޮފީބޯން ތިބެފައި ދެކެވުނު ވާހަކައެއްގެ ތެރޭގައި އެއްމުއަޒަފަކު ވަރަށް ރުޅިއައްސަ ބުނީ ތިޔަކާޑު އެންމެ ރަގަޅުވާނީ މަރުވީމަ ކަފުން ގަންނަން ބޭއްވިޔާއޭ !!! ހަމަ ބުނުމާއިއެކު އަނެކަކު ބުނީ ތިޔަކާޑުތައް އެއްކުރުމަށްފަހު އެޗް.އާރުގަ އެއިންނަވާ ކަމަނާޔަށް ވެދުމަށް އަރުވާށެވެ. ދެން އެހެން މުއައްޒަފަކު އިދެފަބުނީ މިފަހަރު ސްޓްރަކްޗަރ ހެދިއިރު އެޗްއާރު ޑިޕާރޓްމަންޓް ތެރޭގައިވެސް 03 ސެކްޝަން ހަދާ ކޮންމެތާކަށް ވެރިއަކު ހަމަޖައްސާފައިވާކަމަށެވެ. ހައްދަވާގެން ކުރާކަމެއް ނޯންނަ ކަމަށެވެ.މިހެން ބުނުމާއެކު ހިނި ގަނޑެއް ޖަހާލުމަށްފަހު ޖެހިގެން އިންކުއްޖަކު ބުނެލިއެވެ ” އާން، 04 ވަނަ ސެކްޝަނެއްގެ ގޮތުގަ އަމާ ޓަކަފުލް ސެކްޝަނެއް ހަދާ ބުދެއްނަމަވެސް ބައިންދާފަ އޮނިގަނޑު އަލުން އެކުލަވާލަންވީ”. އެތާގަ ކޮފީބޯން ތިބި ގާތްގަޑަކަށް 10 ވަރަކަށްކުދިން ވަރަށް ރުޅިއައސްފައިތިބެ މިވާހަކަ ދައްކަމުން ގެންދިޔައެވެ. އެމީހުންގެ ވާހަކައިން އެގުނު ގޮތުގައި މިކަމަކީ ކުންފުނީގެ ބައެއްސީނިއަރ މުއައްޒަފުން މިކަމުގެ އަޑީގައި ތިބެގެން އެމީހުންނަށް ބައިއެޅިގެން ވަރަށްބޮޑަށް ރޭވިގެން ހިގަމުންދާކަމެއް ކަމުގައެވެ. އެގޮތަށް އެވާހަކަ ނުދައްކަންވީ ސަބަބެއްވެސް ނެތް. ދެފުށް ފެންނަ ގޮތަކަށް ޓްރާންސްޕޭރަންޓް ކޮށް މިކަން ކޮށް މުވައްޒަފުންނަށް މި ސްކީމާ ބެހޭ ފުރިހަމަ މައުލޫމާތު ދީފަ އޮތްނަމަ އެގޮތަށް މުވައްޒަފުން ވާހަކަ ނުދައްކާނެ ކަން ހަމަ ކަށަވަރު.
މިހެންކަންތައްތައް ވަމުންދާތީވެ މިއިންޝުއަރެންސް ސްކީމުގައި ބައިވެރިވެފައިވާ ހުރިހާ އެންމެންވެސް މިހާރުބޭނުންވަނީ މިސްކީމުން ވަކިވާށެވެ. އަދި މިކަމާ ބެހޭގޮތުން ވާހަކަ ދެއްކުމަށްޓަކައި އެމް.ޑީ އަރިއަހަށް ދިޔުމަށްވެސް އެމީހުން މިހާރުދަނީ ތައްޔާރު ވަމުންނެވެ. ވީމާ މިކަމަށް ސަމާލުވެ ތިބުމަށް އެޗް.އާރު ހިންގަންތިބި އިސްވެރިންނަށް ގޮވާލަމެވެ. ބަޔަކު މީހުން މިކަހަލަ ކަމަކާއި ދެކޮޅަށް ތެދުވެއްޖެނަ ކޮނުނު ކޮނުނުހެން ފަސްގިނަވަމުންދާނެޔޭ ބުނާ އުސޫލުން ގިނަ ކަންތައްތައް ފަޅާއަރަމުން ދާނެކަން ހަދާން ކޮށްދެމެވެ. އެހެންވުމުގެ ކުރިން ދެންވެސް އަވަހަށް ހޭއަރާ އަމާނަ ޓަކަފުލް މިކުންފުނިން ބޭރުކުރަން އުޅޭށެވެ.
ވަލްޙަމްދު ލި ﷲވަރަށް ބޮޑަށް ޝުކުރިއްޔާ !!!!!
Advertisements

4 ޚިޔާލުތައް (+add yours?)

  1. ajuvadhu
    މާރިޗު 12, 2009 @ 13:13:46

    saibondhameehuney kiyaigen konvahakaeh dhakanee

    ރައްދު

  2. saahibaa@mtcc.com
    މާރިޗު 12, 2009 @ 06:08:17

    Mi management adi Nafaa boluga elhuvumuge beynumen nei, insurance kantah ekan otee kureege athif MD and Fathin hameed gulhigenn vikaalaafa, eyna athun DRP ah kurevunu haradhu hodhan vegen.

    mikan kan higikan ragalha igeyne sr management emenah,. emeehuge hisaa ves onaane mikamuga

    ރައްދު

  3. Magey
    މާރިޗު 11, 2009 @ 23:44:19

    މީ ސޯމިލަށް ޖަމާވާ ގްރޫޕްގެ ވާހަކަ ކަންޔަޤީނެވެ، މީވާ ހާދަހާވަރުގަދަ ތަނެކެވެ. މިތަނަށް ސަޔަށްދާ މީހުންނަކީ މުޅި އެމް.ޓީ.ސީ.ސީ ކަހަލަ އެވެ. އެމީހުން ހީކުރަނީ ކުންފުނި ނިސްބަތްވަނީ އެމީހުންނަށް ކަމަށެވެ. މިހާރުވެސް ކްލަބެކޭ ކިޔައިގެން އެއޮއް ކުރާ ހަރަދެއް ނިކަން ބަލާށެވެ. މިބައިންގަނޑު ބޭނުންވީމަ ފުޓުބޯޅަ މުބާރާތަކާ އަނެއްމުބާރާތަކާ ބާއްވަނީ އެވެ. ތަނުގެ އެހެން މުވަށްޒަފުންނަކަށް ނޭގެއެވެ. މިދޭތެރެ އަކުންވެސް މުވައްޒަފުން ކޮޅެއް ކްލަބްމެދުވެރިވެގެން އެއްޗެއް ހޯދަން އުޅުމުން ދިންޖަވާބު އެކުދިންގެ ހިތުގައި އެބަހުއްޓެވެ. ކްލަބުން ނުދިނޭކިޔާފަކަ ނުކުޅެޔެއް ނުތިބެއެވެ. އެކުދިންގެ އަމިއްލަ އަތުން ލާރިނަގައިގެން އެހަރަކުޅެނީއެވެ. ދެން އޮތީ އަމާނަޓަކަފުލްގެ ވާހަކައެވެ. ކުންފުނީގެ އިންސުރަންސަށް ދޭނެ ލާރި ނެތިއްޔާ އެޗް.އާރް އިން ކުރާނެ ކަމެއް އެބައޮތް ހެއްޔެވެ. ކުންފުނީގެ ކަންތައްތައް ނިންމަނީކީ އެޗް.އާރް މީހުން އެކަނި ތިބެގެނެއްނޫނެވެ. އެޗް.އާރް މީހުންވިއްޔާ ބަލިނުވާނެހެއްޔެވެ. އަތުގައި ލާރި ގިނަވެފާ ހުންނަނީ ހެއްޔެވެ. އެކަކަށްވެސް އެހެންބަޔަކާ ދިމާލަށް އަތްދިއްކުރާކަށް ނުކެރެއެވެ. އަސްލުވާންވީ ގޮތް އެނގެއެވެ. އެޗް.އާރް ބޮޑަކަށް ޝާހީން ލުމުން ބަޔަކު މިކަމާ ހިތްހަމަނުޖެހެނީ އެވެ. މީގާ ޝާހިން ކުރާނެ ކަމެއް އެބައޮތްހެއްޔެވެ. ޝާހީން އައި އިރުވެސް މިކަން އޮތީވެނިމިފައެވެ. މިބައިން ގަނޑު ރޭގަޑަށް ފުޓްސަލް ޓީމޭ ކިޔައިގެން ކުޅެކުޅެފަ ތަންތަނަށް ތަދުކޮށލައިގެން ޑޮކްޓަރަށް ނުދެއްކުނީމަ ރުޅިމި އަންނަނީ އެޗް.އާރް މީހުން ދެކެ. ވާހް

    ރައްދު

  4. kakuni
    މާރިޗު 11, 2009 @ 20:30:21

    Bala head kuran laa iru nafaa nubalaa eyna ekan kuran beynun veytho..

    mikahala eta bai varu staff gen guley iru ekama gayaa vaameehen dho laan vaanee

    Nafaa meehun place kuran dhas kuranveenu, kiyavan fonuvantha, eyrun dhen kameh ragalhu vaanee

    Sahyn sr managemnt meeting ga mikan kuran beynun neuvey boneema laigen nuvaanu

    dhen eyna ragalha kameh vaane tah , dhen etan halaaku kuraanee, ehendo eme fahun evee, amaa naage laari gadu kaalee, mikan falhaa ereema edhiyayee

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: