MTCC Recreation Club Kobaa


އެމްޓީސީސީ ރިކްރިއެޝަން ކްލަބް ކޮބާބާ؟
ވިގަނި
މީގެ އަހަރުތަކެއްކުރިން އެމްޓީސީސީގެ ސޯމިލަކީ މުނިފޫހިފިލުވުމުގެ ޚާއްސަ މަރުކަޒަކެވެ. ތަފާތު އެކުއެކި މުބާރާތްތައް ބޭއްވޭ މައިމަރުކަޒެވެ. ކޯޗިން ކޭމްޕްތަކާއި ކުޅިވަރު ތަމްރީނުތައް ބޭއްވޭ ސްޓޭޑިއަމެކެވެ. ނަމަވެސް ވޭތުވެދިޔަ އަހަރަކީ އެމްޓީސީސީގެ މުނިފޫހިފިލުވުމާއި ކުޅިވަރުގެ ދާއިރާއަށްއައި އެންމެ ބަނަދުވަސްތަކޭ ދެންނެވުންވެސް ގޯހަކަށް ނުވާނެކަންނޭގެއެވެ.  (އިތުރަށް ވިދާލުވުމަށް)

އަދި ހަމަ މިއަހަރުވެސް މިދަނީ އެކަހަލަގޮތަކަށެވެ. މިދިޔަ އަހަރު އެމްޓީސީސީގައި ގިނައިން ބޭއްވިފައިވަނީ ވަކިވަކި މުއައްޒަފުން އިސްނަގައިގެން ބޭއްވުނު ކުޅިވަރުތަކެކެވެ. އެގޮތުން ބިލިއަޑްސް މުބާރާތަކާއި، ފުޓްސަލް 3 އޮން 3 މުބާރާތެއް ބޭއްވުނެވެ. މިމުބާރާތްތަކަކީ ރެކްރިއޭޝަން ކްލަބު ތަމްސީލުކުރެވުނު މުބާރާތްތަކެއްނޫނެވެ. އަދި މިއަހަރު އެމްޓީސީސީގައި އަލަށް ފުޓްސަލް މުބާރާތެއް ބޭއްވުނެވެ. އެމްޓީސީސީގެ ހީވާގި މަދު މުއައްޒަފުން ކޮޅެއްގެ އެހީގައެވެ. ރެކްރިއޭޝަން ކްލަބް ތަމްސީލު ކުރިނަމަވެސް މިމުބާރާތުގައިވެސް ރެކްރިއޭޝަން ކްލަބުގެ ހިންގާ ކޮމިޓީގެ އެއްބާރުލުން ވަރަށް ކުޑައެވެ. ހިންގާކޮމިޓީގެ 2 މެމްބަރަކު ފިޔަވައި އެހެން މެމްބަރަކުގެ އެހީ ނުލިބެއޭވެސް ދެންނެވިދާނެއެވެ. މާޒީއަށް އަޅުގަނޑުމެން ބަލާލިނަމަ ފެންނަނީ މިއަށްވުރެ ތަންކޮޅެއް ހިންގުންތެރި މާޒީއެކެވެ. އިސްނެގުންތެރި ހަރަކާތްތެރި ރެކްރިއޭޝަން ކްލަބެކެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސްވާލަކީ މިއީ ކީއްވެގެންބާވައެވެ؟ އަޅުގަނޑޫގެ ހިތުގައި އުފެދޭ ބައެއް ސްވާލުތައް ހިއްސާކޮށްލާނަމެވެ. 
އެމްޓީސީސީގެ ސީނިއަރ މުއައްޒަފުން މިކަމަށް ސަޕޯރޓް ނުދެނީބާވައެވެ؟ އެހެނީ އެންމެފަހުން ނިމުނު ފުޓްސަލް މުބާރާތުގައިވެސް މެނޭޖިން ޑިރެކްޓަރ އެއް ނުފެނެއެވެ. އެހެންނަމަވެސް ސީނިއަރ މަދު މުއައްޒަފުންކޮޅެއް މުބާރާތުގެތެރޭ ފެނިފައިވެއެވެ. 
ދެވަނަ އަށް އަޅުގަނޑުގެ ހިތުގައި އުފެދޭ ސްވާލަކީ އެމްޓީސީސީގެ ސީނިއަރ މެނެޖްމަންޓްން މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ، ހިންގާ ފަރާތްތަކުގެ އަގު ވަޒަންނުކުރެވެނީބާވައެވެ. އަޅުގަނޑު މިހެން މިދެންނެވީ ސެޓްފިކެޓެއްހާ މިންވަރުންވެސް އެ ފަދަ މުއައްޒަފުންނަށް ފޯރުކޮށް ދެވިފައިނުވާތީއެވެ. 
ތިންވަނަ ސްވާލަކީ އެކަށީގެންނުވާ ކޮމިޓީއެއް ހޮވުނީބާވައެވެ. ސަބަބަކީ ކޮމިޓީގެ ދެތިން މުއައްޒަފުން ބުރަކޮށް ހަރަކާތްތެރިވާއިރުވެސް ދެންތިބި މުއައްޒަފުންނަށް މިކަންނުވެސް އެގެއެވެ. ބަލަންވެސް ބޭނުމެއްނޫނެވެ. އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ހުރިހާ މެމްބަރުންނަކީވެސް އަމިއްލައަށް ކުރިމަތިލައިގެން ކެމްޕޭން ކޮށްގެން (ވޯޓުން)ހޮވިފައިތިބިބައެއްކަމެވެ. އެހެންކަމުން، އެފަދަ މެމްބަރުންގެ ބައިވެރިވުން ނުލިބުމަކީ ލަދުގަނެ ހިތާމަކުރަން ޖެހޭނެކަމެކެވެ. 
ހަތަރުވަނަ ސްވާލަކީ ކޮމިޓީގެ މުއްދަތު ހަމަވީބާވައެވެ؟ އާންމު ގޮތެއްގައި މީގެ ކުރިން ކޮމިޓީތައް އައްޔަންކުރަނީ އެއްއަހަރުދުވަހަށެވެ. މިހާރު 2އަހަރަށްވުރެ ގިނަދުވަސްވެއްޖެއެވެ. އެހެންނަމަވެސް އެއިގެ އެންމެ ރަގަޅުގޮތެއްކަމަށް އަޅުގަނޑު ދެކެނީ، މުއްދަތު ހަމަވެއްޖެނަމަ މިހާރުގެ ކޮމިޓީއިން މިކަން މެނޭޖިން ޑިރެކްޓަރ އަށް ހުށަހެޅުމެވެ. 
މިހާރުގެ ރެކްރިއޭޝަން ކްލަބު ހިންގާ ކޮމިޓީ މިހާރަށްވުރެ ހަރުދަނާވާންވެއްޖެއެވެ. ނުހިންގެންޏާ އިސްތިއުފާ ދިނުން ބުއްދިވެރިއެވެ. މިކަން އެމްޓީސީސީގެ ސީނިއަރ މެނޭޖްމަންޓަށް ހުށަހަޅާ ކޮންމެވެސް ގޮތެއް ނިމެންދެން (ނޫނީ އާ ކޮމިޓީއެއް ހޮވެންދެން) މިހާރު އޮތް ކޮމިޓީ މަސައްކަތްކުރަން ޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ. އަދި ސީނިއަރ މެނޭޖްމަންޓަށް ވެސް ރިކޮމެންޑް ކުރަނީ މިފަދަ ކޮމިޓީތަކުގައްޔާއި ކޮމިޓީން ބޭރުން ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެވެސް ގޮތަކުން އެކަންތައްތައް ފާހަގަކުރުމެވެ. މެނޭޖިން ޑިރެކްޓަރ އަށްވެސް ގޮވާލަނީ ކޮންމެވެސް ވަރަކަށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމެވެ. އެހެންނޫނީ ބައެއް ސީނިއަރ މުއައްޒަފުންނާއި ޖޫނިއަރ މުއައްޒަފުން އެފަދަ ކަންތައްތަކުގައި ނޫޅޭނެއެވެ. އަދި ހަމަ މިފުރުސަތުގައި މިހާރު އޮތް ކޮމިޓީއަށާއި މެނޭޖްމަންޓަށް އާ ހިންގާ ކޮމިޓީއެއް އެކުލަވާލުމަށް ހުށަހަޅަމެވެ.
އިސްތިހާރު

13 ޚިޔާލުތައް (+add yours?)

 1. ylle?
  މާރިޗު 05, 2009 @ 15:27:27

  MEEHUNGE VAAHAKA DHEHKUMAKI MAA RANGALHUKAMEH NOONKANNEYGE.CLUB ONNANI KANKAN RAAVAA INGUMAH,EVENT THAH KURIYAH GENDHIUMUGAI EMMENGE EHBAARULUNVES BEYNUNVANE.EKAM V MADHU BAEH NOONI MIKAN KAMUGA NULHEY.MEE V DHERAKAMEH.MIKANKAN RANGALHU KUREVEYNI EMMEN EKATHI GADAKAH VEGEN.EKAKU ANEKAKAH RESPECT KOHGEN,EKAKU ANEKAKI HATHUNNAH NUVE, MOONUMATHIN HINITHUNVUN FENIGEN,EMMEN 1 VAANEHGAI WORK KOHGEN..ALHUGAUMEN MIKIYAA TEAM WORK VARUGADHA KOHGEN.EHEN NOONI DHUVAHAKUVES MIKANTHAKEH ISLAAHEH NUVANE.MIKAMA VISNALAMA HINGA

  ރައްދު

 2. uza
  މާރިޗު 04, 2009 @ 12:47:39

  Batmam could you be kind enough to expalin this “Adhi kobaa Umr men ge haalakee. Hee vanee dhen thimaa ahh thimanna varehh nethey”…
  Aharenanh igeh gothuga komme eventteh nooneee Club ravaign bevvi meeting thaku recording balalun ranglahuvaanne…adhi balalaana rangalhu vaane Public ga inna club forlder…mee ves kohfahuri kanthah..kuri kameh kuree kulhivarah hunna loabeh ge sababun..VC ge maabodu zinmaa thakeh noave…
  Thedheh club higagotha medhu hinhamaeh nujehe. adhi mikan varan ginain club meeting thaku dhekkin…mifahak aisa clubeh nethey bunnas ranglhu vaane…kommes meeheggefahathun dhuvvai gatheema meeting neh ves call kuranee…varah dhera mikamuga thereah boaglhalevuneema. umeedhu kuri MTCC ge staffunah ranlghu hidhumatheh dhevey tho…Kommeves MAahefunmen beyvvi faharu Company is muaziffunge visnun egunu, muaziffunah vureh ehen farathehge ruhun hoadhan ulhun…

  ރައްދު

 3. އަލިބެ
  މާރިޗު 04, 2009 @ 08:15:48

  އެހެންނޫވާނީ ހުރިހާކަމެށް އެށްކަލަ ޒަކީއަށް މީނާއަކީ ލާރިފޮއްޗެށް ލިބިށްޖިޔާ މޮޔަވާމީހެށް

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: