Foshin Beyrun


 

ފޮށިން ބޭރުގައި: ޑިޕާރޓްމަންޓް، ސެކްޝަން އަދި ޔުނިޓް
ޅިޔަނާ
މިހާރު އެމްޓީސީސީތެރޭ އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ކޮންމެވެސް ކޮމިޓީއެއް އެކުލަވާލައިގެން އެމްޓީސީސީ އަލުން ރީސްޓަރަކްޗަރ ކުރެވޭ ވާހަކައެވެ. ޑިޕާރޓްމަންޓްތަކާއި ސްކްޝަންތަކާއި ޔުނިޓްތަކަކާއި ސަބުޔުނިޓްތަކެއް ހަދާވާހަކައެވެ. ކޮންމެ ޑިޕާރޓްމަންޓްގެ އެންމެ އިސްވެރިއަކަށް ޑިރެކްޓަރ (އެސިސްޓެންޓް ނޫނީ ޑެޕިއުޓީ) ހުންނަވާހަކައާއި، ސެކްޝަންތަކުގެ އެންމެ އިސްވެރިއަކަށް ޖެނެރަލް މެނޭޖަރ ނޫނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ހުންނަ ވާހަކައާއި ޔުނިޓްތަކުގެ އިސްވެރިންނަށް މެނޭޖަރ ކިޔާވާހަކައެވެ. އެހެންކަމުން މިކަންތައްތަކާއިމެދު ތަންކޮޅެއް ފުޅާކޮށް ޅިޔަނާވެސް ވިސްނާލީމެވެ. (އިތުރަށް ވިދާލުވުމަށް)

ކުރީގައި މިދެންނަވާލި ވާހަކަތަކަށް ބިނާކޮށް އަޅުގަނޑަށް ދެންނެވޭނީ ޑިޕާރޓްމަންޓެއްގައި ހިމެނޭނީ ސެކްޝަންތަކާއި ޔުނިޓްތަކެކެވެ. އަދި ސެކްޝަނެއްގައި ހިމެނޭނީ ޔުނިޓްތަކާއި ސަބު ޔުނިޓްތަކެކެވެ.  މިއިން ކޮންމެ ތަނެއްވެސް ހެޑް(އިސްވެ ހުންނާނީ) ޒިންމާދާރު އެކަމަށް އެންމެ ގާބިލް މުއައްޒަފެވެ. މިފަދަފަރާތްތައްވެސް ހޮވަންވާނީ ޒިންމާދާރުގޮތެއްގައެވެ. ދެން ހިތުގައި އުފެދޭ އަނެއް ސްވާލަކީ ކިތައް ޑިޕާރޓްމަންޓްތޯއާއި، ޑިޕާރޓްމަންޓެއްގައި ކިތައް ސެކްޝަންތޯއާއި ކިތައް ޔުނިޓްތޯއެވެ. ތަފާތުއެކި ކުރެހުން ކުރަހައި އެކިގޮތްގޮތަށްމޮޑެވި ނިމޭއިރު އޮންނާނީ ކިހިނެތްތޯއެވެ.
އެގޮތުން ޑިޕާރޓްމަންޓަކަށްފަހު ޑިޕާރޓްމަންޓްއަކަށް ބަލާލާނަމެވެ.
ކޮންޓްރެކްޓިން ޑިޕާރޓްމަންޓް އެކުލެވިގެންވަނީ 3 ސެކްޝަނެއްގެމައްޗަށޭކިޔާތީ އިވެއެވެ. އެއީ އެއްގަމު ޕްރޮޖެކްޓްތަކާއި، ކަނޑުގެ ޕްރޮޖެކްޓްތަކާއި އެކަމަށްމަގުފަހިކުރާ ސަޕޯރޓްސަރވިސްއެވެ. މި3 ސެކްޝަނަށް ބަލާއިރު ސަޕޯރޓް ސަރވިސް އެނެއް 2 ސެކްޝަނަށްވުރެ ބަރުކަމަށް ފެނެވެއެވެ. ނަމަވެސް މަގާމު ހަވާލުކުރި ފަރާތްތަކަށް ބަލާއިރު އެންމެ އެދާއިރާއިން ތައުލީމާއި ތަޖްރިބާ (އަނެއް ދެހެޑުންނާއި އަޅާބަލާއިރު) އެސެކްޝަނާއި ހަވާލުކުރިފަރާތެވެ. ފަހަރެއްގައި ކޮމިޓީގެ ވިސްނުން އަޅުގަޑުގެ ވިސްނުމާއި ތަފާތީކަމަށް ވެދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުގެ ވިސްނުން ބަޔާންކުރާނަމެވެ. ސަޕޯރޓް ސަރވިސް އެކުލެވެނީ ސޭލްސް، ކޮސްޓިން، އެސްޓިމޭޓްސް، މެއިންޓެނަންސް، އެކައުންޓިން އަދި ދެންވެސްހުރި ސަރޕޯރޓް ސަރވިސްތަކުގެމައްޗަށެވެ. މީގެތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލާނީ ކޮސްޓިން ސޭލްސް އަށެވެ. ސަބަބަކީ އާމްދަނީ ހޯދުމާއި ޕްރޮޖެކްޓް ފައިދާ ނިސްބަތާއި ގެއްލުން ކުޑަކުރުން ބިނާވެފައިވަނީ އެންމެ ފުރަތަމަހެދޭ ހިސާބު ނުވަތަ ކޮސްޓިންގެ މައްޗަށެވެ. އެގޮތުން ކޮސްޓިން ނުބައިވެއްޖިއްޔާ ލިބޭ ގެއްލުމާއި ޕްރޮޖެކްޓް ގެއްލިގެން ދިއުން ބޮޑުވާތީއެވެ. އަދި ވިޔަފާރި ހޯދުމަށް މަސައްކަތްކުރާނީ މިސެކްޝަނުން ކަމަށްވާތީއެވެ. އަދި މިސެކްޝަނުން މަސައްކަތް ހޯދުމަށްފަހު މަސައްކަތްކުރުވުމަށް ހަވާލުމިކުރެވެނީ އަނެއް ދެސެކްޝަނާއިއެވެ. އެހެންކަމުން ހުރިހާ މަސައްކަތެއް ފެށިގެން އަންނަނީ މިސެކްޝަނުންނެވެ. ދެން އަނެއް ދެސެކްޝަނަށް ބަލާއިރު އެއްގަމު ޕްރޮޖެކްޓް ސެކްޝަން ނިސްބަތުން ކުޑަކަމަށްފެނެއެވެ. ނަމަވެސް ކޮމިޓީގެ ވިސްނުމަކީ އެދާއިރާ ފުޅާކުރުން ކަމުގައިވަނީނަމަ ސެކްޝަނެއް ހެދުމަކީ ގޯސް ޚިޔާލެއްނޫނެވެ. ނަމަވެސް އަދިވެސް ގިނަ އެމްޓީސީސީ މުއައްޒަފުންނަށް އެމްއާރުއީއައިސީ އަށް ވިގޮތް އެގޭތީ މިކަން ގަބޫލުކުރަން އުދަގުލެވެ. މަގާމުތަކަށް ބަލާއިރު ތިން ޖެނެރަލް މެނޭޖަރުން މިޑިޕާރޓްމަންޓްގައި ތިބުމަކީ ތަންކޮޅެއް އޮޑުގޮތަކަށްވެދާނެއެވެ. ސަބަބަކީ އަޅުގަނޑުމެންނަށް މިފެންނަނީ ރިސޯރޓްތަކުގައި ވެސް، ބޭންކްތަކުގައިވެސް އެންމެ ޖެނެރަލް މެނޭޖަރއެއް ހުންނަތަނެވެ. އެއީވެސް ވަރަށް ފުޅާދާއިރާގައި މަސައްކަތްކުރާތަންތަނެވެ. ނަމަވެސް އެއް ޖެނެރަލް މެނޭޖަރއެއް ހުރުން އޮޑުނުވެދާނެއެވެ. 
=ބާކީ ބަޔަށް އިންތިޒާރުކޮށްލައްވާ=
އަންނަނީ….. އަޅުގަނޑު އެންމެ ހައިރާންވާކަމަކީ ކޮންޓްރެކްޓިން ފަދަ ބޮޑެތި ޑިޕާރޓްމަންޓްތަކާއި އެއްވަރަށް ××××××××× ފަދަ މުވައްޒަފުންމަދު ނިސްބަތުން މަސައްކަތުގެ ދާއިރާ ހަނި ޑިޕާރޓްމަންޓްތަކުގައިވެސް ސެކްޝަންތައްހުރުން… ޅިޔަނާ
އިސްތިހާރު

11 ޚިޔާލުތައް (+add yours?)

  1. Batman
    ފެބުރުއަރީ 26, 2009 @ 10:42:19

    It’s the Contracting that shaped the Mtcc that we see today. Yes MTCC was there even before Contracting was formed and MTCC was even selling biscuits then in sawmill. It was Bandhu Saleem in the mid nineties who was the real Architect who transformed the Old MTCC to the Mordern MTCC that we see today. He Engineered the whole system relying on it’s foundation which is the Contracting …
    It it shakes, signs of trouble … If it cracks, disaster ahead and If it fails, the whole things Collapse…. Based on these principles I don’t really think that there is anything with the Contracting. Of course there will always will be Ups and Downs and even good days and bad days. We are living world of uncertainty and no one know whats gonna happen next. We never expected the 9/11, we never expected the Tsunami and no one expected the current global economy crises and who would have expected the cost of an oil barrel to jump to $150 from $37 in 4 months….. Today we are living in a very scientific world, we need facts to prove something and some might even call it hard evidence, We cannot suddenly wake up in the morning and say i see trouble and i need this, this and this to be changed. I know there is always room for argument and room for improvement and nothing is perfect and nothing is the way we wanted it to be.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: