heyyambo letter to MD


بسم الله الرحمن الرحيم
އެމް ޑީ އަށް
  ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
        އަޑުއައްސަވާ އިބްރަތް ހާސިލްކުރައްވާށެވެ. މިހާރު ތިޔަ ހުންނެވީ ދިވެހި ރައްޔިތުންގެ އެތައް މިލިޔަން ރުފިޔާގެ އެތައްލައްކަ އުއްމީދު ތަކެއްގެ ހާދިމަކަށް ވެވަޑައިގެންފައެވެ، ހުންގާނުގައި ތިޔަހުންނެވީ ނަސީމް ނޫން އެހެން ދެވަނަ ބޭފުޅެއްކަމުގައި ނުދެކެމެވެ. އަޅުގަޑު މިހެން ދަންނަވާއިރުވެސް ތިޔަ އޮޑި މިހާރު ތިޔަހަރަ ފެންނަނީ ރަގަޅަށް ފަރަށް އަރާފައި ކަން އިހްތިރާމާއެކު ޤަބޫލު ކުރަމެވެ. އެންމެންވެސް ދަންނަ ބޮޑު ހަޅަ މިފަހަރު ޖެހީ އާދަޔާ ހިލާފަށެވެ. ނަތީޖާވެސް އެހާމެ ސާފެވެ. ޤައުމުގެ އެންމެ ބޮޑު އޮޑި ވީރާނާވެ ދިޔަވާވަރުން އޮބި ނޯވެގެން އެހެރަ ފެންނަނީ ދިނރުބާކޮޅު އެއްގަމަށް އެހަލާފައެވެ. (އިތުރަށް ވިދާލުވުމަށް)

        އުފާކުރައްވާށެވެ. ތިޔައޮޑީގައި ހުރީ ހައިވަކަރު މަޑުލެވެ. ފުންކުރުމުގެ ބުރަ މަސައްކަތުގައި ހީވާގި ކަމާއިއެކު ކެރިގެން މަސައްކަތް ކުރާނެ ރަގަޅު ފަޅުވެރިން ކުންފުނީގެ ތެރެއިން ހޯދާށެވެ. ތިޔަ އޮޑި މިހާރު އޭރަށްވުރެ ދުވެލި ބާރުވެފައި އާވެސް ވާންޖެހެއެވެ. މިހެން ދަންނަވާއިރު ކުރީގެ ކައްޕިތާނާއެކު އޮޑިޔައިގެން ނިދާފައި ތިބި ބަޔަކު އޮޑީގެ ތެޔޮކޮޅާ ފައިސާކޮޅަށް އިހުމާލުވި މީސްމީހުން އަދިވެސް ބުރިޖުގައި ދުރުމި ހިއްޕަވައިގެން ތިއްބަވާތީފެނެއެވެ. ހަޤީގަތެއް ބާއޭވެސް ހިތަށް އަރައެވެ. ދަންނަވަންތޯއެވެ؟ ތިޔައީ އުއްމީދުން ފުރިގެންވާ ޤާބިލް ކައްޕިތާނެކެވެ. ދުރަށްވިސްނަމުން ކުރަހަމުން ރާވަމުން ދާށެވެ.
       އެތެރޭގެ ހާލަތަށް އަވަސް ކަޅިއަކުން! އެންމެ ފުރަތަމަ ކޯޕަރޭޓެވެ. ގެނެވުނު ބަދަލު މިވަގުތަށް އެންމެ ރަގަޅެވެ. ދެން ފައިނޭސް އެވެ. މިހާރުވެސް 60 ހަކަށް މިލިޔަން ރުފިޔާ މަދުވެގެން ހަދާނެގޮތް ހުސްވެފައިތިބި ސީނިޔަރުންތަކެއް ހަމަތެޅެނީއެވެ. އަވަސް މަގަކުން ހީވާގި ވެރިއަކު ވަގުތީގޮތުން ނަމަވެސް އެތަނައްލާށެވެ. މިހާރުވެސް ލަސްވެއްޖެއެވެ. ކޮންޓްރެކްޓިންގ އެވެ. އެއީ ހަމަ ވަންމޭން ޝޯއެކެވެ. އެތަނުގައިވަނީ ހާސްކަމާއި ނުތަނަވަސް ކަމެވެ. އޮފީސްގަޑީގައި ހުރިހާ އެންމެންވެސް ހަމަޔަށް ނޭވާލެވޭތޯ ވެރިޔާގެ ފަހަތުން ދުވަނީއެވެ. ވެރިޔާއަށް ހެދޭ ނެހެދޭވެސް އެގޭކަމަކަށް ނުވެއެވެ. ކިތައްމެ ވަށްކޮށް ހެދިޔަސް އެއްކަނަށް ދިގުވެއެވެ. އެޗް އާރު ގެ ވާހަކަ މިހާރުވެސް ވަރަށް ގިނައިން ދެކެވިފައިވެއެވެ. ނަމަވެސް ވެރިއަކަށް ހަމަޖެއްސެވީ އެކަމަށް ރަގަޅު މީހެކެވެ. ބަލަންވީ ރެކްރޫޓިން އެޖެންސީތަކާ އެއްވެސް ގާތްތިމާގެ ކަމެއްބާއްވާތޯއެވެ. ހުރިހާ އެއްމެންވެސް އިހުލާސްތެރިވާންވީއެވެ. އަދި ދަންނަވަން ތޯއެވެ. މިއޮޑިފަހަރަށް އެރިއިރު ބުރިޖުގައި ޑިއުޓީ އޮފިސަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅާއަކީވެސް އޭނާއެވެ. އައިޓީއެވެ. އެތަނުގައި ހަމަހިމޭން ރަގަޅު ވޯކިންގ އެންވައިރަމެންޓެއް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ހުރިހާ ޓެކްނޮލޮޖީއެއްގެ މައިމަރުކަޒަށް އެތަން ވުމެވެ. މިހާރު ދެން ހަމަޔަކަށް އެޅުވިދާނެއެވެ. ކުޅިބައި އަލުން އަތުރާލާށެވެ. މަދުވާ ކުޅި ބޭރުންނަގާށެވެ. 
      ޓީ އެސް ޑީ ހުރިހާ އެންމެންވެސް ދައުވާ ކުރަނީ ވެރިކަމަށެވެ. ބޮޑެތި ބޮޑެތި ޑީ އާރު ޕީގެ ހީވާގި ވެރިންކޮޅުވެސް މެއެވެ. އެހެނަސް ތިޔަ ގެންނެވި ބަދަލުގެ ސަބަބުން ހިގައިނުގަނެފަ އޮތް އޮތުން ނިމި ހިގައިގެންފާނެކަމުގެ ކުލަވަރު މަލަމަތިން ފެނެއެވެ. ކޮޅިގަޑުގައިވެސް ކެއްކޮއްލެވޭވަރުގެ ކަނޑުފަރު ދަންނަ މީހުން އެބަތިއްބެވެ.                       ސޭލްސެންޓަރ މިއީ ހަމަ މެނޭޖަރުންނާއި މަތީސީނިއަރުން ވިހާމައެކެވެ. އިދެގެންނާއި ނުއިދެވެސްމެއެވެ. މުޅި ޑިޕާޓްމަންޓް ހީވަނީ މަތީ ފަންތީގެ މީހުން ގިނަކަމުން އުދުހި ގަންނާން އުޅޭހެންނެވެ. ނަމަވެސް ވިޔަފާރިތައް ވަރަށް ދަށެވެ. އަބަދުވެސް މެއެވެ. ޕްރޮކިއުމަންޓް މިއީ މާގަދަ ތަނެކެވެ. ބަޔަކު ކަމެއް ކުރަން ހިތަށް އަރުވާއިރަށް ރަށްޓެހިންގެ މުދާތައް ގެނެސް ހެންވޭރު ސޯމިލަށް ލައެވެ. އެއްޗަކަށް ހަމަ އެއްޗެކެވެ. ބޭނުން ނުހިފުނަސް މެއެވެ. ސަޕްލަޔަރަށް ލާރިލިބޭނެއެވެ. ކޮމިޝަންވެސް ރޭގަނޑު ގެއަށް ނުވަތަ ހެނދުނު އަތަށް ލިބެއެވެ.  މީ މާ ފައްކާ ތަނެކެވެ.
       ތިލަފުއްޓެވެ. އެތަނުގައި ހުންނަނީ އެފްރިކާ ނަސްލުން އައިސް ހުންނަ ކަޅު ބޮޑު މިލިޓަރީ ވެރިޔެކެވެ. މީނާގެ ސިޔާސަތު އެންމެ އެއްގޮތްވާނީ ރޮބާރޓް މޮގާމޭމެން ސުހާޓޯގެ ވެރިކަން ހިންގާ ގޮތާއެވެ. އޭނާ އަކީ ކެރޭ މީހުން އުޅޭފާޑަށް ބޭރު ޓީޗަރުން ހެދުން އަޅާހެން ގަމީސް ދަށުން ބެނިޔަންވެސް ލާމީހެކެވެ. ވީމާ. މީނަގެ ދަށުން މަސައްކަތް ކުރާހިތްވެސް ވާނެއެވެ. ވަރަށް ސިފައިންގެ ގޮތް އެތާއެތެޜޭ ބޮޑުވާނެތާއެވެ. ރަގަޅުވާނީ ސިފައިންގެއިން ކެޑިގެން އެތަނަށް ޖޮއިންކުރީމައެވެ. ކޮންމެއަކަސް އެތަނުގެ އިދާރީ އޮނިގަޑު ވަރަށް ރަގަޅެވެ. ނަމަވެސް ޕްރޮޑަކްޝަން އެހާ ރަގަޅު ކަމުގައި ނުވެއެވެ. ވަރަށް ގިނަ ދަތިތަކެއްވެސް ހުރެއެވެ. ގަވައިދުން މަހަށް ދިޔަ ދުވަސް ވަރެއްވެސް އައެވެ. ދެން އޮތްތާ ރަގަޅު ކުރުން ބުއްދިވެރިއެވެ. އަދި މޮގާބެހެދިހެން ސުލްހަވެރި އޯގާވެރި ވެރިޔެއްގެ ހެދުން އޭނާ އެޅުވުންވެސް މުހިއްމެވެ. މިއީ ޑިމޮކްރެޓިކް ވެރިކަމެއް ހިގާ ޒަމާނެކެވެ. މުއައްޒަފުންނަށް  ބިރުދައްކައި ގަދަކަމުން ކުރުވާމަސައްކަތުގެ ފޭރާން ހެޔޮނުވާނެއެވެ. ބަރަކާތެއްވެސް ނުހުންނާނެއެވެ.
= ކުރު ހުލާސާ =
Advertisements

12 ޚިޔާލުތައް (+add yours?)

  1. edhuvas
    ޖަނަވަރީ 03, 2011 @ 13:56:11

    mi artcile mihaaruge thibi verin kiyaalun ranglahu..hmaagaimuves mi liyunu meehaa hunnaaee veriyehge gothuga…adhi vraah gina mas ooliiyatheh havaalukurevifa..bunebala ranglhah tha kureveny…ahramen eyru thibee madhun…mihaaru thiverin kuraa kanthah thihergen fennanee…kunfunee haalathu kithame foruvan ulhunas ekan falhaaaraane…ummeedhu kuraan mihaaru thibe CEO aaai COO ves matheega oih ct kiyaane kamah…adhi bunan mihaaru thilaafathib gina veringe haalu eyrah vureh haas thah dhera…hama ekani gina faisaa thakeh dhanee…

    ރައްދު

  2. Hiyvaru
    ފެބުރުއަރީ 25, 2009 @ 10:26:17

    MD a Staff gey haisiyathun Bunelan beynun vany Alugandymeyn mi masaka kuraa Depertment Overwole Koladeyshy, Mitahnugey Boss aa hedi eyves kamey Rangalaka nukurevy. Aadeyhaa eykumidanavany Mi(Contrecting) gey verin Badalu ko maskathugey maahuley gaaimkodeyshy.

    ރައްދު

  3. Mohamed Naseem
    ފެބުރުއަރީ 25, 2009 @ 08:53:28

    dear all staff
    i thank you for this blog. and i read it every day. it gives me very good information. i just request you to put every thing positively in a critical manner not personal as it may create sensitivities among family members of this good organization MTCC..please know that Nafa Naseem is not important; he will not stay here forever; but YOU the staff members will remain here. this is your organization. i am just a guest. i will do my best and please correct me if i am wrong…thanks Bafaya and Lhiyana…I like it…Nafa Naseem (MD)

    ރައްދު

  4. Magey
    ފެބުރުއަރީ 25, 2009 @ 00:46:59

    ބަފަޔާ އަށް މިކަންރަނގަޅު ކުރަން ފެނުނު އެންމެ މޮޅުގޮތަކީ ހުރިހާ އެކައުންޓެންޓުން ފައިނޭންސަށްލުން، އޭރުންނޯ މިކަން ރަނގަޅުވާނީ، މީކޮންކަހަލަ އިކޮނޮމިސްޓެއްތަ؟ އިކޮނޮމިސްޓުން ދީނީވާހކަވެސްދައްކަޔޯ! ތަނުގަތިބޭ ހިންގުންތެރިން ބާކީކޮށްގެން ކުންފުނި ހިންގާތަންބަލަންމިތިބީ، މޭ 8 ގެ ފަހުން މަށާ ގައިކޮޅާގައިގާ ދުރޭ ކިޔާފަ ކަޅުބެވެސް ފިލާނީ،

    ރައްދު

  5. Lhiyanaa
    ފެބުރުއަރީ 24, 2009 @ 23:13:27

    ކާސިމަށް ކާސިމުވެސް މިދިޔަ އަހަރުގެ ހިސާބުބެލިނަމަ ސޭލްސްސެންޓަރުގެ ފައިދާ ދަށްވިކަން ހަމަ ރަގަޅަށްވެސް އެގޭނެ ހިސާބުތައް ދައްކާގޮތުން ވެއްޖިއްޔާ 2006 ވަނަ އަހަރު އާންު ވިޔަފާރި ނޫނީ ސޭލްސް ޑިޕާރޓްމަންޓްގެ ވިޔަފާރިން ލިބުނީ 33.2 މިލިއަން ފައިދާ ނަމަވެސް 2007ވަނަ އަހަރު ލިބުނީ 26.9 މިލިއަން ރުފިޔާ ފައިދާއަށް، ނަމަވެސް ލިއުންތެރިޔާ އަބްދުވެސް އޭ ބުނިބުނުމަކަށް އަޅުގަނޑަކަށްވެސް ސަޕޯރޓެއް ނުކުރެވޭނެއެވެ

    ރައްދު

  6. Lhiyanaa
    ފެބުރުއަރީ 24, 2009 @ 23:11:02

    ކާސިމަށް ކާސިމުވެސް މިދިޔަ އަހަރުގެ ހިސާބުބެލިނަމަ ސޭލްސްސެންޓަރުގެ ފައިދާ ދަށްވިކަން ހަމަ ރަގަޅަށްވެސް އެގޭނެ ހިސާބުތައް ދައްކާގޮތުން ވެއްޖިއްޔާ 2006 ވަނަ އަހަރު އާންު ވިޔަފާރި ނޫނީ ސޭލްސް ޑިޕާރޓްމަންޓްގެ ވިޔަފާރިނ

    ރައްދު

  7. Dead Fish
    ފެބުރުއަރީ 24, 2009 @ 20:44:50

    The next target is to replace the solomon to SAP. the main reason for changing, they want to hide everything before goverment auditors ccame. It is a great opprtunity to find everything,which are related to coroption.
    Mihaaru MD ge ves boo kaalan varh mashah kai kurey. Mihiree Finance ge veringe visnun huri gothakee. Mikahala kanthah kureema varah eragalhuvaane kan MD gaboolu kurey. But the point is, if all information leak from company, who will take responsible. I mean MD or Department Head or Senior Staff. Think about

    ރައްދު

  8. az
    ފެބުރުއަރީ 24, 2009 @ 15:10:35

    Ajaibuve antharees vaavaru vey. Alhe fahe vaanveenu special advisor to the managing directarah. Noonee emagaamah kufoo hamanuvaneetha. Thihaa findi meehunnah kameh nuvaane. Gos kurimahchah araafa thikiyaa echeh kiyaa bala, noonee thivaahaka thakugai eves hageegatheh netheetha, noonee zaathee kulavaru jehi fa oileh bodee tha. Kalo thihen ulhegen kankanmeh islaaheh nuvaane. Ehennu vaanee ammilla edhumun foaveema vaanee .

    ރައްދު

  9. ކާސިމްބެ
    ފެބުރުއަރީ 24, 2009 @ 13:05:17

    ތިޔަބޭފުޅާ ސިޓީލިޔުމުގެ ކުރިން ކުންފުނީގެ މީގެ ކުރީގެ އަހަރުތަކުގެ ހިސާބުތަށް ރިވިއުކުރިނަމަ ސޭލްސެންޓަރުގެ ވިޔަފާރި ދަންވާހަކަ ލިޔާނެޖާގަ އެއް މަނިކުފާނަކަށް އޯންނާނެކަންކަށަވަރެވެ. އަދި ތިޔަފުއްޓަށް ވަޒީފާއަށް ދާން އެންރަގަޅީ ސިފައިންގެއިން ކެނޑިގެން ކަމުގައި ބުނިއިރު މިހާރުވެސް ތިބުނާ މިލިޓްރީ މިހާ ނުވަތަ މުގާބޭ ކުރިން އުޅުނީ ކޮންކޮންތާކުތޯވެސް ބަލާލިނަ ރަގަޅުވީހެވެ. އަދި ވެސް ހުސެއިން ޝިޔާމަކީ ހަމަ އެމް.ޓީ.ސީ.ސީ އަށް ވަރަށް ބޭނުންތެރި ކޮމްޕެނީ އެސެޓެކެވެ. ހުސެންއަކީ ތިޔަކަލަ މޮޔަ އަގަތަޅާ މީހެއްނޫނެވެ. އަދި މީގެ ކުރިން އެމް.ޓީ.ސީ.ސީ ގައި މަސައްކަތް ކުރައްވާފައި ވަޑައިގެންނެ ހުރިޙާ އެމް 3 އެމް.ޑީން ނަށް ވެސް ހުސެން ޝިޔާމް އަކީ ކާކުކަން އެގޭނެއެވެ. ވީމާ ކިތައްމެ ރުޅިއަޔަސް މިހުންގެ އަގުވައްޓާލަން ނޫޅުއްވާށެވެ. ކެރޭކަމުގައި ވާނަމަ ސީދާ މިހާރުގެ އެމް.ޑީ އާއި ބައްދަލު ކޮށް މީހުންގެ ދޭތެރެ ޖެއްސޭތޯބަލާށެވެ. އޭރުން ތިޔަމަނިކުފާނަކީ ކޮންކަހަލަ ހަޑިމުޑުދާރު މީހެއްކަން އެމް.ޑީ އަށްވެސް އެގޭނެއެވެ … ކާސިމްބެ

    ރައްދު

    • mathimathin
      މާރިޗު 04, 2009 @ 11:17:13

      kaasimbe eve adhives athama store eba hinga eve mihaaru style badhalukoh kuriaran vejje eve. hussain akee kulhadhaana meehakas liyunthiyaa ge vaahakain egenee aena kithamme rangalhah kameh kuriyas balainugana bayaku vaakameve. robat ge masahkathuge fenvaru ragalhuvefa aenage huri stylge vaahaka maabodah liyuntheriyaa evanee genes dheefa eve. heeva nee robat aai liyunthriyaa eka kaa alhaigenfa thibey hen dho.

      ރައްދު

  10. solemon
    ފެބުރުއަރީ 24, 2009 @ 13:03:12

    mee anehkaa bafaya heyyanboya dhin interwiv eh ba ? heyyambo dheybala
    thigelligen ulhey 60million rufiyaa veegotheh balan finance ah.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: