Bafayaa 3


ބަފަޔާ ބުނަނީ : އެޗް އާރާއި އެކު މުޅި ކުންފުނިވެސް ރިފޯރމް ކުރަންޖެހިފައިވާ ކަމަށް
ޅިޔަނާ
ބަފަޔާގެ ޚަބަރެއް ނުވެ މާ ގިނަ ދުވަސް ވާތީ މިއަދުވެސް ބަފަޔާއާއި ދިމާވޭތޯ ހުޅުމާލެ ބުރިޖް ކައިރިއަށް ނުކުތީމެވެ. ސައިކަލް މަޑުކޮށްނުލެވިގެން އުޅެނިކޮށް އޭ ޅިޔަނާއޭ ކިޔާ މީހަކު ގޮވާލި އަޑަށް ބަލާލީމެވެ. ކަމަކުދާކަށް ނެތެވެ. ދަލުން ތަތްތެޅިގެން އަލަނާސިފޮއްޗެއް ކަމުން ބަފަޔާ ސޯމިލުން ނުކުންނަނީއެވެ. (އިތުރަށް ވިދާލުވުމަށް)


އަހަރެން: ބަލަ. މި ގަޑީގަ ކޮންކަމެއް؟ 

ބަފަޔާ: ކަސްރަތު ކޮށްލަނީއެއްނު.. ކަލޯމެން ދުވަސްކޮޅަކުން ތިބޭނީ ފޮސްވެފަ. ނިކަން ބަލާލަ ބަފަޔާމެން. މިހާރުވެސް ދެހާސް ތިންހާސް ކިލޯ މީޓަރަށް ދުވެލަން މެޓަޔަކަށްވެސް ނުވާނެ. 

އަހަރެން:ތީ ރަގަޅު ވާހަކައެއް ނޫން. އަހަރެމެންވެސް ކަސްރަތު ކުރަން ބޭނުން. އެކަމަކު ވަގުތެއް ލިބިގެންތާ އެކަންވެސް ކުރާނީ. މިހާރުވެސް މިއުޅެނީ ދެކޮޅު ނުޖެހިގެން ދެތިން ހަތަރު ވަޒީފާގަ އުޅޭ އިރުވެސް. ބަފަޔާމެން ތިތިބީ ދަތް ހުރި ދުވަހު ކާށި ކައިފަ ވިއްޔާ. 

ބަފަޔާ: ސުބުހާނަﷲ. ތިހެން ބުނަން ހެޔޮވެސް ނުވާނެ. އަހަރެމެން ނޯންނާނެ ހަރާމް އެންމެ ލާރިއެއްވެސް ކައިފަ. މިހާރުވެސް ކަލޯމެން ބްލޮގުގަ ތިލިޔަނީނު މިތަނުގެ ތެރެއަށް ސްޕްރައިޑް ކުރަންވެގެން އަހަރެމެންނަށް ލޯންގްޓާމަށް ކޮމްޕެންސޭޝަން ދޭވަހަކަ. ކީއްވެތަ މިތަނުގެ މުސާރަދޭ އޮނިގަނޑާމެދު ފާޑު ނުކިޔަނީ. މިހާރުވެސް ބަލާބަލަ. މިތަނުގެ ބައެއް މީހުންނަށް 4500 ވަރުގެ އެޑިއުކޭޝަނަލް އެލަވަންސް ލިބޭއިރު ލެވެލް 3 ގެ ބޭންޑް 1 ގަ އުޅޭ މީހެއްގެ ބޭސިކް ސެލަރީ އަކީ 4510 ރުފިޔާ. މީ އިންސާފުތަ. އެއަށްވުރެ މާތާރިރެއްނު ގަޔަށް … ހެޑުނަސް. 

އަހަރެން: ތީ އެއްގޮތަކަށް ސާބިތު ނުހިފޭ ވާހަކަ. ބަފަޔާމެން އަބަދުވެސް އުޅޭނީ ތިފާޑަށް. 

އަހަރެން މިހެން ބުނުމާއި އެކު ބަފަޔާ މާ ހަރުކޮށް ހިނގާލާފައިގޮސް ސައިކަލް ސްޓާޓް ކޮށްލިއެވެ. އަހަރެން ހީކުރީ ބަފަޔާ ރުޅިއައިސްގެން ދަނީ ކަމުގައެވެ. ނަމަވެސް ހީކުރިގޮތާއި ޚިލާފަށް މަޑިދަށުން ކަރުދާސް ބޮނޑިއެއް ނަގައި ގެނެސް އަހަރެން އަތަށް ޖެހިއެވެ. 

ބަފަޔާ: މިއޮތީނު. ދެން ތި ހިފޭ ސާބިތެއް މީގެން ހިފޭތޯ ބަލާބަލަ. 

ތެދެކެވެ. ބަފަޔާ ދެއްކި ޝީޓުގައި ކުންފުނީގެ ހުރިހާ މުވައްޒަފުންނާއި އެމީހުންގެ ލެވެލް، ބޭންޑް އަދި ނުވިތާކަށް މުސާރައާއި އެލަވަންސް ތައްވެސް ހުއްޓެވެ. ބަފަޔާ ބުނި ގޮތަށެވެ. 

ބަފަޔާ: މިއޮތީނު ލެވެލް 1 ބޭންޑް 1 އަށް 3330 ރ އަދި އެލެވެލްގެ އެންމެ ފަހު ބޭންޑް ( ބޭންޑް 5) އަށް 4010 ރ

އެކަމު ލެވެލް 2 އަށް ދިޔާމަ މިލިބެނީ އަނެއްކާ 3800 ރ. އަޅެ ހެއްވައެއްނޫންތަ.. 

ދެންބަލާލަ ލެވެލް 2 ގެ ބޭންޑް 5 ގެ މުސާރަ 5200 ރ ގަ އޮތްއިރު ލެވެލް 3 ގެ ފެށޭ މުސާރައަކީ އަނެއްކާވެސް 4510 ރ. މީދެން ބޮޑުވަރުނު.  

އަހަރެން ހަމަ ކޮސްވިއެވެ. ބަފަޔާ ބުންޏަކަސް ތެދުވާނީ ތެދަށެވެ. 

ބަފަޔާ ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފިއެވެ. އަދި އެތަނުން އެކެއްގެ އެޑިއުކޭޝަނަލް އެލަވަންސް ދައްކާފައި ލެވެލް 3 ގެ ފެށޭ މުސާރަ ޔަށް އިޝާރާތް ކުރިއެވެ. 

ބަފަޔާ: މިއޮތީނު މަބުނި ވާހަކަ. ދެންވެސް ކަލޯމެން ބަފަޔާމެން ބުނާ އެއްޗިހި ފިސާރި ކަނުލާ އަޑު އަހާތި. އަދި ބުނަން ހެއްވާ ތަންކޮޅެއް. މީހާ ބޮޑުވާ ވަރަކަށް އޭނަ ގެންގުޅޭ ސެޓްފިކެޓްވެސް މިދަނީ ބޮޑުވަމުން. އަޅެ ނިކަން ބަލާލަ މިއޮތް ކަމެއް. 

ބަފަޔާ އިޝާރާތް ކޮށްލީ އެތަނުން އިންޖިނިއަރެއްގެ އެޑިއުކޭޝަން އެލަވަންސަށެވެ. 

ބަފަޔާ: މިކަލޭގެ އަށް 4500 ރ ގެ އެޑިއުކޭޝަން އެލަވަންސް ލިބޭއިރު ހަމަ އޭނަ ގެންގުޅޭ ކަހަލަ ބެޗެލަސް ޑިގްރިއެއް އޮވޭ މި ސޮރު އަތުގަވެސް ( އެތަނުން އެހެން ނަމަކަށް އިޝާރާތް ކޮށްފަ) އަދި މި ސޮރު އަތުގަވެސް. ހެއްވާ ކަމަކީ މި އެންމެން އެއް ޑިޕާރޓްމަންޓެއްގައި އެއް ސެޓްފިކެޓެއް ހޯދުމަށްފަހު މަސައްކަތް ކުރާ އިރު އެކަކަށް އެޑިއުކޭޝަން އެލަވަންސަށް މި ލިބެނީ 4500 އަނެކަކަށް 2800.. މީތަ ތިބުނާ އިންސާފަކީ. ނިކަން ބަލާބަލަ ދެންހުރި އެހެން މުސާރަ ތަކަށް. 

ބަފަޔާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއެްޓިއެވެ. އަތުގަހުރި ހުރިހާ ކަރުދާހެއް ބިންމައްޗަށް ހޫރާލުމަށްފަހު ސައިކަލަށް އަރާ މަޑުވެސް ކޮށްލުމެއްނެތި ނައްޓާލިއެވެ.

ބަފަޔާ ނައްޓާލުމުން އަހަރެން އެ ޝީޓް ނަގާ އޭގެ ހުރި ހުރިހާ މުސާރައެއް އަޅާކިޔާލީމެވެ. ތެދެކެވެ. ބައެއް ލެވެލް ތަކާއި ބޭންޑް ތަކުގެ މުސާރަ ހުންނަ ގޮތުން ލެވެލް ބަދަލުވާ އިރު ބޭންޑް ތަރުތީބުން ބަދަލު ކުރާނަމަ ކޮންޕެންސޭޝަން ނުލިބި މިކަން ކުރެވޭކަށް ނެތެވެ. އަހަންނަށްވެސް ބުރަވެވުނީ ބަފަޔާ ބުނި އެއްޗަކާއެވެ. ހިއުމަން ރިސޯސަސްއާއި އެކު މުޅި ކުންފުނި މި އޮތީ ރަގަޅަށްވެސް އަލިފުން ޔާޔަށް ރިފޯމް ކުރަންވެފައެވެ. އެތާ އޭރު ތިބި މީހުންނަށް މޮޅުގޮތް ހަދަން އުޅެގެން އަނެއްކާވެސް މިއޮތީ … ފައިން އެރިފައެވެ. 
Advertisements

16 ޚިޔާލުތައް (+add yours?)

  1. yo
    މާރިޗު 01, 2009 @ 13:58:43

    ooh u guyz r talking facts or just nonsenses

    ރައްދު

  2. insaafe
    މާރިޗު 01, 2009 @ 13:55:47

    Ehenehnu vaanee band thah adhi level thah hedhee mithaa thibi enmme molhu meehun veema. Emeehunnah ginai in libey gothah belee. Den compensation ves boduvey musaaraa ehvarah. but ehen than thanuga kudavanee…

    ރައްދު

  3. uza
    މާރިޗު 01, 2009 @ 12:38:28

    Due to these conflict I humbly request to pass all required inofrmation to all employee…

    While education allowance varies with the hiracy, deduction for scholarship remain constant. IT SHOULD BE CALL RESPONSIBLITY ALLOWANCE…..

    As I have mentioned before Education allowance MUST be ammended..

    ރައްދު

  4. Magey
    ފެބުރުއަރީ 28, 2009 @ 21:06:51

    adhi mivarundhnayaa rangalhuvaane, goaning beyruvaane, mihaaru heevaagothun department thakuge meehun mi echehi leak kuranee, wah. dhen enmekairee huri secretory ves bunaane. avahah dhenves Allah ah biruvethivey. Uza men kahala meehun nikunnanfeshi

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: