Bafayaa Bunanee 2


ބަފަޔާ ބުނަނީ: އަލްގާރީ ބަފަޔާއަށް އެޑިއުކޭޝަނަލް އެލަވަންސް ލިބެންޖެހޭކަމަށ
މޯޑް
ބަފަޔާގެ ކުރީގެ އާޓިކަލްއަށް ލިބުނުތަރުހީބުގެ ބޮޑުކަމުން ހަމައަނެއްކާވެސް ލިއުމެއް ނުލިޔެ ނުހެރިވެގެން ބަފަޔާ ފެނޭތޯ ކާނިވަލް ސަރަހައްދަށް ދިޔައީމެވެ. ފަހަރަކު ސައިހޮޓަލެއް ބަލަމުން ދަނިކޮށް މީހަކު ގޮވާލި އަޑުއިވިގެން ބަލާލިއިރު މިއުޅެނީ އެކަލަ ބަފަޔާއެވެ. 
ބަފަޔާ: އަނެއްކާވެސް އެއްޗެއް ލިޔަންވެގެންދޯ ތިއުޅެނީ، ކުރީ އާޓީކަލް ލިއުނީއްސުރެ، އަހަރެންނާއި ދިމާލަށް ދެފުއްކެހެރިއޭ، ވަކިބަޔަކާއި ޖައްސާލަނިއްޔޭ…..
އަހަރެން: އުހު އުހު… ތިހެން ނުބުނޭ، އެހެންކިޔަނީ ހަމަ އެއްމެ މީހެއް، ގިނަމީހުން ހާދަ ތައުރީފެއްކުރިއޭ ބަފަޔަށް، ބަފަޔާ ބުނަން ތިއީ ހަމަ އަހަރެމެންގެ ހީރޯ، މިފަހަރުނެތްތަ އަނެއްކާވެސް މޮޅުވާހަކައެއް (އިތުރަށް ވިދާޅުވުމަށް).

ބަފަޔާ: ބަލަ ނޭގެތަ އަހަރެމެން ހުރިހާ މުއައްޒަފުންގެ ހައްގު ގުޅިފައިވާތަނެއްކަން އެޗް.އާރަކީ އެހެންވީމާ ހުރިހާ އެންމެންވެސް ދައްކާނެ އެޗް.އާރު ކަމުނުދަންޏާ އެވާހަކަ. މުއައްޒަފުންނަކީ ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލު އެ ރައްކާތެރި ކުރުމަކީ އަހަރެމެން އެންމެގެވެސް ފުރަތަމަ ވާޖިބު އެހެންކަމުން އެންމެ ފުރަތަމަ ދައްކާނީވެސް އަދި އެންމެ ގިނައިން ދައްކާނީވެސް އެޗް.އާރުގެ ވާހަކަ. މައްސަލައަކީ އެ ވާހަކަ ދެއްކީމާ އެމީހުންނަށް ހީވަނީ މިޖައްސާލަނީއޭ ނޫނީ މިއުޅެނީ އެމީހުންނާ ދޭތެރޭ ހިތްހަމަ ނުޖެހިގެންނޭ. އެއްގޮތަކަވެސް އެހެނެތްނޫން މިއުޅެނީ އެކަންތައްތައް އިސްލާހުކުރަން ފޮރުވައިގެނެއް އިސްލާހެއް ނުކުރެވޭނެ. އެމީހުންނަށްވެސް އޮތީ އަވަހަށް އެކަންތައް އިސްލާހުކޮށް މިހާރު ކުރިން ކަންތައްތައްވީގޮތަށް ނުވާނެކަމުގެ ޔަގީންކަން މުއައްޒަފުންނަށް ދިނުން. އެހެންނޫނީ އަހަރެމެންގެ އިތުބޭރު ނުލިބޭނެ.
އަހަރެން: ހަމަރަގަޅަށް ތިބުުނީ
ބަފަޔާ: ކީއްވެ އަހަރެންނަށް އެޑިއުކޭޝަނަލް އެލަވަންސް ނުލިބެނީ؟
ބަފަޔާ އޭނާގެ ރަސްމީ ސްޓައިލަށް ސްވާލުކުރިއެވެ. މިސްވާލުކުރުމުން އަހަރެން ދިޔައީ ސިއްސައިގެނެވެ. އެއީ އަހަރެންނަށް އެގިފައިވާގޮތުން ބަފަޔާ އެއްވެސް މަތީތައުލީމެއް ފުރިހަމަކޮށްފައިނުވާތީއެވެ.
އަހަރެން: ކީއްވެ ލިބެންވީ؟
ބަފަޔާ: އަހަރެންވެސް އޮންނާނީ ގާރީކަމުގެ ޑިޕްލޮމާ ކޯސް ފުރިހަމަކޮށްފައި
އަހަރެން: މިއީ މިސްކިތެއްނޫނޭ، ނޫނީ ސްކޫލެއްނޫނޭ، އެކަހަލަތަނެއްގައި ގުރުއާން ކިޔަވަން ދިޔަނަމަ ތިބުނާ އެޑިއުކޭޝަނަލް އެލަވަންސެއް ލިބުނީސް
އަހަރެން އެހެން ބުނުމުން ބަފަޔާ އައީ އަމަށަކު ރުޅިއެއްނޫނެވެ. އަދި އަހަރެންނަށް ވާހަކަދެއްކުމަށް ފުރުސަތެއްނުދީ ވާހަކަ ކުރިއަށްގެންދިޔައެވެ.
ބަފަޔާ: ކީއްވެ ނުލިބެންވީ؟ ކަލޭމެންނަށްވެސް ތިފެންނަނީ އަހަރެން ހަމައެއްޗެއް ހުށައަޅާއިރަށް އެއީ ވަޒީފާއާއި ނުގުޅޭ ސެޓްފިކެޓަކަށްވާތަން، ކިތައް މުއައްޒަފުންނަށް އެގޮތަށް އެޑިއުކޭޝަނަލް އެލަވަންސްދޭ، އަދި ސެޓްފިކެޓް އެކްރެޑިޓް ނުކުރަނީސްވެސް އެޑިއުކޭޝަނަލް އެލަވަންސްދީފައިއެބަހުރި. އަހަރެމެންނަށް އެބައެގޭ ނަން ކިޔާލަންވެސް އެކަމަކު ހަމަބުނާއިރަށް ކަލޭމެން ބްލޮގައި ޖަހާނީ ގޯސްވާނީ އަހަރެން. ބުނެބަލަ ދަނޑުވެރިކަމާއި އެމްޓީސީސީއާއި ގުޅޭ މިންވަރު އެކަމުން މަތީމައުލީމު ހޯދައިގެން އައިސް އެމްޓީސީސީއަށް ވަނުމުން ވިޔާފާރިއަށް އެންމެ އެކަށޭނެ އިލްމާއި ހިލްމަކީ ދަނޑުވެރިކަމާއި ބެހޭ އިލްމުކަމުގައިވެގެން، އެޑިއުކޭޝަނަލް އެލަވަންސް ލިބުމުގެ އިތުރުން އެމްޓީސީސީގެ އެންމެ މުސާރަބޮޑު 3 ވަނަ (އެމްޑީ އާއި ޑިރެކްޓަރ ފިޔަވައި) މުއައްޒަފަކަށް ކުޑަދުވަސްކޮޅެއްގެތެރޭވެއްޖެ. ކިހިނެތްބަލާފަ ވަޒީފާގެ ކުރިއެރުންދެނީ ކުންފުނި ފަހަތަށްދާއިރުވެސް ވަކިބަޔަކު ކުރިއަށްދޭ. ބޯނަސް ނުލިބޭތާ ވީޒަމާނެއްވެސް ހަނދާނެތްނެތް. 
އަހަރެންނަށް ހަމަ ހަނު ހުރެވުނީއެވެ. ބަފަޔާގެ އަޑުގަދަކަމުންނާއި ބަފަޔާދައްކަނީ ހަމަ ހަގީގަތުގައިވެސް ރަގަޅުވާހަކައަށްވާތީއެވެ. މިކަންވެސް ތަންކޮޅެއްހަރުދަނާ ކުރަންވެއްޖެއޭ ހިތަށްއަރައެވެ. 
އަހަރެން: އެޑިއުކޭޝަނަލް އެލަވަންސްއަކީ އެކަމާއި ގުޅޭ ތައުލީމެއް ފުރިހަމަކޮށްފައިވާތީ ދެވޭ އެލަވަންސްއެއް. އަދި ވަޒީފާއަށް ކުރިމަތިލާއިރުވެސް ޝަރުތުތަކުގެ ތެރޭގައިވާތީ ފެންނަނީ އެކަމާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ނުވަތަ ޑިޕްލޮމާއެއް ފުރިހަމަކޮށްފައިވުން. އެހެންކަމުން ތައުލީމީ ފެންވަރު މެޝަރކުރުމުގައި ބަލަންޖެހޭނީ އެކަމާއި ގުޅޭ ސެޓްފިކެޓަށް. ޕްރޮމޯޝަނުގައިވެސް ތައުލީމަށް ބަލާއިރު ބަލާނަމަބަލަންވާނީ މިގޮތަށް. އެހެންކަމުން ބަފަޔާއަށް ތިއެލަވަންސް ދޭކަށް ނުފެނޭ އަދި ތިބުނާ ގޮތަށް ދެވިފައިވާ އެލަވަންސްވެސް ކަނޑާލަންވީ.
އެހެންބުނުމުން ބަފަޔާ ރުޅިއައިސް ފައިސާވެސް ނުދައްކަނީސް ސައިހޮޓަލުން ނިކުމެގެން ކުދިކިޔަމުން ގޮސްފިއެވެ.
ބަފަޔާ ދެން އަންނާނެބާ؟
އިސްތިހާރު

26 ޚިޔާލުތައް (+add yours?)

 1. Batman and Robin
  ފެބުރުއަރީ 24, 2009 @ 08:38:02

  Saabahey Batman. For me you are the Bodu Bafayaa….. hehehehe….

  ރައްދު

 2. nothing to fear
  ފެބުރުއަރީ 23, 2009 @ 22:57:36

  Mtcc plc is loosing business confidence. What is md’s greatest concerns? does he think find a way out of this mess….The “hr” now on the bottom line….Every business owner, large company executive, and human resource manager needs to understand Business Values and Motivators.they should understand what people values and motivatores perhaps its THE missing link in mtcc plc assessment models to date. apply and profit. I demand for improvement…… wake up md wake up..don’t spend a year on survey.

  ރައްދު

 3. beyri
  ފެބުރުއަރީ 23, 2009 @ 22:39:25

  MTCC is a business company. company shud not be used as a campaign tool.
  these are major issues which has to be addressed. we wanted a better change. but all what had happened earlier is repeating all over again. Are our hubs/sites/launches party-virus free????? these are the question you should ask yourselves.
  lets make sure we stay united. don’t let the viruses (blue or yellow etc) break us apart. there is a lot party influences in this blog as well. but remember, if the team breaks the company dies with it specially in an economical downtime like this.
  this is not the time to point fingers at your colleges. this is a time to do business and sustain the grounds we hold.
  we might find it funny or amusing to gibber things. but think of the negative consequences. it might do more harm than damage.
  stay more focus on what we are here for.
  May god keep the team united.

  ރައްދު

 4. Batman
  ފެބުރުއަރީ 23, 2009 @ 22:13:31

  Bafayaa ahh heevanee kanney ge, Bafayaa akee mihaaru mtcc ge Dhadha hen…mi blog ga 2 article ehh liyevunee ma dhen saharoa ey. Bafayaa men dhen kamehh nehh meehuhn Gaaree coas hadhai gey kadathaku gae molhu vaahaka dhekkuneeme dhen Ma varehh nethey. Keevve tha Gaaree koas hadhai ge gos Mauhadhahh nuvanee kee, noonee Arabiyyaa ves Noorul Guru aan ve e othee ennu. Thikahala hus vaahaka dhakkaa meehekey Solih akee ves, Soo Moosa akee ves adhi Kobaa Zaki ves. Mashahh ves ingey mtcc ga baivaru massalla huri kan, Vagun ves ulhey kan .. adhi keekuran Dhefuhh kehern ves ulhey kan…. Ekamaku sai meyzu kaireega meehun ekohh gen hus vaahaka dhekkiyas Islaahehh Nukure veyne. Dhen hama meehaku Bafayaa dhekolhahh comment ehh kuraa irahh thi bunee … eynaves eheree ganelaafa ey, vikifa ey, noo nee eheree moya vefa ey … Bala emmen nakee Mavotaa Sahreef men kahala meehuna kahh ves nuvaane dhoa ….Bafayaa bunan tha kantahh thahh vaanee varahh kerigen, kakuni inna hen horu ga inakas thi kuran ulhey kanthahh thahh rangalhehh nuvaane… Verikan ves badalu kohlee magu mahhchahh nukume genehh nu. Ekamun ves ibrathehh libey thoa balaabala.. muskulhi vee dhuvahuves islaahahh kamehh kureveytho balaabala… kuri aran thibe kunfunee ge zuvaanun nahh namoonaa kaahh veythoa balaabala … Eyrun aharamen ves bunaanan mi kaamiyaabeege aslu Baanee akee ekalla Bafayaa ey …. eyrun nukiyaane Gaaree koahah allowance nulibune Bafayaa ekey….

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: